ޚަބަރު / މެމްބަރު އިބްރާހިމް ރަޝީދު (މާފަންނު މެދު)

ވިޕާ ޚިލާފުވުމުން ބޮންޑޭއަށް އިނާޔަތްތައް ކަނޑާލަން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު: ވިޕްލައިނާ ތިން ފަހަރަށް ޚިލާފުވި މައްސަލާގައި އޭނާއަށް ވަނީ ފިޔަވަޅު އަޅާފައި. -- ފޮޓޯ | މަޖިލިސް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މުހިއްމު ބިލްތަކަކަށް ނެރުނު ވިޕާ ތަކުރާރުކޮށް ޚިލާފުވެފައިވާ ކަމަށް ބުނެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އަށް އެމްޑީޕީގެ އިނާޔަތްތައް ކަނޑާލަން އަންގައިފި އެވެ.

ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ބޮންޑޭއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ތިން ފަހަރަށް ވިޕްލައިނާ ޚިލާފުވެވަޑައިގެންފައިވާ ކަމަށެވެ. ފިޔަވަޅެއްގެ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދުގެ 41 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕާޓީން ދޭ އިނާޔާތްތައް ކަނޑާލަން ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ދަންނަވާފައިވާނެ ކަމަށެވެ.

އަސްލަމްގެ ސިޓީތަކުގައިވާ ގޮތުން ބޮންޑޭ ޚިލާފުވީ ސަޕްލިމެންޓްރީ ބަޖެޓާއި މި އަހަރަށް ލަފާކުރި ބަޖެޓްގެ އިތުރުން ޖީއެސްޓީ ބޮޑުކުރުމުގެ ބިލް ފާސްކުރަން ނެރުނު ތްރީ ލައިން ވިޕާ އެވެ. ތްރީ ލައިން ވިޕެއް ނެރެފި ނަމަ މަޖިލީހަށް ހާޒިރުވެ ވޯޓުދޭން ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަށް ލާޒިމްވާ ކަމަށް އަސްލަމްގެ ސިޓީގައިވެ އެވެ.

"ލީޑަޝިޕަށް ގަބޫލްކުރެވޭ ފަދަ ސީރިއަސް ހާލަތެއް މެދުވެރިވެގެން ކުރިން ހުއްދައަށް އެދުމަކާ ނުލައި ތްރީ ލައިން ވިޕަށް އަމަލުކުރުމަށް މަޖިލީހަށް ހާޒިރު ނުވުމާއި ވޯޓުގައި ބައިވެރި ނުވުމަކީ ކުށެކެވެ," އަސްލަމް ވިދާޅުވި އެވެ.

ޕާލަމެންޓްރީ ގްރޫޕްގެ ގަވާއިދުގައި ވިޕްލައިނާ ޚިލާފުވުމުން އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި އިނާޔަތްތައް ކަނޑާލުން މާނަކޮށްފައި ވަނީ ކޮމިޓީތަކާއި ހަރަކާތްތަކުގައި ބައިވެރިނުކުރުން ކަމަށް ވެ އެވެ. މިއީ ތިން ވަނަ ފަހަރަށް ވިޕްލައިނާ ޚިލާފުވުމުން އަޅާ ފިޔަވަޅެވެ.

ހަތަރު ވަނަ ފިޔަވަޅެއްގެ ގޮތުގައި އޮތީ ޕާޓީގެ މަގާމެއްގައި ހުރި ނަމަ ވަކިކުރުމާއި އަހަރެއް ވަންދެން އެތެރޭގެ އިންތިހާބެއްގައި ވާދަނުކުރެވޭ ގޮތް ހެދުމެވެ. ފަސް ވަނަ ފަހަރު އަދަބެއްގެ ގޮތުގައި އެ ގަވައިދުގައި އޮތީ ޕާޓީން ވަކިކުރެވިދާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގައި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް ވެސް ވަނީ ދެބައިވެފަ އެވެ. ގިނަ މެމްބަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަޅީގައި ތިއްބެވި އިރު އަނެއް ބަޔަކު ތިއްބެވީ ނަޝީދާ އެކުގަ އެވެ.

