ޚަބަރު / އޮޅުވާލައިގެން ފައިސާ ހޯދުން

މީހެއްގެ އެކައުންޓުން 1.8 މިލިއަން ނެގި ބަޔަކު ހައްޔަރުކޮށް ފައިސާތައް ހޯދައިފި

ސްކޭމްތަކާ ބެހޭ ގޮތުން ފުލުހުން ބާއްވާ ޕްރެސް ކޮންފަރެންސްގައި އެކަމާ ބެހޭ މައުލޫމާތު ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މީހެއްގެ ފޯނު ކޮމްޕްރޮމައިޒްކުރުމަށް ފަހު އޭނާގެ އެމްއައިބީގެ ބޭންކް އެކައުންޓުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށް އެ ފައިސާގެ ބޮޑު ބައެއް ހޯދައިފި އެވެ.

އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު ފެންމަތިވި އެ މައްސަލައިގައި ފައިސާ ހޯދާފައިވަނީ ފޯނާއި ބީއެމްއެލް އެޕްގެ ޕާސްވޯޑު އެނގޭ މީހެއް މެދުވެރިވެގެން ކަމަށެވެ.

އެކަމުގެ ތުހުމަތު 16 އަހަރުގެ ކުއްޖަކާއެކު ތިން ފިރިހެނަކާއި އެއް އަންހެނަކަށް ކުރެވޭއިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ މިހާރު ހައްޔަރުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އެ ކުޑަކުއްޖާއަކީ، މި ހާދިސާގައި ގެއްލުން ލިބުނު ފިރިހެން މީހާއާ އާއިލީ ގުޅުން އޮންނަ މީހެކެވެ.

ދެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ އަންހެނަކާއި ފިރިހެނެއް އަދި 23 އަހަރުގެ ފިރިހެނެކެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރަޝީދު ވިދާޅުވީ ގެއްލުނު ފައިސާގެ 98 ޕަސެންޓް، މައްސަލަ ހުށަހެޅިތާ 48 ގަޑިއިރު ތެރޭ ރިކަވާކޮށްފައިވާ ކަމަށެވެ. އެ ފައިސާއިން ވިޔަފާރިކޮށްފައި ހުރި ތަންތަނާއި ތުހުމަތުކުރެވޭ އެކަކު ދިރިއުޅޭ ގެ ބަލައި ފާސްކޮށްގެން 1.6 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ ނުވަ ދުވަސް ތެރޭގައި ފޭރުނު ފައިސާ ބޭނުންކޮށްފައިވަނީ މޮބައިލް ފޯނު، އިލެކްޓްރޯނިކްސް ސާމާނު، ދޫނި އަދި އަތުކުރި ގަޑި ފަދަ ތަކެތި ގަތުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ސްކޭމްގެ މައްސަލަތައް ބޮޑުވަމުންދާއިރު، މިއީ ހަމައެކަނި ޖަލުން ކުރާ ކަމެއް ކަމަށް ބުނެ ނިންމާލެވޭކަށް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ވިކްޓިމްގެ އެކައުންޓުން ރުފިޔާ ފޮނުވުމުގައި ޓްރެންޑެއް ފާހަގަވި ކަމަށެވެ. އެގޮތުން، ނަމާދަށް ގޮސްފައި ހުންނަ ވަގުތުތަކުގައި ރުފިޔާ ފޮނުވާފައި ހުރިކަން، މިހާތަނަށް ކުރި ތަހުގީގުން އެނގިފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

ހެޑް އޮފް ފްރޯޑް އިންވެސްޓިގޭޝަން، އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވި ގޮތުގައި އެ މައްސަލަ މިހާތަނަށް ބެލިއިރު، އެމްއައިބީގެ އިހުމާލު އޮތްކަން ފާހަގަނުކުރެވޭ ކަމަށެވެ.

އިންވެސްޓިގޭޝަން އޮފިސަރު، ސާޖަންޓު އަބްދުﷲ ނަދީމް ވިދާޅުވީ އެ ފައިސާ ޓްރާންސްފާ ކޮށްފައިވަނީ ދެ ލޭޔަރަކުން، ތިން މީހެއްގެ އެކައުންޓަށް ކަމަށެވެ. އެންމެ ބޮޑު އަދަދެއް ޓްރާންސްފާ ކޮށްފައިވަނީ ސަސްޕެކްޓް 1 އަށެވެ. އެ މީހާގެ އެކައުންޓަށް، ފަސް ފަހަރެއްގެ މަތިން އެއް މިލިއަން ރުފިޔާ ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާ ދޭތެރޭގައި، އެ މީހުންގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ރުފިޔާ ފޮނުވާފައިވާ ކަމަށް ނަދީމް ވިދާޅުވި އެވެ. އެ ފައިސާތައް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.

43 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 9%
icon angry icon angry 36%
icon wow icon wow 9%
icon inlove icon inlove 45%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

19 February 2024

އެކައުންޓް ލޫޓުވައިގެން މުޅިންވެސް ފައިސާ ނަގާފައިވަނީ އަހަރުމެންގެ ބޭންކް ދިވެހިންގެ ބޭންކުން ކަމަށްވެފައި މިކަމުގައި ބޭންކް މުވައްޒަފުންނަށް އިގިލި ދިއްކުރެވޭތީ ބެންކުން ކަސްޓަމަރުންގެ މައުލޫމާތު ބެންކު މުވައްޒިފުންގެ ފަރާތުން ލީކުވެގެން ނުދާނެގޮތަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ؟! ކަސްޓަމަރުންގެ މައުލޫމާތު ޙަވާލުކުރާ މުވައްޒިފުންވެސް އޮފީސް ގަނޑީގައި ތިބެނީ ފަތި ޓީވީ އެއްވަރުގެ އަމިއްލަ ސްމާޓް ފޯނު އަތަށް ލައިގެން. މިފަދަ އެތައް ކަމެއް..!

