ޚަބަރު / މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)

ވޯޓު އަލުން ގުނަން އެދި އެމްއެންޕީ އިން މައްސަލަ ހުށަހަޅަނީ

އެމްއެންޕީގެ ލީޑާޝިޕްގެ ބޭފުޅުން. މި ޕާޓީ އުފެއްދީ މިދިޔަ އަހަރު ފަހުކޮޅު. ފޮޓޯ: މިހާރު

‏މާލެ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާ އަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަނުގެ ވޯޓު ގުނާފައި ވަނީ ބާތިލު ވޯޓާ އެކު ކަމަށް ބުނެ އެމްއެންޕީ އިން އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފި އެވެ.

މިއަދު ހެނދުނު އަށަކުން ފެށިގެން ހަވީރު ހަތަރަކަށް ކުރިއަށް ގެންދިޔަ އިންތިހާބު, ޕީޕީއެމްގެ ފާތިމަތު ނާޒިމާ ކާމިޔާބުކުރެއްވީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ.

ނާޒިމާ އިންތިހާބު ކާމިޔާބުކުރެއްވީ 359 ވޯޓުންނެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި ޝީޒާ އަށް ލިބިވަޑައިގަތީ 358 ވޯޓެވެ.

ވިލިމާލެ ދާއިރާގެ އަންހެނުން ކޮމިޓީއަށް އެމްއެންޕީގެ ޓިކެޓުގައި ވާދަކުރާ ޝީޒާ އަދި ޕީޕީއެމުން ވާދަކުރާ ނާޒިމާ.-- ފޮޓޯ: ސޯޝަލް މީޑިއާ

އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ''މިހާރު'' އަށް ވިދާޅުވީ އިންތިހާބުގެ ބާތިލު ވޯޓު ގުނިއިރު މައްސަލަތަކެއް އުޅޭ ކަމަށް, ވޯޓު ފޮށިތައް ކައިރީގައި ތިބި އެ ޕާޓީގެ ބައެއް އޮބްޒާވަރުން ބުނި ކަމަށެވެ.

އެންމެ ވޯޓެއްގެ ތަފާތުން ނަތީޖާ ނުކުތުމުން އެކަން ބަލައިލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވޭތީ ބާތިލު ވޯޓުތަކާ އެއްކޮށް ރީކައުންޓަކަށް ދާން މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 2،900 މީހުންނަށް ލިބުނެވެ.

މާލޭގެ އަންހެނުންގެ ކޮމިޓީގެ ގޮނޑިއެއް ހުސްވީ ވިލިމާލެ ދާއިރާ ތަމްސީލްކުރެއްވި އައިމިނަތު އީމާން، އެކްސިޑެންޓެއްގައި ނިޔާވުމާ ގުޅިގެންނެވެ. އެ ގޮނޑި އަށް އެމްޑީޕީން ވެސް ވާދަކުރަން އުޅުނެވެ. އެކަމަކު، އެ ޕާޓީގެ ކެންޑިޑޭޓުގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ، ވަގުތު ހަމަވި ފަހުން ބައެއް ލިއުންތައް ހުށަހެޅުންނެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ޖުމްލަ 17 މެމްބަރުން ތިބޭ އެ ކޮމިޓީގެ ސާފު އަޣުލަބިއްޔަތު 12 މެމްބަރުންނާ އެކު އޮތީ އެމްޑީޕީއަށެވެ. އެ ކޮމެޓީގައި ދެން ތިބެނީ ޕީޕީއެމްގެ މެމްބަރަކާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްގެ މެމްބަރެއްގެ އިތުރުން މިނިވަން ދެ މެމްބަރެކެވެ.

12 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 14%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެތެދެއް

15 May 2022

އެންމެ ވޯޓަކުން ބަލިވުމަކީ ވަރަށް ހިތާމަވެރި ގޮތެއް. އެ ހިތާމަ އެއީ ސައްހަ ހިތާމައެއްތޯ ޔަގީންކުރަންޖެހޭ.

The name is already taken The name is available. Register?

މާލޭ ބޭފުޅު

15 May 2022

ބަލި ވީމަ ބަލި ގަބޫލް ނުކޮށް ޗީ ޗީ އުޅޭފާޑެއް މާ އިއްޒަތްތެރި އަބުރުވެރި ބޭފުޅުންކަމަށް ހެދިގެން

The name is already taken The name is available. Register?

