ޚަބަރު / އައިޑީ ކާޑް

އައިޑީކާޑު ހެދުން ލަސްވާތީ ޝަކުވާ ބޮޑު

މީހެއްގެ އައިޑީކާޑް: މީގެ ކުރިން އެއް ދުވަސް ތެރޭގައި ލިބޭ އައިޑީކާޑު ނުލިބި މިހާރު ބައެއް ފަހަރު މަހަކަށް ވުރެ ގިނަ ދުވަސް ވާތީ އާންމުންގެ ޝަކުވާ ބޮޑު. -- ފައިލް ފޮޓޯ: މިހާރު

މީގެ ކުރިން އެއް ދުވަސް ތެރޭގައި ލިބެމުން އައި އައިޑީކާޑު ނުލިބި މިހާރު ބައެއް ފަހަރު މަހަކަށް ވުރެ ގިނަ ދުވަސް ވާތީ އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އައިޑީކާޑު ލިބުން ލަސްވުމުގެ ސަބަބުން ބައެއް އަސާސީ ހިދުމަތްތައް ހޯދަން އުނދަގޫވާ ހިސާބަށް ވެސް ކަންކަން ގޮސްފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ.

ޝަކުވާކުރި އެކަކު ބުނީ މީގެ މަހެއްހާ ދުވަސް ކުރިން އޭނާ އަށް ލިބުނު ދަރިފުޅުގެ އައިޑީކާޑު ހަދަން ހުށަހެޅި ފަހުން މިހާރު މަސް ދުވަސް ވެއްޖެ ކަމަށެވެ. ކާޑު ލިބުން ލަސްވާ ސަބަބު ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އަށް ދިއުމުން އަބަދުވެސް ބުނަނީ "މިދުވަސްވަރު ޑިލޭއެއް އުޅޭ" ކަމަށް އެކަނި ކަމަށެވެ.

"ދަރިފުޅުގެ އައިޑީކާޑު ނެތީމާ އޭނަ ޑޮކްޓަރަށް ދައްކަން އާސަންދަ ވެސް ނުލިބޭ. އަހަރެމެންގެ މުއްދަތު ހަމަވެފައި އޮތް ކާޑު ބޭނުންކުރެވުނަސް، ނިއުބޯންއެއްގެ ކާޑެއް ނޯންނާނެ ދޯ. އެހެންވެ، މިހާރު ހަމަ ފައިސާ ދައްކައިގެން، އާސަންދަ ނުލިބި ޑޮކްޓަރަކަށް މި ދައްކަނީ،" އޭނާ ބުންޏެވެ.

އެހެން މީހަކު ބުނީ އޭނާގެ އައިޑީކާޑު މުއްދަތު ހަމަވެގެން އާ ކާޑެއް ހައްދަން ހުށަހެޅި ފަހުން މިހާރު މަހެއް ވާން ކައިރި ވަނީ ކަމަށެވެ. ކާޑު ލިބުން ލަސްވާތީ ޑީއެންއާރަށް ގުޅަމުން ގޮސް ފޯނު ނެގީ ވެސް ހަފްތާއެއްހާ ދުވަހު މަސައްކަތްކުރި ފަހުން ކަމަށް ބުންޏެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ހިންގާ ވެލާނާގެ: ޑީއެންއާރްއާ ގުޅޭގޮތުން އާންމުންގެ ޝަކުވާ މިހާރު ވަރަށް ބޮޑު -- ފައިލް ފޮޓޯ: މިހާރު

"އަޅުގަނޑު މާލޭގައި އުޅޭ މީހެއް ނޫންވީމަ އެތަނަށް ދާން އުނދަގޫ. ކާޑު ލަސްވާތީ އެއް ދުވަހު މާލެ ގޮސްގެން ވެސް ނުލިބުނު،" އޭނާ ބުންޏެވެ.

އައިޑީކާޑު ހައްދަން މިހާރު ވަރަށް ގިނަ މީހުން ހުށަހަޅަނީ ޑީއެންއާރުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ. ބައެއް މީހުން ބުނި ގޮތުގައި އޮންލައިންކޮށް ހުށަހަޅާ ފޯމަށް ޖަވާބެއް ލިބެނީ ވެސް ވަރަށް ލަހުން ކަމަށެވެ.

"އޮންލައިންކޮށް ކާޑަށް އެޕްލައިކުރީމާ ހަފުތާއެއް ފަހުން ގުޅާފައި ބުނީ ފޯމުގައި ހުރި މައުލޫމާތު ނުބައޭ. މައުލޫމާތު ރަނގަޅުކޮށްފައި އަލުން ހުށަހެޅީމާ އަނެއްކާ ވެސް އެބަ ނަގާ އެހާ ގިނަ ދުވަސް އެ ފޯމު ޕްރޮސެސްކުރަން،" މީހަކު ބުންޏެވެ.

