ޚަބަރު / އިއްޒުއްދީން ސްކޫލް

އިއްޒުއްދީން މުޅިން ތަފާތު، ކިޔަވަމުން ސްކޫލްގައި މަސައްކަތްތައް ދަސްކުރަނީ!

އިއްޒުއްދީން ސްކޫލްގައި ހުޅުވި ލެބެއްގައި ކުއްޖަކަށް ފަހަން ދަސްކޮށްދެނީ----ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާދިރާ ހަސަން ވިސްނަވަމުން އައީ އެ ސްކޫލްގެ ކުދިންގެ "ސްކިލް" ގަޑި އޭގެ އެންމެ ރަނަގޅު ގޮތުގައި ބޭނުން ކުރެވޭނެ ގޮތަކާ ދޭތެރޭގަ އެވެ. އޭނާގެ ސިކުނޑި އަށް އައީ ކުދިންގެ އަތުން ފޮތް ފަންސޫރު ދޫކޮށް، ދިރިއުޅުމަށް ނުކުންނައިރު އަމިއްލަ އަށް ކަންކަން ކޮށްލެވޭ ވަރުގެެ ބަޔަކަށް ސްކޫލްގެ ތެރެއިން ހަދައި ދެވިއްޖެ ނަމަ ނަތީޖާ މާ ރަނގަޅު ވާނެ ކަމެވެ.

އެހެންވެ، ނާދިރާ އިސްވެ އިއްޒުއްދީން ސްކޫލްގައި އެ ކަން ކުރެވޭނެ ގޮތް މަގުފަހި ކުރައްވަން ފެއްޓެވި އެވެ. މީގެ ތިން މަހެއްހާ ދުވަސް ކުރިން އެ ސްކޫލުގައި ފެށި އެ މަސައްކަތްތައް ނިންމައި މިހާރު ކުދިން އެ އަންނަނީ ސްކޫލްގެ ތެރޭގައި އަމަލީ މަސައްކަތްތައް ދަސްކުރަމުންނެވެ.

ކުދިން ބޮޑެތިވަމުން އަންނައިރު އާންމު ދިރިއުޅުމުގައި ކޮންމެހެން އެނގެންޖެހޭ ކަންކަން ދަސްކޮށްދިނުމަށް މިދިޔަ އަންގާރަ ދުވަހު އެ ސްކޫލްގައި ވަނީ ހަތަރު ލެބެއް ހުޅުވައިފަ އެވެ. ކެއްކުމާއި ފެހުމާއި އިސްތިރި ކުރަން ދަސްކޮށްދިނުން ފަދަ މަސައްކަތްތައް އިއްޒުއްދީންގެ ކުދިންނަށް ދަސްކޮށްދޭނެ އެވެ. ދުވަހުގެ ވަކި ގަޑިތަކެއް އެ ކުދިން ހާއްސަ ކުރާނީ އެ ކަންކަން ދަސްކުރުމުގަ އެވެ.

އިއްޒުއްދީން ސްކޫލްގެ ޕްރިންސިލް ނާދިރާ: އެ ސްކޫލްގެ ސްކިލް ގަޑީގެ ބޭނުން އެހެން ގޮތަކަށް ބަދަލުކުރީ އޭނާގެ ވިސްނުމަށް.----ފޮޓޯ: އިއްޒުއްދީން ސްކޫލް

އެއީ ފަންނުވެރި މަސައްކަތައް ދަސްކޮށްދިނުމަށް އާޓް އެންޑް ކްރާފްޓްސް ލެބަކާއި ގޭތެރޭގެ މަސައްކަތްތައް ދަސްކޮށްދިނުމަށް ހޯމް ސައިންސް ލެބަކާއި އާޓް އެންޑް ކްރާފްޓްސްގެ ކަންކަން ދަސްކޮށްދޭ ލެބެއްގެ އިތުރުން އިންޑޯ ގޭމްސްތަކަށް ހާއްސަ ގޭމްސް ލެބެކެވެ.

ގްރޭޑް 1 އިން 8 އާ ހަމައަށް ކިޔަވައިދޭ އިއްޒުއްދީން ސްކޫލް ގައި 500 އަށް ވުރެ ގިނަ ކުދިން އުޅެ އެވެ.

