މެގަ މޯލްޑިވްސްގެ ބޯޓުތަކެއް
29 ޑިސެމްބަރ 2016 - 23:04
ސްރީ ލަންކާ އިން މިއަދު މެންދުރު މާލެ އަންނަން ޝެޑިއުލްކޮށްފައި އޮތް މެގަ މޯލްޑިވްސްގެ ފްލައިޓު 10 ގަޑިއިރަށް ޑިލޭވެ، އެއާޕޯޓުގައި އެތައް ބަޔަކަށް ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހިއްޖެ އެވެ.
ލަންކާ އެއާޕޯޓުގައި ތިބެ "މިހާރު" އާ ވާހަކަ ދެއްކި ބައެއް ދިވެހިން ބުނީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ފްލައިޓު ފުރަތަމަ ފުރަން ހަމަޖެއްސީ ރާއްޖެ ގަޑިން މެންދުރު 1:10 ގައި ކަމަށެވެ. އެކަމަކު ފުރުން ލަސްވެ، އޭގެ ފަހުން ދެތިން ހަތަރު ގަޑިއެއް ދީގެން ވެސް ނުފުރި އެއާޕޯޓުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނު ކަމަށް އެ މީހުން ބުންޏެވެ.
"އެންމެ ބޮޑު މައްސަލައަކީ އެ މީހުން ޕާސްޕޯޓު އަތުލުން. ނުފުރި އެތައް އިރަކު ތިބެން ޖެހުނުއިރު އެހެން އެއާލައިނަކުން އަދި އަމިއްލަ އަށް ހޮޓަލަކަށް ނުވަތަ އެހެން ތަނަކަށް ވެސް ދެވޭނީ ޕާސްޕޯޓު ދީގެންތާ. އެ މީހުން ޕާސްޕޯޓު އަތުލި ގޮތަކަށް ނުދިން،" އާއިލާއާ އެކު ފުރަން އެއާޕޯޓަށް ދިޔަ މީހަކު ބުންޏެވެ.
މެގަ މޯލްޑިވްސް ފްލައިޓު ފުރުން ލަސްވުމުން ޑައިރެކްޓަރު ފާތުމަތު ނަހުލާ ފޭސްބުކްގައި ހިތްހަމަނުޖެހުން ފާޅުކޮށްފައި
އެކަކު ބުނިގޮތުގައި ފްލައިޓު ފުރުން ލަސްވި ސީދާ ސަބަބެއް ވެސް މެގަމޯލްޑިވްސް އިން ސާފުކޮށެއް ނުދެ އެވެ. އަދި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ތިބިއިރު އަރާމުކޮށްލެވޭނެ ގޮތެއް އަދި ހޮޓަލަކަށް ދެވޭނެ އިންތިޒާމެއް ވެސް ހަމަނުޖައްސައި އެތާ ބޭތިއްބުމުން އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަނުޖެހިފަ އެވެ.
"މިއީ ވަރަށް ބޮޑު މައްސަލައެއް، ދެންމެ އަދި ކިރިޔާ ހޮޓަލަށް މީހުން ގެންދިޔައީ. އެތައް ބަޔަކު މިތަނުގައި ތިބިއިރު ފަހަރަކު ދެތިން މީހުން ގެންދަނީ ވެސް. މިވެސް ކިހާ ވަގުތެއް ނަގާނެ ކަމެއް،" އޭނާ ޝަކުވާ ކުރި އެވެ.
މި މައްސަލާގައި އެއާލައިނަށް ގުޅައިގެން ޝަކުވާ ކުރުމުން، ފުރުން މާދަމާ ހެނދުނަށް ޝެޑިއުލްކޮށްފައިވާ ކަމަށް އެއާލައިނުން ވަނީ ބުނެފަ އެވެ. އެކަމަކު އަދި ފުރޭނެ ކަން މުޅިން ޔަގީން ނުވާ ކަމަށް ވެސް "މިހާރު"އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
ފްލައިޓް ލަސްވި ސަބަބާ ގުޅޭގޮތުން މެގަ މޯލްޑިވްސްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ލަންކާ އިން ރާއްޖެ އަށް އަންނަ އޮތް ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވީ ކަމަށާއި އެފަދަ ހާލަތެއްގައި ބޭނުންކުރަން އޮންނަ ބެކަޕް ފްލައިޓް ވެސް މަރާމާތަކަށް މިވަގުތު އޮތީ ޗައިނާގައި ކަމަށެވެ. ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން އެހެންވެ ފްލައިޓް ލަސްކުރަން ޖެހުނީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަދަ ކަމެއް ދިމާވުމުން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށާއި ފަސިންޖަރުން މިހާރު ވަނީ ހޮޓާތަކަށް ގެންގޮސްފައި ކަމަށެވެ.
"ދަތުރުކުރަން ބޭނުންފުޅު ނުވާ ނަމަ ރިފަންޑް ވެސް ދޭން އަޅުގަނޑުމެން ތައްޔާރު،" އޮފިޝަލް ވިދާޅުވި އެވެ.
