ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސަޕޯޓަރުންނާ އެކު: އެމަނިކުފާނާ ޓިކެޓް ހަވާލުކުރަން ހުކުރުދުވަހުގެ ރޭ ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައި. -- ފޮޓޯ | މިހާރު
13 ފެބުރުއަރީ 2023 - 14:57
އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ޖަލްސާ އަންނަ ހުކުރުދުވަހުގެ ރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.
ކާނިވަލުގައި ބާއްވާ ޖަލްސާއަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް ރިޔާސީ ޓިކެޓް ހަވާލުކުރާއިރު މިއީ އެމްޑީޕީން ރިޔާސީ ޓިކެޓް މިގޮތަށް ހަވާލުކުރާ ފުރަތަމަ ފަހަރެވެ. މި ޖަލްސާއަށް ކާނިވާ ސަރަހައްދު ހަމަޖައްސައިދޭން މާލޭ ސިޓީ ކައުންސިލްގައި ވަނީ އެދިފަ އެވެ.
އެމްޑީޕީގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ޓިކެޓް ކަށަވަރުކުރެއްވީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުއާ ވާދަކުރައްވައި 62 ޕަސެންޓުންނެވެ.
ޕްރައިމަރީއަށް ފަހު ރައީސް ވިދާޅުވެފައި ވަނީ ނަތީޖާއާ އެކު ޕާޓީގެ އެތެރޭގެ ވާދަވެރިކަން ނިމުނީ ކަމަށެވެ. ދެން ނުކުންނަންވީ އެއްބައެއްގެ ގޮތުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕްރައިމަރީ އަށް ވުރެ ފަސޭހައިން ރިޔާސީ އިންތިހާބު އެމަނިކުފާނަށް ފަސޭހައިން ކާމިޔާބު ކުރެއްވޭނެ އެވެ. ސަބަބަކީ އެމްޑީޕީއަކީ ހައްގުތައް ހޯދައި ދިނުމާއި ތަރައްގީ ގެނައުމުގައި އަބަދުވެސް އެއް ވިސްނުމެއްގައި މަސައްކަތްކުރާ ޕާޓީއަކަށް ވާތީ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ދެ ވަނަ ދައުރަކަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާއިރު، ޕާޓީގެ ރައީސް ނަޝީދު ވަނީ އިންތިހާބުގައި ރައީސާ އެކު ނުހުންނަވާނެ ކަަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ގެންދަވަނީ ޕާޓީގެ ބައެއް މެމްބަރުންނާ އެކު ސިޔާސީ ވަކި ހަރަކާތަކަށް މަސައްކަތް ފައްޓަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑަމް
14 February 2023
ތިޔައީ ފިކުރެއްގެ ދިރުމެއްނޫން ތިޔައީފިކުރެއްގެ ހަލާކު ތިފިކުރުގާ ތަންތަނާމީހުންނާ ވާނީ ހަލާކު ހުރިހާބޭފުޅުންވެސް" ރައްކާވެތިބިއްޔާ ދަތުރޭބުނާބަސް" ހަނދުމަފުޅު ބަހައްޓަވާތި!!
ޓީޖެޓީ
14 February 2023
ފިކުރެއްގެ ދިރުން މިހާރު ކިތައް ގޮފި ހެދިއްޖެބާ؟؟
ތުނޑުހަސަނު
13 February 2023
ތިޔަ ޓިކެޓް ޙަވާލުކުރަންވާނީ ޕާޓީގެ ރައީސްގެ އަތްޕުޅުން. ޕާޓީގެ ރައީސަށް އެކަން ނުރެވެންޏާ ނުވަތަ އެހިތްވަރު ނެތިއްޔާ ލަސްނުކޮށް އިސްތިޢުފާ ދޭންވީ. ނޫނީ ރައީސްކަމުން ވަކިކުރަންވީ. ނަމެއްގައި މީހަކު ބަހައްޓާނެކަމެއްނެތް.
