ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

އެއާޕޯޓް ނެގީ ބޮޑު އިންވެސްޓްމަންޓަކާ ދިމާލަށް ދަނިކޮށް: ގާސިމް

ރައީސް ޔާމީނާއި ގާސިމް ވާހަކަފުޅު ދައްކާލައްވަނީ: ކާޑެއްދޫ އެއާޕޯޓުގެ މައްސަލަ ރައީސް ޔާމީންގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށް ގާސިމް މިއަދު ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރުން އަތުލީ، އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށްޓަކައި ބޮޑު އިންވެސްޓްމަންޓަކާ ދިމާލަށް މިސްރާބު ޖަހާފައި ވަނިކޮށް ކަމަށް ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ކާޑެއްދޫ އެއާޕޯޓުގެ ބައެއް ކަންކަން ސިވިލް އޭވިއޭޝަންގެ ގަވާއިދުތަކާއި މިންގަނޑުތަކާ ހިލާފަށް ހުރި ކަމަށް ބުނެ، އެތަން ސަރުކާރުން އިއްޔެ އަތުލި މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެއީ ވިލާ އަށް ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ސިވިލް އޭވިއޭޝަންގެ ވާހަކަތައް މުޅިން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފަހުން އެ ބޭފުޅުން ކުރި އޮޑިޓުން ވެސް ފާހަގަވި ކަންތައްތައް ރަނގަޅު ކުރަން މުއްދަތެއް ދިން. އެ މުއްދަތުގެ ތެރޭގައި ކަންކަން ހުންނާނީ ރަނގަޅު ކޮށްފައި. އަޅުގަނޑަށް ބޮޑަށް ހީވަނީ އޮޑިޓުން ފާހަގަކުރި ކަންތައްތަކުގެ ތެރެއިން އަދި ފުރިހަމަ ވެފައި ނެތީ ފަޔާ ޓްރަކެއް ގެނައުމުގެ ކަންތައް ހެން. އެއީ މާ ސީރިއަސް ކަމެއް ވެސް ނޫން. އެ ފަޔާ ޓްރެކަށް ވެސް ފައިސާ ދައްކައި، ގެނައުމުގެ މަގުމަތީގައި އުޅެނިކޮށް އެއާޕޯޓް މި އަތުލީ،" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން އާ ޖަނެރޭޓަރުތައް ބަހައްޓައި އަދި ސްކޭން މެޝިން ބެހެއްޓުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާ ކަން ގާސިމް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށްޓަކައި 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓަކާ ދިމާލަށް ވަނީ އަމާޒު ހިފައިފަ އެވެ. އެގޮތުން އެތަނަށް ފައިނޭންސް ކުރެވޭނެ ގޮތެއް ބެލުމަށްޓަކައި ވަރަށް ފަހުން ވެސް ބޮޑު ޓީމެއް ކާޑެއްދު އަށް ގޮސް އެތަން ބަލާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށްޓަކައި ކާޑެއްދޫ އެއާޕޯޓުން 2.8 ހެކްޓަރު ހިއްކަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ކޮށްދޭން ބުނި ކަންތައް ވެސް ކޮށް ނުދޭ

ގާސިމް ވިދާޅުވި ގޮތުގައި ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ އެއާއާ 2013 ސަރުކާރުން ހަވާލުކުރީ، އެއާޕޯޓް ހިންގުމުގެ ތެރޭގައި ކުންފުންޏަށް ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ރަށެއް ދޭ ގޮތަށެވެ. އެކަމަކު މިހާ ހިސާބަށް ވެސް ސަރުކާރުން އެކަމަށް އަލިމަގެއް ނުދެއްކުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ކާޑެއްދޫ އެއާޕޯޓް: މިތަން ވިލާ އެއާ އަތުން ނެގިއިރު، އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރަން ރާވާފައިވާ ކަމަށް ގާސިމް ވިދާޅުވޭ.--- ފްލައިޓް ފޯރަމް

