އަންހެން މީހާ ވެއްޓުނު ސަރަހައްދު: އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަަމަށް ފުލުހުން ބުނޭ.
13 މާޗް 2023 - 20:47
ހެންވޭރު ސަހަރާ ކައިރި، އިމާރާތަކުން މިރޭ ވެއްޓުނު އަންހެން މީހާ މަރުވެއްޖެ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.
ފުލުހުން ބުނީ އިމާރާތަކުން ވެއްޓުނީ 32 އަހަރުގެ ދިވެހި އަންހެނެއް ކަަމަށެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އިމާރާުތުން ވެއްޓުނީ ފުވައްމުލަކު ޚަދީޖާ އަލިދީދީ އެވެ. އަންހެން މީހާ ވެއްޓުނު ސަބަބެއް އަދި ނޭނގެ އެވެ. އާއްމުވި ފޮޓޯއަކުން ފެންނަ ގޮތުގައި އޭނާ ވެއްޓިފައި އޮތީ ބަންޑުންނެވެ.
އެ ސަރަހައްދުގެ ބައެއް މީހުން ބުނި ގޮތުގައި އޭނާ ވެއްޓުނީ އެކަނި ހުއްޓަ އެވެ. ފުވައްމުލަކުގައި ދިރިއުޅޭ ޚަދީޖާ މާލެ އައިސް އުޅުނީ ބޭސްފަރުވާއަށް ކަމަށް ވެ އެވެ.
އިމާރާތަކުން މިރޭ މީހަކު ވެއްޓުނުއިރު ރޭ ދަންވަރު މާލޭގެ އިމާރާތަކުން ވެއްޓި ހަތަރު އަހަރުގެ ކުއްޖަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހުތާން
14 March 2023
މިގައުމުގަ ހަމައީ ކޮންކަމެއް ކޮންތަނެއް ކޮން އެއްޗެއްތޯ؟ ދަޢުލަތުގެ އދާރާއެއް މަސައްކަތެއް ލިބިއްޖެނަމަ އެ ހޮވުނީ މާވަހަރެކެވެ! ކަމަކަށް ކަމެއް އެއްޗަކަށް އެއްޗެއް ހަދާލާފަ ލާރިގަނޑު ނެގީމަ ނިމުނީ! ސްޕްވައިޒަރުވެސް ޖީބަށް! އޭގެ މިސާލެއް ޢަރަބިއްޔާގެ ޢިމާރާތް! ކޮބާ ޒިއްމާވި މީހެއް! އެކުންފުނީގެ ބޮޑުމީހާ ރައްޔިތުންނަށް ނުލާހިކު ބަލާޣާެރި ނަޞޭޙަތް ދެއްވަނީ ނޫންތަ؟
ހާމިދު ޝާހިދު
14 March 2023
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މިހާރު އެންމެ ބުއްދިވެރިވާނީ ބެލްކަނިތައް ނުހުޅުވާ ބެހެއްޓޫން. ސަރުކާރުން އެސެސްމެންޓް ހަދާ ނިމެންދެން! ބެލްކަންޏެއްގެ އުސްމިން އެންމެ ކުޑަމިނުން 5 ފޫޓަށް ހުންނަންވާނެ އަދި، އަތް އަޅުވާލެވޭނެ ރޭލިންގ އެއް ހުންނަންވާނެ. މި މިންގަނޑަށް ނުފެތޭ، 13،000 އިމާރާތް ރާއްޖޭގައި ހުންނާނެ! ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ އިސްނަންގަވައިގެން މިކަން ކަން ރަނގަޅުކުރުމަށް މަސައްކަތް ކޮށްދެއްވުން އެދެމެވެ. ޝުކުރިއްޔާ!
ބައްލަވާ
14 March 2023
ކުއްޖާ ވެއްޓުނު ބެލްކަނީއަކީވެސް އެހާ އުސް ބެލްކަންޏެއް. އެކަމު ކުއްޖާ ގޮނޑިއަކަށް އަރައިގެން އެ ހާދިސާ ހިނގީ. ބެލްކަނީ ތިރިވެގެން އެކަންޏެއް ނޫން ކަންކަންވަނީކީ.
ބޮޑުމީހާ
14 March 2023
މިގައުމުގެ ހުރިހާ ކަމެއްގެ ތެރެއަށް ކޮރަޕްޝަންވަދެ މިއޮތީ ހަލާކުކޮށްލާފަ. އިމާރާތްކުރުމުގެ މިންގަޑަށް އަމަލުކުރަނީކީ ނޫން، އެކަން ބަލާނެ މީހަކު ނެތް، ވެރިން ސޫޓް ލައިގެން ދުނިޔޭގެ ބުރުޖަހާ އަޗާތެޅީމަ އެނިމުނީ
ސައިނީސ
14 March 2023
ބެލްކަނި ސީޒަސން އައީ ދޯ!
