ސައުދުﷲ އިންނެވި ލޯންޗު.-- ފޮޓޯ: މެރިން ޕޮލިސް
30 އެޕްރީލް 2023 - 14:25
ކ. ފޭދޫފިނޮޅު ކައިރީގައި އިއްޔެ ހަވީރު އެކްސިޑެންޓު ހިނގީ އެމްޑަބްލިއުއެސްސީގެ ލޯންޗެއް ޖެހިގެން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ރާއްޖޭގައި ބޮޑު ހިލަ ޖެހުމުގެ ގިނަ މަޝްރޫއުތަކެއް ހިންގާ ސަސް އީ ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހުމަދު އިން ލޯންޗުގައި ޖެހުނީ، އެނގިފައިވާ ގޮތުގައި، ތިލަފުށީގައި ކުރިއަށްގެންދާ ޕްރޮޖެކްޓެއް ބެލުމަށް ފަހު އޭނާ ދިރިއުޅޭ ހުޅުމާލެ އަށް އަނބުރާ ދަނިކޮށެވެ.
އެ ވަގުތު ސައުދާ އެކު ލޯންޗުގައި ކައްޕި އާއި ދެ ފަޅުވެރިން ތިއްބެވެ.
ހަވީރު 4:40 ހާއިރު އެކްސިޑެންޓު ހިނގުމާ އެކު ސައުދުﷲ، 53، އަށް ފަރުވާ ދިނުމަށް އޭޑީކޭ އަށް ގެންދިޔަ އެވެ. ނަމަވެސް، އެ ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް އޭނާ ވަނީ ނިޔާވެފަ އެވެ.
އެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ އެމްޑަބްލިއުއެސްސީގެ ލޯންޗު ޖެހިފައި ވަނީ އަނެއް ލޯންޗުގެ އަރިމަތިން ކަމަށެވެ. ނަމަވެސް، މައްސަލަ ތަހުގީގުކުރާތީ އެކަމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ ޑިރެކްޓާ ހުސެއިން ނަޒީރު ވިދާޅުވީ އިއްޔެގެ އެކްސިޑެންޓާ ގުޅިގެން ދެ ލޯންޗުގައި ތިބި ކެޕްޓަނުންގެ ލައިސަންސް ވެސް ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށެވެ.
ތަހުގީގު ނިންމުމަށް ފަހު ކުށްވެރިވާ ފަރާތެއްގެ ލައިސަންސް މަދުވެގެން ފަސް އަހަރަށް ހިފަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޒު
01 May 2023
ނިޔާވި މީހާ އާއި އެމީހާއިން ލޯންޗުގެ ކައްޕި އެންމެފަހުން ކުއްވެރިވާނީ ބަލައްޗޭ ދުވަހަކު ސަރުކާރުގެ މީހަކުވެސް ކުއްވެރިއެއް ނުވާނެ ކޮބާތަ ޔޫކްރެއިން އަންހެންމީހާ މަރުވި ހާދިސާ
ހުވޭ
30 April 2023
ކަނޑުދަތުރަށް އަރާއިރުވެސް ހެލްމެޓް އަޅަންޖެހޭ މިވީގޮތުން.
ފާރަގެމަ
30 April 2023
5 އަަހަރު އޭ ؟ ޢަނެއްކާފަސްއަހަރު ކޮއްފަ ނިކުމެ އަނެއް އެކްސިޑެންޓް ކޮއް މީހަކު ފުރާނަ ދާނި ދޯ. މުޅި އުމުރައް ހިފަހައްޓަބަލަ
މަނިކްބެ
30 April 2023
ޢެމް ޑަބްލިއު އެސް.ސީ ލޯންޗްގެ ހުރިހައި ހުއްދަ ތަކެއް ހުރީ މުއްދަތު ހަމަވެފަ.. ބަލާނެ މީހަކްނެތް ވާނެ އެެއްވެސް ކަމެއްވެސް ނޯންނާނެ. މުޅިގައުމުގައި ތިބީ އެކަމަކް ކޮންސަލްޓަންޓުން.
ޢަރުތަ
02 May 2023
މަނިކްބެ ތިހުރީ ކަންކަން ބަލަން ހުއްޓާ ދެން އެހެން މީހަކު އެކަމާ އުޅޭނެ ކަމެއް ނެތެއްނު.