ރަަސްމާލެ އާއި ގުޅީފަޅުގެ މުނިސިޕަލް ހިދުމަތްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
11 ޖެނުއަރީ 2024 - 15:16
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު ހައުސިން މަޝްރޫއު ކަމަށްވާ ރަސްމާލެ އަދި ކުރީ ސަރުކާރުން ބޯހިޔާވަހިކަމަށް ތަރައްގީކުރަން ފެށި ގުޅިފަޅުގައި މުނިސިޕަލް ހިދުމަތްތައް ގާއިމްކުރުމަށް ޗައިނާ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރަސްމާލެ އާއި ގުޅިފަޅުގެ ކަރަންޓާއި ފެނުގެ ހިދުމަތް ގާއިމްކުރުމަށާއި މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ގުރޫޕް ކޯޕަރޭޝަން (ސީއެމްއީސީ) އާ އެވެ.
ރައީސް ޑރ. މުއިއްޒާއި ސަރުކާރުގެ އިސްވެރިން ޗައިނާއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބެވެ.
ރަަސްމާލެ އާއި ގުޅީފަޅުގެ މުނިސިޕަލް ހިދުމަތްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
މި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
ޗައިނާ ދަތުރުފުޅުގައި އެ ގައުމުން ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖެއަށް އެކުލަވާލައްވާފައިވާ ތަރައްގީގެ ޕްލޭނަށް ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ރައީސް މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ އެ މަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި 20 އެމްއޯޔޫއެއްގައި ޗައިނާ ސަރުކާރާ އެކު އިއްޔެ ސޮއިކުރި އެވެ. އޭގެ ތެރެއިން އެއް އެމްއޯޔޫއަކީ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލޭގައި ސޯޝަލް ހައުސިންޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެއްބަސްވުމެކެވެ. އެ އެމްއޯޔޫގެ ދަށުން ރަސްމާލޭގައި 30,000 ހައުސިން ޔުނިޓް އިމާރާތް ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
13 January 2024
އިންޑިޔާގެ ދޮލަނގު ޓެކްނޮލޮޖީ ރާއްޖެއަށް ބޭނުމެއްނޫން.
ޙިނި
13 January 2024
އެބަ ރަންގަޅުވޭ.
ޢަހުމަދީ
11 January 2024
ޜައްޔިތުން އަނގައާ އަތާދިމާނުވެ އުޅޭއިރު ބޮޑެތި ލޯނުތައް ނަގަން ހެޔޮނުވާނެ. ކޮވިޑް ކަހަލަކަމެއް މެދުވެރިވެއްޖެނަމަ ލަންކާއަށްވުރެ ރާއްޖޭގެ ހާލާތު ގޯސްވެދާނެ.
ބޮޑުމީހާ
11 January 2024
ކަންކަން ކުރެވޭ މީހުންނާއި ހަވާލުކޮށްފައިބަހައްޓަވާ! ދައުރު މެދުނުވަނީސް ތިހުރިހާ ތަނެއްގައި މީހުން ދިރިއުޅެވޭވަރުކޮށްފިއްޔާ ތިއޮތީ ދެވަނަ ދައުރެއް ކަށަވަރުވެފައި.
ކޮބާއަނެއްރަށް
11 January 2024
ކޮބާ އުތުރުތިލަފަޅު. އެތަން މިލިޓަރީބޭހެއްހަދަން ކިތައްއަހަރަށް ދޭންނިންމީ
ވަތަންގެ ދަރި
11 January 2024
މި ވެރިކަމަށް ހަޖަމުނުވާ ބޭފުޅުން ތިފާޑަށް ތެޅޭނެ. ކަންކުރާގޮތާ ވައްޓަފާޅި މިހާރު ފެންނާނެ. މި ރައީސް ނޫޅުއްވާނެ އަނބިގޮއްޔެ ގޮވައިގެން މާލުއްޔަތުން ހަރަދުކޮށްގެން ފުޓްބޯޅަ ބަލާކަށް. ތިޔަފެންނަނީ ގާބިލުކަމާ ނާ ގާބިލު ކަމުގެތަފާތު.
ވަޠަންގެފިދަނަ
11 January 2024
ބޮޑެތި ޕްރޮޖެކްޓުތަކުން ބޮޑުކޮށް ކޮޅުދާލި ލިބޭނީ.
