ޚަބަރު / އިސްލާމިކް މިނިސްޓްރީ

ހާއްސަ އެހީއަށް ބޭނުންވާ ޒައިން މާދަމާ އިމާމްވެ ހުކުރު ނަމާދުކުރާނެ

ޒުވާން ހަތީބުން ތަމްރީނުކުރި ޕްރޮގްރާމު ޒަައިން ފުރިހަމަކުރުމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ލިޔުން ހަވާލުކުރައްވަނީ--

ބޮޑުވެގެން ވާން ބޭނުންވަނީ ކޮން ކަހަލަ މީހަކަށްތޯ މީހަކު ސުވާލުކޮށްލައިފި ނަމަ، ވާހަކަ ދެއްކެން ފެށުނީއްސުރެ ހުސެއިން ޒައިން އަލީ ދެމުން އައި ޖަވާބަކީ އިމާމަކަށް ނުވަތަ ޝެއިހަކަށް ވުމެވެ. އޭގެ 10 އަހަރު ފަހުން މާދަމާއަކީ އޭނާގެ އެ ހުވަފެނުގައި ހަގީގީ ކުލަ ޖެހޭ ދުވަހެވެ. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޯޓިސްޓިކް ކުއްޖަކަށް ހުކުރު ކުރުމުގެ ނަސީބު ލައްވާލީ ތާޖުއްދީން ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ 17 އަހަރުގެ ޒައިން އަށެވެ. ހުޅުމާލޭ މަސްޖިދުލް އަމާނީގައި މާދަމާ ހުކުރު ނަމާދުކުރާނީ ޒައިނެވެ.

ޒައިންގެ އެ ހުވަފެންތައް ހަގީގަތަކަށް ވުމުން، އެ އުފާވެރިކަން ބަޔާން ކުރާނެ ގޮތެއް ވެސް ލޯޔަރެއްގެ ގޮތުގައި މަސައްކަތްކުރާ ބައްޕަ، އަލީ ރިޒާއަކަށް ނޭނގެ އެވެ.

"މިހާރު" އަށް ވާހަކަ ދައްކަވަމުން ރިޒާ ބުނީ ދަރިފުޅަކީ އޯޓިސްޓިކް ކުއްޖެއްކަން އެނގުނީ އޭނާގެ އުމުރުން ތިން އަހަރުގައި އެއްވެސް ވާހަކައެއް ނުދައްކައިގެން ކަމަށެވެ. ގްރޭޑް އެކަކަށް ސްކޫލަށް ވެއްދިއިރު ވެސް ޒައިނަށް ވާހަކައެއް ނުދެއްކެ އެވެ. އެހެންވެ، އޭރު ސްކޫލު ނިމެންދެން އެތަނުގައި ރިޒާ އިނދެ އެވެ.

"ގްރޭޑް އެކަކުން ފެށިގެން ތާޖުއްދީން ސްކޫލުގައި ކިޔަވަނީ. އޭރު ވެސް ވާހަކަ ނުދެއްކޭތީ އަޅުގަނޑު ޖެހޭނީ ކްލާސް ނިމެންދެން އެެތަނުގައި އިންނަން. އެގޮތަށް ގާތްގަނޑަކަށް ހަ މަސް ހޭދަކުރި ފަހުން ސްކޫލުގައި ސެން ކްލާސްތައް ފެށީމަ އެ ޓީޗަރުންނާ އެކު އިންނާނެ. އެ މީހުން ވަރަށް ރަނގަޅަށް ބަލާ. ދުވަހަކު ވެސް ބުލީކޮށް ނުހަދާ. ވަރަށް ހަމްދަރުދީ އާއި ލޯތްބާ އަޅާލުން ދިން،" ރިޒާ ބުންޏެވެ.

އެކަމަކު ވާހަކަ ނުދެއްކުނަސް އޭރު ވެސް ޒައިންގެ ފަރާތުން ދީނީ ކަންކަމަށް ބޮޑު ލޯތްބެއް އޮންނަކަން އާއިލާއަށް ފާހަގަކުރެވުނެވެ.

"އެންމެ ކުޑައިރުން ފެށިގެން ވެސް ކޮން ކަހަލަ މީހަކަށްހޭ ވާނީ މީހަކު އަހާލިޔަސް ބުނާނެ ތިމަންނަ ވާނީ އިމާމަކަށޭ ޝޭހަކަށޭ. ދެން އަހަރެމެންނަކަށް ވެސް ނޭނގެ މިއީ މިހާ ސީރިއަސްކޮށް ދެއްކި ވާހަކައެއް ކަމެއް އޭރަކު. އޭނާގެ ޝައުގު މިހާ ބޮޑަށް މިކަމަށް ހުންނަ ކަމެއްވެސް،"

ޒައިން ސްކޫލުގެ ގްރެޖުއޭޝަން ހަފްލާއެއްގައި ބައިވެރިވަނީ. އޭނާއަކީ ކިޔެވުމުގައި ވެސް މޮޅު ކުއްޖެއް.

