އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް މިރޭ ބަދަލުކޮށްފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
01 ޖެނުއަރީ 2017 - 00:26
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިރޭ ރަސްމީކޮށް ބަދަލުކޮށްފި އެވެ.
އެއާޕޯޓުގައި މިރޭ 12:00 ގައި ބޭއްވި ރަސްމިއްޔާތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން އިފުތިތާހު ކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.
އައިއެންއައިއޭގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކުރި ފަހުން، ފުރަތަމަ އެ އެއާޕޯޓަށް ޖެއްސީ މޯލްޑިވިއަންގެ މަތިންދާބޯޓެކެވެ. އިންޑިއާގެ ޓްރިވެންޑްރަމް އިން ފުރައިގެން މާލެ އައި މި ބޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ވަގުތު ވޯޓަ ސެލިއުޓެއް ދިނެވެ. އަދި ހަވާ އެރުވުން ވެސް އޮތެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް ބަދަލުކޮށް، އެ ނަމުގެ ދަށުން އެއާޕޯޓް ހިންގަން ފެށުން ރައީސް ޔާމީން މިރޭ އިފުތިތާހު ކޮށްދެއްވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
މި ރަސްމިއްޔާތުގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ މައި އެޕޯޓަކީ މި ސަރުކާރުން އެންމެ އިސްކަން ދޭ އެއް ތަރިކަ އެވެ. އެ ގޮތުން، އިންޑިއާގެ ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލައި އަނބުރާ ދިވެހިންނަށް ހޯއްދަވައި ދެއްވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ރައީސް ޔާމީން ކަމަށާއި އެ އެއާޕޯޓް ތަރައްގީ ކުރުމަށް މިހާރު ކުރިއަށް ދާ މަޝްރޫއަކީ އެއާޕޯޓުގެ ތާރީހުގައި ވެސް ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރިގެން ދިޔަ އިރު، އެއާޕޯޓަށް ކޮށްފައިވާ އިންވެސްޓަށް ބަލާ އިރު ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް 1.3 މިލިއަން ރުފިޔާ ހޭދަކުރައްވާފައިވޭ،" ރައީސާއި ކެބިނެޓުގެ ބައެއް މިނިސްޓަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވި އެވެ.
އައިއެންއައިއޭގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް ބަދަލުކުރަން ރައީސް ޔާމީން ނިންމެވީ މިދިޔަ ހޯމަ ދުވަހު އެވެ. އެ މަނިކުފާނު އެ ގޮތަށް ނިންމެވީ، އެ ދުވަހު ބޭއްވެވި ކެބިނެޓުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހު، ކެބިނެޓުގެ މަޝްވަރާގެ މަތިން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އެންމެ ފުރަތަމަ "ހުޅުލޭ އެއާޕޯޓް"ގެ ނަމުގައި ހިންގި އެއާޕޯޓްގެ ނަން "މާލޭ އިންޓަނޭޝަނަލް އެއާޕޯޓް"ގެ ނަމަށް ބަދަލުކުރެއްވީ 1980ގެ ކުރީކޮޅު، އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. އަދި އޭގެ ފަހުން "އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް"ގެ ނަމަށް ބަދަލުކުރެއްވީ ޖުލައި 26، 2011 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދެވެ.
އެހެންވެ، މިއީ މި އެއާޕޯޓުގެ ނަން ބަދަލުކުރި ތިންވަނަ ފަހަރެވެ.
އައިއެންއައިއޭގެ ނަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކެބިނެޓުގެ ބައްދަލުވުން މިދިޔަ ހޯމަ ދުވަހު ރައީސް ޔާމީން ކުރިއަށް ގެންދަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމަށް ބަދަލުކުރީ، އެ އެއާޕޯޓަށް މިހާރު ގެންނަމުން އަންނަ އުމްރާނީ ތަރައްގީ އާއި ރާއްޖޭގެ ބްރޭންޑް ރަމްޒުކޮށްދޭ، ފަސޭހަ އަދި ކުރިއެރުމާއި ތަރައްގީގެ ވިސްނުމަށް މަގުފަހިކޮށްދޭ ނަމަކަށް ހަމަޖެއްސުމަށްޓަކައި ކަމަށެވެ.
