ޔާމީންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އާސިފް އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއެކު: އާސިފް ޕީޕީއެމުން ވަކިވި ސަބަބު އެ ޕާޓީން ހާމައެއް ނުކުރޭ.-- ފޮޓޯ: އާސިޕް/ޓްވިޓާ
07 ސެޕްޓެމްބަރ 2023 - 20:36
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އާދަމް އާސިފް ޕީޕީއެމުން ވަކިވެ އެމްޑީޕީއާ ގުޅިއްޖެ އެވެ.
އޭނާ ޕީޕީއެމުން ވަކިވިއިރު ހުންނެވީ ޕީޕީއެމް އިސްތިއުނާފް ކޮމެޓީގެ ނާއިބު މުގައްރަރުގެ މަގާމުގަ އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް "މިހާރު" އަށް ވިދާޅުވީ އާސިފް އެ ޕާޓީން ވަކިވި ކަމަށް ވިދާޅުވެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ޕާޓީން ވަކިވި ސަބަބާމެދު ސުވާލު ކުރުމުން ތޮލާލް ވިދާޅުވީ އެއަށް ޖަވާބު ދެވެން ނެތް ކަމަށެވެ.
"ސިޓީގައި އޮތް ހުރިހާ ވާހަކައެއް ނުވާނެ ކިޔާދޭކަށް. އޭގައި ސަބަބުތަކެއް ވެސް ލިޔުއްވާފައި ހުރި. އަޅުގަނޑަކަށް އެ ހުރިހާ ތަފްސީލެއް އެރުވޭކަށް ނެތް. އޭގައި ހުރި ވާހަކަތައް ދެންނެވޭކަށް ނެތް. އެއީ ޕާޓީއަށް ފޮނުވި ސިޓީއެއް، ވަކި މީހަކަށް ދިން ސިޓީއެއް ނޫން." އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް ދޫކުރައްވައި އެމްޑީޕީއާ ގުޅުމުން އެމްޑީޕީން ވަނީ އާސިފަށް މަރުހަބާ ވިދާޅުވެފަ އެވެ.
އާސިފް ފޯނު ނުނަންގަވާތީ އެ ޕާޓީން ވަކިވި ސަބަބު ޔަގީން ވެފައި ނުވި ނަމަވެސް އެނގިފައިވާ ގޮތުގައި އޭނާ އެ ޕާޓީ ދޫކުރެއްވީ ޕާޓީ ތެރޭގައި އުފެދިފައިވާ ބައިބައިވުންތަކާ ހެދި އެވެ.
އާސިފް ވަނީ ޔާމީންގެ ވަކީލުންގެ ޓީމުގެ އިތުރުން ޕީޕީއެމްގެ މުޒާހަރާތަކުގައި ހައްޔަރުކުރި އެ ޕާޓީގެ މީހުން މިނިވަން ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންނަގާ
08 September 2023
ވެހޭތާ ފެންނެގޭނީ ހަމައެކަނި މިދުވަސްކޮޅު.
ޑިރަސާ
08 September 2023
އާސިފު އަކީ ފުލުހުންގެ ވަޒީފާގައި މަޑުމަޑުން ހުރި ނަމަ މިހާރު އެތަނުގެ ބޮޑު ވެރިއަކަށް ވެފައި ހުންނާނެ މީހެއް. އާސިފު އަކީ ވަރަށް އެއްގޮތެއްގައި ސާބިތު ކަމާއި ، ކެތްތެރިކަމާއި އެކު ހުންނަން ނޭނގޭ މީހެއްކަން ފާހަގަ ކުރެވޭ ، އަދި ރަނގަޅު ނޫން ވަގުތު ތަކުގައި ބޮޑެތި ނިންމުން ނިންމާ މީހެއްކަން ފާހަގަ ކުރެވޭނެ. ނަމަވެސް ޕީޕީއެމަށް ގެއްލިގެން ތައުލީމީ ގާނޫނީ ވަކީލެއް.. ގާނޫނީ ވަކީލުންނަކީ ސިޔާސީ ޕާރޓީ އަކަށް މުހިއްމު ބަޔަކަށް ވާން ޖެހޭނެ.