އިއްޒުއްދީން ސްކޫލުގައި ހުޅުވި ލެބްތަކުން، ހޯމް ސްކިލް ލެބްގައި ކުދިންތަކެއް އިސްތިރިކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

އެ ސްކޫލްގެ ސެޝަން އިންޗާޖް، އައިޝަތު ވަހީދާ "މިހާރު" އަށް ވިދާޅުވީ އެ ލެބްތަކަކީ ސްކޫލުގައި ކުރިއަށް ގެންދާ ލައިފް ސްކިލް ގަޑި އެންމެ އެދެވޭ ގޮތުގައި، ކުދިންނަށް އެއްޗެއް ދަސްވާނެ ގޮތަކަމަށް ކުރިއަށް ގެންދިއުމަށް ހެދި ތަންތަން ކަމަށެވެ.

"މި ސްކޫލްގައި މެންދުރު 12:30 އިން 2 އަށް އޮންނާނީ ލައިފް ސްކިލް ގަޑި. އެ ގަޑީގަައި ކުޅިވަރެއް ކުޅެން ބެލިޔަސް ދާން ޖެހެނީ މިތާ ކައިރީގެ ދަނޑަކަށް. އެއީ ވެސް ވަރަށް ވަގުތު. ކުދިން ލައްވައި ކުރުވާނެ މާ ބައިވަރު ކަންކަމެއް ނުހުރޭ. އެހެންވެ ޕްރިންސިޕަލްގެ ވިސްނުމެއް މިއީ، ލެބްތައް ތައްޔާރުކުރުމަކީ،" އޭނާ ވިދާޅުވި އެވެ.

އެ ލެބްތައް ހެދީ، ކުދިންނަށް ކަންކަން ދަސްކޮށްދެވޭ ވަރަށް ޓީޗަރުން ވެސް ތަމްރީން ކުރުމަށް ފަހު އެވެ.

ފަލާ ލެބްގައި ޓީޗަރަކު ކުދިންނަށް ތިނޯހަށް ރޮދިލައްވަން ދަސްކޮށްދެނީ. -- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

ސެޝަން އިންޗާޖް ވިދާޅުވިގޮތުގައި، ކުދިންނަށް އެ ލެބްތަކުން ދަސްވި ކަންކަން ބެލުމަށް ޓާމް ނިމުމުގެ ކުރިން ސްކޫލުން އެސެސް ކުރާނެ އެވެ. ބޭނުމަކީ އެ ކުދިންނަށް ސްކޫލްގެ މާހައުލުން ދަސްވި ކަންކަން ބެލެނިވެރިންނަށް ދެއްކުމެވެ.

ހޯމް ސައިންސް ލެބް

ހޯމް ސައިންސް ލެބް ހަދާފައި ވަނީ، ގައުމީ މަންހަޖުގެ އެއް ކީކޮމްޕިޓެންސީ ކަމަށްވާ، ދިރިއުޅުމަށް ތައްޔާރުކުރެވިފައިވާ ދަރިވަރެއް ބިނާކުރުމަށް ގެވެހި މަސައްކަތްތައް ދަސްކޮށްދިނުމަށެވެ.

ހޯމް ލެބްގެ ކޮޓަރިއެއްގައި ކުރިންތައް "ބެޑް" އަޅަނީ .-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

މި ލެބުން ދަރިވަރުންގެ އުމުރު ފުރާތަކާ ގުޅޭގޮތަށް، އެއްޗެހި އިސްތިރި ކުރުމާއި ފަތްޖެހުމާއި އަންނައުނު ތަރުތީބުކޮށް، ބަހައްޓާނެ ގޮތްތައް ދަސްކޮށްދޭނެ އެވެ. އެނދުތަންމަތި އެޅުމާއި ސާފުތާހިރުކޮށް، ކޮޓަރިތެރެ އާއި ގޭތެރޭގެ މާހައުލު ބަލަހައްޓާނެ ގޮތްތައް ދަސްކޮށްދޭނެ އެވެ.

އެ ހިސާބުން ނިމުނީކީ ނޫނެވެ. ބަދިގެތެރެ ތަރުތީބު ކުރުމާއި ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރު ކުރާނެ ގޮތާއި އެއްޗެހި ކޮށާނެ ގޮތްތަކުގެ އިތުރުން ވެސް ކެއްކުމާ ގުޅޭ ގިނަ ހުނަރުތައް ކުދިންނަށް ދަސްކޮށްދޭނެ ކަމަށް އިއްޒުއްދީން ސްކޫލުން ބުންޏެވެ.

