ޅ. ކުރެންދޫގެ ފްލެޓް މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމް (ވ) އާއި ސްޖޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމް ސޮއިކުރައްވަނީ.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
19 މާޗް 2023 - 16:27
ޅ. ކުރެންދޫގައި 10 ބުރީގެ އިމާރާތެއްގައި 50 ފްލެޓް އަޅަން އެސްޖޭ ޓްރޭޑް އެންޑް ޕްރައިވެޓް ލިމިޑެޓްއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
އާންމު ގޮތެއްގައި، ރަށްރަށުގައި މިހާ އުސްކޮށް ފްލެޓް އިމާރާތް ހަދަނީ ވަރަށް މަދުންނެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި އެސްޖޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމެވެ.
މިނިސްޓްރީން ބުނީ އެ މަސައްކަތް ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށެވެ.
ޅ. ކުރެންދޫގެ ފްލެޓް މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމް (ވ) އާއި ސްޖޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމް ސޮއިކުރައްވަނީ.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
• މި މަޝްރޫއުއަށް ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުން 95،980،140ރ. ހަރަދުކުރާނެ
• މި މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ
• ކޮންމެ ފްލެޓެއްގައި 3 ކޮޓަރި، 3 ފާހާނާ، ސިޓިން ރޫމް، ބަދިގެ، ލޯންޑަރީ އަދި ގުދަނެއް ހުންނާނެ
• ލިފްޓް ހުންނާނެ
• ގްރައުންޑް ފުލޯގައި ކޮމާޝަލް އޭރިއާއަކާއި ބިލްޑިން ސާވިސް އޭރިއާއެއް
މިނިސްޓްރީން ބުނީ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށާއި އާންމުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ފްލެޓްތައް ވަށައިގެން އަލި ކުރެވޭނެ ކަމަށާއި ޕާކަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއް ވެސް ހަދާނެ ކަމަށެވެ.
ސަރުކާރުން މިހާރު ވެސް އަންނަނީ މާލެ އާއި ވަރަށް ގިނަ ރަށްރަށުގައި ހައުސިން މަޝްރޫއުތައް ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިލް
20 March 2023
އޭސްޖޭއަށް ކޮންމެ ސަރުކާރެއް އަޔަސް ޕްރޮޖެކްޓު ލިބޭނެ!އެސްޖޭއިން ފައިދާއަށްލިބޭބައި މަސައްކަތް އެވޯޑުކުރީތީ 30ޕަސަންޓު ދޭނެ.
ޥަރިހަމަ
20 March 2023
އަހަރެން ހިގާނީ އެކޮޅުކޮޅުން އެސްޖޭ ތިމަސައްކަތް ނިންމިއްޔާ! އޯކޭނު؟؟
މުހައްމަދު އަހްމަދު އަލި
20 March 2023
ތިޔަ އެސްޖޭ އަކީ ގެމަނަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސައީދުގެ ކުންފުންޏެއް. 2018 އިން ފެށިގެން އެ ރަށުގައި ނަރުދަމާ އަޅަން އެކުންފުނިން ފަށައިފި. މަސައްކަތް ހުއްޓިފައި އޮންނަތާ 2 އަހަރާ ގާތްވަނީ. ބުނަނީ ސަބް ކޮންޓްރެކްޓަށް ނެގި މީހުންގެ މައްސަލައެކޭ.. މުޅީން ވެސް މަކަރާ ހީލަތުން އުޅޭ ބައެއް.
ޙަވަރު12
20 March 2023
ހިޔާ ސަރަހައްދުގަ މިސްކިތެއަޅަން ހަވާލުކޮށްގެން އުޅެތާ އެތައް ދުވަހެ އަދި ހަމަ ކިރިޔާ ފައުންޑޭޝަން ބީމްތަށް އަޅާލެވުނީ. ކޮރަޕްޝަނުން މިމީހުންނަށް ތަންތަން ހަވާލުކުރަނީ…
ޙިނި
20 March 2023
އެސްޖޭ މީ މަސަރުކާރުގަ ހާދަ ކުރީގަ އުޅޭ ކުންފުްޏެކޭ، ކޮބާތަ މީގެ ސިއްރަކީ
މުހައްމަދު އަހްމަދު އަލީ
20 March 2023
ގެމަަނަފުށީ ދާއިރާގެ މެންބަރު ހަމިއްޓޭގެ ކުންފުންޏެއް.
ނުޖުމް
20 March 2023
އެސްޖޭ އަކީ އެއްގޮތަކަށްވެސް ޕާފޯމް ނުކުރާ ކޮންޓްރެޓާއެއް.... ކީއްވެ މިހާގިނަ ޕްރޮޖެކްޓްތައް ލިބެންވީ
މުހައްމަދު އަހްމަދު އަލީ
20 March 2023
މި ސަރުކާރުގެއެމްޕީއެއްގެ ތަނެއް ވީމާ
އާދު
20 March 2023
ކީއްކުރަން ކުރާ ކަމެއްބާ ރައްފުށު ދިރިއުޅުމުގެ ހިތްފަސޭހަކަން ތޮއްޖެއްސުމާދިމާލައް
ވަރަށް
20 March 2023
އަމީރު ގެ ސިއްރު ހިއްސާކުންފުނި.
މުހައްމަދު އަހްމަދު އަލީ
20 March 2023
އެމްޕީ ހަމިއްޓެގެ ކުންފުންޏެއް ދުަވަހަކު ވެސް މަސައްކަތް ނުނިންމާ
ރަދީފްއޮފިޝަލް
20 March 2023
އެގްރިމެންޓްގެ އެއްކަނުގަ ހިފަހައްޓަން ދާއިރާގެ މެމްބަރު.ހެހެހެހެހެހެ.އަންނަ ދައުރުގަ ކެމްޕެއިން މެޓީރިއަލްއަށް އޯކޭ.
ވޯލް
20 March 2023
މި ކުންފުނު ނޫން ބަޔަކު މިރާއްޖޭގައި ނޫޅެނީތަ؟؟؟؟؟ ދަރުމަވަންތަ ހަވާލުކުށްގެން އެކަން މުއްދަތަ ނުނިންމި ދަރިވަރުންނަށް ހުރިހާ ގެއްލުމެއް. އެކަމަކު އަނެއްކާވެސް ބޮޑޫ ޕްރޮޖެކްޓެއް. ޑެޑްލައިނަށް މަސައްކަތް ނުނިންމޭ ފަރާތްތަކަށް އިތުރު ބިޑުތައް ނުދެވޭނެ ފަދަ މާއްދާގެ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދަށް ގެންނަޖެހޭ.
ސެމި
20 March 2023
މިއީ މިހާރު ކޮރަޕްސަން ހިންގާގޮތް. މިކަހަލަ ޕުރޮޖެކްޓްތައް ގާތްމީހުން ބޮޑުއަގުގަ ދެނީ! އެއްވެސް ކަމެއްނުކުރިޔަސް ބަރާބަރަށް ލާރިލިބޭނެ