ޒިކުރާ މިސްކިތުގެ ތެރެއަށް ބިސްޖަހާފައި.-- ފޮޓޯ: އަހުމަދު މުނައްވަރު/ ފޭސްބުކް
02 ޖެނުއަރީ 2024 - 22:03
މާލޭ ޒިކުރާ މިސްކިތަށް ބިސް ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ޒިކުރާ މިސްކިތް ތެރެއަށް ބިސްތަކެއް އަޅާފައިވާ މައްސަލަ ރޭ ދަންވަރުގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިހާރު ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާ ހައްޔަރު ކޮށްފައި ނުވި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޒިކުރާ މިސްކިތަށް ބިސް ޖަހާފައި ހުރިތަން ފެންނަ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
މިފަދަ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. އެގޮތުން މިސްކިތަށް ކުޅު ޖެހުމާއި މިސްކިތުގައި ހުންނަ ހަތިމުތަކަށް ގެއްލުން ދިނުން ފަދަ ކަންކަން ވެސް ކުރިން ހިނގާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ އަސްފާގު
03 January 2024
އާޒިމާގެ ޕޯސްޓަރުން ބުނެދެނީ މި ސަރުކާރަކީ ދިވެހިންގެ ރާއްޖޭގެ ސަރުކާރެއް ނޫނޭ، ވީމާ އާޒިމާ އެއަންނަނީ މި ސަރުކާރާއި އިދިކޮޅަށް ދިވެހިންނަށް ދިވެހި ރާއްޖެ ހޯދާށޭ،
ދެންހެދެނީ ގޯސް
03 January 2024
ދީނެއްގެތެރެއިން މި އުފަންވަނީ ބޮޑުވާއިރު މިއިންނަނީ އެދީނުގަ ކަންކަންވާގޮތްކަމަށް އެތަށް ކަމެއް ސިނކުޑިއަށް އެޅިފަ ދެންބޭނުންވާ ކަންކަން ހާސިލްކުރުމަށް ދުއާކޮށްކޮށް އުމުރު ހުސްވާއިރުވެސް އެކަންކަން ނުވީމަ ދެން މީހާ ދަނީ ޑިޕްރެސަނަށް
ރިޗްއެގް
03 January 2024
ތިޔަކަން ކުރީ މަހުޖަނަކު އަޑީގަ ހުރެގެން. އެހެންނޫނީ ކާކު ބިސް މިއޮށް އަގުބޮޑު އިރު އިސްރާފުކުރާނީ؟
ކޮރަލް
03 January 2024
ބަޔަކު ރިޕޯޓް ނުކުރިއަސް މިފަދަ މައްސަލަ ތައް ސަމާލު ކަމަށް އައުމުން ބަލާލަން ރަނގަޅެވެ.
އިސްތިރާޖީ
03 January 2024
ފޮޓޯ އާންމު ކުރޭ. ނަފްސާނީ ނުވަނީސް.
ޖަލަޕީނޯ
03 January 2024
ފެއިލްވެފައިވާ މެންޓަލް ހެލްތް ސިސްޓަމެއްގެ ނަތީޖާ. ފަރުވާ ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް. ފަސޭހައިން އެޕޮއިންޓްމަންޓެއް ނުލިބޭ، ފޮލޯ އަފް އުދަނގޫ މެދުނުކެނޑި ބޭސް ކާންޖެހޭ ކޭސްތަކުގައި ބޭސް ހުސްވެގެން މީހާ ބަލިބޮޑު ގޯސްވާއިރުވެސް ބޭސް ރިފިލް ކުރެވޭނެ ފަސޭހަ ގޮތެއްނެތް. އެހެންވެ ކުދި ކުދި ޑިޕްރެސިވް އެޕިސޯޑުތައް ބޮޑު މޭޖޭ ކޭސްތަކަކަށް ބަދަލުވަނީ. މި ނިޒާމު ރަގަޅު ވާން އެބަޖެހޭ!
ލައިޓް
03 January 2024
މިފަދަ ކަންކަން ހުއްޓުވޭނީ ފިޔަވަޅު އެޅިގެން! މީހާ އެހެރީ އަދިވެސްދޫވެފަ!
SuperGreen
03 January 2024
މިކަންކުރީ ނަފުސާނީމީހަކަސް، މޮޔަޔަކަސް ނުވަތަ އެހެންކަމެއްވެފައިހުރި މީހެއްކަމަށްވިޔަސް ތިޔަފަދަކަންކަން ކުރީމާ ފިޔަވަޅުއަޅަންޖެހޭ، ނަފުސާނީ މީހަކަށްވާތީ ފިޔަވަޅުއެޅެންނެތްނަމަ ތިޔަމީހެއްގެ ބެލެނިވެރިޔާ އަށް ނުވަތަ ބަލަދުވެރިޔާއަށް ފިޔަވަޅުއަޅަންޖެހޭ، މިސާލަކަށް ޖޫރިމަނާއެއްކުރުން، ބެލެނިވެރިޔެއްބަލަދުވެރިޔެއްނެތްނަމަ ގުރައިދުއަށް ލާންފެނޭ! MySuperGreen.com
ދޮން ހަސީނާ
03 January 2024
ތިބޭފުޅާގެ ނަފްސާނީ ބަލި، ނުވަތަ މޮޔަވެފައިވާ މީހަކު ނެއްކަމީ އެކަމަށް ޝުުކުރުވެރިވާން ޖެހޭ ކަމެއް. މިފަދަ ބަލިމީހުން ބެލުމަކީ ކިހާއުނދަގޫ އަދި ހިއްދަތި ކަމެއްކަން އިހުސާސް ނުކުރެވެނީ. މިއީ އަދަބުދީގެން ރަނގަޅުވާނެ ކަމެއްނޫން. މުޖުތަމައުގެ އަޅާލުމާއި އެހީތެރިކަމާއި، އެކަށީގެންވާ ބޭސްފަރުވާ ބޭނުންވަނީ.
ބަބޫ
03 January 2024
ބަލަމާ ދޯ މިސަރުކާރުގަ ތިފަދަ މީހުންނަަމެދު ކަން ކުރާގޮތެއް
ޖަމީލްބުނު މަލީހް
03 January 2024
ކުރީގެ ސަރުކާރަށް ނުވިޔަސް މިސަރުކާރަށްވާނެ އަނގައިން
ބަރުބާދު
02 January 2024
ތިޔަކަން ތިޔަހިސާބުން ތިނިމުނީ، ކާކުކަމެއް، އެކަންކުރީ ކީއްވެކަމެއް، އެމީހާޔާބެހޭ އެއްވެސްމައުލޫމާތެއް ތިޔައްވުރެބޮޑަކައް ލާހިކެއްނޫން އާންމުންނާހަމަޔައް ތިލަވާކައް. ސަބަބަކީ އެއީ އެމީހާކުއްލިޔަކައް މިހާރުވެފައޮންނާނީ ބަލިމީހަކައް، އޭނަގެ ހައްގުތައް ބޮޑުވެފަ ވަރުގަދަވާނެ.
ކަންދަހާރު
03 January 2024
ކުރީ ސަރުކާރުގަ އެހެންވިޔަކަސް މިސަރުކާރަކު އެހެނެއް ނުވާނެ މީ ސަލަފޭ މެންގެ ސަރުކާރު