ލަންދޫ ކައުންސިލުން އަލަށް ގެނައި ޕިކަޕުގައި ރޯވެ އަނދާފައި.
30 މެއި 2023 - 12:33
ނ. ލަންދޫގައި ކުނި މެނޭޖުކުރުމުގެ މަސައްކަތަށް އެ ރަށު ކައުންސިލުން އަލަށް ގެނައި ޕިކަޕެއްގައި ރޯވެ އަނދައިފި އެވެ.
އެ ރަށު ކައުންސިލްގެ މެންބަރަކު ވިދާޅުވީ ޕިކަޕްގައި ރޯވީ ކައުންސިލް ކައިރީގައި ހުންނަ ފަޅު ގެއެއްގައި ޕާކު ކޮށްފައި އޮއްވައި ކަމަށެވެ.
އޭނާ ވިދާޅުވީ ޕިކަޕްގައި ރޯވިކަން އެނގުނީ ފަތިހު ކަމަށާއި އޭގައި ރޯވީ ކަމެއް ނުވަތަ ގަސްތުގައި ރޯކޮށްލީ ކަމެއް ބުންނަން ނޭނގޭ ކަމަށެވެ.
"ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުން. ތަހުގީގަށް ފަހު އަޅުގަނޑުމެންނަށް އެއްޗެއް ބުނަން އެނގޭނީ،" އޭނާ ވިދާޅުވި އެވެ.
މިއީ އާންމުކޮށް އިއުލާނުކޮށް ބިޑް އުސޫލުން ސަރުކާރާއި ކައުންސިލްގެ ހަރަދުގައި ގެނައި ޕިކަޕެކެވެ.
"ސަރުކާރުން ދިން 400،000 ރުފިޔާ އާއި ކައުންސިލުގެ ބަޖެޓުން 85،000 ރުފިޔާ ލައިގެން ކައުންސިލްގެ ބޭނުމަށް ސީދާ ރާއްޖެއިން ބޭރުން ގެނައި ޕިކަޕެއް އެއީ،" ކައުންސިލްގެ މެންބަރު ވިދާޅުވި އެވެ.
އާބާދީގައި 1،000 އަށް ވުރެ ގިނަ މީހުން އުޅޭ ލަންދޫ ކައުންސިލުން ބުނީ ޕިކަޕު ގެނައިތާ ދޮޅު މަސް ވެއްޖެ ކަމަށެވެ. އެކަމަކު ކުނި އުކުމުގެ މަސައްކަތަށް ޕިކަޕު ބޭނުން ނުކޮށް އޮތީ އެ އުޅަނދުގެ ރަޖިސްޓްރޭޝަންގެ ކަންކަން ނުނިމޭތީ ކަމަށެވެ،
"އިއްޔެ އުޅަނދު ރަޖިސްޓްރީވިކަން އެނގުނީ. އެކަމަކު އަދި އަޅުގަނޑުމެންނަށް ރަޖިސްޓްރީ ނުލިބޭ. އެހެންވެ އަދި ކުނި މެނޭޖު ކުރުމުގެ މަސައްކަތް ނުފެށި އޮތީ،" އޭނާ ވިދާޅުވި އެވެ.
ކައުންސިލަރު ވިދާޅުވި ގޮތުގައި ޕިކަޕް ބޭނުންކޮށްގެން ކުނި އުކާލުމަށް ނަގަން ނިންމި 200ރ. ގެ ފީއާ މެދު ބައެއް މީހުންގެ ހިތްހަމަނުޖެހުން ހުރި ކަމަށާއި އެކަމަކު އެއީ ރައްޔިތުންގެ ބައްދަލުވުމެއްގައި ފާސްކުރި އަދަދެއް ކަމަށެވެ. އެހެންވެ މިއީ ބަޔަކު ޕިކަޕަށް ގެއްލުމެއް ދޭންޖެހޭ ސަބަބެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕިކަޕް އަލުން ބޭނުން ކުރެވޭނެތޯ އަދި އެނގޭނީ ފުލުހުންގެ ތަހުގީގަށް ފަހު އިތުރަށް ބަލައިގެން ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮނާޑު
31 May 2023
ޑިއުޓީ ފުރީކޮއްގެން ގެނައި ޕިކަޕެއްގެ އަގު=/485000 ރުފިޔާ އައް ގެނައިމަ އަގާމެދުސުވާލުއުފެދޭ!އަދިތިޔަގަތީ މޕލ އަށްވެހިކަލްގަންނަކުންފުނިންބާއެވެ ފަހަރެއްގަ އެހާކުޑައަގަކައްގަތީމަ އޭގެޙަޤީގަތްއެގުމުގެކުރިންއަލިފާންރޯވީކަމައް ތަޙުޤީގުކުރާއިރު ޕިކަޕުގެ ހަޤީގަތްއޮޅުންފިލާނެތޯ?