މައިކާލޯސް
14 March 2023
މަރަން ހުކުމް ކޮށްފަ ތިބިމީހުންވެސް ތަންކޮޅެއް އުސްއިމާރާތަކުން ގޮޅިހަދާފަ ވައްދަންވީނުން މަރު ތަންފީޒު ކުރަން ނުކެރެންޔާ؟
ބަންޖާ
14 March 2023
މާލޭ މީހުން ރާއްޖެތެރޭ މީހުން ކުއްޔަށް ބައިތއްބަން ކޮށިކޮށި ހަދާފަ ކުޑަދޮރުތައް ބޭރަށް ކެނޑީމަ ވާނެ މިކަަހަލަ ކަންކަން
ކަންޖާ
14 March 2023
ކޮންމެހެން މާލެ އަރާ ތިބެންނުޖެހޭ ހާލަތުގަވެސް ކިތައް ރާއްޖެތެރޭ މީހުންބާ މާލެ އަރާ ތިބެނީ؟ އެހެން އަރާ ތިބުން ގޯހެއްނުވޭތަ؟ ދުނިޔޭގަ ތިމާ އުޅޭހިތްވާ ދިމާލެއްގަ އުޅެން ބޭނުންވިއަސް ހުރިހާ ފުރިހަމަކަމެއް ނުލިބޭނެ އަދި އެކަމަކަށްޓަކައި ވާންޖެހޭ ގުރުބާނީތަކެއް އޮންނާނެ. އެއީ ހަމައެކަނި ދިރިއުޅޭ ތަނާ މެދު އޮންނަ ގޮތެއްވެސް ނޫން. ދިރިއުޅުމުގެ ކޮންމެ ކަމެއްގަހެން އެކަމަކާއެކު ފައިދާއާ ގެއްލުމާ، ރުހޭ ކަންކަމާ ނުރުހޭ ކަންކަން ހިމެނޭނެ.
އޮނަރަބްލް އަފީފު ދީދީ
14 March 2023
ޙަނަރުގައި "އިމާރާތަކުން" މިހެން ލިޔަންޖެހުނީ ރުއްގަސް ފަދައިން ނަމެއްނެތް އިމާރާތްތައްވެސް ތިރަށުގައި ހުންނާތީތޯ. މީގެ ކުރިން އެގިފައި އޮންނަގޮތުން އިމާރާތެއް ވެއްޖެއްޔާމު އެތަނަކަށް ނަމެއް ދީފައި އޮންނާން ޖެހޭ.
ޑިސްކަނެކްޓެޑް
14 March 2023
މިހާރު އިމާރާތެއްގެ ނަން ލިއުނީމަ އެއިމާރާތުގަ އުޅޭ އެންމެންނަށް އެބަ ކަންކަމުގެ ބަދުނާމާ ފާޑުކިއުން ލިބޭ. އިހުގައިހެން ވަކި 1 އާއިލާ އެކަނި އުޅޭ އިމާރާތްތަކެއް ނޫން ހުންނަނީކީ. ކަމާނުބެހޭ އެތައް ބަޔަކަށް ބަދުނާމު ލިބި އެކި ކަހަލަ ކަންކަމާ ކުރިމަތިލާންޖެހިދާނެ ގޭގެ އެޑްރެސް އެނގޭނަމަ. އަދި އެ ތަންތަނަށް ފަހުން މީހުން ވަނުމަށްވެސް އެޅޭ ހުރަހަކަށްވެދާނެ ނޭދެވޭ ހާދިސާއެއް ހިނގައިފިނަމަ.
ޓޯރޭ
14 March 2023
ހޭލުންތެރިވާންޖެހޭ ކަމަކީ، އިމާރާތްތައް ހަދާއިރު، ބެލްކަނީފަދަ ތަންތަންނަށް ނުކުމެތިބޭ މީހުން ނުވެއްޓޭގޮތަށް ފަރުމާކޮށް ޢިމާރާތްކުރުމެވެ.
ކަޑަ
14 March 2023
ބެލްކަނީ ކުޑަދޮރުތަ ވަކި މިންގަޑަކަބެހެޓުން ފެށަން ވެގެން ކުރުކޮހުރޭ ބިލޫރިންހުރޭ ފިލާޖަހާފަހުރޭ
ޒިންމާ ނަގަނީ ކާކު
14 March 2023
ޢިމާރާތް ކުރުމުގައި މި ޤައުމުގައި ބަލަނީ ކާކުތޯ؟ ޢެމީހަކަށް އެންމެ ހަރަދު ކުޑަވާނޭހެން ތަން ތަން ބިނާ ކުރުމަކީ އާންމު ކަމެއް! ކޮބާ ހައުސިންގް މިނިސްޓްރީ؟ ޤަވައިދުގެ ތެރެއަށް ނުލެވޭނެ ތޯ ބެލްކަނި ތަކުގައި ދަގަނޑު ޖަހަން؟
އަފްރާސިޔާބު
14 March 2023
ބެލްކަނިތަކުގައި ދަގަނޑު ޖެހިޔަސް އަދި ނުފުދޭ. އިމާރާތް ކުރަން ފެށުމާއެކު އެތަނުގެ އެޕާޓްމަންޓްތައް ބުކްކޮށްފާ ހުންނަނީ ކުރިއަށް 6 މަސްދުވަހުގެ އެޑްވާންސް ދީފައި. ހަތަރުބިތް ނިމޭއިރަށް އެތަނަށް މީހުން ދރިއުޅުން އެބަ ބަދަލުކުރޭ. 10 ބުރިއަށް ހަދާފައި ހުންނަ އިމާރާތްތަކުގެ މަތީ ބުރި (ޓެރަސް) ހުންނާނީ ނުނިންމައި. ސިޑީގައި ޗެންޗޭނެއް ނުހުންނާނެ. ބެލްކަނީގައި ވެސް ނުހުންނާނެ. އަދި ކޮބާ ލިފްޓްވެސް ނުލާ ހުންނާނީ. މަސައްކަތްނުނިމޭތީ ނޫނީ ލިފްޓް ނާންނާތީ.
އަނގަތަޅާނީ ކާކު
14 March 2023
އެއިމާރާތުގެ މައްސަލައެއް ކަމަށް ތިނިންމީ ކޮން ތަހުގީގެއް ކޮށްފަބާ؟