ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ޝަރީއަތެއް ކުރިއަށް ގެންދަވަނީ: އޭނާއަށް ތުހުމަތުކުރާ މައްސަލައެއް ބަލަން ޖޭއެސްސީން ވަނީ ކޮމިޓީއެއް އެކުލަވާލާފައި.
01 ޑިސެމްބަރ 2022 - 15:55
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ތުހުމަތުކޮށް ތަހުގީގު ކުރަން ނިންމާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅުން އޮތް ފަރާތަކުން ފޮނުވި ފަރީއްކޮޅާ ހަވާލުވެވަޑައިގަތް މައްސަލަކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ހާމަކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރިއްކޮޅަކާ ގުޅޭ ގޮތުން ސުލޫކީ މައްސަލައެއް ބަލަމުން އަންނަ ކަމަށް ރިޕޯޓްކުރި ފަހުން އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މަހާޒްގެ މައްސަލަ ބަލަން ނިންމައި އިއްޔެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
ޖޭއެސްސީން ބަލަނީ، އެ ބަޔާނުގައިވާ ގޮތުން، "ސުޕްރީމް ކޯޓުން ބެއްލެވި އިސްތިއުނާފަކާ މެދު އެ ކޯޓުން ހުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ޚަސްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅު"ގެ މައްސަލަ އެވެ. އެ ކޮމިޝަނުން ނިންމާފައި ވަނީ މި ފަރީއްކޮޅާ ހަވާލުވެވަޑައިގެންފައި ވަނީ މަހާޒްކަމަށް ބުނާ މައްސަލަ ތަހުގީގުކުރަން ފެންނަ ކަމަށެވެ.
އެއީ ޔާމީންގެ ހުކުމާ ގުޅޭ މައްސަލައެއް ކަމެއް ޖޭއެސްސީގެ ބަޔާނުގައި ނެތެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ކޯޓުގެ ދެ މުވައްޒަފަކު އެ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރީ ޔާމީނަށް ހުކުމް އިއްވުމަށް ފަހު ފަނޑިޔާރުން ކޭންބެއްލެވި ފަރީއްކޮޅަކާ ގުޅޭ ގޮތުންނެވެ.
ޔާމީންގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގަ އެވެ. ފަރިއްކޮޅުގެ މައްސަލަ ބަލަން ނިންމީ ހުކުމަށް ބަރާބަރު އެއް އަހަރު ވީ ދުވަހު، އިއްޔެ އެވެ.
ސުޕްރީމް ކޯޓު ފަނޑިޔާރުންގެ މެންދުރުގެ ފަރިއްކޮޅު ސުލޫކީ މައްސަލައަކަށް! https://t.co/alhGCa1FZy
— Mihaaru (@Mihaarunews) December 1, 2022
މި ހުކުމް އޮތް ދުވަހު ފަނޑިޔާރުން ސުޕްރީމް ކޯޓުގައި ފަރިއްކުޅުއްވީ އަމިއްލަ ޖީބުން ހަރަދުކުރައްވައިގެން ކަން "މިހާރު"އަށް ލިބުނު އެކަމާ ގުޅޭ ލިއުމަކުން އެނގިފައިވެ އެވެ. މިއީ, އާއްމު އުސޫލުން ފަނޑިޔާރުންގެ ތެރޭގައި އަމަލުކުރަމުން އަންނަ ގޮތެއް ކަަން ވެސް އެނގިފައިވެ އެވެ.
އަމިއްލަ ހަރަދުގައި އެކި ދުވަހު ކެއުން ގެންނަވާނީ އެކި ފަނޑިޔާރުންނެވެ. މަހާޒްގެ މައްސަލަ ބަލަނީ އެނގިފައިވާ ގޮތުގައި, ޔާމީނަށް ހުކުމް އިއްވި ދުވަހު ގެނައި ބަތް ޕާރުސަލްތަކަށް އޭނާ ފައިސާ ދައްކަވާފައިވާތީ އެވެ. އެ ޕާރުސަލްތައް ގެނައީ ޕީޕީއެމަށް ތާއީދުކުރާ މީހެއްގެ ހިއްސާ އޮންނަ ރެސްޓޯރަންޓަކުން ކަމަށް ޖޭއެސްސީން ބަލާ މައްސަލާގައި ތުހުމަތުކުރާކަން އެނގެ އެވެ.
ބަތް ޕާރުސަލް އޯޑަރުކޮށްގެން ގެންދިޔައީ، ޒަމްޒަމް ހައްޖު ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު، އަބްދުލްއަޒީޒް ހުސެއިން (އަޒީބެ)ގެ ހިއްސާ އޮންނަ ރެސްޓޯރަންޓަކުންނެވެ. އެއީ، ފަނޑިޔާރު މަހާޒްގެ ބަފައިބެ އެވެ.
ޔާމީނަށް ހުކުމް އިއްވި ބެންޗުގައި ރިޔާސަތު ބެލެހެއްޓެވީ މަހާޒެވެ. ޔާމީން މިނިވަން ކުރުމަށް ހުކުމް އިއްވީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ފަނޑިޔާރުން ފަރިއްކުޅުއްވި މައްސަލަ ޖޭއެސްސީން ބަލާއިރު ޔާމީން މިނިވަންވި ހުކުމަކީ އެ ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންނާ އެކު އެންމެ މަތީ މަރުހަލާގެ ކޯޓުގެ މިނިވަންކަމާއި އިތުބާރު އޮތް ކަމުގެ ހެއްކެއް ކަމަށް ސަރުކާރާއި އިދިކޮޅުން ވެސް ވަނީ ބުނެފަ އެވެ.
