ވަގު ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ ހުސައިން ޝިފާއު: އޭނާ ވަނީ މީގެ ކުރިން ވެސް މިފަދަ މައްސަލަތަކެއްގައި ހައްޔަރުކޮށްފައި. -- ފޮޓޯ: ޕޮލިސް
15 މާޗް 2023 - 13:00
ފޭކް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ އެކި ވިޔަފާރިވެރިން އަތުން މުދާ ގަތް ހުސައިން ޝިފާއުގެ މައްސަލަ ތަހުގީގުކުރަން އިންޓަޕޮލްއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ވަގު ޓީޓީ ބޭނުންކޮށްގެން ރާއްޖެއަށް މުދާ އެތެރެކުރުމުގެ ތުހުމަތަށް މިދިޔަ މަހު 28 ގައި ހައްޔަރުކުރި ހުސައިން ޝިފާއު 37، އަކީ މީގެ ކުރިން ވެސް މަކަރާއި ހީލަތުގެ މައްސަލަތަކުގައި ތަހުގީގަށް ހާޒިރުކޮށްފައިވާ މީހެކެވެ.
ފުލުހުން ބުނީ ބޭރުގެ ވަރަށް ގިނަ ކުންފުނިތަކުން ޝިފާއު ވަނީ ވަގު ޓީޓީގައި މުދާ އެތެރެކޮށްފައިވާ ކަމަށެވެ.
"ތަހުގީގު ކުރިއަށްދާ ވަރަކަށް، އޭނާ ވިޔަފާރި ކޮށްފައިވާ ބޭރުގެ ކުންފުނިތަކުގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ. މިހާރު މަސައްކަތްކުރަމުން އަންނަނީ އިންޓަޕޮލްއާ ގުޅިގެން އެ ކުންފުނިތައް ހޯދުމުގެ މަަސައްކަތް،" ފުލުހުން ބުންޏެވެ.
އޭނާ އެގޮތަށް އެންމެ ގިނަ އަދަދަކަށް ވިޔަފާރިކޮށްފައި ވަނީ ކޮވިޑްގެ ދުވަސްވަރު 2019 އާއި 2022 އާ ދެމެދު ފެށި އޮންލައިން ވިޔަފާރިތަކުންނެވެ.
ފުލުހުން ބުނީ ތަހުގީގުގައި މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލާއިރު ޝިފާއު 80،000 ޑޮލަރުގެ ވިޔަފާރިކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ޝިފާއު އަކީ ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި މަކަރު ހެދުމަށް ފަހު ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ހޯދަން ވެސް އިއުލާނުކުރި މީހެކެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި ޝިފާއުއާ ގުޅޭ މިފަދަ އެހެން މައްސަލަތަކެއް ވެސް ތަހުގީގު އެބަ ކުރެ އެވެ. އަދި ޝިފާއުގެ މައްޗަށް މިފަހަރު ތުހުމަތުވާ މައްސަލާގައި އޭނާގެ އިތުރުން އެހެން ބަޔަކު ވެސް ބައިވެރިވާ ކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޔޔޔޔ7
16 March 2023
މިހުންނަނީކީ މާ ބޮޑެތި ކަންކަމެއް ނޫން.. މިކަހަލަ ތުހުމަތު ކުރެވޭ މީހުން މާދަމާ ފެންނާނީ ކޮންމެވެސް ޕާރޓީއެއްގެ ޕޯޑިޔަމަކުން..
ވަހީދުބޭބެ
16 March 2023
ރާއްޖޭގެ ކުރީގެ ނާއިބުރައީސް ހައްޔަރުކޮށްގެން ޓަގެއްގައި އިންޑިއާއަށް ގެންދިޔަ މައްސަލަ ތަހުގީގު ކޮށްބަލަ.
އެމްސް
15 March 2023
ތިޔަކަހަލަ މީހުން މަޖިލިހުގަވެސް އެބަތިބި!
ގުދުގުދުލީބެއްޔާގެ ތެދުބަސް
15 March 2023
އިންޓަޕޯލާ ގުޅައިގެން އަލީ ވަހީދު ގެނެވޭގޮތެެއްނުވިދޯ؟ ވަހީދު ހަމަ ރޯޔަލީ. އިންޓަޕޯލަކަށްވެސް ނުޖެވޭނެ ރޯޔަލްމީހުން ގަޔަކު.
އެމްސް
15 March 2023
ރައީސްގެ ވީޑިއޯ އޮތް ކަމަށް ވޭ، އެކަމަކު ކޮންކަހަލަ ވީޑިއޯއެއް ކަމެއް ނޭނގޭ!
ހބޔުހު
15 March 2023
ދެން ދޫކޮށްލާނީ..