އުނބު
08 September 2023
ތިޔަށް ކިޔާނީ އުނބައް ޖެހުން ..ސާބިތު ކަންމަތީ އެއްގޮތަކަށް ހުރުމުގެ ގާބިލިއްޔަތު ނެއް މީހެއް ދޯ މިވެސް، ދައްކަވަން ހުރިތަނެއް ދައްކަވާފަ ގެންދާނީި ޔަގީނުންވެސް
ޢިހްސާސް
08 September 2023
އެމްޑީޕީ ކުދިންނަށް ހުތުބާ ކިޔަން ދަސްކޮށްދޭން ގެނުވި މީހެއްކަމަށް ވެދާނެ.
ސެރ4
08 September 2023
މިހާރު އެކި އެކި ދިމާތަކުން ބޯވާތައް ކޮޅުކޮޅަށް އެބަ ދުވޭ.. އެއްބަޔަކު $$ އަށް ، އަނެއް ބަޔަކު ޖަލުހުކުމުގަ ތިބި މީހުން ނެރެދޭމަތިން،
ގާދިރު
08 September 2023
ޔާމިން އަށް ކުރިމަތި ނުލެވޭ ގޮތަށް ހުރިހައި ކަމެއް ހިޔާލީ ދުނިޔެ އެއްގަ ނިންމާލާފަ އެންމެފަހުން އަސްލުސިފަ ފެނުނީ މިފަހަރު މުއިޒް އިންތިހާބު ކާމިޔާބު ކުރާނެ ދެން އާސިފް އަށް އިތީ ތަހުގީގް އާ ކުރިމަތިލުން ވަރަށް ސަލާމް
ޖެކް
08 September 2023
ބޮޑަށް ބެލެވެނީ 2 ބުރުގެ އިންތިޚާބަށް ޕީޕީއެމަށް ފައިސާ ހޯދުމަށް ފޮނުވި ރޯއެޖެންޓެއްހެން!
ނަގޫގާ
07 September 2023
ލަނޑަޔާ ވާނީ ލަނޑަޔާ
ކައްދަ
07 September 2023
"ޕާޓީން ވަކިވި ސަބަބާމެދު ސުވާލު ކުރުމުން ތޮލާލް ވިދާޅުވީ އެއަށް ޖަވާބު ދެވެން ނެތް ކަމަށެވެ." ނަމަވެސް ސަރުކާރުން ދޭދޭ ގައުމު ތަކުގެ މެދުގައި ކޮށްފައިވާ އެއްބަސްވުންތައް ހާމަ ނުކޮށްގެން މިޕިންކީ ކުދިން ހީވަނީ އެހެންފަދަ ކަމެއްހެން!!
ލެއްގިކޮމިޝަނަރ
08 September 2023
ސަރުކާރާ ސިޔާސީ ޕާޓީއާ މީމުޅިން ތަފާތު ދެސަހުސޭ؟ ޕާޓީ ތަމްސީލުކުރަނީ ގައުމުގެ ފަރުދުންގެ ތެރެއިން ވަކިބައެކޭ. އެކަމަކު ސަރުކާރަކީ މުޅިގައުމު ގެ ހުރިހާ ފަރުދުން ތަމްސީލުކުރާ ސަހުސެކޭ. ޥީމާ ޕާތީގެ ކަންކަން ރައްޔިތުމީހާއަށް ސިއްރުކުރިޔަސް މަގޭ ގައުމުންހަދާ އަޑިނޭންގޭ ޑީލްތައް މަށަށްވެސް ޖެހޭނީއެގެން. މަގޭ ތަމްސީލުކުރާ މަޖުލީހަށްވެސް ސަރުކާރުން ޖެހޭނީ އެމައުލޫމާތުދޭން..
އެޑްމުންޑޯ
08 September 2023
ކަލޯ ސަރުކާރުން ރައްޔިތުން ސިއްރު ކުރަންޖެހޭ އަޑިނޭގޭ ކަންތައްތައް އޮވެގެން ނުވާނެ ، ސަރުކާރަކީ ރައްޔިތުން ވޯޓްދީގެން ހޮވާ ބައެއް
އަތްބަޅޭ
07 September 2023
ދެން ހުތުބާ ރަނގާޅުވާނެ