މަޖިލީހަށް ހުށަހަޅާ ބިލްތަކާއި މައްސަލަތަކުގައި ވެސް މި ހިޔާލުތަފާތުވުންތަކުގައި އެއް ބަޔަކު އަނެއް ބަޔަކަށް ފާޑުކިޔައި ބަހުގެ ހަމަލާތައް އަމާޒުކުރެ އެވެ. ބަޖެޓު ފާސްކުރުމާއި ޓެކްސް ބިލަށް ނަޝީދުގެ ފެކްޝަނުން ދެކޮޅު ހައްދަވައި ބައެއް މެމްބަރުން ވޯޓެއް ނުދެއްވަ އެވެ.

އެ މެމްބަރުންނާ ދޭތެރޭގައި ވެސް ޕާލަމެންޓްރީ ގްރޫޕުން ވަނީ ފިޔަވަޅު އަޅައިފަ އެވެ.

ބޮންޑޭ ވިދާޅުވީ "ތަފާތުކުރުމެއް" ކަމަށް

ބޮންޑޭ ވަނީ ތްރީ ލައިން ވިޕެއް ނެރުމުން އޭނާ ވޯޓު ނުދިން މައްސަލަ ތަފްސީލްކޮށްދެއްވައި އަސްލަމަށް ސިޓީއެއް ފޮނުވައިފަ އެވެ.

އޭނާ ވޯޓު ނުދެއްވި ސަބަބު ދިފާއުކުރައްވައި ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓްގައި ހިމަނާފައިވާ ޖަމްބޯ ބޭގުތަކުގައި ބިލިއަނުން ފައިސާގެ އަދަދު ޖަހާފައި ވަނީ އެއްވެސް ތަފްސީލެއް ނެތި ކަމަށެވެ. އެމްޑީޕީން އޭނާއަށް ކަނޑައަޅާފައިވާ އިނާޔަތްތައް ކަނޑާލައިގެން އެއްވެސް ޝަކުވާއެއް ނެތް ކަމަށް ވިދާޅުވި އެވެ.

އެކަމަކު ޕީޖީ ލީޑަރު އަންގެވި ގޮތަށް މާފަށް އެދިވަޑައިގަންނަވާނީ އޭނާ ތަމްސީލްކުރައްވާ ދާއިރާގެ ރައްޔިތުން އެގޮތަށް އެދޭ ނަމަ ކަމަށް ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި މަޖިލީސް މެމްބަރެއްގެ ގޮތުގައި އޭނާ އިންތިހާބުކުރީ ރައްޔިތުންނެވެ. އެހެންކަމުން މަޖިލީހުގައި އޭނާ އަމަލުކުރާ ގޮތަކުން ޝަކުވާއެއް އޮތް ނަމަ އޮންނާނީ އެ ރައްޔިތުންގެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެ ރައްޔިތުންގެ ޝަކުވާއަކީ ކޮވިޑުގެ ހާލަތުން އަރައިނުގަނެވި ދަރަނީގެ މައްޗަށް ދަރަނި އިތުރުވެ މުދަލާއި ހިދުމަތްތަކުގެ އަގުމަތިވެ އަތްމަތި ހުސްވެ ގައުމުގައި ފަގީރުކަން އިތުރުވެ ދަރަނީގެ ދަންތުރައިގައި ޖެހިފައިވާ ހާލަތެއްގައި ޓެކްސްނެގުމުގެ ޝަކުވާ އެވެ. އެ ފަދަ ހާލަތެއްގައި ޓެކްސް ބޮޑުކުރާން ވޯޓު ދިނުމަކީ ބޭއިންސާފެކެވެ." އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަސްލަމް މަޖިލީހުގެ ކޮމިޓިއެއްގައި.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހު މެމްބަރުންގެ ވާޖިބަކީ އަދި ތަމްސީލްކުރަން ޖެހޭނީ ދާއިރާ އާއި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ހައްގުތަކެވެ. އެހެންކަމުން މަޖިލީހުގައި އޭނާ ދެއްވާ ވޯޓަކީ ދާއިރާ އާއި މުޅި ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ދެވޭ ވޯޓަކަށް ވާން ޖެހެ އެވެ.

