ދަ ޑިމޮކްރެޓްސް" ހަރުގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 އޮކްޓޯބަރ 2023 - 15:36
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ޕަސެންޓް ތާއީދު އޮތް ނަމަ އެ ޕާޓީއާ ގުޅިވަޑައިގަތުމަށް އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި މެސެޖްގައި ވިދާޅުވީ އެމަނިކުފާނު އަލުން ޕާޓީއާ ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާ ކަަމަށެވެ. "އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ޕަސެންޓް ތާއީދު އޮތް ނަމަ ގުޅެން ބޭނުންވާ" ކަމަށް ނަޝީދުގެ މެސެޖް ފައްޔާޒް ވަނީ ގައުމީ މަޖިލީހުގެ މެމްބަރުންނާ ހިއްސާކުރައްވައިފަ އެވެ.
މިއީ ނަޝީދު ފޮނުއްވި މެސެޖެއްކަން އެމްޑީޕީގެ އިސް ބައެއް ބޭފުޅުން "މިހާރު"އަށް ކަށަވަރު ކޮށްދެއްވި އެވެ.
އެކަމުގައި ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ހިޔާލުފާޅުކުރެއްވި ގިނަ މެމްބަރުން ވިދާޅުވީ ނަޝީދު އަނބުރާ ޕާޓީއަށް ވަޑައިގަތުމަށް "ތާއީދު ނުކުރާ ކަމަށާއި ވަގުތު ފާއިތުވެއްޖެ" ކަަމަށެވެ. އެމްޑީޕީ ދެވަނަ ބުރުން ބަލިވުމުގެ ކުރިން، ނަޝީދު ހުށަހެޅުއްވި ނަމަ ގަބޫލުކުރެވުނީސް ކަމަށް ބައެއް ބޭފުޅުން ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަނީ މިހާރު ވަގުތު ފާއިތުވެއްޖެ. ހަމަ ރީތިކޮށް އޮތް އެމްޑީޕީ ވެރިކަން ވައްޓާލީ ރައީސް ނަޝީދު އިސްވެ ހުރެ. ރިޔާސީ ޕްރައިމަރީގައި ބަލިގަބޫލުނުކޮށް ވަކިވެގަތީ އެމްޑީޕީގެ ވެރިކަން ވައްޓާލަން،" މެމްބަރަކު، ގައުމީ މަޖިލިސް ގްރޫޕްގައި ލިއުއްވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އެމްޑީޕީއަށް އިއްޔެ ގެއްލުމުގެ ހިތްހަމަނުޖެހުން ފާޅުކޮށް އެކަމުގެ ޒިންމާ ނަޝީދު ނަންގަވަން ޖެހޭ ކަމަށް އެހެން ބައެއް މެމްބަރުން ވެސް ވިދާޅުވި އެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށް ބޭނުންފުޅުވުން ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ގުޅުވީ ބަރުލަމާނީ ނިޒާމު ގެނައުމާ އެވެ. މަޖިލީހުން ބަރުލަމާނީ ގަރާރު ފާސްކޮށް އީސީއަށް ފޮނުވާފައި ވިޔަސް އެއާ އެއްގޮތަށް ނިޒާމް ބަދަލުކުރަން ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން މިހާރު ތާއީދެއް ނުކުރެ އެވެ.
ޗެއާޕާސަން ފައްޔާޒް ވެސް ވިދާޅުވީ ބަރުލަމާނީ ގެންނަން ބޭނުން ނުވާ ކަަމަށެވެ.
"ޑިމޮކްރަސީގެ ރިވެތި ހަމަތަކުގެ މަތިން ދިވެހިން ވަނީ އެ މީހުންގެ ވެރިއެއް ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބުކޮށްފައި.. އެމްޑީޕީ ވެގެން ނުވާނެ ރައްޔިތުންގެ ނިންމުން އަނބުރާލާ ބަޔަކަށް. ބަރުލަމާނީއޭ ކިޔައިގެން ރައްޔިތުންގެ ނިންމުން ބޮލާލައި ނުޖެހޭނެ. ޑރ. މުއިއްޒަށް ފުރުސަތު ލިބެން ޖެހޭ،" ފައްޔާޒް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުމުން ނަޝީދު ވަނީ އެ ޕާޓީގެ މެމްބަރުންނަށް ފުރައްސާރަނުކުރަން އެދިވަޑައިގެންފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބުވެވަޑައިގަތުމުން ޑިމޮކްރެޓްސް އުފައްދައި މަސައްކަތް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަން ނިންމުމަށެވެ. އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ފުރަތަމަ ބުރުުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ނެރުނުއިރު، ދެވަނަ ބުރުގައި ނިންމީ އެމްޑީޕީ އާއި ޕީޕީއެމްގެ ތެރެއިން އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނޭ
02 October 2023
ހަނދާން ނައްތާލާ، މަނިކުފާނުތީ ޕާރޓީ ބައިބައިކޮށް ރޫޅާލާނަމޭ ކިޔާފަ ޕާރޓީން ބޭރުވި މީހެއް. ރޫޅޭނީ މަނިކުފާނު. ދެން އެމްޑީޕީއާ ވައިއެޅެންނޫޅޭ. މަނިކުފާނު އެމްޑީޕީއާ ގުޅުން އެއީ އެމްޑީޕީއަށް ލިބޭ ނިކަމެތިކަމެއް. އާއްމު މއމްބަރުންތިބީ ވަރަށްބޮޑާސް ރުޅިގަދަވެފަ. މިފަހަރު ޕާރޓީއަށް ވެރިކަން ގެއްލުނީވެސް މަނިކުފާނާހެދި.
