ޚަބަރު / އީޕީއޭ

ލ. ގަމުގައި ވެލާތަކެއް މަރާލި މައްސަލައެއް؛ ޝައްކުކުރެވޭ ބަޔަކު ނެތް

ލ. ގަމުގައި މަރާލާފައި އޮއްވާ ފެނުނު ވެލާ: ބޮލާއި ތޮށިގަނޑު ފިޔަވައި އެހެން ބައިތައް ނުވަތަ މަސްގަނޑު އެއްކޮށް އޮތީ ނަގައިފައި. -- ފޮޓޯ: އޯއާރްޕީ

ލ. ގަމުގެ އަތިރިމަތިން މަރާލާފައި އޮތް ވެލާތަކެއް ފެނުނު މައްސަލައެއްގެ ރިޕޯޓް މީގެ ހަފުތާއެއް ކުރިން ލިބުނު ކަމަށާއި އެކަމަކު އެކަން ކުރި ކަމަށް ޝައްކުކުރެވޭ ބަޔަކު އަދި ނެތް ކަމަށް އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

މަރާލާފައި އޮތް ބޮޑު ދެ ވެލާ، ގަމުގެ އަތިރިމަތިން ފެނުނީ މި މަހުގެ 11 އިގަ އެވެ.

އީޕީއޭގެ ސީނިއާ އެންވަޔަރުމެންޓަލް އެނަލިސްޓް، އީނާސް މުހައްމަދު ރިޔާޒް "މިހާރު" އަށް ވިދާޅުވީ އެ އެޖެންސީން މިހާރު އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެކަމަކު، ތަހުގީގު ހިންގަން ބޭނުންވާ ވަރަށް މައުލޫމާތު އަދިވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ލ. ގަމުގައި މަރާލާފައި އޮއްވާ ފެނުނު ވެލައެއްގެ ތޮށިގަނޑު. -- ފޮޓޯ: އޯއާރްޕީ

"މިހާ މަދު މައުލޫމާތުން އަޅުގަނޑުމެންނަށް މި ކަހަލަ މައްސަލައެއް ތަހުގީގެއް ނުކުރެވޭ. އެއްވެސް ވަރަކަށް މީގައި ޝައްކު ކުރެވެނީ ކޮން ބަޔަކަށް ކަމެއް އަޅުގަނޑުމެންނަށް ވެސް ޕޮލިހުންނަށް ވެސް އަދި އެނގިފައެއް ނެތް،" އީނާސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން މީތި ލޮގް ކުރާނަން. އަޅުގަނޑުމެންގެ ޑޭޓާބޭސް ބަލަހައްޓާނެ. އޭގެ ބޭނުމަކީ އާންމުކޮށް މިގޮތަށް ޕޯޗުކުރާ [ދިރޭ އެއްޗެހި މަރާ] ސަރަހައްދުތައް ދެނެގަނެ، އެ ތަންތަން ޕެޓްރޯލްކުރުން، އަޅުގަނޑުމެންނާއި ޕޮލިހުން ގުޅިގެން."

އޭނާ ވިދާޅުވި ގޮތުގައި، މި ކަހަލަ މައްސަލަތައް އާންމުކޮށް ލިބެ އެވެ. އެހެންވެ، ހިމާޔަތްކޮށްފައިވާ ދިރޭ ތަކެތި އާންމުކޮށް މަރާ އުޅޭ ސަރަހައްދުތައް ދެނެގަނެ، މިހާރު ވެސް މޮނިޓާކުރެ އެވެ.

ގަމުގައި ވެލާތަކެއް މަރާލި މައްސަލައިގެ ރިޕޯޓް އެންމެ ފުރަތަމަ ލިބުނީ ވެލާކަހަނބުގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރްޕީ) އާއި އީޕީއޭގެ ފަރާތުން ލ. އަތޮޅުގެ ވެލާކަހަނބުގެ ހާލަތު ބެލެހެއްޓުމަށް ހަމަޖައްސާފައި ހުންނަ، ސީ ޓާޓަލް ރޭންޖާ އެންޑް ކޮމިއުނިޓީ އޮފިސަރު އިނާން އަހްމަދަށެވެ.