ވޯޓު

16 May 2022

ބަލި ގަބޫލުކުރާނީ ހުރިހާ މަރުހަލާއެއް ނިމުނީމައި. ޔާމީނު ކީއްބާ ކުރީ މިދިޔަ ރިޔާސީ އިންތިހާބުގަ؟ ހަނދާން އެބަހުރިތަ، ބަލި ގަބޫލުކުރިގޮތް؟

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

14 May 2022

މަހަށް ދޭބަލަ.

The name is already taken The name is available. Register?

މަސްވެރި ކެޔޮޅު

16 May 2022

ކީއްވެތަ ކަމެއް ވާއިރަށް މަހަށް ދާށޭ ތި ކިޔަނީ؟ މަސްވެރިކަން އޮތީތީވެ ބޮޑުކަމެއް ދިމާވާ ދަނޑިވަޅު ތި ބޭފުޅާވެސް ނުދަރާ ކައިގެން ހުރެވެނީ! އަހަރެން މަހަށް ދާނަން ފަޙްރުވެރިކަމާއެކީ އުފަލުން! ވަރަށް ސަލާމް.

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

14 May 2022

ދެންތިހެންވީމަ އަލުން އިލެކްޝަން ބާއްވަންޖެހޭނެ..ޕޕމ އިން އަލުން އިންތިޙާބު ބާއްވަންއެދެންޖެހޭ ސަބަބުތައް އެބަހުރި ވަގުތުހަމަވިފަހުން ބައެއްމީހުންނަ ވޯޓުލާން ފުރުސަތު ދިންކަމަށްވަނީ އަދި ފޮށިތައް ބަންދުކޮއްފަވަނިކޮށް ފޮށިއް އަލުންހުޅުވައިގެން ވޯޓުލީކަމަށްވޭ އެހެންވީމަ ވޯޓގެ ސައްޙަކަމާމެދު ސުވާލުއުފެދޭ އެއްމެންނަވެސް.އީސީގެ އިހުމާލު މީގަނެތްކަން ކަށަވަރުކޮއްދޭންޖެހޭ ކޯޓަށްވެސް ދާންވީ ޕޕމ.ކޮއްމެއިންތިޙާބެ އޮޅުވާލަން ފުރުސަތުނުދޭން ޕޕމޒިންމާއަދާކުރޭ

The name is already taken The name is available. Register?

ދގދސެފ×

14 May 2022

ގުނައިގެން އިތުރަށް ފަޟީޙަތްވެދާނެ. ރަނގަޅުވާނީ ތިކަމާ ނޫޅުނިއްޔާ.

The name is already taken The name is available. Register?

ފާނަ

14 May 2022

ޥޯޓުލުމަށް ދެވޭ ހިތްވަރަކަށް ބުނެއުޅޭ ބަހެއް. ޢެންމެ ވޯޓަކުންވެސް ނަތީޖާ ބަދަލުވެދާނޭ.. ގިނިކަންޏާ ނުކުންނަވާ އިންޝާﷲ މިއޮތީ ކާމިޔާބުވެފަ..

The name is already taken The name is available. Register?

ސަަި

14 May 2022

އެމްއެންޕީ މިއޮށް ބޮޑު ޕާޓީވެސް ކުޑަކުޑަ ގޮނޑިއަކާ ހެދި އުޅޭވަރެއް

The name is already taken The name is available. Register?

ދަތުރު ދޯނީގެ އަލިގަދަ ދުރުމިން

14 May 2022

އެއް ވޯޓޫގެ ތަފާތު އޮތުމުން އަލުން ގުނަން އެދުމަކީ ހެއުފާލެއް

The name is already taken The name is available. Register?

ށަވިޔަނި

14 May 2022

އެންމެ ވޯޓެއްގެ ތަފާތު އޮތުމުން އަލުން ގުނުމަކީ އެންމެ ހެޔޮގޮތް. ދެވަނަފަހަރު ގުނުމުން ޕީޕީއެމް ގެ ވޯޓު ގިނަވުންވެސް އެކަށީގެންވޭ.

The name is already taken The name is available. Register?

ވަހީދު

15 May 2022

ޕީޕީއެމުގެ މަގްސަދު ހާސިލުވެއްޖެ. ވޯޓެއް 2 ވޯޓު އިތުރުވިޔަސް ލިބޭނެ އިތުރު އެއްޗެއްނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454