އިދިކޮޅުގެ ލީޑާޝިޕުން މީޑިއާތަކާ ވާހަކަދައްކަވަނީ: ލީޑާޝިޕުން ހަވާލުކުރި ނޯޓެއް ރައީސް ޔާމީން އަބްދުﷲ ވީދާ ނުލާ ކަމަށް ތޮލާލް ވިދާޅުވި.-- ފޮޓޯ: ޕީޕީއެމް
15 މާޗް 2023 - 14:00
އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބައިވެރިވެވަޑައިނުގެންނެވޭ ގޮތް ވެއްޖެ ނަމަ، ދެން ހަދާނެ ގޮތުގެ ލަފައަކަށް އެދި އެމަނިކުފާނާ ހަވާލުކުރި ނޯޓު ވީދާލެއްވި ކަމަށް ބުނާ ވާހަކަ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ދޮގުކޮށްފި އެވެ.
ޕީޕީއެމް ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް "މިހާރު" އަށް ވިދާޅުވީ ލީޑާޝިޕުން އެ ކަހަލަ މަޝްވަރާއެއް ނުކުރާ ކަމަށާއި އެ ބުނާ ކަހަލަ ނޯޓެއް ވެސް އެމަނިކުފާނަށް ފޮނުވާފައި ނުވާނެ ކަމަށެވެ. ބައްދަލުވުމެއްގައި ނޯޓެއް ހަވާލުކުރި ވާހަކައަކީ "ކަނޑައެޅިގެން" ދޮގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތަކުރާރުކޮށް މި ބުނާ ވާހަކައަކީ، މި ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންއޭ. އަދިވެސް މި ދަންނަވަނީ، އެއަކަށް ބަދަލެއް ނާދެއޭ،" އޭނާ ވިދާޅުވި އެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި، ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އަދިވެސް އޮތީ ބަންދުވެފަ އެވެ. އެކަމަކު ޔާމީންގެ ވަކީލުން ވަނީ މި މަސް ތެރޭގައި ހައި ކޯޓުން އެމަނިކުފާނު މިނިވަންކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވަކީލުންގެ ޓީމުން ވަނީ ވިދާޅުވެފަ އެވެ.
ޔާމީނަށް ވާދަނުކުރެއްވިއްޖެ ނަމަ ދެން ހަދާނެ ގޮތަކާ ދޭތެރޭ ކުރާ ސުވާލުތަކަށް ޕީޕީއެމްގެ ޖަވާބަކީ "ޕްލޭން ބީއެއް" ނެތް ކަމަށެވެ. ވޯޓު ކަރުދާސްކޮޅުގައި ޔާމީންގެ ނަން އޮންނާނެ ކަމަށް ތަކުރާރުކޮށް އެ ޕާޓީން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުގައި، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތަކީ ޖުލައި 23 އިން އޮގަސްޓު 3 އަށެވެ. އެހެންކަމުން، ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ އޮގަސްޓް ތިން ވަނަ ދުވަހުގެ ކުރިން ޔާމީން ހުކުމުން މިނިވަންވާން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާސިމް34
16 March 2023
ހީވާގޮތުން ތީތީ އޮންނާނީ ވީދާލާފަ މިހާރުވެސް ޖަލުގައި ޔާމީނު ތި އުޅޭ ބައިގެ ޑަސްބިން ބަލާބަލަ...ކޮންމެވެސް ކުއްޖަކަށް އޭތި ފެނިދާނެ ...ތި ވީދާލާނެ އެއް ސަބަބަކީ ޖަލަށް ދަމުންވެސް ޔާމީން ބުނެފަ އޮތީ އެއްވެސް ކެނޑިޑޭޓަކު ހޮވައިގެން ނުވާނެ...ޑިމޮކްރަސީގެ ހަމަތަކުން އޭނާ ނޫން މީހަކަށް ކުރިމަތި ނުލެވޭކަމަށް.. އެހެންވީމާ ތީތި ވީދާލާނެ....