އެކަމަކު ރިޒާ ބުނި ގޮތުގައި އޭރު ވެސް ޓީވީން ބަންގި ގޮވާ އަޑު އިވުމާއި ނަމާދުގެ ހަރަކާތްތައް ދައްކާ ވަގުތުތަކާއި ގުރުއާން ކިޔަވާ ގަޑިތަކުގައި ޒައިންގެ ސަމާލުކަން އެކަމަށް ގޮސް އެއްކޮށް ހުއްޓެވެ. ރާއްޖެއިން ބޭރަށް އާއިލާ އިން ކުރާ ދަތުރުތަކުގައި ވެސް އޭނާގެ ސަމާލުކަން އެތަންތަނުގެ މަދަހަތަކަށް ލިބެ އެވެ.

އުމުރުން ހަތް އަހަރުގައި ޒައިނަށް ވާހަކަ ދެއްކެން ފެށުނުއިރު އޭރު ވެސް އޭނާ އެންމެ ބޮޑު ޝައުގުވެރިކަމެއް ފާޅުކުރަމުން އައީ ދީނީ ކަންކަމަށެވެ. ގަޑިން ގަޑިއަށް ނަމާދުތައް ކުރެ އެވެ. މިސްކިތަށް ނުދެވިއްޖެ ހާލަތެއްގައި ގޭގައި އޭނާ އިމާމު ވެސް ނަމާދުކުރެ އެވެ. ޓީވީ ބަލައިގެން ތަޖުވީދުން ގުރުއާން ކިޔަވަން ދަސްކުރި އެވެ.

މިހާރު ގުރުއާނުގެ 12 ވަނަ ފޮތް ހިތު ދަސްކުރަމުން އަންނަ، ޒައިނުގެ ޝައުގުވެރިކަން މިހާ ބޮޑަށް އިމާމުކަމަށް ހުންނަކަން އާއިލާއަށް ފާހަގަވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މިސްކިތްތައް ބަންދުކުރި ދަނޑިވަޅުގަ އެވެ.

ޒުވާން ހަތީބުން ތަމްރީނުކުރި ޕްރޮގްރާމު ޒަައިން ފުރިހަމަކުރުމަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ ސަލާމް ކުރައްވަނީ--

ރިޒާ ބުނި ގޮތުގައި ހުކުރު ދުވަސްތަކުގައި ގޭގައި ނަމާދުކުރިޔަސް އޭނާއަށް ހިތްހަމަޖެހެނީ ހުތުބާ ކިޔައިގެން އެކަން ކުރާށެވެ. އެހެންވެ، އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ހުތުބާ ޑައުންލޯޑުކޮށްގެން، އޭނާ އިމާމުވެ ގޭގައި ނަމާދުކުރަން ފެށި އެވެ.

"އުމުރުން ހަތް އަހަރުން ފެށިގެން އިމާމުވެ ހުތުބާ ކިޔަން ފަށައިފި. ނަމާދުތައް ވެސް ކުޑައިރުން ފެށިގެން ކުރާނެ، ފަތިސް ނަމާދަށް ވެސް އަމިއްލައަށް ހޭލައިގެން ވެސް ކުރާނެ. އަހަރެމެންނަށް މަސައްކަތް ހުންނަ ގޮތުން ދަތިވެގެން މިސްކިތަށް ނޭރުނަސް އޭނާ ގުޅާނެ މިސްކިތަށް ދާން ވެސް،"

"ކޮވިޑް ތެރޭގައި މީނާ ދެން މިހާ ޝައުގުވާކަން އަސްލު އެނގުނީ. ޑައުންލޯޑުކޮށްގެން އޭނާ ހުތުބާ ކިޔާނެ ގޭ ތެރޭގައި، ދެން އޭނާ އިމާމުވެ ނަމާދުކުރާނީ. އޭނާ ދެން ކަމަކަށް އެދިއްޖެއްޔާ އެކަމެއް ކޮށްދެވޭތޯ އަޅުގަނޑުމެން އަބަދުވެސް ބަލަން. އަނެއްކާ 12 ވަރަކަށް އަހަރުވާނީ ކޮވިޑް ތެރޭގައި އޭނާއަށް،" ދަރިފުޅުގެ ޝައުގުވެރިކަން އެހާ ބޮޑަށް އެކަމަށް ހުންނަ ހިސާބު އެނގުނު ގޮތް ސާފުކޮށްދީ ރިޒާ ބުންޏެވެ.

