ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް. -- ފޮޓޯ: މިހާރު
31 ޖެނުއަރީ 2024 - 22:06
ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް މިރޭ ކުއްލި ގޮތަކަށް އަވަހާރަވެއްޖެ އެވެ.
އުމުރުން 39 އަހަރުގެ ވިޝާމް ވަނީ މީގެ ކުރިން އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ވިޝާމް އަވަހާރަވި ސަބަބެއް އަދި ނޭނގެ އެވެ. އޭނާ ދަންނަ ބައެއް މީހުން ބުނި ގޮތުގައި ފެނުނީ ގޭތެރޭގައި ވެއްޓިފައި އޮއްވަ އެވެ.
ވިޝާމް އަކީ ބޮޑެތި އެކި މައްސަލަތަކުގައި ވަކާލާތުކުރައްވާފައިވާ ރާއްޖޭގެ ތަޖުރިބާކާރު ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން 2008 ވަނަ އަހަރު މާސްޓާޒް ހާސިލްކުރެއްވުމަށް ފަހު ވިޝާމް 2009 ވަނަ އަހަރުން ފެށިގެން އަންނަނީ ގާނޫނީ މަސައްކަތް ކުރައްވަމުންނެވެ.
އޭނާ އަކީ 2011 ވަނަ އަަހަރުން ފެށިގެން ޗާޓާޑް އިންސްޓްޓިއުޓް އޮފް އާބިޓްރޭޓާސްގެ އެސޯސިއޭޓް މެންބަރެކެވެ.
ވިޝާމް ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ފެއްޓެވީ ސުއޫދު އެންޑް އަންވަރު ލޯ ފާމުންނެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އަމިއްލަ ލޯ ފާމެއް އުފެއްދެވި އެވެ. އަދި އޭނާ ބިޒްނަސް އާއި ކޮމާޝަލް ލޯގެ ދަރިވަރުންނަށް ޕާޓް ޓައިމްކޮށް ކިޔަވައި ދެއްވި އެވެ.
ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސްކަމަށް ވިޝާމް އިންތިހާބުކުރީ ޖޫން 11، 2022ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހި
01 February 2024
ސުވަރުގެއިގެ މަތިވެރިނިޢުމަތުގާ ލައްވާށި އާމީން
ރޯޒަސް
01 February 2024
މިގޮތަށް 35-45 ދެމެދު މަރުވާ ޒުވާން ފިރިހެނުން ވަރަށް ގިނަހެން ހީވަނީ. މީމަގޭ ދެވަނަ ރަހުމަތްތެރިޔާ 39 އަހަރުގައި މިދިޔަ 2 އަހަރު ތެރޭ ނިޔާވި.
އައިމިނާ
01 February 2024
ފުރާނަ އަށް ހެޔޮ ރަޙްމަތް ލައްވާށި.
ލައިކާ
01 February 2024
ވަރަށް ހިތާމަވެރިވެއްޖެއް. މާތްﷲ ގެ ހެޔޮރަޙްމަތް މައްޔިތާއަށް ދެއްވާދޭއެވެ، އަދި ޖައްނަތުލް ފިރުދައުސް ދެއްވާދޭ.
ޚަބަރުބަލާލުން
31 January 2024
ކުރިކީލަ މަގުގާއި ހުރި ގެއެއްގެ ތެރޭގައި މަރުވެ ކުނިވެފައި އޮތް މީހަކު ފެނުނު ވާހަކަމިގެ ދުވަސް ކޮޅެއްކުރިން ހަބަރުންދުށިން، ފަހުން އެހަބަރުގެ ތަފްސީލެއް ނުލިބެ. މިހާރު ނޫހުން ބަލާލަދީ ބަލަ މިހަބަރު
އިސްރައްވެހިން
01 February 2024
އޭނަ މިހާރު ވަޅުލައިފި.
މުޙައްމަދު،
31 January 2024
إنا لله وإنا إليه راجعون
މިހަ
31 January 2024
إنا لله وإنا إليه راجعون . މިކަހަލަ ގޮތްނޭގޭ މަރުތައް ގަހުގީގުކޮއް މަރު ޔަގީން ކުރުމަކީ ސިއްހީ ކަންކަމުގަ ގައުމުގެ މުސްތަގުބަލް ކަނޑައެޅުމައް ވަރައް މުހިއްމުކަމެއް
ބަތޫ
31 January 2024
ނުވާނެ! ހާދަ ޤަބޫލު ކުރަން ދަތި ވަހަކަ އެކޭ. ވަރަށް ޝޮކް ވެއްޖެ.
ހޱހޱހޱގ
01 February 2024
މީހެއްގެ މަރަކީ އެކަން ޖޯކަކަށް ހަދަން ޖެހޭ ކަމެއްނޫން ) ހަހަހަ ރިއެކްޓްކުރި މީހާއަށް(
އުޑު
31 January 2024
މިއަދު ހެންދުނު ފުރަތަމަ ފެނުނު ހަބަރަކީ ޕީޖީ ޝަމީމަށް ބަޔަކު އަނިޔާ ކުރި ވާހަކަ ދެން މީރޭ ނިދަމުން ފޯނު ބަލާލިއިރު މި ފެނުނީ ވިޝާމް އަވަހާަރަ ވި ވަހަކަ. ހަމަ ސިއްސައިގެން ދިޔައީ މި ހަބަރު ފެނިފަ. ލީގަލް ފީލްޑް އަށް ވަރަށް ދެރަ ދުވަހެއް.
ސުވައިލަމް (ޑްރަމްސް)
31 January 2024
އަހަންނަށް ވިޝާމް އިނގެނީ ކަލާފާނު ސްކޫލްގެ ބޭންޑް ސަރ ގޮތުގަ. ޥަރަށް މަޖާ ހިތްހެޔޮ މީހެއް. ވަރަށް ދެރަވެއްޖެ މިހަބަރު ކިޔާފަ. ދުއާ އަކީ ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުން ވިޝާމްސަރ އަށް.