ކެރޭނެއް ވެއްޓި ހޯނޑެއްދޫގައި ދޯންޏެއް ފެތިފައި-- ފޮޓޯ: ފޭސްބުކް
10 ޖެނުއަރީ 2017 - 14:33
ގދ. ހޯނޑެއްދޫ ފަޅުގައި އަޅާފައި އޮތް ކަންނެލި ދޯންޏެއްގެ މައްޗަށް ހޮރައިޒަން ފިޝަރީޒްގެ ބޮޑު ކެރޭނެއް ވެއްޓި ދޯނި ބިންދައިގެން ގޮސް ފަޅުތެރެ އަށް ކެރޭން އަޑި އަށް ހިނގައްޖެ އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރު ރިފްޝާން އަހުމަދު ސައީދު ވިދާޅުވީި ގޮތުގައި ކެރޭން ވެއްޓުނީ އިންޖީނު މަރާމާތު ކުރަން އެ ރަށަށް ދިޔަ ލ.ގަމު ދޯންޏެއްގެ މައްޗަށެވެ.
ދޯނި މައްޗަށް ކެރޭނު ވެއްޓޭ ވީޑިއޯ: ވީޑިއޯ: ފޭސްބުކް
ލ. ގަމު "މިޔަވާލި 4" ދޯނީގެ ކެޔޮޅު ހުސައިން ހަނީފް ބުނި ގޮތުގައި ދޯނީގެ މައްޗަށް ކެރޭން ވެއްޓުނީ، އެ ކެރޭން ދުއްވާފައި އައި ބާރުމިނުގައި ބަނދަރު ކައިރި އަށް މަޑު ނުކުރެވިގެންނެވެ.
ބަނދަރާ އިންވެގެން އޮންނަ ހޮރައިޒަން ފިޝަރީޒް ކުންފުނީގެ ސައިޓުގައި އޮތް ކެރޭން ވެއްޓުނީ 80 ވަރަކަށް ފޫޓުގެ މަސް ދޯނީގެ ކޮޅުފަސް ކޮޅަށެވެ. އެއާ އެކު ދޯނީގެ ކޮޅުފަސްކޮޅު ގެނބި ދޯނި ތެރެ އަށް ލޮނުގަނޑު އަރައިގެން ދިޔަ އެވެ. އަދި ކެރޭން އެކުގައި އަޑި އަށް ދިޔުމުން ދޯނި ފެންމައްޗަށް ތިލަވި އިރު، ދޯނި އޮތީ ބިނދިފައި ކަމަށް ކެޔޮޅު ބުންޏެވެ.
ދޯނީގެ މައްޗަށް ކެރޭން ވެއްޓުމުން ދޯނި ފެތިފައި: އެ ކެރޭން ވެސް މިހާރު ވަނީ އަޑި އަށް ގޮސްފައި-- ފޮޓޯ: ފޭސްބުކް
މި ހާދިސާ ހިނގި އިރު، ދޯނީގެ ބައެއް މީހުން ތިބީ ދޯނީގެ ދިރުނބާ ކޮޅުގައި ހަދާފައި ހުރި ގެގަނޑުގެ ތެރޭގަ އެވެ. އަދި ދޯނީގެ އިންޖީނު ރޫމްގެ މަތިގަނޑު ނަގައިގެން އިންޖީނު މަރާމާތު ކުރަން ވެސް ދެ މީހަކު ތިއްބެވެ.
މި ހާދިސާގައި ދޯނީގެ ފަޅުވެރިއެއްގެ ފަޔަށް ކޮންމެވެސް ވަރަކަށް އަނިޔާ ލިބުނެވެ. ނަމަވެސް ކެރޭންގެ ޑްރައިވަރު ވަނީ ކެރޭން އަރިއަޅައިލުމާ އެކު ފުންމާލައިގެން ސަލާމަތް ވެފަ އެވެ.
"ކެރޭން އަޑިއަށް ދިޔުމުން މޫދަށް އެބަ ތެޔޮ ވެސް ލީކުވަމުން ދޭ. މި ހާދިސާ މިހާރު ފުލުހުންނާއި ސިފައިން އަންނަނީ ބަލަމުން،" ރިފްޝާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު
10 January 2017
ސާބަހޭ ކެރޭނޫ! ކެރޭނު ދުއްވަންޖެހޭނީ ޖެޓް ސްޕީޑްގައިކަން ހަނދުމަފުޅުކޮށް އަރުވަން......
ގގ
10 January 2017
ދިވެހިން ކެރޭނު ގެންގުޅެނީ ބައިސިކަލް ގެންގުޅޭގޮތަށް. ހެލިކަޕްޓަރު ގެންގުޅެނީ މަސްދޯނި ގެންގުޅޭ ގޮތަށް!
ޟީީޞީީ
10 January 2017
ކޮބާ އެލަައިޑު
ރަބަޭ
10 January 2017
ސައިކަލު ދުއްވާ ސުޕީޑުގަދޯ ކެރޭނު ވެސް ދުއްވަނީ.
ބީތާ
10 January 2017
ނަސީބެއްނު މީހަކަށް ކަމެއްނުވިކަން...
ފުރޭތަ
10 January 2017
މި ޙަބަރު ކިޔާލުމުން އުފާވީ މީހުން ވެސް އެބަތިބި ގައުމުގެ ޙާލަތު ހުރިގޮތް ކީއްކުރާ ނީ
ހަމްދަރުދީ
10 January 2017
ނަސީބެއްނު މޫދަށް ނުވެއްޓި ދޯނި މައްޗައް ވެއްޓުުކަން...