ވަގު ޓީޓީ ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ ހުސައިން ޝިފާއު: އޭނާ ވަނީ މީގެ ކުރިން ވެސް މިފަދަ މައްސަލަތަކެއްގައި ހައްޔަރުކޮށްފައި. -- ފޮޓޯ: ޕޮލިސް
02 މާޗް 2023 - 10:20
ވަގު ޓީޓީ ބޭނުންކޮށްގެން ރާއްޖެއަށް މުދާ އެތެރެކުރުމުގެ ތުހުމަތަށް ހައްޔަރުކުރީ މީގެ ކުރިން ވެސް މަކަރާއި ހީލަތުގެ މައްސަލަތަކުގައި ހިމެނިފައިވާ ހުސައިން ޝިފާއު ކަމަށާއި އޭނާ މިފަހަރު ވަގު ޓީޓީ ބޭނުންކޮށްގެން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މޭވާ އާއި ތަރުކާރީ އެތެރެކޮށްފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.
ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި މަކަރު ހެދުމަށް ފަހު ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ފުލުހުން ހޯދަން އިއުލާނު ވެސް ކޮށްފައިވާ މީހެއް ކަމަށްވާ ޝިފާއު މި މަހުގެ 28 ވަނަ ދުވަހު ހީލަތުގެ އެހެން މައްސަލައެއްގައި ހައްޔަރުކޮށް ބަންދު އިތުރުކުރުމަށް ކޯޓަށް ގެންދިޔައިރު ފުލުހުން ވަނީ މައްސަލައިގެ ބައެއް ތަފްސީލް ހާމަކޮށްފަ އެވެ.
ފުލުހުން ކޯޓުގައި ބުނި ގޮތުގައި ބޭރުން މުދާ ގަތުމަށް، އެކި ފަހަރުމަތިން ޝިފާއު ފޮނުވާފައިވަނީ ސައްހަ ނޫން ޓީޓީ ކަމަށް ބޭންކުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ބައެއް ޓީޓީތަކުގައި ބޭނުންކޮށްފައިވަނީ ޝިފާއު ނިސްބަތްވާ ވިޔަފާރިއެއްގެ ނަން ކަމަށާއި އެ ޑޮކިއުމެންޓްތަކުގައި ޝިފާއުގެ ނަމާއި ފޯނު ނަންބަރު ކަމަށް ވެސް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
ޝިފާއު އުޅޭ ތަން ފާސްކޮށް ހައްޔަރުކުރުމަށް ފަހު ބަންދަށް 15 ދުވަސް ދިން އަމުރުގައި ބުނެފައިވަނީ ޝިފާއު އަކީ މޭވާ އާއި ތަރުކާރީ އެތެރެކޮށްގެން ވިޔަފާރިކުރާ މީހެއް ކަމަށާއި މިފަހަރު ސައްހަ ނޫން ޑޮކިއުމަންޓްތައް ބޭނުންކޮށްގެން އެތެރެކުރި މޭވާ އާއި ތަރުކާރީގެ އަގު ތިން މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށެވެ.
ފުލުހުން ކޯޓުގައި ބުނި ގޮތުގައި ޝިފާއުއާ ގުޅޭ މިފަދަ އެހެން މައްސަލަތަކެއް ވެސް ތަހުގީގުކުރަމުން އަންނަ ކަމަށާއި ޝިފާއުގެ މައްޗަށް މިފަހަރު ތުހުމަތުވާ މައްސަލާގައި އޭނާގެ އިތުރުން އެހެން ބަޔަކު ވެސް ބައިވެރިވާ ކަމަށް ބެލެވޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާތިބު
03 March 2023
" ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ފުލުހުން ހޯދަން އިއުލާނު ވެސް ކޮށްފައިވާ މީހެއް " - ބަލަ ކިހިނެއްތަ މިވަނީ؟ މީނަ މިހާ ދުވަހު އުޅުނީ ފަޅުރަށެއްގަތަ؟ 2 އަހަރު ފިލައިގެން އުޅެވިއްޖެދޯ ގްރާޓަރ މާލޭގަ. އެހެންވީމަ ފިލައިގެން އުޅޭ މީހުން ހޯދަން އިޢްލާންކޮށްލީމަ ނިމުނީ ދެން އެމީހަކު ފެންނަންޏާ ފެނޭ ނުފެންނަންޏާ ނުފެނޭ. ބަލަ އެފަދަ މީހުންގެ ބޮޑެތި ޕޯސްޓަރ ހަރުކޮށްބަލަ މުޅި ބާޒާރުމައްޗާ ބަސް ހުއްޓިތަކާ ސިނަމާ، ރެސްޓޯރެންޓާ އޭޓީއެމް ކައިރީ. ފެންނާނެ!
