ޚަބަރު / ފުލުހުން

އާލަމްގީރު ކޭސް: ވީޑިއޯ އާއްމުވި އެންމެން ހައްޔަރުނުކުރަނީ ކީއްވެ؟

މާލޭގައި އެތައް ބަޔަކު އެއްޖިންސުން ގުޅުން ހިންގުމަށް ދާދި ފަހުން ދިޔަ ކަމަށް ބުނާ ގޭގައި އެ އަމަލު ހިންގަން ބޭނުންކުރި ކޮޓަރި: މިއީ އެންމެ ނުބައި ވެގެންވާ ފާހިޝް އަމަމަލެއް.

ބަންގްލަދޭޝްގެ އެމްޑީ އާލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް، ވީޑިއޯތައް އަދިވެސް އާއްމުކުރަނީ އެވެ. އެކަމަކު ފުލުހުން މިދިޔަ މާޗް މަހު ތަހުގީގު ފެށި މި މައްސަލާގައި، މިހާތަނަށް ހައްޔަރުކުރީ ތިން މީހެކެވެ.

އެއީ، އެންމެ ފުރަތަމަ ވީޑިއޯ އާއްމުވި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހެކެވެ.

މީގެ އިތުރުން ގިނަ ބައެއްގެ ވީޑިއޯ އާއްމުވި އިރު، ދައުލަތުގެ އެކި އިދާރާތަކުގެ ވަޒީފާގައި ތިބި މީހުން ހިމެނެ އެވެ. ވީޑިއޯ އިން ދެނެގަނެވޭ މީހުންގެ ތަހުގީގު ހިންގާކަން ފުލުހުން އެ އިދާރާތަކަށް އެންގުމުން ބައެއް މީހުން ވަޒީފާ އިން ވަކިކޮށްފި އެވެ. ބައެއް މީހުން ތިބީ ވަޒީފާ އިން އެކަހެރިކޮށްފަ އެވެ.

މި ފިޔަވަޅުތައް އެޅިއިރު މިހާތަނަށް ވީޑިއޯ އާއްމުވި އެންމެން ހައްޔަރުނުކުރަނީ ކީއްވެތޯ އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ. ތަހުގީގު ހިނގާކަން އެނގޭތީ މީގެ ތެރެއިން ބައެއް މީހުން ވަނީ ރާއްޖެ އިން ބޭރަށް ފުރައިފަ އެވެ. ކޯޓު އަމުރު ހޯދައި 18 މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ އޭގެ ފަހުންނެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް ވިދާޅުވީ ވީޑިއޯތަކާ ގުޅިގެން އެންމެންނާ ދޭތެރޭގައި ވެސް އަމަލުކުރަނީ އެއް މިންގަނޑަކުން ކަމަށެވެ. މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކަމަށް ވިދާޅުވި އެވެ.

އެ ތިން މީހުން ހައްޔަރުކުރަން ވެސް ހެކި ލިބެންދެން، ތަހުގީގުގައި ގިނަ ދުވަސްތަކެއް ހޭދަވި ކަން ފާހަގަކުރެއްވި އެވެ.

ކޮމިޝަނަރު ވިދާޅުވީ ވީޑިއޯތަކުގައި ހިމެނޭ އެންމެން ހައްޔަރުނުކޮށްގެން ވާހަކަ ދެއްކިއަސް އެއީ ވަގުތުން ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ވީޑިއޯ އިން މީހުން ދެނެގަނެ ތަހުގީގަށް ހާޒިރުކޮށް، ހަށިގަނޑުގެ ފޮޓޯ އާއި ވީޑިއޯ ނަގައި ފޮރެންސިކް އެނަލިސިސް ހަދައި ހެކި ލިބިގެން ނޫނީ ބަންދަށް ގެނެވެން ނޯންނާނެ ކަަމަށް ހަމީދު ވިދާޅުވި އެވެ.

އޭނާ މިއަދު ވެސް ވިދާޅުވި ގޮތުގައި ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެކެވެ. އެކަމުގައި ޓްރޭންވެފައި ތިބި މުވައްޒަފުންގެ ނިސްބަތާއި ކޭސްލޯޑަށް ވެސް ބަލަން ޖެހޭ ކަން ފާހަގަކުރެއްވި އެވެ.

