ޚަބަރު / ނެކްޓަން މޯލްޑިވްސް މިޝަން

ކަނޑުގެ ދިރާސާކުރާ ޓީމަށް ރައީސް ހިތްވަރުދެއްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑުތަކުގެ ބޮޑު ދިރާސާގައި ބައިވެރިވާ ދިވެހި ހަތަރު އެކުއަނޯޓުންނާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ނެކްޓަން

12 ސެޕްޓެމްބަރ 2022 - 22:48

7 comments

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް ކުރާ، ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާގެ ޓީމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައި، ހިތްވަރުދެއްވައިފި އެވެ.

ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފައުންޑޭޝަން "ނެކްޓަން" ގުޅިގެން ކުރިއަށް ގެންދާ "މޯލްޑިވްސް ނެކްޓަން މިޝަން"ގެ މަސައްކަތްތައް ކުރިއަށް ގެންދާ މަނަވަރު "އޮޑެސީ" އަށް ރައީސް ވަޑައިގެންނެވީ ލ. ގަމުގައި ބޭއްވި "ވިއަވެތި" ކޮންފަރެންސް ނިންމާލެއްވުމަށް ފަހު މިއަދު ހަވީރެވެ. އެ ދިރާސާގެ މަސައްކަތަށް އޮޑެސީ މިހާރު އޮތީ ވެސް ލ. އަތޮޅުގަ އެވެ.

ރައީސްއާ އެކު ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ އާއި ފިޝަރީޒް މިނިސްޓަރު ހުސެއިން ރަޝީދު ހަސަން ވެސް އޮޑެސީ އަށް ވަޑައިގެން، ދިރާސާގެ ޓީމާ ބައްދަލުކުރައްވައި ހިތްވަރުދެއްވި އެވެ

ނެކްޓަން އިން ބުނީ މިއަދު ރައީސްއާ ބައްދަލުކުރެއްވި ދިވެހި ހަތަރު އެކުއަނޯޓުން ވަނީ މިދިޔަ ދެ ދުވަހުގެ ތެރޭގައި ކަނޑުގެ 500 މީޓަރު އަޑިއަށް ގޮސް ސާވޭކޮށްފަ އެވެ. އެ ބޭފުޅުން އެއްކުރެއްވި ބައެއް ޑާޓާ ރައީސް އަށް ދެއްކެވި ކަމަށާއި ނެކްޓަން މެރިން ބަޔޮލޮޖިސްޓުންނާއި މެޕިން އެކްސްޕާޓުން އެ ޑާޓާ މިހާރު އެނަލައިޒްކުރަމުން އަންނަ ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުގެ ހާލަތު ދިވެހިންނަށް އެނގުން ވަރަށް މުހިންމު ކަމަށެވެ. ރާއްޖޭގެ ކަނޑުތަކަށް އަންނަ ބަދަލުތަކާއި އެތަނުގައިވާ ދިރުންތަކުގެ ސިއްހަތު އެނގެން ޖެހޭ ކަމަށެވެ.

"ތިބޭފުޅުން ހޯއްދަވާ މައުލޫމާތުތަކަކީ ވަރަށް ކްރިޓިކަލް، މުހިންމު މައުލޫމާތުތަކަށް ވާނެ. އެހެންވެ، އެ މައުލޫމާތުތައް އަޅުގަނޑުމެންގެ އަތުގައި ހުރުން ވަރަށް މުހިންމު،" މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފަޑުންޑޭޝަން "ނެކްޓަން" ގުޅިގެން ކުރާ އެ ދިރާސާގެ ފުރަތަމަ ޑައިވް އޮތީ އިއްޔެ އެވެ. ތާރީހު ބަދަލުކޮށްލި އެ ޑައިވް ޓީމުގައި ހިމެނުނީ ތިން އަންހެނުންނެވެ. އެއީ މުޅި ދުނިޔޭގައި ވެސް، ހުސް އަންހެނުން ހިމެނޭ އެކުއަނޯޓްގެ ޓީމެއް ކަނޑުގެ ދިރާސާއެއް ކުރަން ފުން ކަނޑަށް ފޭބި ފުރަތަމަ ފަހަރެވެ.