މީވާ ތަނެއް
05 March 2023
ފިލައިގެން އުޅޭ މީހާ ފިލުވައިގެން އުޅޭހެން ހީވޭ.. ހަަމައެކަނި ފުލުހުންގެ ވެބަސައިޓްގަ ހޯދާ ކަމަށް ޖަހާފަ ހުންނަނީ.. ބޭރު ތަންތާ ހަދާހެން ތިބުނާހެން އެންމެނަށް ފެންނަ ގޮތަށް ބެހެއްޓީމަ ދޯ އިނގޭނީ ގުޅާލާފަ އޭ ކަލޭމެން ހޯދާ މީހާ އެބަހުއްޓޭ މިވެނި އެވެނި ތަނެއްގައި ބުނަންވެސް
ނިކަމެތިރައްޔިތުމީހާ
03 March 2023
ކޮބާތަ ފިހާރައިގެ ނަމަކީ؟ މަށަށް ފެންނަނީ މީނައަށް އޮނަރަރީ ޕީއެހްޑީއެއްދީ އަދި މީނަ ލައްވާ ޔުނިވަސިޓީގަ ކިޔަވަ ދޭން! ކޯހުގެ ނަމަކީ "ހޯދުނު ގޮތަކަށް ހޯދައިގެން ނަމަވެސް މުއްސަނދިވާނެ ގޮތްތައް"
ހަހަހަ
05 March 2023
"ވޭސް ޓު ގެޓް ރިޗް ބައި އެނީ މީންސް 101"
އަޝްރަފ
03 March 2023
ތިޔައީ މަކަރެއްތަ؟ ރާއްޖޭގެ “މަކަރާއި ހީލަތުގެ” މާކެޓް ވެލިއު އުޅޭނީ ބިލިއަނުން މަތީގައި
ކަތްދައްތަ
02 March 2023
މިގައުމުގައި ހިންގާ ބޯޑެތި މާ ޕްރޮޖެކްޓްތަކުން ފެށިގެން ގޮސް އެތެރެކޮށްލާ މޭވާ ތަރުކާރީ ކޮޅާ ހަމައިގަ މިއުޅޭނީ ވައްކަމާއި ޚިޔާނާތާއި މަކަރާހީލަތާއި ޓެކުމާއި ރިޝްވަތާއި ކަޓާއި ކަމިޝަނާއި ކޮފީ...ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން އުނގުވިޔަފާރިކުރާ މީހާގެ މިފަދަ "ޙިކުމަތު ޢަމަލީ" ކަންކަން. ދެން ކިޔަންވީ ވަލިއްޔުލްއަމުރޭ މިސްލިމުންނޭ 100 އިންސައްތަ. ޖީލެއް ތަރުބިއްޔަތު ވެފައިވާ ވަމުންދާ ގޮތް. ބިރުވެރިކަން ވަށާލައިފި.
ޗާބީބޮކާ
02 March 2023
އޭނަޔަކީ ވައްކަންކުރަން އެނގިގެން ވައްކަންކުރަން ނިކުމެހުރިމީހެއް އޭނައަކީ ކުރިން ފުލުސްއޮފީހުގަ އުޅުނުމީހެއް އޭނަގެ މައްސަލަތައް އިޓަލީ އޮސްޓުރޭލިއާ ސުޕެއިން މިތިންގައުމުގެ ސަޕުލަޔަރުން ފުލުހައް ހުށަހެޅި ވީކަމެއްހަރާން ސުޕެއިން ނޫސްތަކުގަ މީނަގެ ފޮޓޯޖަހާފަ މީނަގެ ހިންގާ ޖަރީމާތަކުގެ ވާހަކަ ލިޔެފައޮތް މީނަގެ މައްސަލަތައް އޮއްބާލަނީ ފުލުހުން އެތަނުގަ މީނަގެ އައްވާނުންއުޅޭ މިހާރު އެކޭސްތައް ބަލަމުން އާމީހާ ބަދަލުވީހެން ހީވަނީ
ފަނޑިޔާރު
02 March 2023
މީނާގެ އެއްމެ ގާތް އެކަކީ ޕޮލިހެކެވެ. މިކަން އިނގޭނެ އޭނާގެ އާއިލާ އެންމެންނަށް ވެސް އަދި އެފިހާރަ ތަކުގެ ސޭޓުންނާއި އިތުރު ސްޓާފުންނަށް.
ބޮޑުބޭބެމެން
02 March 2023
ބައެއް ވަގުންގެ މައުލޫމާތު ހާމަކޮށްފައި އަނެއް ބައެއްގެ ނުކޮށް..... ކިޔު އާރު ކޯޑްގެ ވަގުން ގެ ފޮޓޯ ކޮބާތަ؟
ބަތޭލި
02 March 2023
މީނަޔަށް ދޭންވީ މިނިސްޓްރީ އޮފް ޓްރޭޑް ފްރުޓްސް އެންޑް ވެޖިޓެބަލްސް ގެނަމުގައި މިނިސްޓްރީ އެއް ހަދާފައި.
ޑަމީ
02 March 2023
މި ފަހުލަވާން، ދިވެހި ޕޮލިޓިށަން އަކަށް ވުމަށް ށަރުތު ތަށް ފުރިހަމަ.
ޢަލީބެ
02 March 2023
މިއީ އިއްޔެ އަކު މިއަދަކު ހިނގާ ކަމެއްނޫން، އަޅުގަނޑުގެ އަތުގައި އެބަހުރި މީނާގެ ރެކޯޑް 2009 އިން ފެށިގެން، ކޮންމެފަހަރަކުވެސް ފުލުހުންނަށް ރިޕޯރޓް ކުރީމާ، ފުލުހުން އެއީ މަދަނީ މައްސަލައެއްކަމަށް ނިންމާ ތަހްޤީޤު ހުއްޓާލަނީ، ކޮންމެ ރޯދަމަހަކަށް މި ސަކަރާތް މީނާ ޖަހާ. ފުލުހުން ފުރުޞަތު ދީފައި އޮންނާތީ މިކަހަލަ ކުށްވެރިން ގިނަވަނީ.