އިދިކޮޅުގެ މުޒާހަރާގެ ތެރެއަށް ރައީސްގެ މޮޓޯކޭޑް ވަތް ވަގުތު އެތަނުގައި މުޒާހަރާ ކުރި މީހަކު ފުލުހުން ފަހަތަށް ޖައްސަނީ.
25 މާޗް 2023 - 00:22
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި އެވެ.
ރައީސްގެ މޮޓޯކޭޑް ހުއްޓުވީ މިދިޔަ ހޯމަ ދުވަހުގެ ރޭ، ހުޅުމާލޭގައި އޮތް ރަސްމިއްޔާތަކަށް ފަހު އެ މަނިކުފާނު ބޮޑުތަކުރުފާނު މަގުން ވަޑައިގަންނަވަނިކޮށް، އިދިކޮޅު ޕީޕީއެމްގެ އޮފީހާ ދިމާލުގައި ތިބި އެ ޕާޓީގެ ސަޕޯޓަރުންތަކެކެވެ. އެ ރޭ ވަނީ މި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.
އެ މައްސަލާގައި މިއަދު ހަވީރު ހައްޔަރުކުރި ޕީޕީއެމްގެ އެކްޓިވިސްޓު މުހައްމަދު އައްބާސް ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައި ސިފައިންނާއި ފުލުހުންގެ އެންގުމަށް ތަބާނުވެ ރައީސްގެ ކާރުކޮޅާ ދިމާލަށް ދާން އުޅޭތަން، ކުރިން އާންމުވެފައިވާ ވީޑިއޯތަކުން ފެނެ އެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރަކަށް މިއަދު ހަވީރު އެވެ.
މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި އިތުރު މީހަކު ހައްޔަރުކުރި ނަަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އިދިކޮޅު ސަޕޯޓަރުން ވަނީ ރައީސްގެ މޮޓޯކޭޑް ފެނުމާ އެކު މަގު ބަންދުކޮށް މަގު މެދުގައި އިށީނދެފަ އެވެ.
އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން އެ ތަނުން ދުރަށް ނުދިއުމުން ސިފައިންގެ ސްޕެޝަލް ފޯސް އިން ހަތިޔާރާ އެކު ވެހިކަލްތަކުން ފައިބައި ދުރަށް ދިއުމަށް ވެސް އެންގި އެވެ. އެކަމަކު އެމީހުންގެ އެންގުމަށް ވެސް ދުރަށް ނުދިއުމުން ރައީސްގެ ބޮޑީގާޑުން ވަނީ އެ މަނިކުފާނުގެ ކާރުކޮޅު އަނބުރާލައި އެހެން މަގަކުން ގޮސްފަ އެވެ.
މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެވެ. އެހެންވެ ސެކިއުރިޓީ ފެއިލްވި މައްސަލައާ ގުޅިގެން ވަނީ އެމްއެންޑީއެފަށް ފާޑުކިޔުން އަމާޒުވެފަ އެވެ.
އެ މައްސަލާގައި ވަނީ ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާއިރު އެ މައްސަލަ ބަލަން އެމްއެންޑީއެފުން ވަނީ ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮންބަޑުގެ އޮފީހުގަ އުޅޭ އާމިއްލޯ ފަންތީގެ ގޮލާ
26 March 2023
ތިޔަ މީހުން ކާންބޯން ކުރާ މަސައްކަތެއް މުޒާހަރާއަކީ
ހެޔޮނަސޭހަތް
25 March 2023
ސިޔާސީ މީހުންގެ އަވައިގައި ޖެހިގެން ކުރާ ނާތަހުޒީބު ކަންކަމުގެ ސަބަބުން ޖަލަށް ދާން ޖެހެނީ ނިކަމެތި ރައްޔިތުމީހާ.. ދިވެހި ރައްޔިތުންނޭ ސިޔާސީ މީހުންގެ ފަހަތުން މަގުމައްޗަށް ނުނުކުންނަން ގޮވާލަން.. އެ ހެޔޮ އެމް.ޑީ.ޕީއަކަަސް ،ޕީ.ޕީ.އެމަކަސް ، ޖުމްހޫރީއަކސް.. އާންމު މެންބަރުންގެ ނަމުގައި ދައުލަތުން ފައިސާ ނަގައިގެން ރައްޔިތުން ލައްވައި ކޮސް ހަދައި ޖަލަށް ފޮނުވަނީ..އެމީހުން..