"ޕީޖީ ގްރޫޕްގެ ލީޑަރުގެ ފަރާތުން އެދިފައިވާ ގޮތަށް އަޅުގަނޑު މާފަށް އެދުމުގެ ކުރީން ދާއިރާގެ ރައްޔިތުންނާއި އަދި ރާއްޖޭގެ ގިނަ ރައްޔިތުން އެކަމަށް އެދޭ ނަމަ މާފަށް އެދޭނެ ވާހަކަ އިހްތިރާމާއެކު ޕީޖީ ލީޑަރަށް ދަންނަވަމެވެ،" ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުންތައް ސިއްރުން ބާއްވާ މައްސަަލައިގައި ވެސް ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. ގަވާއިދުގައި ބައްދަލުވުންތައް ބާއްވަން ޖެހޭނީ ހާމަކޮށްގެން ކަމަށް އޮތަސް 19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުނު ފަހުން އެމްޑީޕީގެ ބައްދަލުވުންތައް އެގޮތަށް ނުބާއްވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައްދަލުވުންތައް ޔައުމިއްޔާ ވެސް ނުކުރާ ކަމަށާއި މިއީ ޑިމޮކްރަސީގެ ރޫހާ އަދި ހެޔޮވެރިކަމުގެ އުސޫލުތަކާ މުޅިން ހިލާފު ހުދުމުހުތާރު އުސޫލެއް ކަމަށެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި ޕާލަމެންޓްރީ ގްރޫޕުން ފާސްކުރާ ވިޕަށް ވޯޓުދޭން މަޖިލީހަށް ހާޒިރުނުވުމަކީ ވެސް ވިޕްލައިނާ ޚިލާފުވުމެވެ.

"އެހެންކަމުން ފާއިތުވީ 4 އަހަރު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނެރެފައިވާ ވިޕަށް ވޯޓުދޭން މަޖިލީހުގެ އެތަކެއް ޖަލްސާއަށް މަނިކުފާނު [އަސްލަމް] ވެސް ހާޒިރުނުވެ ވިޕްލައިނާ ހިލާފުވެ އަދި ވިޕްލައިނާ ހިލާފުވި އެތަކެއް މެމްބަރުންނަށް އަދި ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ މެމްބަރުންނަށް ވެސް އެއްވެސް ފިޔަވަޅެއް ނާޅައި ވަކި ބަޔަކަށް ފިޔަވަޅު އެޅުމަކީ ތަފާތުކުރުމެކެވެ. އަނިޔާއެކެވެ،" ބޮންޑޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ ވަކި ފިކުރެއްނައްތާލައި ނެތިކޮށްލަން ވެސް މަސައްކަތްކުރުމެވެ. މިއީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފު ހުދުމުހުތާރު އިންސާނީ ހަމަބުއްދި ތައާރަޒްވާފަދަ އަނިޔާވެރި އަމަލެކެވެ.

17 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 15%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާމިދު ޝާހިދު

07 February 2023

އަވަހަށް އިދިކޮޅު ޕީޕީއެމްގެ ބިޔަ ލަޝްކަރާ ގުޅިވައިގެން މިސަރުކާރު ސާފުކުރުމުގެ މަސައްކަތް ފައްޓަވާ! އަމިއްލަ ޕާޓީއާ ދެކޮޅަށް ވޯޓުދީދީ ހުންނަވާނެކަމެއްނެތް! ރަނގަޅަށް ތިކަން ކުރަންޏާ އިދިކޮޅާ ގުޅިވަޑައިގަންނަވާ!

The name is already taken The name is available. Register?

އިލްހާމް

07 February 2023

ޖީއެސްޓީ %2 ބޮޑުކުރުމުން ބޮޑުވި އަދަދު މިރާއްޖޭގައިއުޅޭ ބިދޭސީންވެސް ދައްކަމުންދަނީ. އެލިބޭ ހުރިހާ ފައިސާއަކީ ހަމައެކަނި ދިވެހިންގެ ފައިސާ. ގެދޮރުވެރިކަމާއި ތައުލީމާއި ސިއްޙަތާއި މިނޫން އެހެނިހެންކަންކަމަށް ކުރެވޭހޭދަ އިތުރުކުރަން ފައިސާވެސް ބޭނުންވާނެ. ބޮންޑޭމެންގެ ވިސްނުން ތިހުންނަނީ ކޮމިއުނިސްޓް ވާނުވާ ވިސްނުން. ރާއްޖޭގެ ފައިނޭންސް މެނޭޖްކުރާގޮތް ގޯހެކޭ އަދިބުނެވޭކަށްވެސް ނެތް.

The name is already taken The name is available. Register?

2 ޕަސެންޓް

08 February 2023

ޖީއެސްޓީ ބޮޑުކުރުމުން ސިޔާސީ ހުރިހާ މަގާމުތަކެއްގެ މީހުންނަށް ބަރާބަރަށް ބޮޑު މުސާރަ ދީފަ ހިތްހަމަޖައްސާފަ ބޭތިއްބެނީ އަދި އިތުރު މަގާމުތައް އުފައްދަ އުފައްދާފަ ވޯޓަށް ނުފޫޒު ފޯރުވެނީ.