"ހަމަ އެއާ އެކު، އެއާޕޯޓުގެ ނަން މިހާރު އެ ބޭފުޅަކަށް ނިސްބަތްވެ ވަޑައިގަންނަވާ ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނަކީ، ދިވެހިރާއްޖެ އަށް ހާރިޖީ މިނިވަންކަން ހޯއްދަވައި ދެއްވުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ، އަދި ރާއްޖޭގެ ތަރައްގީ އަށް ވެސް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ އާއި "ވެލާނާ" މި ނަމަކީ އެ މަނިކުފާނަށް ނިސްބަތްވާ ނަމަކަށް ވުމާ އެކު، އެ މަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ގޮތަށް އެއާޕޯޓުގެ ނަން ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަށާއި ވަޒީރުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ކަމަކަށް ވާތީ، މި ނަން ކިޔުމަށް ނިންމެވީ އެވެ،" އައިއެންއައިއޭގެ ނަން ބަދަލުކުރަން ނިންމި ސަބަބާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ވެބްސައިޓުގައިވެ އެވެ.
ރާއްޖޭގެ މައި އެއާޕޯޓް ތަރައްގީ ކުރުމަށް މި ސަރުކާރުން ވަނީ 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ)ގެ މަޝްރޫއެއް ފަށައިފަ އެވެ. މި މަޝްރޫއުގެ ދަށުން، އާ ރަންވޭއެއް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ އިރު، އާ ޓާމިނަލްގެ ޑިޒައިން ހެދުމަށް ބޭނުންވާ ދިރާސާތަކުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ،
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންނި ސަކީނާ
02 January 2017
ގ.އ، އާ ގ.ދ. މީހުންގެ ވެރިކަމެކޭ ކިޔަނީ ހަމަ ރަގަޅަށް ދޯ! ރައީސް އާ ކެބިނެޓާ މަޖިލިސް އަށްވެސް ގ.،އ. އާ ގ.ދ. ގެ ނުފޫޒުން ނުރެކެވުނު ދޯ! އެހެންވާނެ، ކޯޓުތަކުގަ ގާޒީންނަށް ގިނައީ ގ.އ. އާ ގ.ދ. މީހުންވިއްޔަ ދޯ ...
ރާޅު
02 January 2017
އެންމެ ފުރަތަމަ ތިތަނަށް ކިޔާފައިވަނީ ހުޅުލޭ އެއާރޕޯޓެވެ. އެއިރު އިންޓަރނޭޝަނަލް މިބަސް ނެތެވެ. ނަމަވެސް އެއީ ފެށުނުއިރުވެސް ބޭރުން އަންނަ ބޯޓުތައް ޖައްސާތަނެކެވެ. އެހެންކަމުން އެއީ ހުޅުލެ އިންޓަރނޭޝަނަލް އެއާރޕޯރޓެވެ. ނަމަވެސް އެތަން އާކޮށް އަލުން ހުޅުވިއިރު މާލެ އިންޓަރނޭޝަނަލް އެއާރޕޯރޓޭ ކިޔުނެވެ. ދެން އެތަން އާކުރަން ޖީއެމްއާރ އާ ހަވާލުކޮށް އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯރޓް ކިޔަން ފެށިއެވެ. އަނެއްކާވެސް މިއޮތީ އާކުރުމުގެ ބުރެކެވެ. މިބުރުގައި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯރޓްއެވެ އެކީއެވެ. ނަންބަދަލުވުމަށް ބަލާލާއިރު ކޮންމެ ބޮޑު ބަދަލަކާއެކު ނަން ބަދަލުވަނީއެވެ. ނަމަވެސް އެކަން ކުރަނީ ވެރިއަކަށް ހުންނަ މީހާ ހިތްހަމަޖެހޭ ގޮތަށެވެ. މިހާރު މިހުރީ އޭނައަށް ވާނެނަމަ މިގައުމުވެސް ފޮހެލާވަރުގެ ފަހުލަވާނެކެވެ. ހުރިހާ ތަންތަން އުފުރައި ލުހެލައި ނަންބަދަލުކޮށް މުޅި މާޒީ ނައްތާލަންއުޅޭ ހުރި މީހެކެވެ.
