އެޗްޑީސީ: އެ ކުންފުންޏަށް ފައިސާ ނުދައްކާ މީހުންގެ ވަނަވަރު ހާމަކުރަން ވަނީ ނިންމާފައި.
21 އޮކްޓޯބަރ 2024 - 18:03
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ވިޔަފާރިތައް ނުވަތަ ކުންފުނިތަކުގެ ނަންތައް ހާމަކުރަން ނިންމައިފި އެވެ. މީގެ ތެރޭގައި އެކި އެކިއެކި ސްކީމްތަކުން އެޗްޑީސީން ދޫކޮށްފައިވާ ފްލެޓްތައް ނުހިމެނެ އެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ ވިޔަފާރި އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީ ކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަން ޖެހި، ނުދައްކައި ތިބި ފަރާތްތައް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފައިސާ ދައްކައި ހަލާސްކުރަން އަންގާ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިހެއް ދޭނެ ކަމަށް އިއުލާނުގައިވެ އެވެ. އެ ނޯޓިހާ އެކު، އެ ފަރާތްތަކުގެ މައުލޫމާތާއި ދައްކަން ޖެހޭ ފައިސާގެ ތަފްސީލުތައް ވެބްސައިޓްގައި ޝާއިއުކުރާނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.
މިއީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އަޅާ ފިޔަވަޅެއް ކަމަށް އެޗްޑީސީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިހާލް ސަލީމް
22 October 2024
މަގޭ ހިތައް އަރާ ކުރީ ސަރުކާރޔތަކުން ކީއްބާއޭ ނުލިބި ހުރި ފައިސާ ހޯދަން ކުރީ. މިހެން ހެދި ނަމަ ކިހާ މިލިޔަނެއް އަތުވީސް
އިދްރީސް
22 October 2024
ކުރިން ޓެކްސް ނުދައްކާ މީހުންގެ ނަން ހާމަކުރީމަވެސް އެތައް ބަޔަކު ފައިސާ ދެއްކި. މިއަދު އަނެއްކާވެސް މިހެން ހެދީމަ އެތައް ފައިސާއެއް ރިކަވާ ވާނެ
ނޫހް އިބްރާހިމް
22 October 2024
މިތާއެކު ދައުލަތައް ނުލިބިހުރި އެތައް ފައިސާ އެއް ލިބިގެންދާނެ
ދީމާ ސަވާދު
22 October 2024
ހަގީގީ ގަޓް ވެރިކަމަކީ މިއީ
މިހާލް ސަލީމް
22 October 2024
ރަނގަޅު. އެކި ގޮތް ގޮތުން ދައުލަތައް ފައިސާ ނުދައްކާ އެއްމެން ހޯދާ ފައިސާ ހޯދަން ވީ
ޙާމަކޮށްދެއްވާ
21 October 2024
ސަރުކާރު ވެރިކަމަށް އަންނަން ޖެއްސިމަޅި، ޖޫރިމަނާތައް އުވާލުން. އުވާލިބައި އަނބުރާ އަތުލެއްވުން އެދެން. ނޫންނަމަ، އެލިސްޓްވެސް އާއްމުކޮށް ދެއްވުން އެދެން.
ދޮން
21 October 2024
ފުލެޓް ކުލި ނުދައްކާ އުޅޭމީހުން ލިސްޓުވެސް ނެރުއްވާ ، މިގޮތަށް ކުލި ނުދީ އުޅޭމީހުން މިއުޅެނީ 2 ވަނަ ފުލެޓްވެސް ނުލިބިގެން އަޑުގަދަކޮށްފަ، އޮޅުވާލައިދެން ފުލެޓާއި ގޯތި ހޯދި މީހުންވެސް ލިސްޓްނެރޭ ރަގަޅުކަމެއް އޭރުން ރައްޔިތުންނަން އެގޭނެ މިމީހުން ފެންވަރު
އަދުރޭ މުޙައްމަދު.
21 October 2024
ބަލަގަ ތިޔަ ފުލެޓް ތަކަށް ލިބެންޖެހޭ އެތައް ބިލިޔަން ރުފިޔާ ނުދައްކާ ތިބެ އެތަންތަން ކުއްޔަށްދީގެން އެފައިސާ ކަމުން ގެންދާ މީހުންނަކީ ޤަނޫނީ އަދަބު ދޭންޖެހޭ ބައެއް. ކީއްވެ އެމީހުން ތިޔަ ލިސްޓުގައި ނުޖަހާ ގޮތަށް ނިންމީ.
އަލަ ތަކުރު.
21 October 2024
ކީއްވެގެންހޭ ފުލެޓް ތަކަށް ފައިސާ ނުދައްކާ މީހުންގެ ނަން ތިޔަ ލިސްޓަށް ނުލާންވީ ؟ މާލޭ މީހުންވީމަތޯ އެމީހުންނަށް ރައްކާތެރިކަން ދީފައި އެމީހުންގެ ނަންތައް ހާމަ ނުކުރަނީ ؟
ސާބަސްދޯ
22 October 2024
ފްލެޓްތައް ލިބުނީ މާލޭކިތައްމީހުންނައްތޯ ބަލައިލަބަލަ ބަޔަކުދެކެ ހަސަދަވިޔަސް ބޮޑުވަރު
އޮނަރަބްލް އަފީފު ދީދީ
21 October 2024
މާލޭގައި އުފެދޭ ސަރުކާރުތަކުން ދައުލަތުގެ ޤާނޫނުއަސާސީ އާއި ޙިލާފަށް ރާއްޖޭގެ އެހެން ހުރިހާ ރަށެއްގެ މީހުންގެ މައްޗަށް ކ.އަތޮޅު މާލޭ މީހުން ޙާއްސަކޮށް "ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތު ގެންގުޅޭކަމަށް" އަހަރުމެން ބުނުމުން އެރަށު މީހުން ކިތަންމެ ރުޅި އައި ކަމުގައިވިޔަސް އެކަން އޮތީ މިހެންކަން މާލޭސަރުކާރާއި އެރަށު ސަރުކާރު ސިޔާސަތު ކަޑައަޅާ ތަންފީޒު ކުރާންތިބޭ މާލޭގެ ބޮޑުން ހަދާ މިފަދަ ޤަވާއިދު ތަކުން ވަރަށް ރަނގަޅަށް ފެނި ހާމަވެގެންދޭ.