ޚަބަރު / ހުޅުމާލެ

ސިނާއީ ބޭނުމަށް ހުޅުމާލޭއިން 12 ބިމެއް ވިއްކަން އިއުލާންކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ސިނާއީ ބޭނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިން ވިއްކަން އިއުލާންކޮށްފި އެވެ.

އޭގެ ތެރޭގައި ހިމެނެނީ 3,689 އަކަފޫޓާއި 3,746 އަކަފޫޓާ ދެމެދުގެ 12 ބިމެވެ.

އެޗްޑިީސީން ބުނީ އެ ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ އިންޓަގްރޭޓެޑް ހަބް"ގެ ތަރައްގީ ކުރަން ކަނޑައަޅާފައިވާ ސަަރަހައްދުން ކަމަށެވެ.

ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާއިރު، އުމުރުން 18 އަހަރުވެފައިވާ ކޮންމެ މީހަކަށް ވެސް ބީލަން ހުށަހެޅޭނެ އެވެ.

ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށް ވެސް ވާން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ބީލަން ފެށޭ އަގަކީ 7،500ރ. ކަމަށާއި ޝައުގުވެރިވާ މީހުންނަށް ބީލަމުގެ އުސޫލުން ބިންގަތުމަށް އެދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ. އެއީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމާއި ގަންނަން ކަނޑައަޅާފައިވާ ބިމަށް އެކަކަށްވުރެ ގިނަ މީހުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.

16 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕަކަޓީސް

03 October 2024

ވިއްކާނެކަމެއްނެތް. މާލޭމީހުންނަށް ހިލޭދީ

The name is already taken The name is available. Register?

ހަސަން ނިހާމް

03 October 2024

ބިންވެސް ދޫކުރަން. އުސޫލުގެ ތެރެއިން

The name is already taken The name is available. Register?

އިސްމާއިލް އުޝާމް

03 October 2024

މިހާރު އެބަ ރަނގަޅުވޭ. މިކަހަލަ ތަންތަން ދޫ ކުރަންވާނީ ބީލަމަށް ލައިގެން. އޭރަށް ގައުމަށް މީގެން ފައިދާ ވާނީ.

The name is already taken The name is available. Register?

ށައިގާން

03 October 2024

ސިޔާސީ 12 މީހަކަށް ވެފަ އޮތް ވަޢުދު ފުއްދަންދޭ 12 ބިން ދެއްތޯ؟

The name is already taken The name is available. Register?

މިލިއަން

03 October 2024

އަދިވެސް ތިތަނުގަ ސިނާއީ މަސައްކަތްކުރަންތޯ ތިވިސްނަނީ؟ ސިނާއީ މަސައްކަތް ކުރަން ތިލަފުށި ކިޔާ ރަށެއް އެބައޮތޭ. އާބަން ޕްލޭނިންގ ކިޔަވައިގެންނޭ ކިޔާފަ ތިބި މީހުންގެ ވިސްނުން ހުންނަނީ އަވަހަށް ލާރިގަނޑެއް ހޯދުން. ތިތަނުގަ ހަދަންވީ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރެއް. ދެން ތިހަދާ ޓޫރިސްޓް ވިލއޖުގެ ހޮޓާތައް ކައިރީގަ އަޅަންވީ ބޮޑު މޯލެއް. އޭރުން ތިތަނުގަ ބޮޑެތި ކޮންވެންޝަންތައް ބާއްވަންފެށީމަ ދުރުރާށްތާގަ ގައުމަށް މާ ފައިދާވާނެ.

The name is already taken The name is available. Register?

ސާދިގު4

03 October 2024

އެވެސް މާލޭގެ އެންމެ ބޮޑު އަވަށް (ދަފުރަތު) ގާނޫނާ ހިލާފަށް ބާކީ ކޮށްފަ

The name is already taken The name is available. Register?

ހަސީން މުހައްމަދު

03 October 2024

ބިމަށް ލާންނަން. އޮފީސް އެއް ތަނަކަށް ހަދަން އެބަޖެހޭ

The name is already taken The name is available. Register?

ޒިމްނާ.

03 October 2024

ވަރަށް ދުވަސްވެއްޖެ މިހެން ހުޅުވާނުލާގެން އުޅޭތާ. ދެން ރަނގަޅު ވާނެ

The name is already taken The name is available. Register?

އަޒުހަރު މުހައްމަދު

03 October 2024

ސިނާއީ ބިން ވީމަ މީގެ އެއްވެސް މައްސަލައެއް ނެތް. ދައުލަތައް ފައިދާ ވާނީ މީގެން

The name is already taken The name is available. Register?

އިދުހާމް ހަސަން

03 October 2024

ރަނގަޅު. ހިލޭ ނޫންތައް ނުދެނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454