"އެ ވީޑިއޯއާ ގުޅުވައިގެން އެ މީހަކާ ބެހޭ އެހެން މައުލޫމާތުތައް ވެސް އެހެން ގޮތްގޮތަށް ތަހުގީގު ތެރެއިން ހޯދާނެ. އެ ހުރިހާ ކަންކަމަށް ބަލާފައި މިސާލަކަށް ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި ހުރި މީހެއް ކަމަށް ބެލެވޭ މީހަކު ވެއްޖިއްޔާ އެ މީހަކު ވެސް ހާޒިރުކޮށް، އެ މީހަކު ނިސްބަތްވާ މުއައްސަސާއަކަށް މި އަންގަނީ އެ މީހަކާ ބެހޭ ތަހުގީގެއް ކުރަމޭ،" ކޮމިޝަނާ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ އެގޮތަށް އެކަން ކުރަން ޖެހެނީ ބްލެކްމެއިލްކޮށް، ދަނޑިވަޅު ބަލާފައި މުއައްސަސާތަކުގައި ތިބި މީހުންގެ ވީޑިއޯ ނެރެމުންދާތީ ކަމަށެވެ. އެގޮތަށް ކަންކުރުމުން އެ މީހާގެ އިތުރުން މުއައްސަސާއަށް ވެސް ޕްރެޝަރުތަކެއް އަންނަ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ ކުރީބައިގައި އިދާރީ ގޮތުން އެ ފިޔަވަޅު އަޅަނީ،" އޭނާ ވިދާޅުވި އެވެ.

ހިނގިތާ ދުވަސްތަކެއް ވެފައި އޮތް އެ މައްސަލާގައި މީހަކު ހައްޔަރުކުރަން ކޯޓު އަމުރަކަށް އެދެވޭނީ ވެސް ވަކި ކަންތައްތަކެއް ފުރިހަމަވެގެން ކަމަށް ވިދާޅުވި އެވެ. އިދާރީ ފިޔަވަޅު އެޅުމަކީ އެ މުއައްސަސާއަކަށް އޮންނަ އިޚްތިޔާރެއްކަން ފާހަގަކުރެއްވި އެވެ.

ކޮމިޝަނަރު ވިދާޅުވި ގޮތުގައި ޖިނާއީ ތަހުގީގުގެ ތެރޭގައި ވީޑިއޯ ކުރުމާއި ބްލެކްމެއިލްކުރި މީހުން ހޯދުން ވެސް ތަހުގީގުގައި ކުރިއަށް އެބަދެ އެވެ. މި މައްސަލަތަކުގެ ތަހުގީގު ނިމޭނެ ދުވަހެއް އެ މުއައްސަސާއަކުން ނުބުނެ އެވެ.

29 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 15%
icon angry icon angry 54%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1828

10 August 2022

އެމްސީ ހަމީދޫ. އަހަރެމެންނަށް ކޯޓް އަމުރު ހޯދާ ގޮތާއި މީހުން ހައްޔަރުކުރާގޮތް ކިޔައިދޭން ނަހަދާ. ހެކި ނެތި މީހަކު ހައްޔަރުކުރަން ފުލުހުން ބޭނުންވެއްޖެނަމަ ކޯޓަށް ހުށަހަޅާ ފޯމްގައި ހެކީގެ ބައިގައި ޖަހަނީ 'އިންޓެލިޖެންސް ރިޕޯޓް'. އޭރުން ފަނޑިޔާރުން އެމީހަކު ހައްޔަރުކުރުމަށް ފުލުހުންނަށް އަމުރުދީފައި އެބަހުރި. އެމްސީ ހަމީދު ތިއުޅެނީ އެންވީމައި ވަރަށް ފަހަތުގައި. ނުވަތަ މަޑުކަށި ފިކުރުގެ އަމަލެއްވީމައި ދޫދެވެން އެޮތް އެންމެ މަތީމިންވަރަކަށް ދޫދެނީ.

The name is already taken The name is available. Register?

ދާންވީނު

09 August 2022

ކަމަކަށް ފާޑުކިޔާއިރު ވިސްނުމެއްވެސް ބަހައްޓަންވާނެ. ވީޑިއޯތަކުން ފެންނަ އެންމެން ފުލުހުންނަށް ހަމަ އެހެން ބަލާލާފަ އެނގޭނެތަ؟ ވައްތަރުވެގެން ނުބައި މީހަކު ހައްޔަރުކުރެވިއްޖެއްޔާ މުޅި މައްސަލައަށް ބުރޫއަރާނެ. ދިވެހި ފިރިހެން އާބާދީ އެއްކޮށް ދަންނަ މީހަކު ހުރިއްޔާ ފުލުހުންނަށް އެހީތެރިވާން އަވަހަށް ދާންވީނު.

The name is already taken The name is available. Register?

ޔޫއްޓޭ

10 August 2022

21 ވަނަ ޤަރުނުގައި އެކަން ކުރާގޮތް ކުޑަކޮށް ތަފާތެވެ. ފުލުހުން ބަލަނީ އަހަރެމެން ބަލާގޮތަށް ފޯނަކުންނޫންކަމުގައި ވުން ވަރަށް އެކަށީގެންވެއެވެ. އެކަމަށްޓަކައި ތައްޔާރު ކުރެވިފައިވާ ސޮފްޓްވެއަރ ބޭނުންކޮށްގެން އެމީހާ ދެނެގަނެ އަދި އެމީހާކަން ކަށަވަރު ކުރުމަށް ހެދޭ އިތުރު ތަހްލީލްތަކަކީ އާޓިފިޝަލް އިންޓަލިޖެންޓް ސޮފްޓްވެއަރ ތަކުގެ އެހީގައި ކުރެވޭ ކަމެކެވެ.

