ފިރިހެން ދެ މެމްބަރަކު ތަޅުމުން ނެރެން އަންހެން ސެކިއުރިޓީން މަސައްކަތް ކުރައްވަނީ: އަންހެން ސެކިއުރިޓީން ތަޅުމުގައި ހަރަކާތްތެރިވާ މަންޒަރު އާއްމުކޮށް ފާޑުކިއުން ވަނީ އަމާޒުކޮށްފައި.
07 ފެބުރުއަރީ 2023 - 16:31
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަދަކަމުން ތަޅުމުން ނެރެން ޖެހޭ ހާލަތްތުގައި އަންހެން ސެކިއުރިޓީން ފޮނުވައިގެން އެކަން ކުރަން ނުޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން ހުށަހަޅުއްވާނެ ކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ފިރިހެން މެމްބަރުންތަކެއް ތަޅުމުން ނެރެން ޖެހުނީ އަންހެން ސެކިއުރިޓީން އަމިއްލައަށް ބޭނުންވެގެން ނޫން ކަަމަށެވެ. މަޖިލީހުގައި އިއްޔެ ހިނގައިދިޔަ އެ ހާދިސާއާ ގުޅުވައި އަންހެން ސެކިއުރިޓީން ބަދުނާމުކޮށް ހަޑިހުތުރު ބަހުން ސޯޝަލްމީޑިއާގައި ފުރައްްސާރަކޮށް ހެދުން އޭނާ ވަނީ ކުށްވެރި ކުރައްވައިފަ އެވެ.
މަޖިލިސް ހުޅުވުމުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އާއި ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު ނެރެން އަންހެން ސެކިއުރިޓީން ހަރަކާތްތެރިވާން ޖެހުނީ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވުމުންނެވެ. ސައީދު އަތުގައި ހިފައި އަންހެން ސެކިއުރިޓީން އޭނާ ނެރެނިކޮށް ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން ލަވަ ހަދައި ވެސް އާއްމުކޮށްފައިވެ އެވެ.
"ފިރިހެން މެމްބަރުން ގައިގައި އަތްލާ ހިތުން ތެދުވެގެން މިތަނުގައި އެ ބޭފުޅުން އެއްވެސް ކަމެއް ކޮށްފައެއް ނެތް. މިތާ ހިނގި ކަންތައްތަކަކީ މިތަނުގެ ވެރިން އެ ބޭފުޅުންނަށް އިންސްޓްރަކްޝަން ދެއްވި ގޮތަށް އަމަލުކުރައްވާފައިވާ ގޮތެއް،" އޭނާ ވިދާޅުވި އެވެ.
ރޮޒައިނާ އާދަމް މަޖިލީހުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ | މަޖިލިސް
އަންހެން ސެކިއުރިޓީންގެ ގޮތުގައި މަސައްކަތް ކުރަނީ މަދު އަންހެނުންތަކެއް ކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ އެފަދަ ދާއިރާތަކުގައި ތިބޭ މީހުން ބަދުނާމުކޮށް އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކުން އަގުވައްޓާލުން ބަލައިނުގަނެވޭ ކަމަށެވެ. މިއީ އެފަދަ ދާއިރާތަކުގައި ތިބި އަންހެންނަށް އަދި ނުކުންނަން ތިބި މީހުންނަށް ވެސް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވި އެެވެ.
"ފުލުހުން، ކަސްޓަމްސް އިމިގްރޭޝަންގައި ވެސް އަމަލުކުރާއ އާއްމު އުސޫލަކީ އަންހެނުން ފާސްކުރަނީ އަންހެނުން. ފުލުހުން ފާސްކުރަނީ ފިރިހެނުން. ފުލުހުން ވެސް އަންހެނުން ހައްޔަރުކުރުމާއި ދުރަށް ލުމުގައި ވެސް އަންހެން ފުލުހުން ހަރަކާތްތެރިވަނީ،" ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގައި އިއްޔެ ހިނގައިދިޔަ ކަންކަމަކީ އާއްމު އުސޫލުން ބޭރުގައި ހިނގި ކަންތައްތަކެވެ. އެހެންކަމުން މިކަމުގައި އަންހެން ސެކިއުރިޓީން ލަދުގަންނަވާލައި ހަޑިހުތުރު ބަހުން ފާޑުކިޔައި ހެދުން ހުއްޓާލަން ރޮޒައިނާ އެދިވަޑައިގަތެވެ.