ލަސްވަނީ ނުބައިކޮށް މައުލޫމާތު ހުށަހަޅާތީ: މިނިސްޓްރީ

ޑީއެންއާރު ހިންގަނީ ޕްލޭނިން މިނިސްޓްރީގެ ދަށުންނެވެ. އެކަމާ ގުޅޭ ގޮތުން ޑެޕިއުޓީ މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ އައިޑީކާޑު ލިބުން ލަސްނުވާނެ ކަމަށެވެ. އެ ހިދުމަތް އަބަދުވެސް ދެމުން އަންނަ ސްޕީޑުގައި އެކަން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ބައެއް މީހުންނަށް ކާޑު ލިބުން ލަސްވެގެން އުޅެނީ ފޯމުގައި ނުބައިކޮށް މައުލޫމާތު ހުށަހަޅާތީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އައިޑީކާޑު ލިބުން ލަސްވެގެން އުޅެނީ ޑީއެންއާރުގައި ހުންނަ އައިޑީކާޑު ހަދަން ބޭނުންކުރާ މެޝިނަށް ބޭނުންވާ ބައެއް ސާމާނު މާލެއިން ލިބުން ދަތިވެގެންނެވެ. އެތަނުގައި ހުންނަނީ އޭގެ އެންމެ މެޝިނެކެވެ.

32 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްމަޓީ

17 October 2022

ރައްޔިތުން ހަނާ ވާއިރުވެސް، ތިޔަ ތަން ހިންގަން ހަވާލުވެ ހުރި މީހާ ގަބޫލެއް ނުކުރޭ ހިދުމަތް ލަސްކަމަށް..ދެން ކިހިނެއް ތިޔަ ތަން ރަނގަޅު ކުރާނީވެސް.

The name is already taken The name is available. Register?

ޔޫއްޕެ

17 October 2022

ދައުލަތަށް ބަލަދު އަރާ ބޭފުޅެއް އަކްރަމް ކަމާލުއްދީން އަކީ. އެ ބޭފުޅާ ދުވާލު ހަތަރު ދަމު ކެންޓީނުގަ ކޮފީ ބައްލަވަން އިނަސް، ދައުލަތުން އެބޭފުޅާއާއި އާއިލާގެ ދިރިއުޅުމުގެ ހަރަދުބަރަދު ހަމަޖައްސަވައި ދެއްވަން ޖެހޭ.

The name is already taken The name is available. Register?

މިޝަން ކޮލަމްބޯ

17 October 2022

ތިޔަތަނުގެ އުދަގޫ ރާއްޖެއިން ބޭރުގައި ގާއިމު ކޮށްފައިވާ އެމްބަސީ ތަކަށްވެސް އެހާ ބޮޑު. މެއިލް ތަކަށް ޖަވާބުވެސް ދޭ ބައެއް ނޫން ތިއީ. ޒަމާނާ ނުގުޅޭ ތަނެއް. މަތިން ފެށިގެން ތިރިއަށް ބަދަލު ކޮށްލަން ޖެހެނީ.

The name is already taken The name is available. Register?

ބޮރުަބަލާ

17 October 2022

ތި ނިމުނީކީނޫން އަދި. ދިވެހި ފައިސާވެސް އެތަނުން ބަލައެއްނުގަނޭ. ބުނަނީ ކޮވީޑާހެދި ކޭޝް ނުނަގަމޯ. ބޮޑުމީހާ އަންގަވާފަ އޮންނަގޮތޯ މީ.

The name is already taken The name is available. Register?

ޖުލައި2021

16 October 2022

މިއޮއްފަދަ ޓެކްޒަމާނުގަ ގަބޫލުކުރެވޭނެ ކަމެއްނޫން . އާކުރަން ހުށައަޅާކައްވެސް ނުޖެހޭ ތީމުއްދަތު ހަމަވާންޖެހޭ ކާޑެއްނޫން ދިވެހިރައްޔިތުންގެ ރައްޔިތުކަން މުއްދަތު ހަމަވޭތަ؟ ހަމަނުވަންޏާ ތިކާޑެއްވެސް ހަމަވެގެން ނުވާނެ

The name is already taken The name is available. Register?

