ވެމްކޯގެ މުވައްޒަފުންތަކެއް މާލޭގެ ގެތަކުން ކުނި ނަގަނީ-- ފައިލް ފޮޓޯ: މިހާރު
22 މާޗް 2023 - 11:39
ރޯދަ މަހު، ވެމްކޯއިން ކުނި އުކާލުމުގެ ހިދުމަތްދޭ ގަޑިތައް މިއަދު އިއުލާންކޮށްފި އެވެ.
އެ ކުންފުނިން ބުނީ ރޯދަ މަހުގެ އިތުރުން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ކުނި ނަގާނީ އެ ގަޑިތަކުގައި ކަމަށެވެ.
އެ މުއްދަތުގައި ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް، އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ.
ހުކުރު ދުވަސްތަކުގައި ވޭސްޓް ޓްރާންސްފާ ސެންޓަރުތައް ހުޅުވާނީ މެންދުރު 2:00 އިިން ހަވީރު 5:00 އަށް، އަދި ރޭގަނޑު 8:00 އިން ދަންވަރު 1:00 އަށެވެ.
މާލެއިން ކުނި ނަގާ ގަޑިތައް:
- ގޭގައި އުފައްދާ ކުނި: ރޭގަނޑު 8:30 އިން ދަންވަރު 2:30
- ގޭގައި އުފައްދާ ކުނި ނުވާ ކުނި: ހަވީރު4:00އިން 5:00 އިން
ވިލިމާލެ:
- ގޭގައި އުފައްދާ ކުނި: މެންދުރު 2:00 އިން ރޭގަނޑު 10:00 އަށް
ހުޅުމާލެ:
- ގޭގައި އުފައްދާ ކުނި: މެންދުރު 1:00 އިން ރޭގަނޑު 9:00 އަށް
⚡️ We are updating the operating hours for all our services and transfer stations during Ramadan and the first 7 days of Shawwal 1443.
— Waste Management Corporation Limited (WAMCO) (@WAMCOmv) March 22, 2023
For more information, please contact our call center — dial 1666. pic.twitter.com/X4DH5l51PY
ހުޅުމާޅެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުން ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ކުނި ނަގާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް އަދި ރޭގަނޑު 9:00 އިން ދަންވަރު 1:00އަށެވެ. ހުކުރު ދުވަހު ހިޔާ ފްލެޓްތަކުން ކުނި ނަގާނީ މެންދުރު 2:00 އިން ހަވީރު 5:00 އަށް އަދި ރޭގަނޑު 9:00 އިން ދަންވަރު 1:00 އަށެވެ.
އެކުންފުނީގެ ކޯޕަރޭޓް އަދި ރީޖަނަލް އޮފީސްތައް ހުޅުވާފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.
ކޮންމެ އަަހަރަކު ވެސް ރޯދަ މަހު ކުނީގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ ކުނި އުކާލުމުގައި އުފުލަންޖެހޭ ބުރަ ބޮޑުވެ އެވެ. ވެމްކޯ އިން ކުރިން ބުނެފައިވާ ގޮތުގައި ރޯދަމަހު ދުވާލަކު 120-140 ޓަނާ ދެމެދުގެ އަދަދަކަށް ކުނި އުކާލަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަކީސް
23 March 2023
މި އިއުލާންތައްނެރެ ނޫސްބަޔާން ނެރޭއިރު އަތޮޅުތެރޭ މިމީހުން ޚިދުމަތްދޭ ރަށް ރަށުގެ ވާހަކައެއް ނޯވޭ! ދެން އެ ރަށް ރަށުން މިގޮތަށް އަމަލުކުރީމަ އޮންނަނީ ގޯތި ކުނިވެފަ.