ގެއްލިގެން ހޯދަމުން އަންނަ އިސްލާއިމް އާޒިމް.--
28 މާޗް 2023 - 22:53
ކުރީގެ ޓީވީ ޕްރެޒެންޓަރު އިސްމާއިލް އާޒިމް ގެއްލިގެން ހޯދަން ފުލުހަށް ހުށަހަޅައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާގެ ހަބަރެއް އެންމެ ފަހުން އާއިލާއަށް ވެފައިވަނީ މި މަހުގެ 9 ވަނަ ދުވަހު އެވެ.
މީގެ ދެ ދުވަސް ކުރިން އިންސްޓަގްރަމްގައި އޭނާގެ އެކައުންޓުން ވަނީ ޕޯސްޓެއް ކޮށްފަ އެވެ. ނަމަވެސް އޭނަގެ ފޯނު އޮންނަނީ ނިއްވާލާފަ އެވެ.
"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި އޭނާ ވީނުވީއެއް ނޭނގި، ގެއްލިގެން އާއިލާއިން ފުލުހަށް މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިއަދު އެވެ.
އާޒިމް އަކީ ޕީއެސްއެމް އާއި ރާއްޖެ ޓީވީގެ އިތުރުން ދިވެހި ޗެނަލްގައި ވެސް މަސައްކަތް ކޮށްފައިވާ ޕްރެޒެންޓަރެކެވެ.
މީހަކު ގެއްލިގެން ފުލުހަށް ހުށަހަޅެމުން އެ މައްސަލަ ބަލާނެ އުސޫލުތަކެއް ހުރެ އެވެ. އާންމުންނަށް އެ މައުލޫމާތު ހާމަ ކުރަނީ ފުލުހުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެވެ.
ވީނުވީއެއް ނޭނގި މީހުން ގެއްލޭ މައްސަލަތައް މިފަހުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. ފުލުހުން އެންމެފަހުން ބުނެފައިވާ ގޮތުގައި، މިގޮތަށް އެންމެ ގިނައިން ގެއްލެނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
30 March 2023
ދެން ނޭނގެ މި އަށް ބުނާނެ އެއްޗެއް!
2013
29 March 2023
މިއީ ވަރަށް ބަސްއަހާ މަޑުމަޑުން ހުންނަ ސޮރެއް!. މިހާރު މީވެސް އާކުޅިވަރެއްތާދޯ! ބޮއިހަލަކި
ރަދީފު ބިން ރަފައިދާ
29 March 2023
ގެއްލުމާ ގެއްލިގަތުމާ މީ މުޅިން ދެކަމެއް.
މީމަށޭ
29 March 2023
އެސޮރު ސްނެޕް ސްޓޯރީ ބަރާބަރަށް އަޕްޑޭޓް ކުރޭ. ގެއްލިގެންނޭ ނުކިޔާ ފިލައިގެންނޭ ކިޔާބަލަ.
މަލހަގަ
29 March 2023
ދޫނި ..... ފެނިއްޖެތަ؟ އިރާދަކުރެއްވިއްޔާ ފެންނާނެ އަދި
ހަޤީޤީ ވާހަކަ
29 March 2023
އޭނާގެ ފޭސްބުކު ސްޓޭޓަސް ގައި އެބައިން އޭނާ ނުގެއްލޭ ކަމަށާއި ، ފިލައިގެން އުޅެނީ ކަމަށް އަމިއްލަޔަށް ލިޔެފައި..
ޙެޔޮ އެދޭ
29 March 2023
ޢިންޝާ ﷲ ރަނގަޅަށް، ހެޔޮހާލުގައި ހުއްޓާ ފެންނާނެ
އަންދަލޫސިޔާ
29 March 2023
ބައެއް ބޭފުޅުންގެ މައްސަލަތައް ތާވަލުވާ ދުވަސްވަރަށް ނޫނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން ރިކުއެސްޓްކުރާއިރަށް ނޫސްވެރިން ގެއްލުމާ، ނޫސްވެރިން ގަޔަށް ވަޅިޖެހުން ގިނަވޭ. ބުނެވޭގޮތުގައި އެ ބޭފުޅަކު ގޭންގްތަކާ ޑްރަގް ވިޔަފާރި ކޮންޓްރޯލްކުރޭ. އަދި ޙުކުމެއް އަންނަ ކޮންމެ ފަހަރަކު ބޮޑު އަލިފާންގަނޑެއް ރޯވޭ. އިއްތިފާގު؟ ހިޔެއް ނުވޭ!
ސައުތު
29 March 2023
ވަރަށް ގާބިލު ނޫސްވެރިޔެއް. ޙެޔޮހާލުގަ ވާނެ ކަމަށް އުންމީދުކުރަން. މިހާރު ހަބަރު ކިޔުން ހުއްޓާލީތަ؟ ކުރީގެ ޕްރެޒެންޓަރެކޭ ޖަހާފަ އިނީމަ
މައީޝާ1
28 March 2023
ހެޔޮހާލުގައި ފެންނާނެ އިރާދަކުރެއްވިއްޔާ?
ފާތިމަތު2
29 March 2023
އިންޝާ ﷲ