އެ ޑައިވްގައި ކަނޑަށް ފޭބީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޝާފިޔާ ނައީމް އާއި ނެކްޓަން މޯލްޑިވްސްގެ ރިސާޗު އެސިސްޓެންޓް، ފަރާހް އަމްޖަދު އަދި ނެކްޓަންގެ ސަބްމާސިބަލްގެ ޕައިލަޓް، ކިމްލީ ޑޯ އެވެ.

މި މަހު 2 ގައި ފެށި އެ ދިރާސާގެ މިޝަން 35 ދުވަހަށް ދެމިގެންދާނެ އެވެ. އެ ދިރާސާގައި ރާއްޖެ ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ޓީމެއް، ކަނޑުތަކުގެ އެންމެ މަތީ ފަށަލައިން ފެށިގެން، 1،000 މީޓަރު އަޑި އަށް ސާވޭކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ވ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހުވަދު އާއި ފުވައްމުލަކު އަދި އައްޑޫގެ ކަނޑުގެ ސަރަހައްދު އެ ދިރާސާގައި ބަލާ ގޮތަށް ވަނީ ނިންމައިފަ އެވެ.

އެ ދިރާސާގައި 16 ދިވެހިންނާއި ރާއްޖެއިން ބޭރުން އައި 24 މީހަކާ އެކު 40 ބައިވެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ދިވެހި 10 ސައިންސްވެރިން ވެސް ހިމެނެ އެވެ.

އެ ދިރާސާގެ ބޭނުމަކީ ރާއްޖޭގެ ކަނޑުގެ ބޭސްލައިން ހެލްތު ޗެކެއް ހަދައި، ފުން ކަނޑުގައި ދިރިއުޅޭ ދިރުންތަކުގެ މައުލޫމާތު އެއްކޮށް، ކަނޑުތައް ހިމާޔަތްކުރެވޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމެވެ.

7 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮގައްވިލް

13 September 2022

ނަސީބެއްނު ކީރިތި ނުކުރެއްވި ކަން.

The name is already taken The name is available. Register?

ޢަރުތަ

13 September 2022

ހަޖަމު ނުވިއަސް ތީދެން ބޮޑުވަރު.

The name is already taken The name is available. Register?

އުދުހޭ

13 September 2022

ތިޔައިގަ އަޑިއަށްގޮސް ކަނޑުގެ ރަސްކަން ކުރަން މަޑުކޮށްލަންވީ

The name is already taken The name is available. Register?

ސޮދުރީބެ

12 September 2022

ސިއްރުތައް އެނގުނީމަ ކީއްބާ ކުރަނީ އެއަށް؟

The name is already taken The name is available. Register?

ޢަރުތަ

13 September 2022

ސިދުރީބެމެނަށް ކިޔާދިނަސް މިހިރަ ޒާތްޒާތުގެ ކަންކަމެއް ނޭގޭނެ، ރަނގަޅަށް އަޑުއަހަން އިނދެއްޖެއްޔާ އިރުކޮޅަކުން އޮނާނީ ވާތާވެގެން ވެއްޓިފަ، އެއީ ކަމުގެ ބާވަތުން އާޝޯޚުވެގެން.

The name is already taken The name is available. Register?

މިވަގުތު

12 September 2022

އަނެއްކާ އަނެއް ލާރި ގަނޑު ކަނޑަށް އަޅާލީ! ދަރަނި މައްޗަށް ދަރަނި ނަގައި ގެންވެސް ކޮންމެ ހެންވެސް ޖެހޭނެ ތިކަން ކުރަން މިވަގުތު.

The name is already taken The name is available. Register?

ޢަރުތަ

13 September 2022

ކުރަންވީކަންތަކާ ނުކުރަންވީ ކަންތައް އިނގޭނީ އެއިރެއްގަ އޮންނަ ސަރުކާރަކަށް. މާ ބިސްދޮށި ވެގެން އުޅުމުގެ މާނައެއް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454