ހޯމް ލެބްގެ ބަދިގޭގައި ކުއްޖަކު ތަށިދޮންނަނީ . -- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

މިއީ، ޒަމާނީ ފެންވަރަށް ހަދާފައިވާ، ގޭތެރޭގެ މާހައުލުގައި ބޭނުންކުރާ ތަފާތު އެކި ކަހަލަ އިލެކްޓްރޯނިކް ވަސީލަތްތައް ހިމެނޭ ގޮތަށް ޑިޒައިން ކޮށްފައިވާ ވަރަށް ހިތްގައިމު ލެބެކެވެ.

ފަހާ ލެބް

މި ލެބަކީ ވެސް އެކި އުމުރުފުރާގެ ކުދިންނަށް، އެ ކުއްޖެއްގެ އުމުރާ ގުޅޭ ގޮތަށް ފެހުމާއި މާޖެހުމާއި ގޮށް ހަރުކުރުމާއި ތިނޯހުގެ އެކި ކަހަލަ މަސައްކަތްތައް ދަސްކޮށްދިނުމަށް ހަދާފައިވާ ތަނެކެވެ.

އެނދު އަޅާނެ ގޮތް އިއްޒުއްދީން ސްކޫލްގެ ކުދިންތަކެއް ދަސްކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެ ލެބުން ދަރިވަރުންނަކީ އުފެއްދުންތެރި، ތަފާތު ގިނަ ހުނަރުތައް އުނގެނި ދަސްވެފައިވާ ބަޔަކަށް ހަދައި ދޭނެ އެވެ.

ގޭމް ލެބް

މާލޭގައި އެއްދަންފަޅި އަށް ކިޔަވައިދޭން ފެށި ފުރަަތަމަ ސްކޫލް އިއްޒުއްދީން ސްކޫލްގައި ތަފާތު އެކި ބޯޑް ގޭމްތަކަށް މޮޅު، ހުނަރުވެރި ކުދިންތަކެއް އުޅެ އެވެ އެކަމަށް ވިސްނައި އެ ސްކޫލްގައި ވަނީ ގޭމްސް ލެބެއް ވެސް ގާއިމުކޮށްފަ އެވެ.

އެ ލެބުން، ކުދިންގެ މި ފަދަ ހުނަތުރައް އިތުރަށް ތަރައްގީ ކޮށްދީ، ވިސްނުމާއި ތޫނުފިލިކަން އިތުރުކޮށްދީ، ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ހުނަރު އިތުރަށް ލިއްބައި ދޭނެ އެވެ. ގޭމްސް ލެބްގައި ރާޒުވާ އާއި ކެރަމް ފަދަ ތަފާތު އެކި ކުޅިވަރުތައް ކުޅެވޭނެ ގޮތް ވަނީ ހަދައިދީފަ އެވެ.

ގޭމް ލެބްގައި ކުދިންތަކެއް ރާޒުވާ ކުޅެނީ. -- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

އާޓް އެންޑް ކްރާފްޓް ލެބް

އަމަލީ ފަންނާއި ފަރުމާ ކުރުމަށް ކުދިންގެ ހިތުގައިވާ ޝައުގު އިތުރަށް ފުރިހަމަކޮށްދިނުމަށް ހުޅުވި އާޓް އެންޑް ކްރާފްޓް ލެބް ވަނީ ޒަމާނީ ފެންވަރަށް ޑިޖިޓަލައިޒް ކޮށްފަ އެވެ. ތަފާތު އެކި ކަހަލަ ކުރެހުމާއި އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ އެ ލެބަކީ ކުދިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަމާއި އުފެއްދުންތެރިކަން އިތުރުކޮށް، ކުރިއަރުވައިދޭނެ ވަރަށް ހިތްގައިމު ލެބެކެވެ.

ފަހާ ލެބްގައި ކުދިންތަކެއް މާޖެހުން ދަސްކުރަނީ .-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާދިރާ ވިދާޅުވީ، އެ ލެބްތަކުގެ ސަބަބުން ކުއްޖާ އަމިއްލަ ދިރިއުޅުމުގައި އުޅެން ދަސްވާނެ ކަމަށެވެ. އެ ކުދިންނަށް ބޭސިކް ލިޓްރެސީ ދަސްވާނެ އެވެ.

"ކުއްޖާ އަށް އަމިއްލަ އަށް ސަވައިވްވާން އެނގޭނެ. ރޮށި ފިހަން އެނގެން ވާނެ. ގޮށެއް ނެއްޓުނީމާ އެ ލައްވާލަން އެނގެންވާނެ. މިއީ ކުއްޖަކަށް ދަސްކޮށްދެވޭނެ އެންމެ ބޭސިކް ކަންކަން،" އޭނާ ވިދާޅުވި އެވެ.

