މަހުލޫފް ޑޮކްޓަރަށް ދައްކަން މާލެ ގެނެސް އައިޖީއެމްއެޗުގައި: ޝަރުއީ ދާއިރާއަށް ފާޑުކިޔާ ފަރާތްތަކަށް ބިރު ދެއްކުން ހުއްޓާލަން މަހުލޫފް ވަނީ ގޮވާލައްވާފައި --ޓުވިޓާ ފޮޓޯ
07 ފެބުރުއަރީ 2017 - 22:25
އަދުލު އިންސާފުން ބޭރުން ފަނޑިޔާރުން އިއްވަވާ ހުކުމްތަކަށް ރައްޔިތުން ފާޑުކިޔާނެ ކަމަށް، ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
މާފުށީ ޖަލުގެ ޔުނިޓް ދިހައެއްގައި ހުންނަވައިގެން މަހުލޫފް ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް އިއްވި ހުކުމެއް ތަންފީޒުކޮށް ނިމުނު އިރު ވެސް އޭގެ އިސްތިއުނާފް، ހައި ކޯޓުން ބަލާފައި ނުވާ ކަމަށެވެ.
މިދިއަ އަހަރުގެ ޖުލައި 25 ގައި މަހުލޫފް މައްޗަށް އިއްވީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ޖެނުއަރީ 17 އަށް ވަނީ ހަމަވެފަ އެވެ. އެކަމަކު ހައި ކޯޓުގައި އިސްތިއުނާފްކުރިތާ ފަސް މަސް ވެ އަދި ހުކުމް ތަންފީޒުކޮށް ނިމުނު އިރު އެންމެ އަޑުއެހުމެއް ވެސް ބާއްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދުލު އިންސާފުން ބޭރުން ފަނޑިޔާރުން އިއްވަވާ ހުކުމްތަކަށް ރައްޔިތުން ފާޑުކިޔާނެ އެވެ. ގާނޫނީ އިމުގެ ތެރެއިން ފާޅުކުރާ ހިޔާލު ހަޖަމް ނުކުރެއްވޭ ފަނޑިޔާރުން މަގާމުން އިސްތިޢުފާ ދެއްވުމަށް ގޮވާލަމެވެ،" މަހުލޫފްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އޭނާ ވަނީ ރައްޔިތުންނާ ވެސް ބައެއް ސުވާލުތައް ކުރައްވައިފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ފަދަ ބޭފުޅުންނަށް އިއްވާފައިވާ ހުކުމްތަކަށް އދ. އާއި މުޅި ދުނިޔެ އިން މަލާމަތްކުރާ އިރު "ދިވެހިން ހަމަ ހަނު ތިބެންވީތޯ" ސުވާލުކުރެއްވި އެވެ.
"ސަރުކާރުގެ އޯޑަރަށް ސިޔާސީ ފަރާތްތަކަށް ހުކުމްތައް އިއްވަމުން ދާއިރު ރައްޔިތުން ހިޔާލުފާޅުނުކޮށް ހަމަ ތިބެންވީތޯ އެވެ،" ބަޔާނުގައި މަހުލޫފް އެއްސެވި އެވެ.
ސޯޝަލް މީޑިޔާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާގޮންގް) ހުކުމަކާ ނުލާ އެއް އަހަރު ޖަލުގައި ބެހެއްޓި މައްސަލާގައި ވެސް މަހުލޫފް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"ހަގީގަތުގައި ނިޒާމީ ގޮތެއްގައި އެންމެ މީހަކަށް އަނިޔާ ދިނަސް އޭގެ މާނައަކީ އެ އަނިޔާގެ ބިރު ހަމަ ކޮންމެ ރައްޔިތަކަށް ވެސް އޮތް ކަމެވެ. މި ގައުމަކީ ވަކި ބައެއްގެ ތަރިކަ މުދާ ކަމަށް ދެކި، ވަގުތީ ގޮތުން ލިބިފައިވާ ބާރުތަކެއްގެ ބޭނުން ނުހަމަ ގޮތުގައި ހިފަން ރައްޔިތުން ބިރު ގެންނެވުމަށް ޖަހާ މަޅިފަތިތަކަށް ކިޔަމަންވެ ބޯލަނބާ ވަރަށް ވުރެ ރައްޔިތުންގެ ލޯތައް ވަނީ ހުޅުވިފަ އެވެ" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީފް
08 February 2017
މަހޭ ތިޔަ ވިދާޅުވީ ވަރަށް ރަގަޅު ވާހަކަކޮޅެއް. މިޤައުމުގައި ވަގުންނަށް އެކަނި ފާޑުވެސް ކިޔޭނީ. ޖަލުގެ ތޭރިތަކުން އެބައިމީހުން ސަލާމަތްވެ ތިބޭނީ ކިހާ ދުވަހަކުބާ؟
ހެދިކާ
08 February 2017
ސާބަސް މަހުލޫފު
