ޓްރެފިކް ފުލުހުން މަގުމަތީގައި ޓްރެފިކް ބަލަހައްޓަނީ: ޓްރެފިކް ޖޫރިމަނާ މާފުކުރަން ބޭނުންވާ މީހުން އަންނަ މަހު 25 ގެ ކުރިން ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވާން ފުރުސަތު ވަނީ ހުޅުވާލައިފައި.-- ފޮޓޯ: މިހާރު
26 ސެޕްޓެމްބަރ 2023 - 11:44
ޓްރެފިކްގެ އުސޫލުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ މާފުކުރަން ބޭނުންވާ މީހުން އަންނަ މަހު 25 ގެ ކުރިން ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލައިފަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ފަސް އަހަރުގެ ހުރިހާ ޕާކިން ސްޓިކާތަކުގެ ޖޫރިމަނާތައް މާފުކޮށްދެއްވައިފަ އެވެ. މާފުކޮށް ދިނީ ނޮވެމްބަރު 17، 2018 އިން ފެށިގެން މި މަހުގެ 5 އާ ހަމައަށް ކޮށްފައިވާ ޕާކިން ޖޫރިމަނާތަކެވެ.
ނަމަވެސް، ޓްރެފިކްގެ އުސޫލުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް މާފުކޮށްދޭން ނިންމީ އެކަމަށް ހާއްސަކޮށްފައިވާ ޕްރޮގްރާމެއްގައި ބައިވެރިވާ މީހުންނަށެވެ. އެހެންވެ، ގަވައިދާ ހިލާފަށް ޕާކުކޮށްގަން ޖަހާފައިވާ ސްޓިކާތަކުގެ ޖޫރިމަނާ މާފު ވިޔަސް ގަވައިދާ ހިލާފަށް ވެހިކަލް ދުއްވުން ފަދަ ކަންކަމާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތައް މާފުވާނީ ޓްރެއިނިން ޕްރޮގްރާމް ހެދުމުންނެވެ.
ޕާކިން ސްޓިކާތަކުގެ ޖޫރިމަނާ ރައީސް މާފުކޮށްދެއްވައިފި https://t.co/1AeB0HTRgE
— Mihaaru (@Mihaarunews) September 5, 2023
ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލްގައި ބުނެފައިވާ ގޮތުގައި، އިއްޔެ އިން ފެށިގެން އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެއީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް ފުލުހުން ފަރުމާކޮށް ކަނޑައަޅާފައިވާ 20 ގަޑިއިރުގެ ޓްރެއިނިން ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހެނީ ސިމްސް ޕޯޓަލް މެދުވެރިކޮށެވެ. އަދި އެ ފުރުސަތު އަންނަ މަހު 25 ގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
26 September 2023
ޖޫރިމަނާ މާފުކުރަންވީމާ ފުރަތަޖެހެނީ އަޅުމަސައްކަތަށް ނިކުންނަންތަ؟ ޖަލުން ބޮޑެތި ކުށްވެރިން ނުކުމުގެންދަނީ ހޭވެސް އަހާނުލާ.
ހުސެންމަނިކްފާން
26 September 2023
ރައީސް ސައިޕްރައިޒް އެއް ދޭނެ މިބުރު އިންތިޚާބުގަ. އެންމެން އަތުގުޅާލައިގެން މިތިބީ ގެޔަށް ނުވަންނަގޮތައް މަނިކްފާނު ހޮވާފަ ނޫނީ.
ލލލލލ
26 September 2023
އަހަރެމެން އަތެއް ނުގުޅަން. އަހަރެމެންނަށް ތިކަހަލަ ވަގުތީ ހައްލަކަށްވުރެ މުހިންމީ ދުރުވިސްނުމުގެ ދަށުން ގައުމުގެ މިނިވަންކަމާ ސިޔާދަތީ ބާރުވެރިކަން ރައްކާތެރިވެފައޮތުން. މިގައުމު ދެން އަންނަ ޖީލުތަކަށް މިނިވަންތަނެއްގެ ގޮތުގައި ފޯރުކޮށްދިނުން.
ލިލީ.
26 September 2023
މިހާރު ބަލިގަބޫލުކުރެއްވީތާ ނުވެސް ފެނޭ ރައީސް
ލކލކ
26 September 2023
ބްރެއިން ސްޓޯމިންގަ އުޅުއްވަނީ! ރައްޔިތުން އެންމެ ފަސޭހައިން ގުނބޯ ހެއްދޭނެ ހީލަތްތެރި ގޮތަކީ ކޮންގޮތެއްތޯ ބަލަމުންދަނީ. ދެން 5 އަހަރު ތެރޭ 120 ބިލިއަނުން ދަރައިގެން ހެދި ކުޑަކުދިން ޕާކުތަކުގެ ވާހަކަ ކިޔާ ކަލަގޮވުން އޮންނާނީ. ފޮނި ކަނޑާއިރު ހީވަނީ ރައްޔިތުން ދަރުވާލައިގެން ނޫންހެން ކަމެއް ކޮށްދިނީ.
ރަދުން
26 September 2023
ކާކު ޓްރެއިނިންދެނީ ކޯންޕޮލިސްތަ.މަ ހޯހޯ.
ދާލު
26 September 2023
ފުލެޓް ލިސް ނެރެނީ ކޮންއިރަކުހޭ، ފުލެޓުލިސްޓް ވޯޓުގެކުރިން ނުނެރެފިއްޔާ އިބޫއަށް ދޭނެވޯޓެއް ނޯންނާނެ،
ވާން
26 September 2023
މުދަލާއި ފައިސާގެ އަޅަކަށް ނުވެބަލަ.
ސަރުކާރުކާ މާލުހޭ
26 September 2023
ތިކަމެއް ނުކުރެވޭނެ، އެފަދަ ޤާބިލު ކަމެއް މި ސަރުކާރަކު ނެތް
ހޮއިހޮއި
26 September 2023
ޝުކުރިއްޔާ ރައީސް. 2ވަނަބުރު 1ލަކިން ވާނެ ދަމާލަން. މިހާރު މިތިބީ ތައްޔާރުވެގެން.
ދޯހާ
26 September 2023
ރައްޔިތުން ދޯކާ ދިނީމަ މިފަހަރު މިދިނީ ރައްޔިތުންނައް ދޯކާ
ެރަދީފު ބިން ރަފައިދާ
26 September 2023
ތިމީހުން ރަނގަޅަށް ގާނުވާލަންވާނެ.
އިބުރުވެރި މިލްކް
26 September 2023
މީ އަޖައިބެއްކަހަލަ ކަމެއް ... ހަމަ ހިތަށް އެރީމަ މާފުކޮށްދެނީ އަނެއްބަޔަކަށް ބިޑިއަޅުވައި އެކައުންޓް ފްރީޒް ކޮށްގެން ދައްކަންޖެހޭ ލާރި އަތުލަނީ ........ މަހަކު އެއްފަހަރު ރިޔާސީ އިންތިޚާބު ބާއްވަންވީ ........ އޭރުން މުޅިރާއްޖޭގެ އެންމެނަށް ގޯތި މިސަރަޙައްދުން ލިބޭނެ ............