އޮނަރަބްލް އަފީފު ދީދީ
11 January 2024
ޖާހިލިއްޔަ ޒަމާނުގައި އަރަބިން އަޅުން ގެންގުޅުނުފަދައިން، އެމަރިކާ ދޮންމީހުން ކަޅުމީހުންގެ ފައިގައި ޗޭނުޖަހައި އަޅުމަސައްކަތް ކުރުވުފަދައިން، ޖަރުމަނާއި އޮސްޓްރޭލިއާ، ޒިމްބާބުވޭ އާއި ސައުތުއެފްރިކާ އަދި އަވައްޓެރިސިލޯނުގައި ސިންހަޅައިން ތަމަޅައިންގެމައްޗަށް ވެރިވެގަތްފަދަ ސިޔާސަތެއް ދައުލަތަކުން އެދައުލަތުގެ ރައްޔިތުންގެމެދުގައި ގެންގުޅޭތަން 21 ވަނަ ޤަރުނުގައިފެނުމަކީ އެތަނުގައި އިންސާފު ގެއްލިފައިވާ މިންވަރު ހާމަވެގެންދާ ކަމެއް އިގޭތޯ!
ހަސަންފަރީދު ދީދީ.
11 January 2024
އަފީފު ކޮންމެވެސް ވަރަކަސް ކ.މާލޭގެ ތާރީޙާއި އެރަށުގައި ރަސްރަސްކަން ކުރި ރަދުންނާއި ރަނިކަނބަލުންގެ ތާރީޙް ކިޔާލީމާ ތިކަންކަން އެއީ އެމީހުންނަށް އެހާ ބޮޑު ކަމަކަށް ނުވާނެ. ގައިމު ރަސްކަންކުރި ގަނޑުވަރުތަކުގައި ވަޅުލާފައި ހުރި ޖާޑިތަކެއް ނެގި އިރު މިނިކަށި ހުރިވާހަކަވެސް ލިއުން ތަކުން އެބަފެނޭ.
އުފާވެރިކަން
11 January 2024
ހަޖަމް! ފޮނިބޯންތިބޭ! ކަން ކުރާނެ އަދި 2 މަސްނުވޭ!
1234567890
11 January 2024
މި ފަސްއަހަރު ނިމޭއިރުވެސް ގުރައިދޫ ފަޅު އޮންނާނީ ހަމަ ހިއްކިގޮތަށް ކަމަށް ލަފާކުރެވެނީ.
098766432131
12 January 2024
ނުވާނެތިހެނެއް
ހުސްގޮނޑި
11 January 2024
ކިތައްމެ ހުވަފެނެއް ދެއްކިޔަސް އަމިއްލަ ޕާޓީ ލީޑަރަށް ދޯކާދީ އަނިޔާވެރި ނުވާކަމަކަށް ދެނެނުހެދޭނެ...އެކަކަށް ހީލަތް ހެދުމުން އެއްމެންނަ ހީލަތްހަދަން ފަސޭހަވެ ގިނަރައްޔިތުންނަ ހީލަތއހަދައިފި...ވައުދާޙިލާފުވެއްޖެ ދެވަނަ ދައުރެއްގެ ހުވަފެނުގަ އަނިޔާވެރިކަން އިސްކުރެވިއްޖެ....ﷲހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވޭ ތަދުބީރު ކުރެހި ޕްލޭނަކަށް ތަގުދީރު ނުހިގާކަން ދަންނަންޖެހޭ އެއްމެންވެސް...ގޯތި ދިނަސް ބޯޓުދިނަސް ފްލެޓް ދިނަސް ވޯޓުދެވެންނެތް...
ބްރޯސް
11 January 2024
މާތްﷲ އިރާދަކުރެއްވިގޮތަށް ކަންކަން މިދަނީ. ޔާމީނަށް ފުރުސަތު ލިބެން ނެތީމައި އެގޮތަށް ކުރިއަށް މިދަނީ.. މިންވަރަށް އީމާންވޭ.
ކުރޯސް
11 January 2024
ބޭންކެއް ފަޅާލައިގެން ވައްކަންކޮށްގެން ނިކުމެވެސް ބުނެވޭނެތަ މާތްﷲ އިރާދަކުރެއްވި ގޮތޭ. އެއީއެއް ނޫން މިންވަރަށް އީމާންވުމަކީ