ގެއްލިގެން ހޯދަމުން އަންނަ ހ. ކޯލީފްލާވަރު، އަހްމަދު ނާޝިދު.-- ފޮޓޯ: ފޮލިސް
21 މާޗް 2023 - 12:29
މީގެ ހަފުތާއެއްހާ ދުވަސް ކުރިން މާލެއިން ގެއްލުނު މީހަކު ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ހ. ކޯލީފްލާވަރު، އަހްމަދު ނާޝިދު، 46، ކަމަށެވެ.
މި މަހު 15 އިން ފެށިގެން ވީނުވީއެއް ނޭނގި، ގެއްލިގެން އޭނާގެ އާއިލާއިން ފުލުހަށް މައްސަލަ ރިޕޯޓްކުރީ މިދިޔަ އާދިއްތަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަހްމަދު ނާޝިދު ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާތީ، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުމަށް އެދުނެވެ.
ވީނުވީއެއް ނޭނގި މީހުން ގެއްލޭ މައްސަލަތައް މިފަހުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އޭގެ ތެރެއިން ގެއްލޭ ގިނަ މީހުން ފުލުހުން ހޯދަ އެވެ. ފުލުހުން އެންމެފަހުން ބުނެފައިވާ ގޮތުގައި، މިގޮތަށް އެންމެ ގިނައިން ގެއްލެނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިންދިތާ1
21 March 2023
ތިޔަ ފޮޓޯ އިން ތިޔަ ފެންނަ މީހާ އަކީ ގެއްލުމަށްވުރެ ބޮޑަށް އެހެންކޮންމެވެސް ގޮތެއް ވެގެން އުޅޭ މީހެއް ކަމަށް ބެލެވޭ! ތިޔަ ކަހަލަ މީހުން ގެއްލިގެން ހޯދަން މަސައްކްތް ކުރީމާ ދައުލަތަށް އޭގެ ގެއްލުން ފިސާރި ބޮޑު. ގިން ފަހަރަށް ކުރެވެނީ ތާކުންތާކު ނުޖެހޭ ބޭކާރު މަސައްކަތެއް.
ގުރާ
21 March 2023
ތިހެން ގެއްލިފަ ފެންނަމީހުން ފެނުނީމަ އެމީހުން ގެއްލުނު ސަބަބު ނޫސްތަކުގައި ނުޖަހަނީ ކީއްވެބާ؟ ބަޔަކު ރަހީނު ކުރީތޯ ނުވަތަ ނަފްސާނީ ވެގެންތޯ ނުވަތަ ނުލަފާކަމުންތޯ ޖަހާލާނަމަ ދޯ؟
ރަދީފު ބިން ރަފައިދާ
21 March 2023
ކުޑަކުދިން ގެއްލޭތީ އެންމެވެސް ބިރުން އުޅޭނީ. ބޮޑެތިމީހުން ވަކި މަދުތަ ގެއްލޭލެއް؟