މީގެ ކުރިން ހިނގި ލޯންޗް އެކްސިޑެންޓެއްގައި ލޯންޗް ހަލާކުވެފައި. -- ފައިލް ފޮޓޯ
29 އެޕްރީލް 2023 - 18:40
ފޭދޫ ފިނޮޅު ކައިރީ މިއަދު ހަވީރު ހިނގި ލޯންޗް އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓުވެގެން ރިޕޯޓްކުރީ 4:40 ކަމަށެވެ. އެ އެކްސިޑެންޓުގައި މަރުވީ 53 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ މަރުވީ އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ބުނުން ފިޔަވައި އަދި ތަފްސީލެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުލައި2021
29 April 2023
ހައި ސުޕީޑު ލޯންޗުތަކުގަ ކޮލީޝަން އެވޮއިޑަންސް ސިސްޓަމަ ހަރުކުރަން ޓުރާންޕޯޓު މިނިސްޓުރީއިން އަންގާނީ ކިތައް ފުރާނަ ނެތުނީމަ ބާ؟
އެމްސް
30 April 2023
ކޮންމެ ސިސްޓަމެއް ހުއްޓަސް ހިސާބަށްވުރެ ފަރުވާ ކުޑަވީމަ އެކްސިޑެންޓްތައްވެސް ގިނަވާނެ!
އޮގަސްޓް 2032
30 April 2023
މޮޅު ކޮމެންޓެއް ކޮއްލީދޯ..
ބިންގޯ
30 April 2023
ސިސްޓަމް ގެ މަސްސަލައެއްނޫނޭ މީކީ. މީ ފަރުވާ ކުޑަކަން. ދިވެހި ރާއްޖޭގަ ގިނައެކްސިޑެންޓް ހިގާފަ ހުރީ ކޮންމެސް މީހެއްގެ ނުވަތަ ބަޔެއްގެ ފަރުވާކުޑަކަމުން.
ކޮރަލް
29 April 2023
މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ. ތަފްސީލެއް ނުލިބޭނެ އެވެ. ޖެހޭނީ އަމިއްލަ އަށް ހޯދާށެވެ. މިއީ މިކަން ވަމުން އަންނަ ގޮތެވެ.
ފަރިދު
29 April 2023
ހިތްދަތި ކަންތައްތައް ނާންމާން ކަމާއި ބިރުވެރިކަން