ޚަބަރު / އެމްއެމްޕީއާރްސީގެ ކޮރަޕްޝަން

ޔޫސުފް ނައީމަށް ދައުވާކުރީ ނުބައި މާއްދާއަކުން، ކުށުގެ މައިގަނޑު ރުކުން ސާބިތެއް ނުވޭ: ވަކީލް

ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ދިނުމުގެ ކުށް ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ދައުވާ ބިނާކުރި ކުށުގެ މައިގަނޑު ރުކުނެއް ސާބިތުވާން ނެތް ހާލަތެެއްގައި ކަމަށް އޭނާގެ ފަރާތުން މިއަދު ހައި ކޯޓުގައި ބުނެފި އެވެ.

އާރަށުގެ މުއާމަލާތުގައި، އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް ޔޫސުފް ނައީމްގެ މައްޗަށް ވަނީ އިއްވައިފަ އެވެ. އަދި އޭނާ ރިޝްވަތުގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށް ކުރިީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވައިފަ އެވެ.

މިއަދު ފެށި އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތަކުގައި ޔޫސުފް ނައީމްގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ ޔޫސުފް ނައީމްގެ ފަރާތުން ޔާމީނަށް ފައިސާ ދިނީ ނައީމްގެ ހިއްސާ އޮތް ކުންފުންޏަކަށް ވ. އާރަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މުގާބިލްގައި ކަމަށް ދައުވާގައި ބުނާ ކަމަށެވެ. ނަމަވެސް އެއީ ރިޝްވަތު ދިނުމުގެ ކުށް ބަޔާންކުރާ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައިވާ ފަދައިން ރައީސްގެ ރަސްމީ ހައިސިއްޔަތު ނުވަތަ ވާޖިބުގެ ތެރޭގައި ހިމެނޭ ކަމެއްކަން ޔޫސުފް ނައީމަށް ގަބޫލުކުރެވެންޖެހޭ ސަބަބެއް ގާނޫނުލްއުގޫބާތުގެ 15 ވަނަ މާއްދާ އާއި ގާނޫނުއަސާސީގައި ބުނާ ގޮތަށް ދައުލަތަށް ސާބިތުކޮށްނުދެވޭ ހާލަތެއް ކަމަށް ހަމްޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ މުވައްޒަފަކު އޭނާގެ ރަސްމީ ހައިސިއްޔަތުގެ ބޭރުން އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނުވަތަ އެ ނޫން ގޮތަކަށް ވެސް ގާނޫނާ ހިލާފަށް ކަމަކަށް ނުފޫޒެއް ފޯރުވައިފި ނަމަ އެކަމާ ގުޅިގެން ދައުވާކުރަންޖެހޭ މާއްދާ އަކީ 512 ވަނަ މާއްދާ ކަމަށެވެ.

"ދައުލަތުން ޚިޔާރުކުރީ ގޯސް މާއްދާއެއް. މި މާއްދާ ޚިޔާރު ކުރުމުގެ ނަތީޖާ އަކީ އެ މާއްދާގައި ހިމެނޭ މައިގަނޑު އެއް ރުކުން ސާބިތު ނުވުން،" ހަމްޒާ ވިދާޅުވި އެވެ.

ޔޫސުފް ނައީމްގެ ވަކީލް ހަމްޒާ ލަތީފް މިއަދު ހައި ކޯޓުގައި ވާހަކަ ދައްކަވަނީ

އޭނާ ވިދާޅުވީ ޓޫރިޒަމާ ބެހޭ ގާނޫނުގައި ރާއްޖޭގެ ރަށެއްގައި ޓޫރިޒަމް ތަރައްގީކުރުމަށް ރަށް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އޮން އޮތުން ފިޔަވައި އެހެން ދައުރެއް ނެތް ކަމަށެވެ. އެއީ ރައީސްގެ ދައުރު ހުއްޓޭ ހިސާބު ރަށެއް ކަނޑައެޅުމަށް ފަހު އެ ތަން ކުއްޔަށްދޭ ނަމަ އެކަމާ ގުޅޭ ހުރިހާ ކަމެއް ކުރާނީ ޓޫރިޒަމާ ގުޅޭ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކުން ކަމަށް ވިދާޅުވި އެވެ.

ހަމްޒާ ވިދާޅުވީ މިނިސްޓްރީގައި ވަޒީރެއް ހުންނާނެ ކަމަށާއި ކޮންމެ ވަޒީރަކީ ރައީސް ވިދާޅުވާހާ ކަމެއް ކުރަންޖެހޭ ބޭފުޅެއް ނޫން ކަމަށެވެ. ވަޒީރަކީ އޭނާގެ އަމަލުތަކަށް މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ، ގާނޫނުތަކާއި ގާނޫނުއަސާސީއަށް ތަބާވާން ޖެހޭ ބޭފުޅެއް ކަމަށެވެ. އެހެންވެ އޭނާ ކުރާ ކޮންމެ ކަމެއް ރައީސަށް ރައްދުވާ ކަމެކޭ ނުބުނެވޭ ނުބުނެވޭނެ ކަމަށް ވިދާޅުވި އެވެ.

