މިހާރުގެ އެޑިޓަރު، އިސްމާއިލް ނަސީރު.
22 ޖޫން 2024 - 13:09
"މިހާރު" ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރަށް މޭޖާ ސްޓްރޯކެއް ޖެހިގެން ފަރުވާދޭން ފަށައިފި އެވެ.
އިސްމާއިލަށް ސްޓްރޯކެއް ޖެހުނީ އީދު ޗުއްޓީއަށް އާއިލާއާ އެކު ބ. އޭދަފުއްޓަށް ގޮސް ހުންނަވަނިކޮށް އިއްޔެ ވަގުތެއްގަ އެވެ.
އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް އިސްމާއިލް މާލެ ގެނައީ ރޭ 1:00 ހާއިރު އެއާ އެމްބިއުލާންސްގަ އެވެ.
މިވަގުތު އިސްމާއިލަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދާއިރު ހާލު ސީރިއަސް އެވެ.
އުމުރުން 47 އަހަރުގެ އިސްމާއިލް ނޫސްވެރިކަމުގައި ހިދުމަތްކުރައްވާތާ 28 އަހަރު ވެެއްޖެ އެވެ. ކުރިން "ހަވީރު" ނޫހުގެ މެނޭޖިން އެޑިޓަރުކަން ވެސް ކުރެއްވި އިސްމާއިލް ނަސީރު އެންމެ ފުރަތަމަ ނޫސްވެރިކަން ފެއްޓެވީ "އާފަތިސް" ނޫހުންނެވެ.
އިސްމާއިލަށް ނޫސްވެރިކަމުގެ ރޮނގުން އާއްމު ހިދުމަތުގެ އިނާމާއި "ރަން ގަލަން" ވެސް ލިބިވަޑައިގެންފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާޕަރަ
23 June 2024
އިއްސެ އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި، އާމީން.
ރަދީފް ފޭންސް - ފްރޮމް ބާލިން
23 June 2024
ގެޓް ވެލް ސޫން ބްރަދާ.
ޝާހިދު އަބދުއްލޯ
23 June 2024
އަވަސް ޝިފާ އަކަށް އެދެމެވެ
ހާމިދު ޝާހިދު
23 June 2024
އިސްމައިލް ނަސީރަކީ އާފަތިސް ދުވަސްވަރުން މަނަދޫ އައްސައްތާރު ކައިރިން ނޫސްވެރިކަމަށް ވެންނެވި ހީވަގި ނޫސްވެރިއެކެވެ. އޭނާ އެނދުމަތި ވުމަކީ ނޫސްވެރިކަމަށް ވެސް ލިބޭނެ އުނިކަމެކެވެ. މިހިތާމަވެރި ދަނޑިވަޅުގައި އޭނާއަށް އަވަސް ޝިފާއެއަކަށް އެދި ދުވާކުރަމެވެ. އާމީން!
ވެކްސިން އަލް ހަރބަލް
22 June 2024
ވެކްސިން ވެކްސިން ވެކްސިންގ
ރަންރަނާ
22 June 2024
އިސްމާއިލް ނަސީރަށް އަވަސް ޝިފާއަކަށް އެދެމެވެ.
ޢަބްދުﷲ އަހުމަދު
22 June 2024
އެކުވެރި އިސްމާޢީލްއަށް އަވަސް ޝިފާއެއް ﷲ ސުބްޙާނަހޫ ވަތަޢާލާ މިންވަރު ކުރައްވާށިއެވެ.
ނޫސަންގު
22 June 2024
އިސްމާއީލަށް އަވަސް ޝިފާއަކަށް އެދެން. ގަވައިދުން ލޭގެ ޕްރެޝަރ، ހަކުރު ކޮލެސްޓްރޯލް އަދި އަހަރަކު އެއްފަހަރު ނަމަވެސް މެޑިކަލް ޗެކަޕެއް ހެދުމަކީ މުހިންމު ކަމެއް. ހާސްކަމާ ފިކުރުން ދުރުވެ ގަވައިދުން ކަސްރަތު ކުރަން އާދަ ކުރުން މުހިންމު އެންމެންވެސް. އިންސާނާގެ ހަށިގަނޑު އުފައްދަވާފައިވަނީ ޙަރަކާތްތެރި ކޮށް އުޅުމުގެ މައްޗަށް.
ކޮރަލް
22 June 2024
އަވަސް ޝިފާ އަކަށް އެދެމެވެ. ގައިން ގަޔަށް ނާރާ ބަލިތައް ޖެހެނީ ކޮންކަހަލަ އެއްޗެހި ކައިގެން އަދި ބޮއިގެން ކަން ސަރުކާރަށް އެނގެ އެވެ. އެކަމު އަޅައެއް ނުލަ އެވެ. އެފަދަ ތަކެތި ކޮންޓްރޯލް ކުރުމުގެ ބަދަލުގަ ޑިއުޓީ ބޮޑު ކޮށް ސަރުކާރަށް ފައިދާ ހޯދަން މަސައްކަތް ކުރަނީ އެވެ. މިސާލަކަށް ސިނގިރެޓް ފުދެއެވެ.
ރޭނީސް
22 June 2024
އިއްސެ އަށް އަވަސް ޝިފާޢެއް ދެއްވާށީ. އާމީން.