"އޭގެ ސަބަބުން އަޅުގަނޑުމެންނަށް މިހާތަނަށް ވެސް 60 މިލިއަން ރުފިޔާގެ ގެއްލުން މިވަނީ ވެފައި. އަޅުގަނޑުމެންނަށް ދޭނެ ރަށެއް މިހާތަނަށް ސަރުކާރަށް ކަނޑަނޭޅި މިހާ ގިނަ ދުވަސް މިވީ. ތަފާތު ރަށްތައް އަޅުގަނޑުމެން ވެސް ދައްކައިފިން. އެއާޕޯޓާ އެހާ ދުރު ނޫން ރަށެއް ދިނުމަށް އެދުނިން. އެއާޕޯޓާ އެހާ ދުރުވެއްޖިއްޔާ ލޮޖިސްޓިކް ބައެއް ކަންކަން ހަމަޖައްސަން އުނދަގޫވާނެތީ އެގޮތަށް ވެސް އެދުނީ. އެކަމަކު ސަރުކާރުގެ ކޮމިޓްމަންޓް މިހާތަނަށް ވެސް ފުލްފިލް ވެފައި ނެތުމަކީ އަޅުގަނޑުމެން ހިތާމަކުރާ ކަމެއް،" ގާސިމް ވިދާޅުވި އެވެ.

މާމިގިލީ އެއާޕޯޓުން ސަރުކާރަށް ދައްކަން ޖެހޭ ޓެކްސްތައް ބޮޑު

އދ. މާމިގިލީ އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ޖޫން 1، 2016 އިން ފެށިގެން ބަދަލުކުރީ ވިލާ އިން އެދިގެން ކަމަށް ސަރުކާރުން އިއްޔެ ބުނެފައިވާއިރު، އެކަމާ ގާސިމް ވެސް ދެކޮޅެއް ނުހައްދަވަ އެވެ.

އެކަމަކު އެކަން އެގޮތަށް ހަދަން މަޖުބޫރުވީ، މާމިގިލީ އެއާޕޯޓް، އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހިންގާއިރު، ސަރުކާރަށް ދައްކަންޖެހޭ އެކި ކަހަލަ ޓެކްސްތައް މާ ބޮޑަށް އިތުރުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ އެހާ ބައިވަރު ފައިސާ އިތުރަށް ދައްކާފައި އިންޓަނޭޝަނަލް އެއާޕޯޓެއް ހިންގުމަކީ ހަރަދު ދެކޮޅު ނުޖެހޭނެ ކަމަކަށް ވާތީ، މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއްބަސްވުން ބާތިލް ކުރިޔަސް މައްސަލައެއް ނެތޭ އަޅުގަނޑުމެން ދެންނެވިން. އެހެންވީމާ ސަރުކާރުން އެ ދައްކަނީ ރަނގަޅު ވާހަކައެއް،" ގާސިމް ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެކޭ އެއްގޮތަށް، ހަމަހަމަ ފުރުސަތުތަކެއް މާމިގިލީ އެއާޕޯޓް، އިންޓަނޭޝަނަލް ކުރާއިރު ލިބިދިނުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

މައްސަލަ ރައީސް ޔާމީންގެ ސަމާލުކަމަށް

ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް އަތުލި މައްސަލަ ރައީސް އަބްދުﷲ ޔާމީންގެ ސަމާލުކަމަށް އިއްޔެ ގެންނަވާފައިވާ ކަމަށެވެ. އެގޮތުން އެސްއެމްއެސް އަކުން އެމަނިކުފާނަށް މި މައްސަލަ ދެންނެވުމުން، ސިވިލް އޭވިއޭޝަންގެ އޮޑިޓާ ގުޅޭ ލިޔެކިޔުންތައް ގެންނަވައި ކަން ހިނގި ގޮތް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ގާސިމް ވިދާޅުވި އެވެ.

"މިކަން ހިނގި ގޮތް ރައީސުލްޖުމްހޫރިއްޔާ އަށް ސާފުވެވަޑައިގަތީމާ ގޯސްވާނެ ކަމަކަށް އަޅުގަނޑު ނުދެކެން. އަޅުގަނޑުމެންގެ އަތުގައި ވެސް އެބަހުރި، ހުރިހާ ލިޔެކިޔުންތައް،" މާމިގިލީ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ކާޑެއްދޫ އެއާޕޯޓް އަތުލި ދެވަނަ ފަހަރު ކަމަށް ވާއިރު، އެތަން ފަހުން އަތުލި މައްސަލަ ހައްލު ނުވެއްޖެ ނަމަ ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.

ވިލާ އަށް ކާޑެއްދޫ އެއާޕޯޓް ދިނީ ނޮވެމްބަރު 2013 ގައި ކަމަށް ވިޔަސް. ސަރުކާރު ކޯލިޝަނުން ވަކިވެ، އިދިކޮޅު އެމްޑީޕީއާ އެކު ގާސިމް މަސައްކަތް ކުރައްވަން ފެއްޓެވުމާ އެކު، އެއާޕޯޓް އަތުލަން ނިންމައި އެ ކަމުގެ ނޯޓިސް އޮގަސްޓް 2014 ގައި ޓޫރިޒަމް މިނިސްޓްރީން ފޮނުވި އެވެ. ވިލާ އިން އެ ފަހަރު ކޯޓަށް ދިއުމުން އެ ނޯޓިހަށް އަމަލުކުރުން ފަސްކުރަން ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް، ސަރުކާރުން ވަނީ ސެޕްޓެމްބަރު 2014 ގައި ކާޑެއްދޫ އެއާޕޯޓް އަލުން ވިލާ އަށް ދީފަ އެވެ.