ރާއްޖެތެރެ
02 January 2017
އައްޑޫ ލައިވް ބުނާހެން ތިތަނަށް ކިއަންޖެހޭނީ ރާއްޖެތެރޭ މީހުންގެ އެއަރޕޯޓް. ތިއައީ ރާއްޖެތެރޭ މީހުން ގުދާރު ބިންދޭ ވަރަށް މަސައްކަތްކޮށްގެން ރަށުން މަހަން ނުގޮސް އަކިރި ގެނެސްގެން ހަދާފައިވާ ތަނެއް.
ރެނދު
01 January 2017
އެންމެ އުފާވަނީ ކޮންމެ ދިވެއްސެއްގެ އަތުން ދިވެހި އެއާޕޯޓުން 25 ޑޮލަރު ނަގާތީ. ރައްޔިތުން ފެލާތަި
އ މ
01 January 2017
މިކަމާ ހާސްވާކުދިންނޭ. އަދި ދެތިން އަހަރުން މިނަން ބަދަލުވާތަން ފެންނާނެހެން ހީވޭ. ތާއީދު ކުރާ ކުދިންނޭ އަވަސް އަވަހަށް ބަދަލުކުރުމަކީ ކޮސް ކަމެއް.
ޏބ
01 January 2017
މިލިޔުމުގަމިއޮތީ ވެލަނަ ތޯ ނޫނީ ވެލާނާތޯ ؟؟؟؟
މަ
01 January 2017
ނުޖެހޭ ބަދަލު ކުރާކަށ
ތެނަދޫ ބެއްޔާ
01 January 2017
ގަބޫލުކުރިޔަސް ނުކުރިއަސް ނާސިރަކީ ވަރަށްރަހުމުކުޑަ އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާމީހެއް ... ދިވެހީން ދާއޮހުރުވައިގެން ހިލޭސާބަހަށް ދުވާލާރޭގަޑު ކުރިބުރަމަސައްކަތުގެ ހުރިހާފޮންޏެއް ނާސިރަށް؟ ތިޔަ އެއަރޕޯޓަށް ނާސިރުގެ ނަން ހިމެނޭގޮތަށް ކިޔުމަށް ގަބޫލެއްނޫން.. ހަގީގަތުގަވެސް އެވަރުގެ ނުބައިވެރިޔަކު ނުހިންނާނެ އަހަރެންގެ ކާފަކިޔައިދިން ވާހަކަތައް އަޑުއަހާފަ ހަމަ ރޮވިއްޖެ...