The name is already taken The name is available. Register?

ކިއުންތެރިޔާ

07 February 2023

ގޮނޑިޔަށް ކެމްޕެއިން ކުރަން ގޮނޑި ހޯދަންވީމަ ޕާޓީ މުހިންމުވެފަ ހޮވުމަށްފަހު ޕާޓީ މުހިންމު ނުވާނަމަ ޕާޓީން ވަކިވާންވީ ނޫންތޯ ބޮންޑޭ. މިހެންވެ ސިޔާސީ ޕާޓީގެ ގާނޫނެއް އަވަހަށް ފާސްކޮށް އަމަލު ކުރަންވީ. ޕާޓީގެ ޕްލެޓްފޯމަށް އަރާ ގޮނޑި ހޯދައިންގެން ޕާޓީގެ މެނިފެސްޓޯ ދަމަހައްޓަން ދެކޮޅު ހަދަންޏާ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ. ތަޅުމުގައި ޕާޓީއަށް އެއްޗިހި ގޮވިގެން ވެސް ނުވާނެ. ސިޔާސަތާ ހިތްހަމަނުޖެހެންޏާ ޕާޓީގެ ބައްދަލުވުންތަކުން އެކަން ނިންމާނީ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

07 February 2023

އެ ވަރިހަމަ ދޯ ޕާޓީން 3900 މީހުން ކަޑާލި ވާހަކަވެސް ނުދައްކަންވީދޯ؟ ކަލޭ ހީކުރީ މިއީ ކުޑަކާފު ބޮޑުކާފު ޖަހާ ޒަމާނެއް ކަމެއްތަ؟

The name is already taken The name is available. Register?

ކިއުންތެރިޔާ

08 February 2023

ގުދުގުދު ދެނެހުރީމުތަ އެމްޑީޕީގެ ރައީސަކީ މުޙައްމަދު ނަޝީދުކަން. އެހެންވީމަ ޕާޓީގެ ހިންގުމުގެ އެންމެހާ ކަމެއް ހިނގާނީ އެބޭފުޅާގެ ބެއްލެވުމުގެ ދަށުން އަދި އެކަމުގެ ޒިންމާވެސް ނަންގަވަންވާނެ. އަދި ކޮބާ ޗެއަރޕާސަނަކަށް ހަސަނު ހުރެގެން މިބޭފުޅުން ޕާޓީ އަށް މެންބަރުން އިތުރު ނުކޮށް ޖަލްސާއެއް ނުބާއްވާ ޕާޓީއަށް ލިބުނުހާ ފައިސާއަށް ކޮފީބޮއެ ހުސްކުރިކަން ދެނެހުރީމުތަ؟ ކުޑަބޮޑުކާފުގެ ވާހަކައެއް ނޫން މިދައްކަނީ "ޕާޓީއަކީ މަގޭ އުމުރަށް މަގޭތަނެއް" ކަމަށް...

The name is already taken The name is available. Register?

ބޮޑުމީހާ

07 February 2023

މިވެސް ކޮންމެވެސް ދާއިރާއަކުން ރައްޔިތުން ހޮވި މެމްބަރެއް. ޖީއެސްޓީ ބޮޑުކޮށް ރައްޔިތުންނަށް އެތައް ބުރައެއް ޖައްސާއިރު އެކަމާ ދެކޮޅަށް ތެދުވާންކެރޭނެ މީހަކު ނެތް. ވެރިކަން ފެށެނީ ރައްޔިތުންގެ ކިބައިން. މި ބާރުގެ ބޭނުން ނުހިފާހާ ހިނދަކު، ސިޔާސީ މީހުންގެ އަތްދަށުގަ ރައްޔިތުން ތިބޭނީ

The name is already taken The name is available. Register?

ދުންންމާރި

07 February 2023

އޭ ބޮޑުމީހާ ، ޢާޓިކަލް ނުކިޔާ ވާނުވާގައި ކޮމެންޓު ނުކޮށްބަލަ . ފިވަޅު އަޅާ މާފަށް އެދެން އަންގާފައި އެވަނީ ޖީއެސްޓީ ބޮޑުކޮށް ރައްޔިތުންނަށް ތަކުލީފު ޖެއްސުމާ ދެކޮޅުތެދުވި މެމްބަރަށޭ

The name is already taken The name is available. Register?