The name is already taken The name is available. Register?

އަސްލު2222

09 August 2022

އެއްމެން ހައްޔަރު ކުރުމަކީ ހައްލެއް ނުން! މީ ރާއްޖޭގަ ޒަމާނުއްސުރެން އޮންނަ ކަމެއް! ކެމެރާ ފޯނު ގެ ސަބަބުން ފަޅާ އެރީ! ބިތު ފަންގި ނެގޭ އިރު ކޮންމެ މީހެއްގެ ވެސް ސިއްރު ކަންތައްތަކެއް ވާނެ! އެހެންވީމަ މީހުންނަށް އަނިޔާ ދިނުމަށް ގޮވާލުން ހުއްޓާލާ!

The name is already taken The name is available. Register?

ކޮންއަސްލެއް

09 August 2022

ދީނުގަ އެހާ ބޮޑަށް ނަފްރަތުކުރެވޭ ކުށެއް ނުބަލާ ދޫކޮށްލާކަށް ގޮވައެއްނުލާނެ މުސްލިމަކު.

The name is already taken The name is available. Register?

ޔޫއްޓޭ

10 August 2022

އަލަމްގިރީގެ ލޯބިވެރިއަކާއި ހާދަވައްތަރު ކޮމެންޓެކެވެ. ކުޅެފައި އޮތިއްޔާ އެކަން އަދި ފަޅާއަރާނެ.. އަދި މަށެއް ނުބުނާނަން ކުޅެފަ ހުއްޓާލެވޭނެއެކެވެ. ކުޅުނު ނަމަ ދެން ތިރިހީ މަކުނު ކުޅީގައި ދެވިހިފާފަ - ސަބަބު ބުނެދެންތަ ؟

The name is already taken The name is available. Register?

ބޮޑު ގއ ހޮޑުގަނޑު

09 August 2022

މިދެން ބޮޑުވަރު! ނޫސް ހުޅުވާލާ އިރަށް ފާޑެއްގެ އެނދެއް މިފެންނަނީ. ބޮޑު ހޮޑު ގަނޑަކަށް ވެއްޖެ! މި އެނދެއް ދެކެ މިހުންނަ ފޯރިއަކުންވެސް ހީވޭ އެބަ މީ ދެން މާ ރީތި ވެގެން އުޅޭ ކަމެއް ހެންވެސް. ނޮހޮރޮއްޕާނަކަށް ވެއްޖެ.

The name is already taken The name is available. Register?

ދޮންބެއަލީ

09 August 2022

ތިޔަސުޕީޑް މާސުލޯ ތިޔަށް ކިޔަނީ ރިއްދަޑިން ކެބުން.. އައުޓްސޯސް ކޮށް ތަން އޯވަރ ހޯލުކުރަަންފެނޭ .

The name is already taken The name is available. Register?

ސައުތު

09 August 2022

އަވަސް އަރުވާލާގެން ކަން ކުރީމަ މީހާ ދޫވީމަ މާދަމާ ތި މީހުން ކިޔާނެ ގަސްތުގަ ދޫކޮށްލީއޭ. ރަނގަޅު އެއްގޮތެއްވެސް ނެތް

The name is already taken The name is available. Register?

ޛޭމް

09 August 2022

ޙާދަ މަޝްހޫރު ބެޑްރޫމްއެކޭ ދޯ މީ؟

The name is already taken The name is available. Register?

ޝެލަރީ

09 August 2022

މާތްވެގެންވާ އިސްލާމްދީނާއި މިޤައުމު މިފަދަ ލަދުވެތި ބިރުވެރި ހާލަތަކައް ވައްޓާލުމުގެ ބާނީ އަލަމްގިރި ޖެހޭނީ ޤާނޫއަސާސީގަ ލިޔެފައޮތަސް ލިޔެފަނެތަސް ދީނުން ފެންނަންއޮތް އެންމެމަތީ އަދަބެއްދީނިންމާލަން

The name is already taken The name is available. Register?

އިބްރ

09 August 2022

އެމްޑީޕީގެ ހާޑްކޯ ބޭފުޅުން ހައްޔަރު ނުކުރައްވާގޮތަށްތޯ އޮތީ؟

The name is already taken The name is available. Register?

ޕޫލު

09 August 2022

ތިހެން އެންމެން ކޮޓަރިތަކުގައި ކެމެރާ ހަރުކުރީމަ ބަލައިނުގަނެވޭ އެތައް މަންޒަރެއް ފެންނާނެތާ.

The name is already taken The name is available. Register?

އިދްރީސް

09 August 2022

މިމީހުންނާއި ކައިވެނި ކޮށްގެން އުޅޭ މީހުންނަށް ވެސް ކޮންމެ ފަދަ ބައްޔެއްވެސް ޖެހިދާނެ ވަރަށް ނުރައްކާތެރިކަމެއް މީ ކޮންމެއަކަސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454