އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން: އިންތިޚާބު އޮބްޒާވްކުރަން ބޭރުގެ މޮނީޓަރުންނަށް ވަނީ ފުރުސަތު ހުޅުވާލާފައި --- ފޮޓޯ/މިހާރު
25 މާޗް 2023 - 15:43
ރިޔާސީ އިންތިޚާބު މޮނީޓާކުރަން ބޭރުގެ އޮބްޒާވަރުންނަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައިވަނީ ރިޔާސީ އިންތިޚާބު މޮނީޓާކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނީޓަރުން އެކަމަށް އެދި އީމެއިލް މެދުވެރިކޮށް ޖުލައި 25 ގެ ކުރިން އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ބޭރުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވެވެނީ އުމުރުން 18 އަހަރު ފުރިފައިވުމާ އެކު ބޭރުގެ ޖަމާއަތެއްގެ މަންދޫބަކަށްވުމެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަކީ ވެސް ޝަރުތެކެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރާ
26 March 2023
ކުރިމަރިލާނެ ދިވެހިން ނެތޭ ކިޔާފަ އިންޑިއާ މީހުން ގެނޭ!
މުހައްމަދު..
26 March 2023
ދިވެންނަށް އޮބްޒާވާ ކުރުމުގެ ފުރުސަތު އެބައޮތްތަ؟
އަސޭލ
25 March 2023
ފުރަތަމަ ބަލަންވީ އެމްޑިޕީ ޕުރައިމެރީ ސައްހަތޯ، އެމްޑީޕީ ކެންޑިޑޭޓު ސައްހަތޯ