The name is already taken The name is available. Register?

ނަށީދު

19 February 2024

ވަނަވަރު ހިއްސާ ނުކުރަނީ ކީއްވެބާ؟

The name is already taken The name is available. Register?

މަހުވެއި

19 February 2024

ފޯނާއިއެޕްގެ ޕާސްވޯޑް އެނގުނީމަ ބޭންްކުން ކީއްތަކުރާނީ. މިލިއަނުން ޖަމާކުރިއަސް އެމީހުން ޝައްކުނުކުރާހާހިނދަކު ވެރިމީހާ ހެވިދިލިގެން ކުރާކަމެއްކަމަށްބަލާނީ....

The name is already taken The name is available. Register?

ޙިސާބު ނުބައި

19 February 2024

1.8 މިލިއަންގެ %98 އަކީ 1.6 މިލިއަން އެއްނޫނެވެ. ޢެއީ 88% އެވެ. 1.8 މިލިއަންގެ %98 އަށް ވާނީ 1.76 މިލިއަން ރުފިޔާ އެވެ.

The name is already taken The name is available. Register?

އޮޅުންސުވާލި

19 February 2024

ފޭރިގެންވެސް ދޫންޏާ ފޯނާ ގަޑިއާ އަޅަންޖެހޭނެދޯ. މުދަލަށް އިންސާބާ ދަހިވެތިވާޗަރެކޭ

The name is already taken The name is available. Register?

އަލައުރާ

19 February 2024

ހަމަ ތިޔަބުނާ ކޮންޕްރޮމައިޒް ކޮށްގެން އާދައިގެ މީހެއްގެ އެކައުންޓުގައި ހުރި 10،000.00 ރުފިޔާ އުރީދޫ ނަމްބަރުތަކަކަށް ރީލޯޑް ކޮށްގެން ފުލުސް އޮފީހަށް މައްސަލަ ހުށަހެޅިތާ މިހާރު 3 ވަރަކަށް އަހަރުވެއްޖެ އަޅާވެސް ނުލި،، މުއްސަދި މަހުޖަނެއްވީމަ 48 ގަޑި އިރުތެރޭ ތިޔަފައިސާ ހޯދައި ދެވުނު ކިހާ ސަޅި

The name is already taken The name is available. Register?

މަރިއްކޮއި

19 February 2024

އެއްފަހަރާ ދެ ލައްކަ އެކައުންޠަށް ޖަމާ ކުރާއިރު ބެންކަށް ނޭގޭބާ! -/50000 ޖަމާ ކުރިޔަސް ބެންކުން ސުވާލުކުރޭ މިކަން މިހިނގީ ކިހިނަކުންބާ!

The name is already taken The name is available. Register?

ކިހިނެއްހޭ

19 February 2024

މިއީ ކިހިނެއްވާކަމެއްކަން އަދިވެސް މަށައްނުވިސްނޭ. ގާތް ތިމާގެ މީހަކައް ބޮޑުކަމެއް މެދުވެރިވެގެން ދެފަހަރަކު ފައިސާ ފޮނުވާއިރައް އެއީވެސް މާކުދިކުދި އަދަދުތަކުން މިއޮންނަނީ އެކައުންޓު ބޮލޮކްކޮއްލާފަ ދެން އެތައްފަހަރަކު ބޭންކައްދުވެގެން އެކައުންޓުބޭނުންކުރެވޭވަރުވަނީ. ހަފްތާއަކުން މިވަރުގެބޮޑު އަދަދެއް އެހެންއެކައުންޓުތަކައް ކިހިނެއް ޓްރާންސްފަރކުރަނީ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

19 February 2024

16 އަހަރުގެ ކުއްޖާ ވެސް ހާދަ ނުލަފައޭ. 16 އަހަރުގަ މިބާވަތުގެ ކަމެއްގެ ތެރެއަށް ވަދެ ތިމާގެ ބޭބެއަކަަށް މިފަދަ ލަގާއެއް ދޭން ފަސްނުޖެހޭނީ ވަރަށް ބޮޑަށް ''މައިންޑް'' ތައައްޔަރުވެފަ ހުރީމަކަން ޔަގީން.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

19 February 2024

މިހާރު ކޮންމެ ގެއެއްގަ މަސް ޓޭންކެއް ހުންނަން ޖެހޭ. ދޫންޏެއް ނުވަތަ ބުޅަލެއް އޮންނަން ޖެހޭ.މިހާރުގެ ޓްރެންޑަކީ އަހަރުމެން ހުވަފެނުން ވެސް ނުދެކޭ ކަހަލަ ކަންކަން. ބުޅާ އެއީ އިންސާނަކަށް ނުދޭ އިއްޒަތް ދީގެން ބައެއް ގޭގޭގަ ގެންގުޅޭ އެއްޗެއް.އެހެންވީމަ އެކައުންޓްތަކުން ފައިސާ ޕަކަޅާކޮށްލައިގެން ވެސް ދޫންޏެއް ނުވަތަ ބުޅަލެއް ގަންނާނެ.ވ.ވ.ެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454