އެއާޕޯޓު ފެންނަ ގޮތަށް، ދުރުން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
18 ޖެނުއަރީ 2024 - 15:23
މާލެ ކައިރީގައި އޮންނަ ވެލައްސަރު ރިސޯޓު ކައިރިން، މަރުވެފައި އޮތް ދިވެއްސެއްގެ ހަށިގަނޑު މިއަދު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މަރުވެފައި އޮތް މީހަކު ފެނިގެން ހެނދުނު 9:11 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެއީ މާލެ އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މަރުވި މީހާ އަކީ ކޮން ރިސޯޓެއްގެ މުވައްޒަފެއް ކަމެއް އަދި އެ މީހާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް، މައްސަލަ ތަހުގީގުކުރަމުން އަންނާތީ ފުލުހުން ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރަށް ދެރަ
19 January 2024
ފެނުން މީހާ ވަޅުލައިފި.ޕޮލިހުންނަކަށް ނުވާނެ ކަމެއް
އަބްޑޫޅް +
19 January 2024
މަރުވެފަ އޮތީވެސް އައިޑީ ހިފައިގެން ދޯ؟
މައުލޫމާތު
19 January 2024
އެހެން ވިއްޔާއެނގޭނެތާކޮން ރިސޯޓެއްގެ ކަންވެސް? އެކަހަލަ މައުލޫމާތު ކީއްވެ ހިއްސާ ނުކުރެވެނީ?
އާޕިސ
19 January 2024
ފުލުހުން ދަނީ އެކަން ތަހްގީގު ކުރަމުން(.) ފުލުސްޓޮޕް ނިމުނީ
ށަވިޔަނި
18 January 2024
ތަހުގީގު ކުރާތީ ކާކުކަން ނުބުނެވެނީ މިރާޖޭގައި
އ
18 January 2024
ކިހިނެއް އެނގުނީ ރިސޯޓެއްގެ މުއައްޒަފެއްކަން..... ކަނޑުމަތިން ފެނުނީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑެއްނުން.... އެހެން ވެއްޖިއްޔާ ވީގޮތްވެސް އެގޭނެތާ...
ރިޒޯޓް
18 January 2024
ރިޒޯޓް މީހަކު މަދުވީމަ އިނގޭނެ ނު އެވަރު ނޭނގޭދޯ
ވިޖާމް
18 January 2024
ރިސޯޓްގެ ނަން ހާމަކުރިޔަސް ތަހުގީގަށް ހުރަސް އެޅެނީތަ؟؟މާލެއަތޮޅު ރިސޯޓްތަކުގައި މަސައްކަތްކަތްކުރާ ހުރިހާ މުއައްޒަފުންގެ އާއިލާތަކަށް ނުތަނަވަސްކަންދީ ހުރިހާ ރިސޯޓްތަކަށް އާއިލާމީހުން ގުޅާނެގޮތައް ބުނެދިނީ..
ކީކޭ ދެން ބުނާނީ
18 January 2024
ތިހާ ވަރައް ނުތެޅުނަސް ވެދާނެ އެމީހަކީ ކޮންރިޒޯޓެއްގެ މީހެއްކަން އަދި އެމީހާގެ އާއިލާއައް ވަނީ އަންގާފަ. މިއީ 1800ގެ އަހަރު ތަކެއް ނޫން
ފަގުޑި
18 January 2024
ތިޔަކައް ނުކިޔާނެތަ ވާނުވާނޭނގޭ މަރެކޭ؟؟! ނޫނީ މިރޭ އިޝާ ނަމާދައްފަހު ވަޅުލީމަ އެނިމުނީތޯ.....
ފު
18 January 2024
ފުލުހުން ދަނީ އެކަން ތަހްގީގު ކުރަމުން.
ކިހިނެއްދޭނީ
18 January 2024
ބަލަގަ ތަހުގީގު ކުރީމަ ދޯ އިނގޭނީ ވީގޮތެއް ވެސް