ގޭންގްސްތާ
16 March 2023
ނަސީބެއް ނޯޓު ހިފައިގެން ދިޔަ މީހާގެ ދުވަސް ދުއްވާ ނުލި ކަން.
އާދަމް ޝަރީފްބެ
15 March 2023
ރައީސް ޔާމީން ކޯފާވެގެން އެކަން ކުރެއްވީ. އަޅުގަނޑު ވެސް މިހުރީ ބިރުން.
ޖޭމް
15 March 2023
މީޓް ވީދައެއްނުލާ އަދި ބޯޓެއް ނުވެސް އާދޭ އަދި ނުވެސް އަންނާނެ! ރައީސް ޔާމީނު ނޫން ކެނޑިޑޭޓެއް ކުރިމަތިނުލާނެ. ޔާމީނަށް ވެސް ކުރިމަތިލެވޭކަށް ނެތް! އެއްވެސް ޕްލޭން-ބީ އެއް ނޯންނާނެ. ޕްލޭން-އޭ ހައްޔަރުގައި! މިނިކާބާޒަކަށް ނުވުމަށްޓަކާ ހުރިހާ ބާރެއް ވެސް ކާނީ ކޮޕީފަތާ ވިނަ! ޕްލޭން-ސީ އީނީމީނީމައިނީމޯ!!
އެޗް އެމް
15 March 2023
ލީޑަރޝިޕް ބުނަނީ ޔާމީނު މިނިވަންވާނެ ކަމަށާއި ޔާމީނުގެ ނަން ވޯޓު ކަރުދާސް ކޮޅުގަ އޮންނާނެކަމަށް. އެކަން ހާސިލު ކުރުމަށް އަހަރެން މިލަފާދެނީ ބޮޑާވެ ގަދަބަސް ނުބުނެ މީހުނަށް ދުއްޕާން ނުކޮށް، މިއަންނަ ރަމަޟާން މަހުގަ ކޮންމެ ރެއަކު ޕާޓީގެ ހުރިހާއެންމެން އެއްތަންވެ ޔާމީނު ވައްކަމެއްކޮއްފަ އޮތިއްޔާ ރައްޔަތުންގެ ކައިރީން މާފަށް އެދުމާއެކު ޔާމީނުގެ އަދަބު ލުއިކޮށްދިނުމާއެކު ވްގުތުނުޖެހެނީސް އަވަހަށް ޖަލުން މިންޖުވާނެ ގޮތް މެދުވެރިވުން އެދި ދުއާކުރުން.
ދޮގުހ
15 March 2023
ތިއޮންނާނީ ހަމަ ވީދާލާފަ
ޓިންޓިން-1
15 March 2023
ޔާމީނު ކަންކަން ކުރާ ޕެޓަރން އަށް ބަލާއިރު އެފަދަ ނޯޓެެއް އޭނާ ވިދާލުން އެއީ ހަޤީޤަތް ކަމަށް ބެލެވެނީ. ވަރަށް ބޮޑާ ހާކާނެ އޭނަ.
ސަސި
15 March 2023
ނޯޓެއް ވީދާލި ވާހަކަ މުހިންމެއް ނޫންދޯ. މި އުޅެނީ ޔާމީނު ޖަލުގަ ހުރެގެން ޕީޕީއެމްގެ ކެނޑިޑޭޓެއް ނެތިގެން. އެކަމަށް އުއްމީދު ކުރާ މީހުންނަށް ކޮންމެވެސް ފުރުސަތެއް ނުލިބިގެން.
އަންޑޭ
15 March 2023
ޔާމީނަށް ކުރިމަތިނުލެވެންޏާ އޭނާ އެއްވެސް މީހަކަށް ތާއީދެއް ނުކުރާނެ. އޭނާ ކުރިމަތިނުލާ ޕީޕީއެމް މޮޅުވެއްޖިއްޔާ ޖެހޭނީ އަންނިއަށް ޖެހުނު ދަތުރު!
އަންދަލޫސިޔާ
15 March 2023
ޤައިދީ ޔާމީން އެ ނޯޓް ވީދާލީ. ރައީސް ޔާމީނެއް ނޫން!