ރިއެކްޓްވުން

07 February 2023

ގާނޫނުއަސާސީޢާއި ހިލާފް އަދި ރައްޔިތުން ނިކަމެތިކަންލިބޭ ފަދަ ކަންކަންކަމުގައި ނެރޭ ވިޕްލައިނަށް ވޯޓުދޭކަށް ނުޖޭހޭނެ . ބޮަންޑޭގެ ނިންމުން ރަނގަޅު .

The name is already taken The name is available. Register?

ތަފާލެއް

07 February 2023

ކޮވިޑްހާލަތުގެ ދަރަނިތަކުން ރައްޔިތުންގެ އަތްމަތި ދަތިވެ މުދަލާ ހިދުމަތުގެ އަގުތައް އިންތިހާއަށް މަތިވެ ރައްޔިތުމީހާ ބިކަވެފައި ވަނިކޮށް ރައްޔިތުންގެ ހައްގުގައި ޖީއެސްޓީ ބޮޑުކުރަން ވޯޓުނުދިން މެމްބަރުންނަށް ފިޔަވަޅު އަޅާ މާފައްއެދެން ޖެއްސުމަކީ މިސަރުކާރުގެ މެޖޯރިޓީ އޮންނަ މަޖިލީހުން ރައްޔިތުން މޫނުމަތީގައިޖެހި ތަފާލެއް

The name is already taken The name is available. Register?

ވެންތިލޭޓަރު

07 February 2023

"ޕީޖީ ގްރޫޕްގެ ލީޑަރުގެ ފަރާތުން އެދިފައިވާ ގޮތަށް އަޅުގަނޑު މާފަށް އެދުމުގެ ކުރީން ދާއިރާގެ ރައްޔިތުންނާއި އަދި ރާއްޖޭގެ ގިނަ ރައްޔިތުން އެކަމަށް އެދޭ ނަމަ މާފަށް އެދޭނެ ވާހަކަ އިހްތިރާމާއެކު ޕީޖީ ލީޑަރަށް ދަންނަވަމެވެ،" ބޮންޑޭ ވިދާޅުވި އެވެ. ކޮންމެ މެމްބަރަކުވެސް މިފަދައިން އަމަލުކުރާ ނަމަ ރައްޔިތުން ބާރުވެރިކުރެވޭނެ.

The name is already taken The name is available. Register?

އަލިފުތާ

07 February 2023

ދައްކާ ދެއުޅިއެއްނުވާ ވާހަކަ. ޖައްސާ ޑްރާމާ. ރައްޔިތުން ކައިރީ އަހާފަތަ ތިއުޅޭގޮތަށް ތިއުޅޭނީ..ނޫނޭ ވާސަރީ

The name is already taken The name is available. Register?

އައިދާ

07 February 2023

ބޮންޑޭ ދިފާއުގައި ދެއްކިވާހަކަ ގޯހެއްނޫން އެކަމަކު ޕާޓީއެއްގެ ފަރާތުން މަޖިލީސްއަށް ވަދެ އިންނަނަމަ ޕާޓީގެ ޤަވާއިދާއި އުސޫލުތަކަށް ބޯލަބަންޖެހޭނެ އެހެންނޫންނަމަ އަމިއްލަގޮތުން ކުރިމަތިލައިގެން ގޮޑި ހޯއްދަވާ އޭރުން މިނިވަންވާނީ އަދި ތި ދެއްކިވާހަކަ ދެކޮޅު ޖެހޭނީ

The name is already taken The name is available. Register?

ހުސެންް

07 February 2023

ބޮންޑޭމެންގެ އޮންނާނެ ކޮންމެވެސް ސަބަބެއް. ޝަކުވާތަކެއް ނުނިމޭނެ. އަންނި ފެކްޝަނަށް ޖެހިފައޮންނަ ބައްޔެއްހެން ހީވަނީ. އަބަދުވެސް އެމީހުން ދެކޭގޮތް އެއީ ރަނގަޅުގޮތް.

The name is already taken The name is available. Register?

ހިބިރިންބެއްޔާގެ ކުޑަސޮރު

07 February 2023

ބޮންޑޭވެސް ބޮޑުވަޒީރުވެސް ވަކިކުރާންވީ. އެއްވަރުގެ ދުއްޕާންބޮޑު ދެމީހުން އެއީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454