މަފް
31 May 2023
ޑިއުޓީ ފްރީއޭ އޮތީ ކޮންތާކު.! ސަރުކާރު ނޫނީ ކައުންސިލްދެކެ ރުޅިއަޔަސް މީކަން ކޮއްގެންވާނެ ގޮތެއްނޫން.
ވަހީދުބެ
30 May 2023
ތަހުޒީބާއި ތަމައްދުނު ބޭނުން ނުވާ މަދު ބަޔަކު ބޭނުންވީމާ ދިވެހި ރައްޔިތު އެންމެންގެ ފައިސާއިން ގަނެފައި ހުންނަ މިފަދަ ތަކެތި އަންދާ އަޅިއަށް ހަދަން ދޫނުކުރުމަށް ކަމާ ބެހޭ ފަރާތްތަކުގައި އާދޭސް ދަންނަވަން. ތަހުގީގުކޮށް މިބައިމީހުން އިންސާފުގެ ކުރިމައްޗަށް ގެނެސްދީ.
މިފަހަރު ނ. ލަންދޫ
30 May 2023
ނަޢީމާގެ މަރާއިއެކު މަޝްހޫރުވީ ނ. މަނަދޫ އެވެ. މިފަހަރު މިއިވުނީ ނ.ލަންދޫ ގެ އަޑެވެ. ނ. އަތޮޅު ވެސް މިވީ ފިސާރި އަތޮޅަކަށެވެ!
އަބްޑޫޅް
30 May 2023
ބީރަށްޓެހިންނަށް މިކަހަލަ ކަންތައް ދޫކުރީމަ ވާނެ ގޮތް ވަނީ.
ހަސަން ފިކުރީ
30 May 2023
ރައްޓެހިންނާއި ބީރައްޓެހިންނާއި ބިދޭސީން އެއްވަރުވާނެ ބިޑުގައި ކަނޑައަޅާ އުސޫލުގައި ވަކިގޮތެއް ކަނޑައެޅިފައ ނެތިއްޔާ. ހިތްހަމަ ނުޖެހުނީމަ ދިވެހި ރައްޔިތުންގެ މުދަލުގައި ހުޅުޖަހަންވީތަ؟ ނާތަހުޒީބު ކަމުގެ އިންތިހާ
ކިރު ސައި
30 May 2023
ރައްފުށު ވައިރަސްގެ އަސަރު
ނަގިލި ޝަކްތީ
30 May 2023
ރައްޓެހިންނަށް ވަކި ދޫކުރެވެން އެބައޮތްތަ، އަތޮޅުތަކުގެ ފަޅުރަށްތައް ވަގަށް ވިއްކާފަ ޑޮލަރުކޮޅު ބަނޑުއަޅައިގެން ކ.މާލޭ އެތައް ބަޔަކު އެތިބީ ހައްޔަރުގަ މިހާރުވެސް.
ފިކުރީގެ ފިކުރީ
31 May 2023
(ހިތްހަމަނުޖެހުނީމާ) ލަންދޫގަ ޕިކަޕުގަ ހުޅުޖެހީމާ ގޯސްވީ. ފެބުރުވަރީ 8 ގައި މުޅިދައުލަތުގެ މުދަލުގަ ހުޅުޖެހީމާ ގޯހެއްނުވި. ރައްޔިތުންގެ ކިތައްމިލިއަނުގެ ފައިސާ ގެއްލުންވި؟ އަދަބު ލިބުނީ ކާކަށް؟
މިފަހަރު ނ. ލަންދޫ
30 May 2023
ނަޢީމާގެ މަރާއިއެކު މަޝްހޫރުވީ ނ. މަނަދޫ އެވެ. މިފަހަރު މިއިވުނީ ނ.ލަންދޫ ގެ އަޑެވެ. ނ. އަތޮޅު ވެސް މިވީ ފިސާރި އަތޮޅަކަށެވެ!