ހަމަ އެ ބުރުގައި މާމިގިލީ އެއާޕޯޓް ވެސް ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކުރި އެވެ.

ކާޑެއްދޫ އެއާޕޯޓު ސަރުކާރުން އަތުލައި މާމިގިލީ އެއާޕޯޓް ޑޮމެސްޓިކް ކުރިއިރު، ގާސިމް ވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރައްވަން ނިންމަވައިފަ އެވެ. އެކަމަކު އޭގެ ފަހުން އެންމެ ފަހަރަކު ނޫނީ މައުމޫނާ ބައްދަލު ނުކުރައްވާ ކަމަށް ވެ އެވެ.

58 ކޮމެންޓް, 74 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 7%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެޔޮބަސް

21 January 2017

ގާސިމް މިހާރުކޮންމެއެއްޗެއް ވިދާޅުވެލެއްވިއަސް މިސަރުކާރުއައީ ގާސިމްގެ ވަރަށްބޮޑު މަދަދާއެކު

The name is already taken The name is available. Register?

މުވައްޒަފު މީހާ

20 January 2017

ފުރަތަމަ ކަމަކަށް ކާޑެއްދޫ އެެއަރ ޕޯރޓްގެ މިހާރުގެ މިންގަޑަށް ފެތޭތޯ ބަލާބަ. މުވައްޒަފުނަ ލައްވާ މަޖުބޫރު ޑިއުޓީތައް ނަންގަވައި، އޯޓީ ގަނޑިތައް ނެންގެވުމަފަހު ކިތައްމަހު ތޯ މުވަޒަފުންނަށް ލާރި ނުދީ ހުރީ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

19 January 2017

"ހުރިހާ މުދަލެއް ނެގިއަސް ވަރިހަމަ، މުދާ ހުރި މީހެއްގެ އަތުން މުދާ ނެގޭނީވެސް" މިހެންވެސް މިމީހާ ބުނި، ދެރައީ މިޒާތުގެ ވާހަކަ ބުނެފަ އެގޮތުގަ ހުންނަން ނުކެރޭތީވެ، މިޒާތުގެ މީހުން އަހުން ސިފަކުރަނީ ބޮޑު ފިނޑި.އެއްގެ ގޮތުގަ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

19 January 2017

ދެފަހަރު އެކައްޗެއް ނުކިޔާ، އެއްގޮތަކަށް ހުންނަން ނޭގޭ ފިރިހެނެއް މީވެސް، މަހިތަށް އަރާ........

The name is already taken The name is available. Register?

ހިތަށްއަރާ

19 January 2017

ކުރިން މަގޭ ހިތަށްވެސް އެރި ."ޤާސިމް ސިޔާސީ ދާއިރާގައި މިއުޅެނީ ކީއްވެގެން ހޭ؟" އެކަމަކު އެއީ ކީއްވެކަން މި ވިސްނުނީ އަދިކިރިޔާ އެވެ. "ކަނބުރުގެއަށް ވަނިއްޔާ އަޅި ބުރާނޭ" ބުނާ ބީދައިން ޤާސިމަށް ވެސް ދިމާވެފައި ވަނީ އެގޮތެވެ. ޤާސިމް އުޅެ ބޮޑުވީ ސިޔާސީ އެކި ފަންތީގައި މަސައްކަތް ކުރި ފަރާތްތަކާއެކު، އެ ފަރާތްތަކުގެ އަޅާލުމާއި ލޯބި ލިބިގެންނެވެ. ވީމާ ޤާސިމް ވެސް ސިޔާސީ މައިދާނަށް ހިތް ޖެހުމަކީ އެންމެ އެކަށީގެންވާ ކަމެކެވެ. އަދި ސިޔާސީ މައިދާނުގައި އުޅޭ ބައެއް މީހުންނާ ޚިލާފަށް ޤާސިމަކީ "ކާންދިން އަތުގައި ދަތް އަޅާ" މީހެއް ނޫންކަމުގެ އިތުރުން ޤާސިމަކީ އިޙްސާންތެރިކަން އަދާކުރަން ހަނދާން ބަހައްޓާ ފަރާތެއްވެސް މެއެވެ. މިފަދަ ޙައްސާސް ދަނޑިވަޅެއްގައި ވެސް ޤާސިމް ރައީސް މައުމޫން ފަޅީގައި އެ ހުންނަނީ އެހެންވެގެންނެވެ.

