މަންމަ އަތުން ފޭރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރި ހ. އެހަޑަ، މުހައްމަދު އިސްމާއިލް.-- ފޮޓޯ: ޕޮލިސް
22 އޮކްޓޯބަރ 2024 - 16:15
މަންމައަށް އަނިޔާކޮށް، މަރުގެ އިންޒާރުދީ ފޯނު ފޭރިގަތް މައްސަލާގައި މިއަދު ދަރިއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިޔާ ޓަވަރު އެޗް13ގެ އެޕާޓްމެންޓެއްގައި ފޭރުނު މައްސަލާގައި ހ. އެހަޑަ، މުހައްމަދު އިސްމާއިލް، 28، ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އެ ގެއަށް ދިޔައީ އަންހެނަކު ރޯއަޑު އިވޭތީ ބަޔަކު ރިޕޯޓްކުރުމުންނެވެ. އެ އެޕާޓްމެންޓުގެ ދޮރުގައި ޓަކި ޖެހުމުން ހުޅުވީ ވެސް އަންހެން މީހާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ތަހުގީގަށް އަންހެން ކިޔައިދީފައިވާ ގޮތުގައި، މުހައްމަދު އިސްމާއިލް، އޭނާގެ މަންމައަށް ވަރަށް އަނިޔާކޮށް ވަޅިން ހަމަލާދީ މަރާލާނެ ކަމަށް ބުނެ އިންޒާރު ދިނުމަށް ފަހު ފޯނު ފޭރިގެން ދިޔައީ އެވެ.
އެ އަނިޔާތަކާ ގުޅިގެން އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބޭ
22 October 2024
މަންމައަަށް އިހާނެތިކޮށް ކަންކުރާ މީހަކަށް ހުރީ ދުނިޔެއާއި އާޚިރަތުގަ ގެއްލުމާއި ހަލާކު.
ދެރައޭ
22 October 2024
މިހާރުގެ ދަރީން... ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އެބަޔަކަށް ނުރުހުމުގެެ ގޮތުން އުފް ވެސް ނުބުނަން އަންގާފައިވަނިކޮށް އެބައިމީހުންގެ އަތުން ފޭރި އަނިޔާކުރުމަކީ ކުޑަކަމެއްނޫން. ވަރަށް ސީރިއަސްކޮށް ބަލާ ފިޔަވަޅު އަޅަންޖެހޭ ކަމެއް ތީ.
މުހައްމަދު 22
22 October 2024
ތީ އިންސާނެއްގެ ސިފައިގަ ހުރި ޖަނަވާރެއް، މައިމީހާގެ މަގާމަކީ ކޯޗެއް ކަމެއް ތި މީހާއަށް ނޭގެނީ ބާ
ސަލާމް
22 October 2024
ޔޫރަޕްގެ ވަސްވާހަށް ގެއްލިފައިތިބި ބަޔަކު މިއެއްޗަކަށް ތާއީދުކޮށް ވާހަކަ ދައްކާނެ. މިކަހަލަ މީހުން ޤައުމީ ބޮޑު މަޖިލީހުގައި އެބަތިބި. މިކަން ދެނެތިބެ އެމީހުން މަޖިލީހަށް ހޮވައިގެން ތިބި ދާއިރާތަކުން އެމީހުންހޮވީވެސްދޯ
ޖައިލަމްމް
22 October 2024
މާލޭ މީހެއް، އެހެން މީހެއް ނޫން... މިކަހަލަ މީހުންނަށް ވަރަށް ހަރުކަށި އަދަބު ދޭން ވީ
ފޭރުނއ މމ
22 October 2024
ތޫނު ހަތިޔާރަކުން މީހަކަށް ބިރުދެއްކުމުގެ ތުހުމަތާއި މާރާމާރި ހިނގުމުގެ ކުށުގައި މީނާ ހައްޔަރު ނުކުރީ ކީއްވެ
ރަދީފްއޮފިޝަލް
22 October 2024
މިއީ ކޮން ރަށެއްގެ ބޭކަލެއް ތޯ؟؟/ ފުރަތަމަ މިކަން ސާފްވާން ޖެހޭ.
ކާނިި
22 October 2024
ބޭޅާ ވަރަށް މަޖާ.
މަމެން1
22 October 2024
މަސްތުވާތަކެތީގެ ވަބާއިން މުޅި ގަޢުމު ސަލާމަތް ކުރަންޖެހޭ. ވަކި މީހެއްގެ ދަރިއެއް ކިޔާނެ ކަމެއް ނެތް، މަގޭ ދަރި ނުބޮއޭ ވެސް ކިޔާނެ ކަމެއް ނެތް. މަސްތުވާތަކެތި ވިއްކައިގެން މުއްސަދިވާ ގްރޫޕުތަކުން އެތިބެނީ އެންމެންގެ ދަރިންނަށް ވެސް ފާރަލާލާ، އާ އުކުޅުތައް ބޭނުންކޮށްގެން އެޑިކްޓުން އުފެއްދުމުގައި، ދެވިހިފީމާ ގޭގަ އަލިފާން ރޯކޮށް ފައިސާ ހޯދައިގެން ތިޔަ ބޯނެ. މަސްތުވާތަކެތި ހުއްޓުވޭނީ މި އެތެރެކޮށް ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދީގެން.
ރާއްޖެ
22 October 2024
ދެ ދުނިޔެ ވެސް ގެއްލުވާފަ ހުރި ޒުވާނެއް.
ރަދީފްއޮފިޝަލް
22 October 2024
އަދި ތިހެން ނިންމާލެވޭނެ ގޮތެއް އޮންނާނެ ތޯ. ތައުބާވެ މަންމަގެ ކިބައިން މާފަށް އެދެމުގެ ދޮރު ވެސް ބަންދުނުވޭ ދީ އަދި.އެހެންވީމެއި އަދި ހޯޕް ގެއްލުވަގެން ނިވޭހެއް ދީ ކަލޯ.ހެހެހެހެހެހެ.
ބަބްސް
22 October 2024
ގައުމުގެ ހާލަތު މިވަރަށް ވެއްޓޭއިރުވެސް މަޖްލިސް އިން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދޭން ޖެހިލުންވަނީ ކީއްވެބާ. ކުރާ ކުއްތަކުގެ 90% ގޮސް ނިމެނީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނައީ ހަމައިން.
ރަދީފްއޮފިޝަލް
22 October 2024
އިންޑޮނޭޝިޔާ އަދި ސިންގަޕޫރު ނަމޫނާ އަކަށް ބަަލައިގެން ނޫންގޮތަކަށް ޑްރަގްގެ ވަބާއިން އެއްކިބާވާން ދަތިވާނެ.