ސީ ޓާޓަލް ރޭންޖާ އިނާން އަހްމަދު، ލ. ގަމުގައި މަރާލާފައި އޮއްވާ ފެނުނު ވެލާގެ ބޮޑުމިން މިން އަޅައިގެން ބަލަނީ.-- ފޮޓޯ: އޯއާރްޕީ

އޯއާރްޕީގެ ފޭސްބުކް ޕޯސްޓެއްގައި ބުނި ގޮތުގައި، މަރާލި ދެ ވެލާގެ ބޮލާއި ތޮށިގަނޑު ފިޔަވައި އެހެން ބައިތައް ނުވަތަ މަސްގަނޑު އެއްކޮށް އޮތީ ނަގައިފަ އެވެ.

އެ ޖަމިއްޔާއިން ބުނީ ވެލައަކީ ރާއްޖޭގައި އަދި ދުނިޔޭގައި ވެސް ނެތި ދިއުމުގެ ބިރުބޮޑުވެފައިވާ އެއްޗެއް ކަމަށެވެ. ވެލާ ދަރިމައިވާ އުމުރަށް ބޮޑުވާން 25-50 އަހަރު ނަގަ އެވެ. އަދި ވެލާ ރާއްޖެއަށް ބިސްއަޅާ މިންވަރު 1980 ގެ އަހަރުތަކާއި އަޅާ ކިޔާއިރު މިހާރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ވެސް ބުންޏެވެ.

"ވެލާގެ ބިސް ނެގުމާއި މަސް ކެއުމަކީ ރާއްޖޭގެ ވެލާގެ އާބާދީ ދަށްވަމުންދާ ސަބަބެކެވެ،" އެ ޖަމިއްޔާއިން ބުންޏެވެ.

ވެލާކަހަނބު މަރާލާފައި ނުވަތަ މަރާލަން އެއްވެސް ބަޔަކު އުޅޭ ނަމަ، އީޕީއޭގެ ހޮޓްލައިން ނަންބަރު 7980379 އަށް ރިޕޯޓް ކުރުމަށް އެ އެޖެންސީ އެދެ އެވެ.

ލ. ގަމުގައި މަރާލާފައި އޮއްވާ ފެނުނު ވެލައެއް. -- ފޮޓޯ: އޯއާރްޕީ

ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި މިދިޔަ މަހު ވެލާތަކެއް ފަޅައި، ކެއްކި މައްސަލައެއް ވެސް ފަޅާއެރި އެވެ. އެކަމުގައި އުޅުނީ އެ އަތޮޅު ކެންދޫގެ ފަސް މީހުންގެ ގްރޫޕަކުން ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ.

އެ ގްރޫޕުން ހަ ވެލާ ފަޅާލި އެވެ. ފުލުހުން އެ އެންމެންގެ ބަޔާން ނެގުމަށް ފަހު، ދޫކޮށްލި އެވެ. އޭގެ ފަހުން އެ މައްސަލައަށް ވީގޮތެއް އަދި ނޭނގެ އެވެ.

ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އޭޕްރީލް 4، 2016 އިން ފެށިގެން ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފަ އެވެ. ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި އެ އަށް ގޯނާކުރުމަކީ މަނާކަމެކެވެ. އެއީ ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް ވިޔަސް އަދިވެސް ދިވެހިންގެ ތެރޭގައި ވެލާ ހިފައި، އެ ކައި ހަދާ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެ އެވެ.

13 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 21%
icon angry icon angry 57%
icon wow icon wow 7%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެމްސް

20 March 2023

އިންސާނުންނަށްވުރެ ވެލައެއް މުހިއްމެއް ނުވާނެ! އިންސާނުންނަށް އެއްވެސް ރައްކާތެރިކަމެއް މިޤައުމަކު ނެތް!

The name is already taken The name is available. Register?