ލަންކާ ރޫޓްގައި ވެސް ދަތިތަކެއް އެބަހުރި ކަމަށާއި އެކަންކަން ދިރާސާކޮށް، މިފަދަ މައްސަލަތައް ދިމާނުވާނެކަން ޔަގީންކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މެގަ މޯލްޑިވްސްގެ ފްލައިޓުތައް އާއްމުކޮށް ޑިލޭވުމުގެ މައްސަލަ ކުރިމަތިވާ ކަމުގެ ޝަކުވާ ބޮޑެވެ. ލަންކާ އިން މާލެ އަންނަން އޮތް ފްލައިޓެއް މި ހަފުތާގެ ކުރީކޮޅު ވެސް ޑިލޭވެ، މީހުން ރުޅިގަދަވެ ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެގާ
30 December 2016
ދިވެހިން އަރާ ފުލައިޓު ތަށް ޑިލޭ ވެގެން ނުވާނެ. ފުލައިޓު ޓެކު ވީމާ ގިނައިރު ވާނެ..ސަައިކަލެއްގެ ފުރޮޅު ބަދަލު ކުރުކަހަލަ ކަމެއް ނޫން މީ...އަދި ދިވެހިން އަލީ މިކަހަލަ ކަންތަށް ތަކަށް
ހމ, މާލެ
30 December 2016
ހުރިހާ ދިވެހިން ތިބޭފުޅާހާ މުއްސަންޖެއް ނޫން އިންގޭތޯ!
ނާމަގުއެދުރު
30 December 2016
އަސްލު އެއަރލަންކާ އިން ބޭނުމެއްނުވޭ ރާއްޖެ އާލަންކާއާ ދެމެދު އެއަރލަންކާ ނޫން އެހެން އެއަރލައިން އެއް ދަތުރު ކުރާކަށް ، އެއީ މެގަމޯލްޑިވްސް އަށް ދިމާވި މައްސަލައަކީ މީ ދިވެހި އެއަރލައިންތަކުން ވިސްނަންވެފައި އޮތްކަމެއް، މި ސަރަހައްދުގެ ގައުމުތަކުގެ އެއަރލައިން ތަކަށް ބޮޑު ފާއިދާއެއް ( ނިސްބަތުން) ހޯދައިދޭ ބަޔަކީ ދިވެހިންކަމާމެދަކު ޝައްކެތްނެތް..މިފައިދާ މިހާރު ނަގަމުން އެދަނީ އެހެން އެއަރލައިންތަކުން . ދިވެހިން ހޭލުންތެރިވާންވީ އޭރުން ފާއިދާވާނީ ހަމަދިވެހިންނަށް
ާަަަިއަނީސް
30 December 2016
ތި ނުވާނެ ރަގަޅެއް މާލެ އެއާޕޯޓް ގަ މިހާރު މެނޭޖަރެއް ވެސް ނެއް ތާކިހާ ދުވަހެވެޖެބާ
އަބޫބަކުރު ސައީދު
30 December 2016
ޢަޅުގަޑުމެން މީގެ ތިންދުވަސް ކުރިން ދިއްލީ އިން ރާއްޖެ އަށް އައި ފުލައިޓްވެސް އަށް ގަޑި އިރަށް ދިލޭވި. ޢަދި ވާނުވާ ނޭގި އެއާޕޯޓްގަ ހުންނަން ޖެހުނީ. ޢެއާލައިންގެ ފަރާތުން އެއްވެސް ކަމަކާ އަޅާވެސްނުލި. ބަލިވެ އުޅޭ ކުޑަކުއްޖަކު ގޮވައިގެން އެއާޕޯޓްގަ ވަރަށް ދަތިހާލުގަ އުޅެންޖެހުނީ. ޢަމިއްލަ ޖީބުން ހަރަދުކޮށް ރޫމެއް ހިފަންޖެހުނީ. މެގައިން ދަތުރު ކުރުން މީ ވާވަރު ކަމެއް ނޫން
ކޮންމެއަކަސް
30 December 2016
ކޮންމެއަކަސް އަޅުގަނޑުގެ ދުޢާ އަކީ ރަނގަޅުގޮތުގައި ކަންކަން ކުރާ ކޮންމެ ބަޔަކަށް ވެސް މާތްﷲ ގެ ޙަޟްރަތުން ކާމިޔާބާއި ހަމަޖެހުން މިންވަރު ކުރެއްވުމެވެ.
ދހހ
30 December 2016
ތީހަަމަ ދަތުރުކުރަން ހެޔޮވާވަރު ފުލައިޓެއްނޫން.... ލަންކާ އެއަރޕޯޓް5 ގަޑިއިރު ވީއިރުވެސް އެއާލައިން މީހާކާ ބައްދަލް ނުވޭ..މަވާސަލާމް
އަހައްމަދު އަހައްމަދޭ
30 December 2016
މެގަމޯޑިސް ނަން ބަދަލުކުރަން ފެނޭ އަނގަ މޯލްޑިވިސްކަހަލަ ނަމަކަށް ،
ދަތުރު ހަރާބެ
30 December 2016
ވަަރިހަމަތާ ތިޔަކަމެއް ތަކުރާރު ވާ އިރުވެސް އަގު ހެޔޮވިއްޔާ ފިޔަގަނޑު ގަ އެލިގެން ވެސް ދޭވިއްޔަ
ޚީކް
30 December 2016
ކުރުކޮށް ބުނަންޏާ މެގަ "ޑިލޭ" މޯލްޑިވްސް. ޑިލޭ ވުމަކީ ޢާންމު ކަމެއް. ބަޖެޓު އެއަރ ލައިނަކަށް ވުމަކީ އެހެންމީހުންގެ ވަގުތަށް އިހުތިރާމު ނުކުރުމެއް ނޫން. މަށެއް ދެން ފެމެލީ ގޮވައިގެން ދުވަހަކުވެސް ނާރާނަން ތިޔަ ބޯޓަކަށް