މި ރަށް ޓޫޖީ އަށް ކުއްޔަށް ދިނީ މިނިސްޓްރީން ވެސް ނޫން ކަމަށާއި ޓޫރިޒަމުން ކުއްޔަށް އެމްއެމްޕީއާރްސީ އަށް ކުއްޔަށް ދިނުމުން އެމްއެމްޕީއާރްސީން ޓޫޖީ އަށް ދިނީކަން ހަމްޒާ ފާހަގަކުރެއްވި އެވެ. އެ ކުންފުނީގެ ކަންކަމަށް ޒިންމާވާން ވެސް ވަކި ބަޔަކު ތިބޭނެ ކަމަށާއި ރަށް ހޯދަން ޔޫސުފް ނައީމްގެ ކުންފުނިން ދުވަހަކު ވެސް ރައީސް އޮފީހަކާ މުއާމަލާތެއް ކޮށްފައި ނެތް ކަމަށް ވިދާޅުވި އެވެ.

ޔޫސުފް ނައީމްގެ ފަރާތުން ފާހަގަކުރި އެހެން ކަންކަމުގެ ތެރޭގައި ޝަރީއަތް ފެށުމަށް ފަހު ދައުލަތުން ހުށަހެޅި ހެކިތައް ބަލައިގަނެ އެއަށް ރިއާޔަތްކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށް ބުންޏެވެ. އަދި ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ހަމައެކަނި ދޮޅު ގަޑިއިރު ކަނޑައަޅާފައިވަނީ ދިފާއަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ނުލިބޭ ގޮތަށް ކަމަށް ވެސް ހުށަހަޅާފައިވެ އެވެ. އެހެންވެ ޔޫސުފް ނައީމްގެ މައްޗަށް ޖަލު އަދަބު ފިޔަވައި އެހެން އަދަބެއް ކަނޑައަޅާފައި ނުވަނީ ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް ކަމަށް ބުންޏެވެ.

އެކަމަކު ދައުލަތުން ވަނީ މި ހުރިހާ ނުކުތާއަކަށް ވެސް ތަފްސީލްކޮށް ރައްދު ދީފަ އެވެ.

މިއަދުގެ އަޑުއެހުމަށް ކުރީގެ ރައީސް ޔާމީން ވެސް ހާޒިރުކުރި އެވެ. ނަމަވެސް މިއަދަށް ކަނޑައަޅާފައިވާ ވަގުތު ހަމަވުމުން ޔާމީންގެ ހުށަހެޅުންތައް މިއަދު ކުރިއަކަށް ނުގެންދެ އެވެ.

6 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެޑްމުންޑޯ

08 June 2023

ފަނޑިޔާރުގެ ނާގާބިލުކަން މިއިން ދޭހަކޮށްދެނީ ، އެކަމަކުވެސް އެހެރީ ހައިކޯޓަށް ވައްދާފައި ، މިވަރުގެ ފަނޑިޔާރުންނަށް ކިހިނެއް އަދުލު އިންސާފް ގާއިމްކޮށްދެވޭނީ

The name is already taken The name is available. Register?

ާގަގުނަސް

08 June 2023

ވަކީލުން ތިބީ ޔޫސުފާ އެއްކޮޅަށްބާ ނޫނީ ޔާމީނާ އެއްކޮޅަށްބާ

The name is already taken The name is available. Register?

ބޮޑުމީހާ

08 June 2023

ނުބައި ރަގަޅު މާއްދާ ކިޔާނެކަމެއްނެތް، ވައްކަންކޮށްފިއްޔާ ނުބަޔަސް ރަގަޅަސް އަދަބު ދޭންވާނެ

The name is already taken The name is available. Register?

އެގުޅި

07 June 2023

bala ޑޮލަރުގަންނަންދިންފައިސާއެއްނުއެއީކޮންވާހަކައެއްމިހާރުތިދައްކަނީ

The name is already taken The name is available. Register?

ޤާޒީ ކުމާރު

07 June 2023

ވުޖޫދު ގައި ނެތް މާއްދާ އެއް ނަގައިގެން 4 އަހަރު ބޭކާރު ދައުވާ އެއް މި ކުރެވުނީ

The name is already taken The name is available. Register?

ޢަރުތަ

07 June 2023

"އަޑުއެހުމަށް ކުރީގެ ރައީސް ޔާމީން ވެސް ހާޒިރުކުރި އެވެ. ނަމަވެސް މިއަދަށް ކަނޑައަޅާފައިވާ ވަގުތު ހަމަވުމުން ޔާމީންގެ ހުށަހެޅުންތައް މިއަދު ކުރިއަކަށް ނުގެންދެ އެވެ". މީ ހަމަ މިކަން ވާންވީ ގޮތް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454