ފުލުހުން ކުރިން އަތުލައިގަތް މަސްތުވާތަކެތި.
24 މެއި 2023 - 23:23
ފ. ފިލިތެޔޮ ކައިރިން ކަނޑަށް ފައްތާފައި ހުއްޓާ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ފެނުނީ 45 ކިލޯގެ ހެރޮއިން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މީޑިއާ އަށް ފުލުހުން ހާއްސަ ކޮށްފައިވާ ވަޓްސްއެޕް ގުރޫޕްގައި ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މަސްތުވާތަކެތި ހޯދުމުގެ އޮޕަރޭޝަން މިހާރު ނިންމާލާފައިވާ ކަމަށާއި އެކަމަކު އެ މައްސަލާގައި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ފެނުނީ ހިރޮއިން ކަމަށް ބެލެވޭ ކަމަށް މެސެޖުގައި ބުންޏެވެ.
އެ މައްސަލާގައި އިތުރު މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ.
ރާއްޖޭގެ ފަޅެއްގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި މިދިޔަ އަހަރު ވެސް ފުލުހުން އަތުލައިގަތެވެ. އެކަމަކު، އެ މައްސަލާގައި ވެސް ބަޔަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
25 May 2023
ކަނޑުން 450 ކިލޯގެ ޑްރަގް ފެނުނު އިރު ކޯސްޓޤ ގާޑް ގެ ބަހެއް ނެތެވެ. އެއްގަމުން ޑްރަގް ފެން އިރު ކޯޓުން މީހާ ދޫވަނީ އެވެ. މީގެ އިން ހާމަ ވަނީ މޫލާފަ ހުރި ވަރެވެ. މިގައުމަށް އާ ވެރިއަކު ބޭނުން ވެ އެވެ.
އިސްމާލި
25 May 2023
އޮޕަރޭޝަން މިހާރު ނިންމާލާފައިވާ ކަމަށާއި އެކަމަކު އެ މައްސަލާގައި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ." "ގިނަ އަދަދެއްގެ މަސްތުވާތަކެތި މިދިޔަ އަހަރު ވެސް ފުލުހުން އަތުލައިގަތެވެ. އެކަމަކު، އެ މައްސަލާގައި ވެސް ބަޔަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެ އެވެ." ފުލުހުން ބުނީ މަސްތުވާތަކެކި އެތެރެކުރަނީ އަދި ވިއްކަނީވެސް ބަލި މީހުނޯ އެމީހުން ހައްޔަރުކޮށް ގެންގުޅުން ވަރަށް ޚަރަދު ބޮޑޯ. އެހެންވެ މިހާރު ގެ ފޯކަސް ހުރީ ތަކެތި ހޯދައި ނައްތާލުމަށް ކަމަށް.
ހަންބޯ
25 May 2023
އެންމެ 450 ކިލޯ؟
ފޮޓޯގަ އިނީ މެތު
25 May 2023
ފޮޓޯގަ ހަކުރެއް ނޫން ލޮނު (މެތު) ޕަކަޓު އެފެއްނަނީ
ފަހުދު.
25 May 2023
ކަލޯ ނުބޭނޭތި
ޖެރާ
25 May 2023
މާވަހަރެެއްތަ.. ލޮނުގައި ނުޖައްސާ ގިނަދުވަސްވީ ވަރަކަށް ލުއިވާން..
1828
25 May 2023
ތީގެ ވެރިއަކު ހޯދުން ފުލުހުންވާނެ ޢިއުލާންކުރަން. ވެރިއަކުނެތި، ތުހުމަތުކުރެވޭ މީހަކު ނެތި ތިޔަ ކަނޑުން ނަގައިގެން ކުރަން އޮތީ ކޮންކަމެއް؟ ފެންނައިރަށް ނުނަގައި، ތީގެ ވެރިފަރާތުން އަންނަންދެން ފާރަލައިގެން ހޯދަން މަސައްކަތް ކުރިނަމަ ރަނގުވީސް. ވެރިފަރާތުން އެތަކެތި ކަނޑުން ނަގައިގެން ނައްޓާލާތަނުން އަތުލައިގަތަސް މިރާއްޖޭގެ ކޯޓެއްގައި ސާބިތެއް ނުވާނެ. ސަބަަބަކީ ކިލޯއިން މަތިން ބަރުދަން ގުނަން ޖެހުން. ހާދަލާރިއެކޭ ދޯ މިއީ؟
ގާސިމް
25 May 2023
ތިނޭގޭނެ ކާކު ކަމެއް، އެކަމަކު އިންޓެލް ބަލާ އަޑު އަހާފަ އެ ހޯދަން ދާނީ. އެވެސް ފިސްތޯލައެއް ވިއްޔާ އެނގޭނެ ކާކުކަން. ދިމާކުރާތީ ނިޒާމް ވަރަށް ފުރީހަމަ ވާނެ/