The name is already taken The name is available. Register?

އަލް

19 January 2017

ގާސިމު ތިޔަ ދެއްކެވި ވާހަކާގައި ހުރީ ކުރަން ހިތުއަޅާފައި ހުރި ކަންކަން. ކުރި ކަމެއް ނެތް. ބިންވެސް ހިއްކަން ޖަނަރޭޓަރުވެސް ގެންނަން ފަޔަލޮރީވެސް ގެންނަން އިންޓަނޭޝަނަލް ވެސް ކުރަން. މިހާރު ކާޑެއްދޫ ގެންގުޅެތާ 3 އަހަރުވީ.. މިހާރު ވެފަ ނެތްކަމެއ ދެން ކޮންއިރަކުން ކުރަން.

The name is already taken The name is available. Register?

ކޮލޮމްބޯ

19 January 2017

އަދިވެސް ތަނެއް އޮތިއްޔާ ތިޔަ ބައްލަވަނީ ބަގުޑި ބެއްދޭތޯއެވެ. މިހާރުވެސް ހުޅުމާލެއިންނާއި ތަންތަނުން ނަގާފައިހުރި ބިންތަކާއި ނަގާފައި އެތަށް އަހަރެއްވެފައި ހުރި ރަށްރަށް ހެއްދެވޭތޯ އުޅުއްވަންވީ ނޫންތޯއެވެ؟ އަސްލު ތިޔަފެނިވަޑައިގަންނަވަނީ ބަޣާވާތުގެ ހިތި ރަހައެވެ. އެކަމުގައި ބައވެރިވި އެންމެނަށްވެސް އެކަން އެބަފެނޭ ނޫންތޯއެވެ؟ މިއީ ވައުދުވެފައިވާ ގޮތަށް ގުދުރަތުގެ ފުރިހަމަ ނިންމެވުމެވެ.

The name is already taken The name is available. Register?

ޜާޣާޞި

24 January 2017

ޢަންނިޔައް ވެސް އެކަމުގެ ރަހަ ދޯ އެހެރީ ފެނިފަ މާލެއަކައް ނާދެވޭ ބޭރުގެ ގައުމަކައް އަމިއް ލަޔައް އަރުވާލެވިގެން ބަގާވާތިގެ ރަހަ މިފެންނަނީ ގާސިމް އައް ދޯ އަދިވެސް

The name is already taken The name is available. Register?

އުމަރު

19 January 2017

ސަރުކާރުން އަމިއްލަ ވިޔަފާރިވެރިއެއްގެ އެގްރީމެންޓެއް ކެންސަލްކުރާއިރު އެމީހުން ނުބަލާނެ އެފަރާތަށް ވާނެ ގެއްލުމެއް އެމީހުން ބަލާނީ އެމީހުންނަށް ސިޔާސީގޮތުން ވާނެ ފައިދާ އަދި ބާރު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ލިބިދާނެ ފައިދާއެއް

The name is already taken The name is available. Register?

އިންތިގާލީ

19 January 2017

ކޮޅު ބަދަލުކޮށްލަބަލަ. އަސްލު ކޮޅު ހިތުގަ ބާއްވަބަލަ

The name is already taken The name is available. Register?

ދޭންވީދޯ

19 January 2017

މަމެން ޕިންކީންގެ ވެރިކަމުގައި ހުރިހާ ކަންކަން ކުރާނާ ގާނޫނާއި ގަވާއިދު ތަކުގެ ތެރެއިން ނެވެ. ކާޑެއްދޫ އެއާރޕޯރޓް ވެސް އަތުލީ ގާނޫނާއި ގަވާއިދުގެ ތެރެއިން ނެވެ. ގާނޫނުން ބޭރުން މިކަން ކުރިނަމަ މިއަދު ވިލާއިން މިމައްސަލަ އޮންނާނީ ޝަރުއީ ކޯޓަށް ހުށައަޅާފައި ނޫންތޯއެވެ. ކާޑެއްދޫ އެއާރޕޯރޓް އެންމެ ރަނގަޅަށް ތަރައްގީ ކުރެވޭނީ ދެން މޯލްޑިވިއަން އަށް އެތަން 20000 އަހަރަށް ދިނުމުންނެވެ. ދިސް ކުޑްބީ އިޓް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454