ދޯޕައްޓާ
01 October 2023
އަދުރޭމެންވެސް ކާރިނުކުރީތޯއްޗެ.
ޝޯމޭން
01 October 2023
މަނިކުފާނުވެސް މިހާރު ތިއީ ވެޓެރަންއެއް. ދުވަހެއް ދުވަހަކަށް ދެން ތާއީދު ދާނީ ދަށަށް. ތިޑިމޮކްޓެޓްސްވެސް ހަމަ އެމްއާރުއެމްއަކަށް ވެގެންގޮސް ނިމޭނީ. ދެން ރީތިގޮތުގަ ސިޔާސީކަންކަމުން ދުރުވެ ގޭގަ ހުންނަވާ. އެމްޑީޕީ އަދިވެސް ހަމަ ކުރިޔަށް ދާނެ.
ބިންމިސް
01 October 2023
މިވަގުތު ޖަޒުބާތުގަ ތިއްބާ ނަޝީދުގެ ވިސްނުން ކުރިޔަށް ބޭނުން ކޮށްފި. ދެން ފަހުން ހޯދަން އަނެއްކާވެސް ނޫޅޭތި. ފުރަތަމަ ބުރުން ބަލިވީމަ އުޅުންގޮތަށް. އޭރުން ބުނާނެ ތިމަން މަނިކުފާނު އޭރު ބުނީމޭ. އޭރުވެސް ނޯ އޭ ބުނީ. ދެން ނެތޭ އެކަން އެގޮތަށް ވާކަށް ފަހުން ބުނާނެ.
ޣެޖަޖބދނއކަ
01 October 2023
ޔާއިލާހީ... ތިޔަހައި ނުބައި މީހަކަށް ގައުމުގެ ވެރިކަން ދުވަހަކު ވެސް އަލުން ނުދެއްވަވާށި
ޙިނި
01 October 2023
ޢަންނި ޕާޓީން ބޭރުވާއިރައް ވެރިކަން ގެއްލިއްޖެ. ކޮބާތަ ފުއްޕައިގެން ނަޝީދާ ދިމާކޮއްގެން އުޅުނު މަޖުލިސް މެންބަރުންތައް.
ރީފާފް
01 October 2023
އަންނި ހުރެގެން، ރައީސް ނަޝީދު ކެމްޕެއިން ކޮށްގެން، ޑިމޮކްރެޓްސް އަށް ލިބުނީ އެންމެ %7 ވޯޓް... ރައީސް ސޯލިހު އަށް ވެރިކަން 2018 ގަ ލިބުނީ ރައީސް ނަޝީދު ކެމްޕެއިން ކޮށްދީގެނެއް ނޫން.. ޕީޕީއެމް ނޫން ހުރިހާ ޕާޓީތަކުން ބޮޑު ކޯލިޝަނެއް ހެދުމުން... އަންނި ކެމްޕެއިން ކޮށްގެން މޮޅުވާނަމަ ލަބީބު އަށް %7 އަށް ވުރެ ގިނަ ވޯޓް ލިބެންް ޖެހޭނެ... ބަރުލަމާނީ އަށް ނޫން..
އަސްލު ދިވެހިން
01 October 2023
ސޮރީ ތާއީދެއްނެތް
ބާބް
01 October 2023
ނަޝީދަށް އޮޅެނީ އޭނަގެ ޕާޓީ މިއިންތިޚާބުގެ ފުރަތަމަ ބުރުގައި 3 ވަނައަށް ދިޔައިމަ. އޭނަ ހަނދާނެއް ނެތް 3 ވަނަޔަށް ދިޔައީ އެންމެ 15 ހާސް ވޯޓުންކަން.
ހަހަހަހާ
01 October 2023
އިފް ޔޫ ލިވް ލޯނގް އިނަފް އޫލް އެންޑް އަޕް ބިކަމިން ދަ ވިލަން، މިއޮތީ އެދުވަސް އައިސަ
އަފްރާސިޔާބު
01 October 2023
ތާއީދެއް ނެތް. ދެން ގޭގަހުރޭ. ދެ ފުއްދެގޮތް ޚާއިނުންނަކީ އެމްޑީޕީ އަށް ހުރި ނުރައްކަލެއް.
ހިޔަޅު
02 October 2023
ދެފުއް ދެގޮތް ޚާއިނުން މިހާރު އެތިބީ އެމް.ޑީ.ޕީގަ. އެހެންވެގެން ރައްޔިތުން އެޔޮތީ އިންތިޚާބުގަ ގޮތް ނިންމާފަ. ދެން ކަލޭމެން ތިބޭ ގޭގަ. ޑިމޮކްރަޓްސްގަ މިހާރު އެތިބީ ތި ނުބައި ބާޣީންގެ ކިބައިން ސަލާމަތް ވެގެންގޮސް ތިބި ރަނގަޅު މީހުން.