ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލުނު ޒުވާނާ --
23 ސެޕްޓެމްބަރ 2022 - 14:09
ހުޅުމާލޭ ދެ ވަނަ ފިޔަވަހިން މީގެ ހަތަރު ދުވަސް ކުރިން ގެއްލުނު މުހައްމަދު އަޒްހާން، 27، އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "މިހާރު" އަށް ވިދާޅުވީ އެ ޒުވާނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޒުވާނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގަ އެވެ.
އެނގިފައިވާ ގޮތުގައި އަޒްހާން މިދިޔަ އާދީއްތަ ދުވަހު ހެނދުނު 6:00 ހާއިރު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެ އެވެ.
އަޒްހާން ގެއްލުނުއިރު ލައިގެން ހުރީ ޕީޗް ކުލައިގެ މާޖެހި އަތް ކުރު ގަމީހެކެވެ.
އަޒުހާނާ ގުޅޭ މައުލޫމާތެއް އެނގޭނަމަ ދެ ވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަންގެ ނަމްވަރު 9393351 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕާކިސްތާނު ޣަރަގު ވެއްޖެ!
25 September 2022
މީހެއް ގެއްލުން. ގާތީ މިއިން ކޮންމެވެސް އެއްގޮތެއްވުން. އެއްކޮޅުން ސީރިޔާ އައް ދިއުން. ނޫނީ ސީރިޔާ އައްގޮސް މޭފުއްޕާލައިގެން އައިމީހެއްގެ ހުނަރު ޓެސްޓްކުރުން. ދެގޮތުންވެސް ސީރިޔާއާ ގުޅޭ!!
ސީދާސާދާ
24 September 2022
ފުރައިގެން ތަނަކަށް ދިޔަތޯ ބެލިންތޯ ޢާއިލާއާ ސުވާލު ނުކުރޭބާ؟ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައިއްޔާ އިމިގްރޭޝަނަށް އެނގޭނެތާ. އެތަން ޗެކް ކޮށްލެވުނުބާ؟ ދުޢާއަކީ ތިކުއްޖާ ސަލާމަތުން ހުއްޓާ ފެނުން،
އަބްދުﷲ އަބީދު
26 September 2022
ޙަބަރު ކިޔާފަ ކޮމެންޓުކޮށްބަލަ. ޜާއްޖޭން ބޭރަކަށްވެސް ވައިގެމަގުން ރާއްޖެތެރެއަކަށްވެސް ނުދެޔޭ އޮއޮތީ ޖަހާފައި
ނަމަނަމަ އުސްމާނު
23 September 2022
މުއިއްޒު ކޮބާ! މޭޔަރު ކުރަންޖެހޭ އެއްކަމެއްވެސް ނޯވޭ ބޮޑު ޅޮސް ބުރިއެއް
ާއުނިމާ
24 September 2022
މޭޔަރަކީ ގެއްލޭ މީހުން ހޯދަން ހަވާލުވެފަ ހުރި މީހެއްތޯ، ލޮލް
ކޮއްޓޭ
23 September 2022
މިމޯހުން ނުފެނެއޭ ބުނާއިރު ކުރަނީ ކީއްބާ ހޯދަން. އޭނާ މޯބައިލް ލޮކޭޝަންއާ އޭނާގެ ރައްޓެހިންނާ ގުޅާ ހަދާބަލަ ހަމައެކަނި ފުޓޭޖް ބަލަނީއޭ ކިޔާފަ އަޅާނުލާ ތިބެނީ. ނިކަމެތި މީހާއަށް ވީމަވާގޮތް .
ޢަރުތަ
23 September 2022
"އަޒްހާން މިދިޔަ އާދީއްތަ ދުވަހު ހެނދުނު 6:00 ހާއިރު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެ އެވެ". ކޮންމެ ދުވަހަކުވެސް ހެނދުނު މާއިރާ އަޒުހާނު ބޭރަށްދޭބާ! ތަނަކަށް ފުރައިގެން ދިޔައީ ނޫންބާ!؟
ހިޔާލީ އަލީ
23 September 2022
މި ތަނުގަ ކޮމެންޓުކުރާ ރޯނުންނަށް ނޭންގެނީ މިކަހަލަ ކުދިންގެ އާއިލާއިން މައުލޫމަތު ނުދީ މިއުޅޭ ސަބަބެއް، މި މީހުންގެ ރައްޓެހިންގެ ބަޔާނާއި އާއިލާގެ ބަޔާންތައް ޕަބްލިކަށް ކިޔާދޭންވީ، އޭރުން ޕޮލިހުން ބަދުނާމުން ސަލާމަތްވާނީ
ސައިންތިސްތު
23 September 2022
އަންނިގެ ކަމެއްނަަމަ މިހާރު ތިކަން ނިމިފަ އިންނާނީ
ޚހގ0ުުިގުގ
23 September 2022
4 ދުވަސް ވީއިރު ޕޮލިސް ކެމެރާ ތަކުންވެސް ފެނުނީ މުކޮސް. 4 ދުވަހުން 24 ގަޑިއިރުގެ ވީޑިޔޯ އެނަލައިޒް ނުކުރެވޭ ~ބައެއް
ޢަރުތަ
23 September 2022
4 ދުވަސް ކީއްކުރަން، 4 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ ރިލްވާނު ގެއްލިގެން އުޅޭތާވެސް، އަދިވެސް ނުފެނެ، ދެން..........!؟
ކުޗީ
23 September 2022
ފުލުހުން ހޯދަން ބޭނުންވާ އެއްޗެހި ފުލުހުން ހޯދާ. ގޭންގުތަކާ އުޅޭ މެމްބަރުންނާއި ފޮޓޯވެސް އެމީހުން އަތުގަ ހުރޭ. އެމީހުންގެ ތިމާގެ މީހެއްގެ ނޫނީ ރަށްޓެއްސެއްގެ ސައިކަލެއް ވަގަށް ނެގިޔަސް ވަރަށް ފަސޭހައިން ހޯދޭ ، އެނޫން މީހުން ވަގަށްނަގާ ވީޑީޔޯގެ ފޫޓެޖް ގެންދިޔައިމަވެސް އަޅެއެއް ނުލާ. މިއީ ހަޤީގަތް. ދެން މިމީހުން އަވައްޓެރި ފުލުހުން ވެގެން ކުޑަކުދިންގެ ހަވީރު ބޭއްވީމަ މަގާތަށް އަންނަނީ ރުޅި.
ފަންގަނޑުހިބަރު
23 September 2022
ކޮންމެ 10 ފޫޓަކުން ސީސީޓީވީ ކެމެރާ އެޅިޔަސް ތިޔަނޫންވަރެއް ނުވާނެ. އަދި މިއީ ބޮޑު ގައުމެއްނަމަ ކޮބާ ސަލާމަތަކީ؟
ޢަރުތަ
23 September 2022
"ފުލުހުންގެ ވަރަށް ހަންބޯވާނެ"