އަހުމަދުބޭ
13 February 2023
އަދި ވެސް ރިޔާސީ މަންޒަރު ސާފެއްނުވޭ ގާސިމްބެމެން ހަދާއެއްޗަކުން މަންޒަރު ސާފްވާނީ ޓިކެޓީ ވޯޓުގެ ދެވަނަ އެއްވަނަ އަދި ސާފެއްނުވޭ
ާއުނިމާ
14 February 2023
ޤާސިމް ކުރިމަތިލާނެ....ޖޭޕީގެ ކެނޑިޑޭޓެއް ލާނެ! ޕީޕީއެމެގެ ކެނޑިޑޭޓެއް ލާނެ! ކޯއްޗެއްތަ ސާފުނުވަނީ
ބޮޑުމީހާ
13 February 2023
ރައްޔިތުން ބޭނުންވަނީ ވައުދު ނުފުއްދާ، ދަރަނި ބޮޑު، ސިޔާސީ މަގާމް ގިނަކުރާ، ކޮރަޕްޝަން ނުބަލާ، ފްލެޓް ނާޅާ، މަގު ނަހަދާ، ޖީއެސްޓީ ބޮޑުކުރާ، މަހުގެ އަގު ދަށްކުރާ ވެރިން. އެގޮތުން އިބޫ ސޯލިހުގެ މިހުރިހާ ޝަރުތެެއް ފުރިހަމަ ވާތީ ހުކުރުގަ އެދެނީ ޓިކެޓް.....މިވަރުން ކިހިނެެއް ގައުމު އިސްލާހުވާނީ
ށަވިޔަނި
13 February 2023
ޖާބިރުވެސް އެބަ ނުކުމޭ. ނަޝީދުވެސް ނުކުންނާނެ. ނާޒިމުވެސް. ޤާސިމުވެސް ލަފާކުރެވޭ. ޔާމީނު އަދި ވާނުވާގަ. ނަން ހުށަހެޅުމުގެ ކުރިން ޔާމީނު މިނިވަން ވެއްޖެއްޔާ ބޮޑަށް ބެލެވެނީ ތި ރޭސް ކާމިޔާބު ކުރާނީ ޔާމީނުކަމަށް. އެމްޑީޕީ އެއްގަލަކަށް ނައަރާ ރައީސަށް ރޭސް ކާމިޔާބުކުރުން ދަތިވާނެ.
އޮނަރަބްލް އަފީފު ދީދީ
13 February 2023
އެބޭޅާ އާއި ޙަވާލުކުރާ ޓިކެޓް ހިއްޕަވައިގެން މިފަހަރު ޖެހޭނީ ގެއަށް ދާން. އެންމެ ކުޑަމިނުން ނައިބްކަން ހަވާލުވާނެ މީހަކުވެސް ހީއެއްނުވޭ ލިބޭނެ ހެނެއް. # ޝާހިދު އާއި ފައްޔާޒު ގެ އިތުރަށް އައްޑޫމީހެއް ކަމުގައި ވިޔަސް އެމީހުންގެ މެދުގައިވެސް މަޤުބޫލުކަން ގެއްލުފައިވާ ހާޒިރީގެ ފުލުގައި އޮންނަމީހާވެސް އެބޭޅާގެ ރަނިންގމޭޓްކަން ޤަބޫލު ކޮށްފާނެ ހެނެއް ހީއެއް ނުވޭ. ތިޔަ ޓިކެޓަކުން ކުރެވޭނެ މާބޮޑު ބޭނުމެއް އޮތްކަމަކަށް ނުދެކެން.
މަންމޯލް
13 February 2023
ވަރުވަރަށް ހަފްތާ 7 ދުވަހު ޓިކެޓް އެރުވިޔަސް ތިޔަ ކަމެއް ނުވާނެ!
ޓިކެޓް
13 February 2023
ވަރަށް ހިތުގަޖެހޭނެ
ވަތަންގެ ޒުވާނާ
13 February 2023
އަވަހަށް ހަވާލުކުރޭ! "އިންޑިއާ ފަސްޓް" ސަރުކާރު ބޭރުކޮށް "މޯލްޑިވްސް ފަސްޓް" ސަރުކާރެއް ގެންނަން އަހަރެމެން މިތިބީ ކެއްމަދުވެފައި!