GanevihkaaDOTcom
30 May 2023
އިތުރަށް ނުބެލިޔަސް ތިޔަފޮޓޯތަކުންވެސް އެބައެނގޭ ތިޔަ ޕިކަޕު ދެން ބޭނުމެއްނުކުރެވޭނެކަން، ދެން ބުނެލަންއޮތޫ ތިޔަކީ ބަޔަކު ރޯކޮށްލީމާ ހިނގިކަމެއްކަން %100 ޔަގީނޭ، ވަގުތުބޭކާރުނުކޮށް އެކަންކުރިބަޔަކު ހޯދުމުގެ މަސައްކަތް ކުރުން ރަނގަޅުވާނެ ލަފާކުރެވޭގޮތުން 24 ވޯޓުގެ ލެޑްއެސިޑް ބެޓުރީއެއް ތީގައިންނާނީ، ޝޯޓެއްވެއްޖެނަމަ ފިއުޒުދާނެ، އަމިއްލަޔަށްއޮވެ ޝޯޓުވުމުގެ ފުރުސަތުވެސް ވަރަށްކުޑަ، ތީހަމަ މީހަކު ނުވަތަ ބަޔަކު ކުރިކަމެއް
މިސްޓަރ ޓިނޭ
30 May 2023
ދާލްމޭ ކުޗް ކާލާ ހޭ
އލނއމ
30 May 2023
ކުރިބަޔަކު ހިތުން ވަރަށް މޮޅު ކަމެއް ކުރެވިފައި ތި އޮތީ
ޖަމޯ
30 May 2023
ފިނޑި އަމަލެއް
އަފްރާސިޔާބު
30 May 2023
އާނ. ބާއެއްޗެއް ގެނެސް އާއެއްޗެއްގެ ނަމުގައި އެތެރެކުރީ. ދެން މީހަކު ރޯނުކުރާނަމަ ކީއްވެ އަދަންވީ. އިސްޓާޓުކޮށްފައި އަބަދު ބާއްވަންޏާ އަނދާފާނެ. ދެން ސަރުކާރުން އަނެއްކާވެސް 4 ލައްކަ ރުފިޔާ ދޭންވީ.ވޯޓް އެޅުމާ މިދޭތެރޭގައި މިއޮތް ދުވަސް ކޮޅު ނެގުނު އެއްޗެއް ނެގޭނީ.
އެމީހާއެއްނޫން
30 May 2023
ބައި މިލިއަން ރުފިޔާ އައް އާދައިގެ ޕިކަޕެއް ރައްޔިތުންގެ ލާރިން ގެނައުމެކޭ، ތިޔަ ޕިކަޕުގަ ހުޅުޖެހުމެކޭ .. ހަމަ އެއްވަރުގެ ކަންކަން. ހުޅުޖެހި މީހުން ހޯދާ ގޮތައް، ތިޔަ ވައްކަން ކުރިމީހުން ވެސް ހޯދަން ޖެހޭ
އިސްމާލި
30 May 2023
ތިހެން މަވެސް ހިތައް އެރީ. ބައި މިލިއަން ރުފިޔާއަށް އެންމެ ފަހުގެ ކޮންޑިޝަން ރަނގަޅު ކާރެއްވެސް ލިބޭނެ. ބަލާ ބެލުމަށް ވައްތަރީ އިންޑިއާގެ ބްރޭންޑަކާ. އަދި އަމިއްލައަށް ގެނައުމުން އެތެރެކުރި ބައެއްގެ ޕްރޮފިޓް އެއް ވެސް ނޯންނާނެ ދޯ
ކުރަނޑިދެލޯ
30 May 2023
ޕިކަޕެއްގެ އަގެއް ބުނާކަށްނޭނގޭ އާދައިގެ ސައިކަލްގަނޑެއް އުޅެނީ ހަތްދިހައަށް އައްޑިހައަށް.