ރިޒާ ބުނި ގޮތުގައި ނަމާދަށް މިސްކިތަށް އަރާފައި ވެސް މާދަމާ ހުކުރު ކުރާނީ ނޫނީ ތަރާވީސް ކުރާނީ އޭނާ ކަމަށް ޒައިން ބުނެ އެވެ.

ދީނީ ދަރުސްތަކަށް ވެސް ގޮސް ހަދައި، ޒައިނަށް ދީނީ ދާއިރާގައި ރާއްޖޭގައި މަސައްކަތް ކުރާ ބޭފުޅުންނަށް ވެސް ފަރިތަ އެވެ. މަގުމަތިން އެއިން މީހަކު ފެނުނަސް، އޭނާ އަމިއްލައަށް ގޮސް އެމީހުންނަށް ވާހަކަ ދައްކާ ހަދައި ކަމަށް ރިޒާ ބުނެ އެވެ.

ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލާ އެކު ޒައިން ފޮޓޯއަކަށް ހުއްޓިގެން.

އާންމުކޮށް ރަޝީދު މިސްކިތަށް ނަމާދަށް ދިޔަސް ޒައިންގެ ޝައުގުވެރިކަން ހުންނާތީ އެކި މިސްކިތްތަކަށް އޭނާ ގޮވައިގެން ރިޒާ ދެ އެވެ. އެގޮތަށްދާ ތަންތަނުން ރީއްޗަށް ގުރުއާން ކިޔަވައި މިސްކިތްތައް ފާހަގަކޮށް އެތަންތަނަށް ދާން އޭނާ ބޭނުންވެ އެވެ. އަދި މިސްކިތުގައި އިމާމަކަށް އޮޅިއްޖެ ނަމަ، އެކަން ރަނގަޅުކޮށްދިނުމުގައި ވެސް އެންމެ އަވަހީ ޒައިނެވެ.

މާދަމާ އިމާމުވެ ނަމާދުކުރުމުގެ ފުރުސަތު ޒައިނަށް ލިބިފައިވާއިރު މިއީ ސަރުކާރުން މި ފަހުން ހިންގި "ޒުވާން ހަތީބުން" ޕްރޮގްރާމުގައި ބައިވެރިވާން ފޯމު ހުށަހަޅައިގެން ލިބުނު ފުރުސަތެއް ކަމަށް ރިޒާ ބުންޏެވެ.

"އޭނާގެ ޝައުގުވެރިކަން ހުންނަކަން އެނގުނީމަ އަޅުގަނޑުމެން ބޭނުންވީ ފޯމު ހުށަހަޅަން. އެއީ މިފަހުން ޒުވާން ހަތީބުން ތަމްރީނުކުރުމަށް ސަރުކާރުން އޮތީ އިއުލާނުކޮށްފައި ބޭނުންވާ ޒުވާނުން ބައިވެރިވާން،"

އެއްވެސް ޖެހިލުމެއް ނުވޭ، އޭނާ ލައްވާ އެކަން ކުރުވާކަށް. އަޅުގަނޑުމެންނަށް އެ ކޮންފިޑެންސް އޮތީމަ ބައިވެރިކުރުވީ - ބައްޕަ

ރިޒާ ބުނި ގޮތުގައި އެ ވޯކްޝޮޕްގެ ތެރެއިން ގުރުއާން ކިޔެވުމާއި ހަދީސް ކިޔެވުމުގެ ޓެސްޓްތައް ވެސް ހެދި އެވެ. އެކަމަކު ޒައިން ކުޑަ ތަންކޮޅެއް ކިޔާލުމާ އެކު އިތުރަށް ޓެސްޓް ކުރަން ނުޖެހޭ ކަމަށް އެތަނުގައި ތިބި ޝެއިހުން ވެސް ބުންޏެވެ.

"އިތުރަށް ޓެސްޓެއް ހަދާނެ ކަމެއް ނެތޭ، ފާސްވީއޭ ވިދާޅުވީ،" ގާތްގަނޑަކަށް ހާހެއްހާ ޒުވާނުން ބައިވެރިވި ޕްރޮގްރާމުން ޒައިން ފާސްވި ގޮތާ ގުޅިގެން ފަހުރުވެރިކަމާ އެކު ރިޒާ ބުންޏެވެ.