ހަސަންދީ

19 March 2023

ވެލައެއް މަރާލިކަމަށް ސައްކުކުރެވޭނީ ކިހިނަކުން. އާދަމުގެ ދަރިން މަރާކަތިލުމުން މާކަބޮޑު ކަމަކަށް ނުވާތަނެއްގައި.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

19 March 2023

މިފަދަދިރުން ހިމާޔަތްކުރުމުގެނަމުގައި ހަމައެކަނި ޤާނޫނެއްހެދުމުން ނުފުދޭނެ. ވެލާ ކަނހަބު، ހޯރަ އާއި ހޯގުޅާ، ގާދޫނި ފަދަތަކެތި ބިސްއެޅުމަށާއި ނިދަންއަރާރަށްތަކުގައި ރިސޯޓްހެދިއިރު މިކަމަށްވިސްނީ ކިހާވަރަކަށްތޯ. # އައްޑޫގައި Pride of Addu ގެގޮތުގައި ދެކެމުންއަންނަ ދޮންދީނި (White Tern) އަކީ ރާއްޖޭގެއެހެންސަރަހައްދެއްގައި އާންމުކޮށްއުޅޭދޫންނަކަށްނުވާއިރު މިދޫނީގެހިމާޔަތުގައި އައްޑޫގެ ނޭޗަރ ޕާކް ފަދަ ސަރުކާރުބިންތަކުގައި ކިތައް ބަބުކެޔޮގަސް އިންދިތޯ؟

The name is already taken The name is available. Register?

ރަންނަ

19 March 2023

ނޫޅޭ ނޭނގިގެން. މިހާރުވެސް ސިޔާސީ ގޮތުން ސަރުކާރަށް ގެއްލުންވެދާނެ ކަމެއް ކޮށްލަބަލަ. އެކަމެއް ކޮށް ނުނިމެނީސް ނޫނީ ކުރުމުގެ ކުރިން ހުކުމް އަންނާނެ

The name is already taken The name is available. Register?

ބިއޯ

19 March 2023

ސީޓާޓަލު ރޭންޖާއިން ތިބެނީ ޓިކުޓޮކު ކުޅެން…..

The name is already taken The name is available. Register?

ސަނައްޓޭގެ

19 March 2023

ނަންވާނީ ކެންދޫ މީހުން ވެލާ ކާކަމަށް

The name is already taken The name is available. Register?

އެމްސް

20 March 2023

ވެލާ ކެއުން ޤާނޫނުގަ މަނަލެއް ނޫން! މަނަލީ ވެލާ މެރުން!

The name is already taken The name is available. Register?

މޫސްސް

19 March 2023

ހުއްދައެއްޗެއް ހަރާމް ކުރެވިފަ

The name is already taken The name is available. Register?

ހަރާމް ހަލާލް

19 March 2023

ހުއްދަ ހުރިހާއެއްޗެއް ކައި އަރުވާކަށް ނުޖެހޭ….ތިއުޅެނީ ކާނެއްޗެއް ނެތިގެން ބަނޑަށް ޖެހިގެންތަ……

The name is already taken The name is available. Register?

މާސިންގ

22 March 2023

ދީނުގައި ވެލާ ހަރާމެއް ނޫން! އެހެން ވީމަ މިމީހުން ކޮން ހަޅޭކެއް މިލަވަނީ..؟

The name is already taken The name is available. Register?

އިބްރ

19 March 2023

ވެލާ ކަހަނބު، މިޔަރު ، އެންދެރި، ދޫނި ހިމާޔަތްކުރަން ދިވެހިރާއްޖެއިން ކުރާ މަސައްކަތުގެ ސަބަބުން މުޅި ދުނިޔޭގައި މިބާވަތުގެ ތަކެތި އިތުރުވެފައިވާކަން ފާހަގަކުރެވިއްޖެ.

The name is already taken The name is available. Register?

ފެންސިރު

19 March 2023

ލާމު ގަމު މީހުންނަށް އިނގެނެ ކޮންބައެއްކަން.

The name is already taken The name is available. Register?

އަހަމަދު އޭދަފުށި

19 March 2023

އެމްއެމްޕީއާރުސީ ލާރިގަނޑު ކާލި ކޮން ރަށެއްގެ ގުރޫޕެއްބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454