ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
08 ސެޕްޓެމްބަރ 2022 - 09:36
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދެ ދައުވާގައި މިއަދަށް ތާވަލްކުރި ޝަރީއަތް އެ މަނިކުފާނު އާލާސްކަންފުޅާ އުޅުއްވާތީ ކެންސަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ ޔާމީންގެ "ބަލި ހާލަތު ހުރި ގޮތުން މިއަދުގެ އަޑުއެހުން ކެންސަލްކޮށްދިނުމަށް އެދި ސިޓީއެއް ހުށަހަޅާފައިވާތީ" ޝަރީއަތް ކެންސަލްކުރީ ކަމަށެވެ.
މިދިޔަ ތިން ދުވަހު ވެސް މި މައްސަލާގައި ޝަރީއަތް ކުރިއަށް ގެންގޮސްފައި ވާއިރު މިއަދަށް ހެކި ބަސް ނެގުމަށް ތާވަލްކޮށް އިއްޔެ އިސް ގާޒީ އަހްމަދު ޝަކީލް އެކަން އިއުލާނުކެއްވުމުން ޔާމީންގެ ވަކީލުން އިއްޔެ ވެސް ވަނީ ޝަރީއަތް އެހެން ދުވަހަކަށް ތާވަލްކޮށްދިނުމަށް އެދިފަ އެވެ. އަދި ޔާމީނަށް ރިޝްވަތު ދިން ކަމުގެ ދައުވާ ލިބޭ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ފަރާތުން ވެސް އެގޮތަށް އެދުނެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބައެއް އަޑުއެހުންތައް ކެންސަލް ވެފައި ވާތީ ގާޒީ ނިންމެވީ މިއަދު ވެސް އަޑުއެހުން ބާއްވާށެވެ.
މިއަދު ތިން ހެކިވެރިޔަކު ހާޒިރުކުރާނެ ކަމަށާއި ދެން އޭގެ ފަހުން އަޑުއެހުމެއް އޮންނާނީ މި މަހުގެ 25 އާއި 29 ގައި ކަމަށް ގާޒީ ވިދާޅުވި އެވެ. ގާޒީ ވިދާޅުވި ގޮތުގައި ޝަރީއަތުގެ ތާވަލެއް އަލުން ކަނޑައަޅާނީ އޭގެ ފަހުންނެވެ.
ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ޔޫސުފް ނައީމަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޭބަލިވީ
20 September 2022
މާ ލާރި ގިނަވީމަ ބަލިވެސްވާނެ.
ޢާސިމް
10 September 2022
ތިހާ ބަލި ފުޅު ބޭފުޅުންނަށް ރައީސްކަން ނުކުރުއްވޭނެ ދެއްތޯ؟ ތުއްތޮންބެ އަދިވެސް ކިހާ ފިޓު ދެއްތޯ.
ލޮސްއުދޯލި
08 September 2022
ކުރިން ބުނި އެތި ކެންސަލް ވީ ދޯ؟؟
ވޯޓުއަލީ
08 September 2022
ކޮބާހޭ ލަވައަލީ. ޓުވީޓު ކުރަނީ ވަކިބަޔަކު ވައްކަން ކުރީމަތަ؟
ދޮންކަބިލި
08 September 2022
ފައިސާ ގުނާގުނާގުނާގުނާގުނާގުނާ އެމަނުކުފާނު އާލާސްކަންފުޅުވީ!!
ހިފްޒުމުރާޖާ
08 September 2022
ރިޔާސީ ކެންޑޑޭޓުންގެ ނަނަް އިއްލާން ކިރަންދެން ފަސްކޮށްލަ ޮށްާ
1234
08 September 2022
ޤާސިމް ހޮސްޕިޓަލްއޮއްވާ ކޮންކމެއްކުރީ ؟
ލަވައަލީ
08 September 2022
އަޅުގަނޑު، ލަވަ އަލީ މިކަމާމެދު ދެކޭގޮތް ދަންނަވާލަން ބޭނުން. މިއީ ވަރަށް ދެރަކަމެއް ނަރީސް ބަލީގެ ޝިކާރައަކަށް މާތްމަނިކުފާނުވުން. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. އަލިފުހާ.
ބްލިޕް
08 September 2022
ލޮލް ނަރީސް ބަލި ޖެހުނީދޯ.
ސްކްރޫޖް މެޑަކް
08 September 2022
ފައިސާގެ ނޫޓު ތަކުގަ އަތްލާފަ އަތް ދޮންނަން ހަނދާން ކުރާތި ހުރިހާ އެންމެންވެސް. އެހެންނޫނީ ވަރަށް ފަސޭހައިން ބަލިވެދާނެ.