15 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 3%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 83%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮހޮއްތު

14 March 2024

މަރްހަބާ…..

The name is already taken The name is available. Register?

ނޮނު

14 March 2024

ސަލާންގޮވަން ހަނދާން ނެތިޖެއްޔާ ދެން ކިހިނެއްތޯ ނަމާދުކުރަން. ތިބި މީހުން ހަދާނީ؟؟ ޖެނުއިން ކުއެޝަން!

The name is already taken The name is available. Register?

ހޮނު

14 March 2024

އިމާމަށް ސަލާމްދޭން ހަނދާން ނެތުން ނޫން އަދި އިމާމު މަރުވީމަ ވެސް ކަން ކުރަންވީ ގޮތް ދީނުގައި އަންގަވާފައިވޭ. މަނިކުފާނަށް ކަންކުރަންވީގޮތް އޮޅުން ނުފިލާ ހުރުމަކީ އެހެން މީހުންނަށް ފުރުސަތު ހަނިކުރަންޖެހޭ ކަމެއްނޫން.

The name is already taken The name is available. Register?

ލިންޑި12

14 March 2024

އޯޓިޒަމް އަކީ ސްޕެކްޓްރަމް އެއް. މީހުންނަ ހީވެދާނެ އޯޓިޒަމް ހުރިހާކުދިން ވާހަކަ ދައްކާ ނަމާދު ކުރެވޭކަމަ. އެހެންވެ ހޭލުން ތެރިކުރުވަން މިހެން ބުނެލީ.

The name is already taken The name is available. Register?

އޯޓިޒަމް

14 March 2024

މިހާރުވެސް އުޅޭ އޯޓިސްޓިކް އިމާމުން. ކާކު ތަ ބުނީ ރާއްޖޭގެ ފުރަތަމަ އޯޓިސްޓިކް އިމާމޭ؟

The name is already taken The name is available. Register?

ފޫނު

14 March 2024

ކިހިނެއް އިނގުނީ ތިބާއައް އެއީ ނޫންކަން އަދި އިނގިފައެއް ނެތް

The name is already taken The name is available. Register?

ޢިފއރާޒް

14 March 2024

ޝަހީމު ކަމަކީ ކޮންމެ ދުވަހަކު ނުހުގަ ފޮޓޯ ޖެހުން

The name is already taken The name is available. Register?

ޖެއްސު

14 March 2024

ފޮޓޯ ނެގި ގުރޫޕެއް މީގެ 3 މަސްކުރިން އުޅުނު

The name is already taken The name is available. Register?

ދެއްކޭ

14 March 2024

ޕަބްލިސިޓީ މިނިސްޓަރުގެ ހަބަރެއް... މީގަ އަސްލު ޝަހީމުގެ ފޮޓޯ ފުރަތަމަ ޖަހަންޖެހޭ ސަބަބެއް ނުވިސްނޭ.

The name is already taken The name is available. Register?

ފޮނިބެ

14 March 2024

އެހެން ނޫހެއްގަ އެބޮއިތް ޝަހީމުގެ ކުރު ބައޮގްރަފީއެއްވެސް މިއަދު ޝާއިރުކޮށްފަ، ހީވަނީ ޕަބްލިސިޓީ ޓީމަށް ފޮޅާލީހެން.

The name is already taken The name is available. Register?

ހަޖަމްް

14 March 2024

ހަސަދަވެރިވިއަސް "ދެއްކޭ" ތީ ދެން ފުކެއް ބޮޑުވަރު

The name is already taken The name is available. Register?

ހަމަދު

14 March 2024

ޕަބްލިސިޓީ ރައީސެއް ވެސް އުޅުނު ނިމުނު ސަރުކާރުގަ ރީތި ފޮޓޯ ނެގުން ކަމަކީ

The name is already taken The name is available. Register?

ހެޑްލައިން

14 March 2024

ހެޑްލައިން ކަމަކުނުދޭ. ތަންކޮޅެއް ރީތިކޮށް ހެޑްލައިން އަޅާލެވުނީސް " އޯޓިސްޓިކް ޚަތީބް މިހެން ޖެހުމަށް ވުރެ ރީތިކޮށް ލިޔެވުނީސް

The name is already taken The name is available. Register?

އަލީި

14 March 2024

ٱلْحَمْدُ لِلَّٰهِ

The name is already taken The name is available. Register?

މަރި

14 March 2024

ﷲމާޝާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454