އޭޑީކޭ ހޮސްޕިޓަލް: ކަރަށް ވަޅި ހަރައިގެން ޒަހަމްވި މީހާއަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
29 އޯގަސްޓް 2022 - 13:50
އަންހެނަކާއި ފިރިހެނަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ފިރިހެން މީހާގެ ކަރަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މީހަކު ޒަހަމްވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދޭ ކަމުގެ މައުލޫމާތު ރޭ ލިބިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އިތުރަށް ކަންކަން ބަލަމުން އަންނަ ކަމަށް ވިދާޅުވެ، އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި އަންހެނަކާއި ފިރިހެނަކާ ދެމެދު ދަންވަރު ހިނގި ހަމަނުޖެހުންތަކެއްގައި ވަޅިން ހަމަލާދިނީ އަންހެން މީހާ އެވެ. އެކަމަކު އެއީ ދެމަފިރިން ކަމެއް ނުވަތަ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުން ކަމެއް ސާފެއް ނުވެ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު ވިދާޅުވީ ޒަހަމްތަކަކާއެކު ރޭ 3:00 ހާއިރު ފިރިހެނެއް އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އިމަޖެންސީ ރޫމްގައި ފަރުވާދީ ކުޑަ އޮޕަރޭޝަނެއް ކުރުމަށްފަހު، އޮބްޒަވޭޝަނަށް އެޑްމިޓްކުރަން ޑޮކްޓަރުން ލަފާ ދިން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މެޑިކަލީ ސްޓޭބަލް ވުމުން އާއިލާއިން ބޭނުންވެގެން އެ މީހާ ވަނީ ހޮސްޕިޓަލުން ވަނީ ދޫކޮށްލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
31 August 2022
އެ އަންހެން މީހާ ހައްޔަރު ކޮށްފިބާ؟؟ ނޫނީ އެއީ ވެސް ނަފްސާނީ މީހަކީބާ؟
ސޯލިބ
30 August 2022
ތިޔައީ އެކިޔާ ގާލް ޕަވަރ.
އާނިޔާ
30 August 2022
އަންހެނުންގެ ހައްގޭ ގޮވަމުން ތެޅޭ ފެމިނިސްޓު ބައިގަނޑު ކޮބޭބާ؟
ނުހާދު
29 August 2022
އަންހެނުން ހާދަ އަވަހަކަށް ގަޔަށް އަތްލަނީ!!
ސަލީމް
29 August 2022
ޖެންޑަރ މިނިސްޓްރީއިން ވެސް ބަލާނީ އަންހެނުންގެ ޙައްޤުތައް.ފިރިހެނުންގެ ޙައްޤެއް ނޯންނާނެ.ފިރިހެނަކު ކުރި ކަމެއްނަމަ ނޫސްވެރިން ވެސް ހީވާނީ އެހެން ކަމެއްހެން.
އުތެ އަންމާ
29 August 2022
އަހަނކަލޯ ދަރުމަޔޭ! ދެން މިހާރު ތިޔޮށް އަރާ ފައިތިލަ ހަމަކުރަނީތާ ހަމަހަމަ ކަމުގައި
00979
29 August 2022
ޢަންހެނެއް ފިރިހެނަކު ތަޅާ ރޯނާ ގަންނަވާލިޔަސް އޯކޭ. ފިރިހެނަކު ނުގޮތަކަށް އަންހެނަކަށް ބަލާލިޔަސް ގާނޫނުގެ އަތް ތަންމިނަށް ފޯރާނެ. ޢެވެސް އިންސާފުގެ ވައްތަރެއް.
އައްޔަ
29 August 2022
ފަރީދުބޭ! ދެމަފިރިންގެ ދެމެދުގަ ހިނގާކަންކަން ސަރުކާރައް ބެލޭނެތޯ, ކޮންސަރުކާރަކައްތޯ އެކަންކުރެވުނީ! މީވަކިމިސަރުކާރުގަހިނގާ ކަންތަކެއްނޫ! ކުރީސަރުކާރު ތަކުގަ މިކަހަލަ ވާހަކައް އާއްމުނުރާތީ ނޭނގެނީި !
2023
30 August 2022
ނުބެލެންޔާ އިސްތިއުފާ ދީފެހެ
މިހާރުގެ އަންހެނުން ވަރައް ވޯކު ވާނެ!
29 August 2022
އައިފޯނެއް ގަނެދޭށޭ ބުނީމަ ފައިސާ އެއްނެތޭ ބުނެގެން ނުވާނެ! ޖެހިގެން ހުރިގޭ ކަތްދައްތަ ވެސް މޮޅު ފޯނެއް ވިއްޔަ ގެންގުޅެނީ!
ބޮކިއަލިފުޅުގެ ދޮންސޮރު
29 August 2022
މިވެސް އޮންނަކަމެއްތެ. އަހަރުމެން ވަރަށް ފަހަތުގަތާ މިއުޅެވެނީ. އަންހެނަކާއި ފިރިހެނަކާއި ދެމެދު ދަންވަރު ހިގާހަމަނުޖެހުން ތަކުގައު ވަޅި ކަތިވަޅި ވަޑާންކަށި ބޭނުންކުރާ ކަމެއް ކުރިއަކުން ނޭގޭ.
ފެމިނިސްޓު
30 August 2022
ހައްގުތައް ބޮޑުވެގެން ގައުމު ހަލާކު