ގޭމް ލެބްގައި ދަރިވަރުންތަކެއް ކެރަމް ކުޅެނީ. -- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

މިހާރު އެ ސްކޫލުން ވަނީ އެ ލެބްތަކަށް ދިއުމަށް ޓޭބަލްތަކެއް ތައްޔާރުކޮށް އެކި އުމުރުފުރާތަކަށް ބަހާލައިފަ އެވެ. ކޮންމެ ގްރޭޑެއްގެ ކުދިންނަށް ވެސް މަހެއް ނިމުމުގެ ކުރިން ހުރިހާ ކަމެއްގައި ބައިވެރިވެ، އެ ލެބްތަކުގެ ބޭނުން ކުރަން ޖެހެ އެވެ.

ސްކޫލްގައި ކިޔަވަމުން، އާންމު މާހައުލުގެ މަސައްކަތްތައް ސްކޫލްގެ ތެރޭގައި ދަސްކޮށްދިނުމަކީ ރާއްޖޭގައި އަދި އާ ކަމެކެވެ. މަސައްކަތްތެރިކަމުގެ ތަޖުރިބާ ހޯދަން ސްކޫލް ނިންމާ ކުދިންނަށް ކުރިން މަޖުބޫރު ކޮށްފައި އޮތަސް އެ ކަން ވެސް އެހާ ކާމިޔާބެއް ނޫނެވެ. އެކަމަކު، އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާދިރާ އިސްވެ، މި ފެށީ އެއާ ތަފާތު ކަމެކެވެ. ކުއްޖާ ސްކޫލްގައި ހޭދަކުރާ އެންމެ ޅަ އުމުރުގައި ދިރިއުޅުމުގެ އަސާސީ ކަންކަން ދަސްކޮށްދެވިއްޖެ ނަމަ ފަހުން ފެންނަ ނަތީޖާ ތަފާތު ވާނެ އެެވެ.

23 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 8%
icon wow icon wow 2%
icon inlove icon inlove 61%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަބޫސް

18 March 2023

ގ‫ަތަފާންގެ ރއަޔަތުންނޭ ކޮއްފައިވާ ކޮމެންޓަށްވެސް ޑިސްލައިކް އަޅެ ކަލޭމެންގެ އީމާކަން ހުރީކިހާ ހިސާބަކަށް

The name is already taken The name is available. Register?

ސަމުގާ

17 March 2023

ސާބަސް ޕްރިންސިޕަލް، ތިޔައީ ހަގީގީ ޕްރިންސިޕަލުންނަކީ.

The name is already taken The name is available. Register?

މަމެން1

17 March 2023

ސުއްބޫހުން، މާދަމާ ހުރިހާ ބެލެނިވެރިން ނުކުންނާނެ ދަރި ތިޔަކަން ކުރަން ހަދައިގެނަ ޓޮޕްޓެންއަށް ނާރަފާނެތީ، ބެލެނިވެރިންގެ ވެސް ފޯކަސް އަކީ މިހާރު ޓޮޕްޓެން ނޫނީ ޓޮޕްޓޮޕް.

The name is already taken The name is available. Register?

ރަނގަޅުކަމެއް

17 March 2023

ހޯމް ސައިންސް 1990ގެ އަހަރުތަކުގައި މަޖީދިއްޔާގައިވެސް ކިޔަވައިދިން.

The name is already taken The name is available. Register?

ގ‫ަތަފާންގެ ރައްޔިތުންނޭ ގަތަފާންގެ ރައްޔަތުންނޭ

17 March 2023

ދ‫ަރިންނަށް ކިޔަވައިދޭންވީ އިސްލާމީ ޢަގީދާ އެންމެ ތުއްތު އިރުން ފެށިގެން , ކޮންމެ ކުއްޖަކުވެސް އުމުރުން ބާރަ އަހަރުވާއިރު ހުންނަންވާނީ ގުރުއާން ހިތުދަސްވެފައި , އަރަބިބަސް ރަންގަޅަށް އެނގޭ ކުދިންތަކެއް ކަމުގައި ވާންޖެހޭނީ މީގެ އިތުރުން ދެން ތިޔަ ކަންކަން ދަސްކޮށްދޭންވީ .

The name is already taken The name is available. Register?