ޞަރުދާރު888

16 October 2022

ތިޔަ ހުރިހައި ތަނެށް އޮތީ ތިހާލުގައި. އައިޑީކާޑު ކީއްޖުރަން ޕާސްޕޯޜޓްވެސް. އަސްލު މެސިނެތް ނޫން ގޯހީކީ މުއައްޒަފުންގެ ދޯދިޔާކަން. މުއައްޒަފުން ދޯދިޔާވަނީ ކީއްވެ ޑިޕަާރޓްމަންޓު ހެޑްއަކަށް ގިނަފަހަރު ހުންނާނީ ދޯދިޔާކަމުގެ އައްޕަ. ރައްޔިތުންގެ ކަންކަމާއި ހަވާލުވު އަދި އެހާ ކަންނެތް. ދެން އިންޓަވިއު އަކަށް އަރާ މުއައްޒަފަކު އެއްލާ ބަހެށް ބުނެލަފާނެ ވަރަށް ބާރު ބޮޑުވަމުން ދާތީ ލަސްވެދާނެކަމަށް.

The name is already taken The name is available. Register?

ކަމަނަ2022

16 October 2022

މިހާރު ދެމަސް ވާން ގާތްވެއްޖެ އެއްވެސް ޚަބަރެއް ނުވޭ ފޯނަށް ޖަވާބެއްނުދޭ އިވެނީ އެންމެ އެޑްވާންސްޑް ގައުމުތަކުގައިވެސް ބޭނުންކުރާ އޮޓޯމޭޓެޑް ސިސްޓަމެއްގެ އަޑު ދިވެހި ބަސް ނުވަތަ އިގިރޭސި ބަސް އިޚްތިޔާރު ކުރުމަށް އެކަމު ހަރާމުން ހަރާން އެއިން އެތާ އުޅޭ މުވައްޒަފަކު ޖަވާބެއް ނުދޭ. މިއީ 2022 ވަނަ އަހަރުކަން އެގޭވަރުގެ ހިންގުންތެރި ބަޔަކު އުޅޭ އިދާރާއެއް ނޫން. އަބަދުވެސް ވަރަށް ދަށްފެންވަރެއްގައި ހިންގާ ތަނެއް!

The name is already taken The name is available. Register?

ފެއިލްޑް ސިސްޓަމް

16 October 2022

ތިތަނަށް ގުޅަންދީފަ ހުރި އެއްވެސް ނަންބަރުކުން ގުޅައިގެން ފޯނު ނަގާ ތަނެއް ނޫން ތިތަނަކީ!

The name is already taken The name is available. Register?

ސައި

16 October 2022

ސައިކުރާ ނައީމާ ނޫސްވެރިއަކު ސުވާލެއްކުރި. ތިކަން ތިހެން ކުރުމަށްވުރެ ކޮމްޕިއުޓައުން ކުރީމާ އަވަސްވާނެ ނޫންހެއްޔެވެ؟ ނައީމުގެ ޖަވާބަކީ ކޮމްޕިއުޓަރަށްވުރެ އަވަހަށް ކާތިބަކު ގޮސް ފައިލު ހޯދައިގެން ކާޑު ހަދައިދޭނެއެވެ. މިވާހަކަ ބޮޑު ޖޯކަކަށް ހަދައިގެން އޭރުގެ ޒުވާނުން ކިޔައި އުޅުނެވެ. ނައީމު ދުނިޔެ ދޫކުރައްވައިފިއެވެ. އޭރުގެ ޒުވާނުން މިހާރު މިތިބީ އެކަމާ ހަވާލުވެގެން ކޮމްޕިއުޓަރުން ކުރަން، އެކަމަކު ފެންނަނީ ނައީމު އެވިދާޅުވި މަންޒަރެވެ.

The name is already taken The name is available. Register?

ޢަލީ01

16 October 2022

ރަސްމީ އިދާރާތަކުގަ ހުންނަ ފޯނުތައް ވެމްކޯ އާއި ހަވާލުކުރަން ފެނޭ. ބޭނުން ނުކުރާ އެއްޗެހިތަކެއް ގިނަކުރަން ބެހެއްޓުމުގެ ބޭނުމެއް ކޮބާ؟؟ ތިޔަ ކާޑެއް ނުހެދިގެން ޑޮކްޓަރަށް ދައްކަން މިނަގާ ލާރި ކޮޅުގެ ބޭނުމުގައި ގަސްތުގަ ކުރާ ކަމަކީ ނޫންބާ؟؟؟

The name is already taken The name is available. Register?

މުޙައްމަދު ފައިޞަލް

16 October 2022

މިދިޔަ ޖޫންމަހު އަޅުގަނޑުގެ ދަރިފުޅުގެ ކާޑު ހަދަން ހުށައަޅައިގެން ކާޑި ލިބުނީ ސެޕްޓެމްބަ މަހު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454