ަރަގީބު
01 January 2017
ކާފަަ..... ބަގާވާތް ކުރި މީހެއް ދޯ
ޢަބްދުﷲނާފިޒު
01 January 2017
ޔާމީނަށް ވުރެވެސްތަ..........ހަހަހަ
މެންޓަލިސްޓް
01 January 2017
ތިޔަހެން ނަން ބަދަލުކޮށް އުޅެނީ އާންމުކޮށް ކޮންމެވެސް ތަނަކުން ލޯންނަގަންވީމައި ، ނޫނީ ބަނގުރޫޓްވީމަވެސް ނަންބަދަލުކޮށްއުޅޭ ،، މިސާލަކަށް އެމް،އެސް،އެލް ބަދަލުވެގެން ދިޔައީ އެމް،އެން،އެސް.އެމް.އެލް އަށް ، އެހެންނޫނީ އަލްމަރހޫމް އިބްރާހިން ނާސިރުގެ މާވަޑިކަމުގެ ދަށުން އެޅުއެއަރޕޯޓްގެ ނަން ނުޖެހޭނެ ވެލާނާއަށް ބަދަލުކުރާކަށް ،،،،، ލަންކާގައިވެސް ބަންޑާރަނައިކައި އެއަރޕޯޓްއޮވޭ ، އެމެރިކާގައި ޖޭއެފްކޭ އެއަރޕޯޓްއޮވޭ ،،، ވީމާ އަސްލުހަގީގީމައްސަލައަކީ ފައިސާއާޢި ގުޅުންހުރި މައްސަލައެއްގައި އެއަރޕޯޓްގެ ނަންބަދަލުކުރިކަން ،، ވަރަށްވެދުން
މޫސާ އަބުދުﷲ
01 January 2017
ނަންބަދަލުކުރީމާ ފައިސާލިބޭނެތޯ؟ ދެން މީނަޔަކީ ތިޔަފަދަ ގައުމީ ބަތަލެއްތޯ ؟ ވާނުވާ ސާފުކުރަން ޖެހޭ... އޭނާ ހިންގި ޖަރީމާތައް އެގޭބާ؟ ތިޔަވިދާޅުބާބޭފުޅުން ނަކީ އެގައުމުތަކުގެ ބަތަލުން..
މާހިރު
01 January 2017
ނަން ބަދަލު ކުރުމަކީ މައްސަލައެއްނޫނެވެ. އެހެންނަމަވެސް ވެރިކަމަށް އަންނަ ކޮންމެ މީހަކު ނަންބަދަލުކުރުމަކީ މައްސަލައެކެވެ. އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އަށްވުރެ ވެލާނާ އިންޓަނޭޝަނަލް ކުރުވެފައި ކިޔާލަންވެސް ފަސޭހައެވެ. އައި.އެން.އައި.އޭ ގެ ނަން ދިގުކަމުންގޮސް ނަންބޯޑުގައިވެސް ދެލައިނަކަށް ޖަހާފައިއިނުމުން ބަލާލަންވެސް ހުތުރެވެ. އިބްރާހީމް ނާސިރަށް ނަން ނިސްބަތްކުރާނަމަ އައި.އެން.އައި.އޭ ގެ ބަދަލުގައި ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓް ކީނަމަވެސް ރަނގަޅުވީސްކަމަށް ފެނެއެވެ.
ޢަބްދުﷲނާފިޒު
01 January 2017
މާހިރޫ، "ޔާމީނު އިންޓަރނޭޝަނަލް އެއަރޕޯރޓް" ކީނަމަ އަދި މާ ފުރިހަމަ ވެފަ ހިތްގައިމުވީސް ދެއްތޮ، އަނެއްކާ ޤައުމަށް ކޮންފަދަ ބޮޑެތި ތަރައްޤީތޯ ޔާމީނު އެގެނެސް ދެއްވަނީ ދެއްތޮ.... އަހުންނަށް ފެންނަނީ މިބުނި ގޮތަށް ބަދަލު ކޮށްލަން.
އަސްލު
02 January 2017
ތިން އަކުރުން ނަންދީފައިވާ އެއާރޕޯޓުތައް ވަރަށް މަދު. ހަތަރު އަކުރު ހަމަވުމުން ނަން ކިޔާއިރު ނަމުގައި ބާރުގަދަވެފައި ވަރުގަދަ. ޖޯންއެފް ކެނެޑީ އިންޓަނޭޝަނަލް އެއާރޕޯޓް އިންދިރާ ގާނދީ އިންޓަނޭޝަނަލް އެއާޕޯޓް ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަލަން އެއާޕޯޓް