އަބްޑޫޅް

17 March 2023

"މާލޭގައި އެއްދަންފަޅި އަށް ކިޔަވައިދޭން ފެށި ފުރަަތަމަ ސްކޫލް އިއްޒުއްދީން ސްކޫލްގައި". ކޮން ތާކު! މަ އިސްކޯލަށް ދިޔައިރު މުޅިން އޮތީ އެއް ދަންފަޅި. މަ އިސްކޯލު ނިމުނު އަހަރަކީ އަންޒަމާނު ކަރަޔަށް ވައި އެރި އަހަރު. ތިޔަ ބުރިންސިބަލު އޭރު ނުވެސް ވިހާނެ.

The name is already taken The name is available. Register?

ބަޑި ސީދި

17 March 2023

ވަރަށް ރަނގަޅު ކަމެއް . ތައުލީމު އުނގެނުމުގެ މަގުސަދު ކުދިންގެ ޅައުމުރުގެ ވިސްނުމަށް ސާފުވާނެ ކަމެއް މިފަދަ ސްކޫލް ތަކަށް ދައުލަތުން އިތުރު އެހީތައް ވެސް ފޯރުކޮށްދޭން ޖެހޭ

The name is already taken The name is available. Register?

ހަމީދާ

17 March 2023

ވަރަށް ރަނގަޅި ކަމެއް! ދެރައީ ރާއްޖޭގެ ތައުލީމީ ވަޒީރަކީ ނާގާބިލް އަދި ދެއްކުންތެރި މީހެއްކަން! ކައިރީގަ ތިބީވެސް މުޅިން އެކަހަލަ މީހުން! ރާއްޖޭގެ އެކި ސަރަހައްދުގައި ސްކޫލްތަކުގައި ހިންގުންތެރި، މުރާލި، ތެދުވެރި، ވިސްނުންތެރި، އަދި އިހްލާސްތެރި ޕްރިންސިޕަލުން، ލީޑިން ޓީޗަރުން، ޓީޗަރުން އެބަތިބި! އެމީހުންގެ ބުރަމަސައްކަތުން ތައުލީމީ ނިޒާމް ހިފަހައްޓަނީ! ވަޒީރު ކުރާހާވެސް ކަމަކީ ޖެއްސުން އަދި ފުއްޖަހައިގެން ފޮޓޯ ނެގުން!

The name is already taken The name is available. Register?

ރާއްޖެތެރޭ މުދައްރިސް

17 March 2023

ޢަޅުގަނޑުމެންގެ ދަރިވަރުންނަށްވެސް މަސައްކަތް ދަސްކޮށްދަެން ބޭނުމެ. ނަަމަވެސް، ސަރުކާރުގެ ބަގޖެޓު ނެތީމަ، ތަކެތި ފޯރުކޮށއދިނުމަކީ، ސަރުކާރުން ކުރަންޖެހޭ ކަމކަށްނުވެ.

The name is already taken The name is available. Register?

ބަތޭލި

17 March 2023

މަންހަޖުގެ ބޭނުމަކީ ދިރިއުޅުމަށް ތައްޔާރުކުރުން. މިކަމަށް ތައްޔާރުކުރެވޭނީ މަސައްކަތްތެރި ދިރިއުޅުމުގެ އެކި ހުނަރުތައް ކުދިންނަށް ލިބިގެން. އެހެންކަމުން ލެބެއްހަދާނެ ޖާގަ ނުލިބިގެން ލެބް ނެހެދިޔަސް މިއީ ސްކޫލްތަކުން ފޯރުވައިދޭ ހުނަރިތަކެއް. އިއްޒުއްދީނަކީ އެއްފަންފަޅި ސްކޫލެއް. ސްކޫލަށް ވަންނަން ޑިމާންޑް އޮތްތަނެއްނޫން. އެހެންވީމާ އިމާރާތުގެ ބައިބައި ތިފަދަ ކަންކަަމަށް ޚާއްސަކުރެވިދާނެ. އެހެންސްކޫލްތަކަށް އެކަމެއް ނުވާނެ ޖާގަ ނެތީމާ

The name is already taken The name is available. Register?

ޖެޖޖެޖެެުނނ

17 March 2023

ޔެސް. ރާއްޖެތެރޭ ގިނަ ރަށްރަށުގަ ޕާޓިޝަންތައް ރޫޅައިގެ އަދިވެސް މެނޭޖްކުރަނީ. މިހެން ލެބްތައް ހަދާނެ ޖާގައެއް ނެތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454