ބަރުތީ
25 March 2023
މުޒާހަރާއެއްގެ ތެރެއަށް މޮޓަރުބޯޓެއްވަނީމާ ތިހެން ކަންކަން ނުވާ ގައުމެއްނޯންނާނެ. އެއީ މުޒާހަރާ ކުރާ މީހުންގެ މައްސަލައެއްނޫން.
ޢަރުތަ
27 March 2023
ދެން އެބަޔަކު ގެންގޮސް އުލުބޭންދުމަކީ އަނެއްހެން މައްސަލައެއް ނޫން، އެއީ މުޒާހަރާއަށް ނުކުތީމަ ވާގޮތެއް، މުޒާހަރާއަށް ނުނިކުންނަ މީހުން ގެންގޮސް ހައްޔަރެއް ނުކުރެ.
ގާސި
25 March 2023
ދެން ނިކުމޭ ސިޔާސީ ހައްޔަރޭ، ހަރާން ހައްޔަރޭ ގޮވަމުން.
LaamuonlineDOTcom
25 March 2023
މުޒާހަރާކުރަންގޮސް ގިނައިންތިބެނީ ކުރާނެ އިތުރު ކަމެއްނެތްމީހުން، އެހެންވީމާ ބަންދުގައި ހުރުމެކޭ ދޫވެފައިހުރުމެކޭ އެމީހުނަކަށް މާބޮޑުތަފާތެއް ނޯވޭ!! ޔާމީނުގެ މައްސަލަ އިސްތިޢުނާފު ކުރުމުގެ މަސައްކަތް ލޯޔަރުން އެބަކުރޭނޫންތޯ؟ ދެން މޮޓޯކޭޑު ކުރިމައްޗަށްއަރާ ކޮންކަމެއް؟ ބުއްދީގެ ހަމަތަކުންބަލާއިރު ތާކުންތާކު ނުޖެހޭކަންކަން، މިފަދަޑުރާމާ ކުރިން އެންމެ ގިނައިން ކުޅެނީ އަންނި، މިިހާރު އޭނައަށް ދިވެހިން ނޫނެކޭބުނެފި!
ރަދީފްއޮފިޝަލް
25 March 2023
ތިޔާ އައްބާސް އެއީ ކުރިން ކުންފުންޏެއްގަ ފެންވައިރިން ކުރަން އުޅުނު މީހެއް.ކުއްލިއަކަށް ސިޔާސީ ޓެގް ޖަހައިގެން އުޅޭ ބޭކަލެއް.ރައީސުލް ޖުމްހޫރިއްޔާ އިންނެވި ކާރެއްގެ ކުރިމައްޗަށް އަރައިގެން އެހިންގި އަމަލު ކުށްވެރިކުރަން.އެވަގުތަކު ވެރިކަމުގަ ހުންނަ މީހަކުކުރިމަތިން ފެނުނީމަ ރެސްޕެކްޓް ކުރަން ވާނެ.އެއީ އަހަރުމެންގެ ދީން ވެސް އަހަރުމެންނަށް ބުނެދީފަ އޮންނަ ގޮތް.ތާއީދުނުކުރާކަން ވޯޓުން ދައްކާނީ.އެގްރެސިވްވުން ބަލައިނުގަންނަން.ވ.ވެދުން
ދޮހޮއްތު
25 March 2023
އެއީ ގާނޫނީ ކުށެއްތޭ
މަސްދަރު
25 March 2023
ރައީސް ޔާމީނު ރޯދައަށް ގޭބަންދަށް ބަދަލު ކުރުން ހުއްޓުވަން ޕީޕީއެމް ތެރޭން ބޮޑުން ތަކެއް ތިޔަކަން ރާވާ ހިންގީ ކަމުގެ އަޑުއިވޭ.
ޢަރުތަ
27 March 2023
ރައީސް މައުމޫނުވެސް ރޯދަމަހު އޮންނެވީ ހުރަގޭގަ، އެހެންވީމަ ޔާމީނުވެސް ހުރަގޭގަ އޮވެލީމަ އެކަމުގެ ލައްޒަތް އެމަނިކުފާނަށް ލިބިވަޑައިގެންނަވާނީ.