ހެދިކާ
08 February 2017
ސާބަސް މަހުލޫފު
ބޭރު
08 February 2017
އަނިޔާގެ ބިރު ހަމަ ކޮންމެ ރައްޔިތަކަށް ވެސް އޮތް؟! އެއްވެސް ސައްކެތްނެތެވެ. ވިސްނާ ފިކުރު ކުރާށެވެ
ހުމޭދު
08 February 2017
މަގޭމެންގެ އޯސަމް ޕްލޯލަސް ކޯޓުތަކަށް ފާޑެއްނުކިޔޭނެ އެއީ ދުނިޔޭގެ ފެންވަރުގެ ކޯޓުތަކެއް އެހެންނޫނަސް މަގޭމެން ބޭނުންވާގޮތަށް ކޯޓުން އަމުރުއައުން މަގޭމެން ކުރާކަމެއްނޫން މަހުލޫފުމެނަށް ގާނޫނުނޭންގެނީދޯ މަގޭމެންގެ ބްލޫސް ހަމަމޮޅީ ތަހުގީގުކުރަން އަދި ހެކިދިނުމުގައިވެސް ބްލޫސް ވަރަށްމޮޅުވާނެ ހަމަ ދުނިޔޭގެ ފެންވަރު ދެން އޮތީ ކޯޓުތައް ދޯ ކޯޓުތަކަށް ފާޑެއްނުކިޔޭނެ އެއީ ދުނިޔޭގެ ފެންވަރު ގާނޫނު ނޭންގޭމީހުން އުޅެއްހުންނާނީ ޖަލުދޯ މަގޭމެން ބޭނުން ކޮންމެ މީހަކު ޖަލަށް ލުމުގެ ގާބިލުކަން މިސަރުކާރުގައި ހުންނާނެ ހުންނާނެ ހުންނާނެ
ހުވަނދު
08 February 2017
މަގޭމެންގެ ޕިންކީސަރުކާރުން ހަދާފައޮތް ޖުޑިޝަރީއާބެހި ފާޑުކިޔަންޏާ ޖަލަށްލެވޭނެ ދޯ މަހުލޫފެއްކަމަކުވެސް މާއުނަދަގޫބޮޑުވީމާ ބްލޫސްއަށް އަންގާލަނިކޮށް އެކަން އޮންނާނީ ނިމިފަ ތަގްގީގުކޮށް ހެކިދޭނީވެސް އެކުދިން ދެން އެންމެ އަވަހަށް މަގޭމެން ކުރަން މިއުޅޭކަމަކީ އެކުދިންގެ މުސާރަ ބޮޑުކުރުން އޭރުން އަދި މިކަންކަން ކޮށްދޭލެއް މާއަވަސްވާނެ ގާޒީންނަށް ނަޒާހަތްތެރިކަށް އިތުރުކުރުމަށް އަބަދުވެސް މިސަރުކާރުން ފްލެޓްދޭނީ އޭރުން ހުކުމްކޮށްދޭނެ އޯސަމްކޮށް ޕްލޯލަސްކޮށް އެ ހުކުމަށް ފާޑެއްކިޔަސް ހެޔޮ ކިޔަކިޔާހަމަ ތިބެއްޖެހޭނީ ހުކުމްކުރާނީ ހަމަބޭނުންވާގޮތަށް
މޫސަ
08 February 2017
ޙަޤީގަތަކީ ފެންނަން ހުންނަ ކަންތަކެވެ. ށަރުކާރުން ޝަރުއީ ކޯޓްތައް ބޭނުން ކުރައްވައިގެން އެތަންތަން މެދުވެރިކޮށް ބޭނުން ބަޔަކަށް ޙުކުމްތައް ކުރަނީ.
ޒިންދަގީ
08 February 2017
ސެލިއުޓް....
އަހަންމާ
08 February 2017
މަގޭމެން ޕިންކީސަރުގެ ހުރިހާހުކުމެއް ހުންނާނީ ގާނޫނީއިމުގެ ތެރެއިންކޮށްފަ އެކަން ކޮށްނޭން ބްލޫސް އާ ކޯޓުތައް ހުންނާނެ މަހުލޫފަށް ގާނޫނުނޭންގޭތީ ޖަލަށްދާން ޖެހުނީ މިއުޅޭ ރަންރީދުލޭމެންގެ ބޮސްވެސް ޖަލަށްލީ ގާނޫނުނޭންގޭތީ ގާނޫނުދަސްކޮށްބަަލަ ކޮއިފުޅާ މަގޭމެން ޕިންކީ ޕާޓީން މުޒާހަރާތައް ބެރިކޭޑްތައް ފުނޑާ ގްރީންޒޯނަށް އެއްވެފަ އޮންނާނީ ގާނޫނާ އެއްގޮތަށް އެކަން އެނގޭނެ ވީޑިއޯތައް ބެލީމަ ޚާއްޞަކޮށް އިއްޒަތްތެރި މެންބަރު ނިހާނުގެ ވީޑިއޯ އަޅެބަލާލަބަލަ މަގޭމެންގެ މުޝްތަޝާރު ޕިކަޕްތެރޭހުރި ވީޑިއޯވެސް ބަލާލަބަލަ މަހުލޫފަށް ހާދަ އެއްޗެއް ނޭންގެއޭދޯ
އަލީ
08 February 2017
ފާޑެއްނުކިޔޭނެ ފާޑުކިޔަންޏާ ތިބެންޖެހޭނީ ޖަލުގަ މަގޭމެންގެ ޕިންކީސަރުކާރުން ބްލޫސްއަށް އަންގާލަންޖެހޭނީ ހަމައެއަނގާއިރަށޤ ތަހްގީގުކޮށްލާފަ ހެކިދީފަ ޖަލަށްލައިދޭނެ ކޯޓްތައްވެސް މިހާރު އޯސަމްވާނެ ޕްލޯލަސްވާނެ ހަމަ އަންގާލަން ޖެހޭނީ މަހުލޫފު ޖަލުގަހުރެގެން ކޮންއަނގައެއްތަ މިތަޅަނީ ހުކުމް ޑަބަލް ކުރަންޖެހިހާނެ