ރިސޯޓެއްގެ އިމާރާތަކުން ވެއްޓި ނިޔާވި ޒުވާނާ.
21 މެއި 2022 - 10:01
ރ. އަތޮޅުގައި އޮންނަ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގައި މަސައްކަތްކުރަމުން އައި ދިވެހި ޒުވާނަކު އިމާރަތަކުން ވެއްޓި މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، މަރުވެފައި ވަނީ ޒައިދު އިބްރާހިމް، 28 އެވެ. އޭނާ އަކީ ފުވައްމުލަކު މީހެކެވެ.
ޒައިދު މަރުވީ ސްޓާފް ބާގެ ހަތަރު ވަނަ ފްލޯއިން ވެއްޓިގެން ލިބުނު ޒަހަމްވެގެންނެވެ.
ޒައިދު ވެއްޓި ބޮލަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށާއި އުނގޫފާރުގައި ހުންނަ ރ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އެނގިފައިވެ އެވެ.
އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު، ހަސަން ފަޒީލް، "މިހާރު" އަށް ވިދާޅުވީ ރޭ ދަންވަރު 1:50 ގައި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ޒައިދު އޮތީ މަރުވެފައި ކަމަށެވެ.
ގިނަ ޒަހަމްތަކެއް އޭނާގެ ހަށިގަނޑުން ފެންނަ ހުރި ނަމަވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ހެނދުނު 6:00 ހާއިރު ފުލުހުންގެ ބެލުމުގެ ދަށުން އޭނާގެ ހަށިގަނޑު މާލެ ފޮނުވާފައިވާ ކަމަށް ވެސް ފަޒީލް ވިދާޅުވި އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބާ
21 May 2022
ޒިންމާ ނަގާނީ ރައީސް ޔާމީން
ޙިނި
21 May 2022
ޜިސޯޓުތަކުގަ ސްޓާޕް ބާވެސް ހުރޭތަ؟
ަބާ
22 May 2022
ހުންނާތީ އެހެން ލިޔެފައި އެއޮތީ
ކޮވަލިޖިއެ
21 May 2022
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ
ވިކިލީކުސް
21 May 2022
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ އެންމެ ކައިރީގައި ވަނީ މަރު. ސްޓާފް ބާގައި ހުއްޓަސް ނުވަތަ އެނޫން ތަނެއްގައި ހުއްޓަސް އަބަދުވެސް ﷲ ގެ މަތިން ހަނދުމަ ކުރަމާ! ދިވެހިފަސްގަނޑަކީ އިސްލާމްދީނަށް ފުރައްސާރަކޮށް ﷲގެ ކަލާމްފުޅުގެ އަގު ވައްޓާލާ ތަނަކަށް ނަހަދަމާ! ރިސޯޓުތަކުގަވެސް ނަމާދު ނުކުރާމީހުންނަށް ވަޒީފާ ނުދޭންވީ. އަދި ރާ މަނާކުރަންވީ. ރަލަކީ މަސްތުވާ ތަކެތި.
ށަވިޔަނި
21 May 2022
ވެއްޓުނު ގޮތެއް ބުނެފަނެތް. 4 ވަނަބައިން އެގަޑީގަ ވެއްޓުނީއޭ ބުނީމަ ސުވާލުއުފެދޭ. اللهم اغفرله وارحمه وادخله الجنة
ވާނުވާ.
21 May 2022
ސުވާލަކީ ސިޑިއަކުން ވެއްޓި މުޅިމީހާ ގެ ހުރިހާ ކަށި ތަކެއް އަދި ސިކުނޑި އާއި ހިތްވެސް ބޭރަށް ނިކުންނަ ވަރުގެ ހާދިސާ އެއް ހިނގާފާނެ ބާވައޭ. ބޯ ފެޅިދާނެ. އެކަމު އެހާ ބޮޑެތި ޒަޚަމް ތަކެއް ލިބިދާނެ ބާވައޭ. ނިކަމެތި އީއިލާ އެއްގެ ކުއްޖެއް ވީމަ ނުވާނެ އެއްވެސް މުއައްސަސާ އެއް މިކަން ބަލާ ތަހުގީގު ކުރާނެ.
ހެޔޮދުޢާ
21 May 2022
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ! މާތް اَللّٰهُ ޒައިދު އިބްރާހީމް ގެ ފާފަތައް ފުއްސަވައި, ކަށްވަޅު ތަނަވަސް ކުރައްވައި، ޖަންނަތުލް ފިރްދައުސް މިންވަރު ކުރައްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! اللهم آمين يارب العالمين?
ފަގުޑި
21 May 2022
ކާކުތޯ ޒިންމާވަނީ...
ރޯޒަސް
21 May 2022
ކޮންމެވެސް މީހަކު ޒިންމާވާންޖެހޭތަ؟ އަމިއްލައަށް ކުރެވުނުކަމަކަށްވެސް ވެދާނެ ދޯ؟
ރަދީފްއޮފިޝަލް
21 May 2022
ޒުވާނާގެ ފާފަ ފުއްސަވައި ހެޔޮ ރަހްމަތް ލައްވާށި.އާމީން
އަފްރާސިޔާބު
21 May 2022
ދަންވަރު 1:50 ގައިތަ ވެއްޓުނީ؟ ސްޓާފް ބާގެ 4 ވަނަ ފްލޯގައި ނިދާފައި އޮތްވާ ވެއްޓުނީތަ ނޫނީ ވައްޓާލީތަ؟
ރޯޒަސް
21 May 2022
ފިތުނަ ނުއުފަށްދާ.. ވީގޮތް ސާފުވަންދެން މަޑުކޮށްލާ.