މިކަމަށް ހައްލެއް ހޯދުމަށް އަންހެން ސެކިއުރިޓީންނަށް އެފަދަ ހާލަތްތަކުގައި ރައްކާތެރިކަމާއި ހިމާޔަތް ލިބޭނެ ގޮތަށް މަޖިލީހުގެ ގަވައިދަށް ބަދަލު ގެންނަން ހުށަހަޅުއްވާނެ ކަަމަށް ވިދާޅުވި އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމޭން
09 February 2023
މަތީ މަގާމުތަކާއި ވަޒީފާ ލިބިގަތުމުގައި އަނހެން ފިރިހެން ހަމަހަމަ، އެކަމަކު ކަމަކާ ޖެހުނީމަ އެމީހުންނަކީ ލޮއީފް ނިކަމެތި ބައެއް. ކޮންމެ މަހަކު ޕީރިއަޑް، ވިހޭމަ 6 މަސް ގޭގަ، ދަރިއަށް ބުއް ދޭން ދުވާލަކު ގަޑިއެއް ގެއަށް. ބަލަ އެކަން ދަނެގެން އެމީހުންނާ ހަވާލުކޮށްފައޮތް ޒިންމާ އަދާކުރަން ގޭގެ ދަރިން ބަލަން ތިބޭނަމަނު. ނޫނީ ވިއްޔާ ވަޒީފާއަށް ނިކުތަސް އެހަމަހަމަ ކަމަށް ދައުވާ ނުކުރާނަމަނު
އަޖައިބު
08 February 2023
ސޯ ވިމެން ކާންޓް؟
ޢާޒީ
08 February 2023
އީކުއަލް ރައިޓްސް.
ކާދް
08 February 2023
ވިމަން ކާޑް
ޖަސްޓިސް ވޮރިއަރ
08 February 2023
ހުރިހާ މޮޅެއް އޮންނަ ކަމެއްގައި އަންހެން ފިރިހެން ހަމަހަމަވާނެ ކަމަށް އެވެރިން ބުނެެތެވެ. އެފަދައިން އަމަލު ނުކޮށްފިނަމަ އެއީ އަންހެނުންގެ ދަރަޖަ ދައްކުރަނީކަމަށް ބުނެއެވެ. މައްސަލައެއްނެތެވެ. ވަޒީފާ ލިބުމާއި ދިނުމުގައި ހަމަހަމައެވެ. އެކަމަކު ވަޒީފާގެ މަސްޢޫލިއްޔަތު އަދާ ކުރުމުގައި ހަމަހަމަވާންވެސް ޖެހޭނެ ނޫންތޯއެވެ. ނަމަވެސް ބުރައެއް އުފުލަންޖެހިއްޖެ ނަމަ އެއީ ފިރިހެނުންގެ މަސައްކަތް ކަމަށް ބުނާތީ، އެއީ ފިރިހެނުން ތަފާތުކުރުން ނޫން ކޮންކަމެއްތޯ؟
ަސޭޑް
08 February 2023
އަންހެންސެކުރިޓީން ނުޖެހޭ ފިރިހެނުން ގަޔައްބޮލައް އަރާކަށް
އަނދިރިއަނދިރި
08 February 2023
މިޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެން ވިދާޅުވި، ނަން އިއްވި މެންބަރުންގެ ހަތެރެސްފައިގައި ހިފާ ނުނެރެވޭނެކަމަށް. ވީއިރު އެމީހުން ތަޅުމުން ނެރެންދިޔަ އަންހެން ސިކުއުރިޓީން ކީއްކުރަން މެންބަރުންގެ ގަޔަށް އަތްލީ؟ ނިކުންނަށް އެންގީމަ ނުނުކުތީމަ ދެންޖެހޭނީ އަތުގައިހިފާ ބޭރުކުރަންވެސް ފިރިހެން ސިކިއުރިޓީން ފޮނުވާށެވެ.
ރޯޒީ
08 February 2023
ހާވާނެ ހަޑިއެއް ހާވާފަ ކޮންހަެވުމެއް ހާވަން ޗަކޮއެމެން ތިއުޅެނީ ތިއުޅެނީ ބައިކޮޅައް ހޯލުޖެހިގެން މިފަހަރު
ދގދސެފ×
07 February 2023
ފިރިހެނުންނާ އަންހެނުންނާ ހަމަހަމަ ޒަމާނެއްގާ އަންހެނުންނަށް ފިރިހެނުން އުފުރާލެވޭނެ. އަދި ފިރިހެނުންނަށްވެސް އަންހެނުން އުފުރާލެވޭނެ.
12345
07 February 2023
އެވަގުތު ކީއްވެބާ ދިފާއު ނުކުރީ؟