ސަރުކާރުން ބުނެފައި ވަނީ އެންމެ މަތީ މަރުހަލާގެ ކޯޓުން ޔާމީން މިނިވަންވުމުން އެނގެނީ ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމެވެ. މިނިވަންކަމާ އެކު ހުކުމްތައް ނެރޭނެ ކަމުގެ އިތުބާރު ރައްޔިތުންނަށް ލިބުން ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
އެއާއެކު އިދިކޮޅު ޕީޕީއެމުން ވެސް ބުނެފައި ވަނީ އެ ހުކުމާ އެކު ސުޕްރީމް ކޯޓުގެ މިނިވަންކަން ސާބިތުވެ, ފަނޑިޔާރުންގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ކަން ކަށަވަރުވެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥަގުން
03 December 2022
ޙިސާން ވެސް ކަނީ އެމްޑީޕީ ގޮލައެއްގެ ރެސްޓަޮރެންަތުމް
އިސްމާލި
02 December 2022
ޖޭއެސްސީގައި ހިސާނުމެން ތިބެގެން މި ކުޅޭ ހަޑި ޑްރާމާއިން ޔަގީންވާ ކަމަކީ މަހާޒު ގައިގައި އަތްލެވޭނެ އެެއްވެސް ގޮތެއް ނެތް ކަން. އެހެންވެގެން އެ ބޭފުޅާގެ ބަފާބެގެ ރެސްޓޯރަންޓުން އަމިއްލައަށް ފައިސާ ދައްކައިގެން ގެނައި ބަތްޕާރުސަލެކޭ ކިޔައިގެން މި ވީދެނީ.
ނުހޮރުއްޕާން ކޮމިޝަން
02 December 2022
ދެންތިބި މީހުން ކެއީ ޖުޑިޝަރީ ރައީސް އާ ގުޅުންހުރި މީހަކު ފޮނުބިތަކެތި ނޫންބާ. މިވެސް ތުހުމަތު ކަމަށް ބަލަންވީނު.
އެނދިމަރިޔަނބު
02 December 2022
އަންނިގެ ބާރު ހިނގާ ހުރިހާތަނެއް ފަސާދަވާނެ. ޖޭ.އެސް.ސީ ގަވެސް އޭނަ އިނީމަ ވާނެ ގޮތްމީ.
ސައްތާރުބެ
02 December 2022
މަހާޒަކީ 100 ކައިގެ މީހެއް، މަހާޒު ދަންނަ ކޮންމެ މީހަކަށް އެނގޭނެ އޭނަ ނުގަނެވޭނެކަން. ޖޭއެސްސީ ގަންގަ ގަނޑު އެބައެނގޭ ސިވިލްކޯޓުގެ އިސްގާޒީކަމާއި ހައިކޯޓުގެ އިސްފަނޑިޔާރުކަން ވަގުތީ ގޮތުން ހަވާލު ކުރިކުރުމަށް ބަލާއިރުވެސް.
އަލީހަމީދު
02 December 2022
ޕީޕީއެމް މީހުން ކޮމެންޓްނުކޮށް މަޑުކޮއްލަންވީނު މި މައްސަލަ ބަލާނިމެންދެން. އޭރުން ރަގަޅަށް އެގޭނެ މީ ކިހާވަރެއްގެ މައްސަލައެއެކަން.
ޗަންކަރު
02 December 2022
ސުވާލު: މިފަހަރު ހިބަރުވަދު ދޫކުރީ ކާކު؟ އަދި ހިބަރު ވަދުގަ މިފަހަރު ޖެހުނީ ކޮންބައެއް؟
އިސްލާހު
02 December 2022
މިހާރު އެއުޅެނީ ކުރާނެ ނުކުރާނެ ކަމެއް ނޭންގިގެންނެވެ. ވެރިކަން މިވެރިން އަތުން ބީވެދާނެކަން ހަމަ ކަށަވަރުވަނީއެވެ. މުޅިންވެސް ހަމަ ކޮސްގޮވެނީއެވެ.
ޖޭއެސްސީގެ ހަޑިމުޑުދާރު އަމަލުތައް އެނގޭ މީހެއް
02 December 2022
ރަނގަޅު ހެޔޮ ލަފާ. އިންސާފަށް ހުކުމް ކުރާ ފަނޑިޔާރެއް ހުރިނަމަ، އަބަދުވެސް ވެރިކަމުގެ ބާރުން އެ މީހަކާ ދެކޮޅުވެރިވޭ. ދުނިޔޭގެ އާދަ. މަހާޒަށް ހެޔޮ ރަޙްމަތް ލައްވާ، ސާބިތުކަން ދެއްވާށި! އާމީން
ޕޫރުބެ
02 December 2022
ދެތިން ލޯފާމެއްގެ ދެތިން ލޯޔަރުންނެއް ލައިގެން ފަނޑިޔާރުގޭގަ ބަގުޑި ބައްދަނީ! ާާާާބއި ކުދިންނާއި އެކުގައި އުޅޭ ކުދިންލައި ފުރަނީ!a