ޝަމްނާޒު: ސިހުރު ހެދި ކަމުގެ ހެކި ނެތުމުން އޭނާއާ ދެކޮޅަށް ދައުވާ ނުކުރަން ވަނީ ނިންމައިފައި
14 އޯގަސްޓް 2024 - 14:36
ސިހުރު ހެދި ކަމަށް ބުނެ ހައްޔަރުކުރި އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމްއާ ދެކޮޅަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.
ސިހުރު ހެދި ކަމުގެ ތުހުމަތުގައި ޝަމްނާޒާއި ސަނާ އަދި ހދ. ވައިކަރަދޫ، ހުސެއިން ސަމީރު ހައްޔަރުކޮށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފަހު ދައުވާ ކޮށްދޭން ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި އެވެ.
ނަމަވެސް، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މައްސަލާގައި ދައުވާ ނުކުރަން އެ އޮފީހުން ނިންމާފައިވާ ކަމަށާއި އެއީ އެމީހުންނާ ދެކޮޅަށް ހެކި ނެތުމުން ކަމަށެވެ.
ތަހުގީގަށް ތިން މީހުން ވެސް ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް ޖެހި އެވެ. ނަމަވެސް، މިހާރު އެ މީހުން ތިބީ ކޯޓުން ދޫކޮށްލައިފަ އެވެ.
ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ ދެ ބޭފުޅުންގެ ދަރިން ވެސް ތިބިއިރު، މި ފަހުން ވަނީ ވަރިކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި، ޝަމްނާޒް ހައްޔަރުކުރި މައްސަލައިގައި ރަމީޒުގެ މައްޗަށް އެއްވެސް ތުހުމަތެއް ނެތެވެ.
ތަހުގީގު ކުރާ މީހުންގެ ތެރޭގައި ރަމީޒުގެ ނަމެއް ނެތެވެ. ނަމަވެސް، ރަމީޒު މިހާރު ހުރީ މަގާމުން ސަސްޕެންޑްކޮށްފަ އެވެ. އޭނާއާ އެކު ޝަމްނާޒު ވެސް ވަނީ ސަސްޕެންޑު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
15 August 2024
ހެއްކެއް ނެތިސް އޭނާ ގަން ހިންގާ ފަލީހަތް އެހެން ހަދަން ހޮޔޮ ނުވާނެ.. އަދި ކުޑަ ދަރުފުޅެއް އޮއްވާ އޭނާ ގެންގޮސް ޖަލުގާވެސް ބޭންދި އެތަށް ދުވަހެއް ވަންދެން...
ލަބީދު
15 August 2024
އެ ނިމުނީނު އެކަން.....ސިންޕަލް ކަމެއްނުތީ.
ގވޔވހޔ
15 August 2024
އެކަކު އެބަ 10 12 ނަމުގަ ކޮމެންޓު ކުރޭ..މިިކަން ހުއްޓުވަބަލަ މިހާރު ނޫހުން
އާދަމް ރުޝްދާ
14 August 2024
ޖުޑީޝަރީ މިނިވަން ކުރާނެ ވެރިޔަކީ ރައީސް މުއިއްްޒް
ނާޑުވާ
15 August 2024
އެހެންވެތަ ޕީޖީ އިތުބާރު ނެތްކަމަށް ހުށައަޅާފަ އެއޮތީ?
މޫސާ ޔައިޝް
14 August 2024
މުއިއްޒު ބުނި ގޮތަށް ޖުޑީޝަރީ މިވަނީ މިހާރު މިނިވަން ވެފަ. އުފާވެރި ހަބަރެއް
އާދަމް އާޒިމް
14 August 2024
އަހަންނަ މީގެން ފާހަގަވީ ރައީސް މުއިއްްޒް އާ ސީދާ ގުޅޭ މައްސަލައެއް ގަވެސް ބޭނުން ގޮތެއް ހެދެން އޮއްވާ މައްސަލައަށް އެއްވެސް ވަރަކަށް ނުފޫޒް ނޮފޯރުވާތަން
ބެއްޔާގެ ދަރި
15 August 2024
ބޭނުން ގޮތެއް ނުހެދޭތީ ނޫންތޯ ކުރީ ސަރުކާރުން ހޮވި ޕީޖީ ވަކިކުރަން އެ ހުށަހެޅީ.
އަކްމަލް އަލީ
14 August 2024
މިހެންވެ ބުނަނީ ރައީސް މުއިއްްޒް ޝަރީއަތްތަކަށް އަތް ނުބާނާނެޔޭ. މިނިވަން. ވާނެޔޭ.
ބެއްޔާގެ ދަރި
15 August 2024
ޝަރީއަތަކާ ހަމައަށް ނުދޭ. ކުރީގެ ސަރުކާރުން ހޮވާފަ ހުރި ޕީޖީއަކު ކުރި ކަމެއް ތީ. އެހެންވެ އޭނާ ބޭރުކުރަނީ
ހަންނާން މުހައްމަދު
14 August 2024
މި ފެންނަނީ ތިމާއާ ގުޅޭ މައްސަލައެއް ވިޔަސް އެއްވެސް ވަރަކަށް އަތް ނުބާނާތަން.
އާސިމް ރިޒާ
14 August 2024
ޝަރީޢަތަށް އަތް ބޭނުން ނިމުމަކަށް އައިއްސި މިހާރު.
މާޝިތާ އިބްރާހީމް
14 August 2024
މި ފެންނަނީ ނުހައްގުން އަނިޔާ ނުދޭތަން