ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އޯޕެންޑޭގައި، ސައންސް ލެބޯޓްރީގައި ދަރިވަރުން ހަަަރަކާތްތެރިވަނީ.-- ފޮޓޯ: ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު
03 ފެބުރުއަރީ 2017 - 18:11
އޯ ލެވެލް ނިންމުމަށްފަހު ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް، އެ ސްކޫލާ ގުޅޭ މައުލޫމާތު ދޭން ބާއްވާ އޯޕެން ޑޭ މިއަދު ފަށައިފި އެވެ.
ވިލާ ކޮލެޖުގެ މައި ކެމްޕަހުގައި ބާއްވާ މި ހަރަކާތް، މިރޭ 10 ޖަހަންދެން ކުރިއަށްގެންދާނެ ކަމަށް އެ ސްކޫލުން ބުންޏެވެ.
ވިލާ ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ އެކި މާއްދާތައް ކިޔަވައިދޭ ޓީޗަރުންނާ ބައްދަލުކޮށް މާއްދާތަކާ ގުޅޭ މައުލޫމާތު މި ހަރަކާތުގައި ފޯރުކޮށްދޭނެ ކަމަށެވެ. އަދި ގިނަ ބަޔަކަށް ދަރިވަރުންގެ ހުނަރު ދައްކާލުމަށް ވެސް އޯޕަން ޑޭ އިން ފަހިވެގެން ދާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އޯޕަން ޑޭ އަށް ދަރިވަރުން ތައްޔާރުކޮށްފައި ހުރި ބައެއް ތަކެތި.-- މިހާރު ފޮޓޯ
"އޯޕަން ޑޭ އަށް ސްކޫލު ޒީނަތްތެރުމުގެ ހުރިހާ މަސައްކަތެއް ކުރީ ދަރިވަރުން. އެ ޒީނަތްތެރިކުރުމުގައި ދަރިވަރުންގެ ހުނަރު އެބަ ދައްކުވައިދެވޭ ގިނަ ބަޔަކަށް. މީގެ އިތުރުން ލަވަ ކިޔުމާއި ބޮޑުބެރު ޖެހުމުގެ ހުނަރު ލިބިފައި ހުރި ދަރިވަރުންނަށް އެކަން ދައްކާލުމުގެ ފުރުސަތު ވެސް އޮންނާނެ. އެއީ މިފަދަ ގޮތަކަށް އޯޕަން ޑޭ ބޭއްވުމުގެ މަގުސަދަކީ،" ސައީދު ވިދާޅުވި އެވެ.
ވިލާ ސްކޫލުގައި ކިޔަވައިދޭ ހުރިހާ މާއްދާތަކަށް ހާއްސަ ސްޓޯލެއް އޯޕަން ޑޭ އަށް ހާއްސަކޮށް ވަނީ ހަދައިފަ އެވެ. އަދި އެ ސްކޫލުގެ ހަތަރު ހައުސް އާއި ކްލަބްތަކަށް ވެސް ސްޓޯލްތައް ހާއްސަކޮށްފައިވެ އެވެ. އެ ހުރިހާ ސްޓޯލަކުން ވެސް އެ ހައުސް އަކާއި ކްލަބު ނުވަތަ މާއްދާއަކާ ގުޅޭ ތަފްސީލު މައުލޫމާތު ފޯރުކޮށްދެ އެވެ.
އޯޕަން ޑޭގައި، ވިލާ ހައި ސްކޫލުގައި އޭ ލެވެލް އަށް ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެ އެވެ. އަދި ދަރިވަރުން ކިޔަވާ މާއްދާތަކާ ގުޅޭ މައުލޫމާތު ދިނުމަށް ތަފާތު އެކި އެއްޗެހި ޑިސްޕްލޭ ކޮށްފައި ހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
03 February 2017
އަޅެ..!! ތަންކޮޅެއް ކުރިން ތިކަން އެނގުނުނަމަދޯ