މަރުކަޒީ ބޭންކް އެމްއެމްއޭ އިމާރާތުގެ ކުރިމަތީގައި ފުލުހަކު މަޑުކޮށްލައިގެން. --ފައިލް ފޮޓޯ: މިހާރު
21 ނޮވެމްބަރ 2024 - 19:33
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މުވައްޒަފެއްގެ ޒާތީ މައުލޫމާތުތަކެއް ސޯޝަލް މީޑިޔާގައި ލީކުވި މައްސަލައެއް ބަލަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
އެމްއެމްއޭގެ އިސް މުވައްޒަފެއްގެ ވަޒީފާ އާ ބެހޭ ޒާތީ މައުލޫމާތުތަކެއް މި ހަފްތާގެ ތެރޭގައި ސޯޝަލް މީޑިޔާގައި ވަނީ ލީކުވެފަ އެވެ.
އެކަމާ ގުޅިގެން އެމްއެމްއޭ އިން މިއަދު ބުނީ، މުވައްޒަފުންގެ ޒާތީ މައުލޫމާތަކީ އެ އޮތޯރިޓީން ރައްކާތެރިކުރަން ބޭނުންވާ މައުލޫމާތު ކަމަށެވެ.
އެހެންކަމުން އެ މައުލޫމާތު ލީކުވި މައްސަލަ، އެމްއެމްއޭގެ އިންޓާނަލް އޮޑިޓުން ބަލަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
"އަދި މިކަމާ ގުޅޭ ބައެއް ކަންކަމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަންނީ އެހީތެރިކަން ވަނީ ހޯދާފައި،" އެމްއެމްއޭ އިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
22 November 2024
ލީކުނުވާއެއްޗެއް މިހާރުލިބޭތަ، ދަރީގެ ނެޕީގަނޑުވެސް އަބަދުލީކުވެފަ.
ޑޮކްޓާރ. ބަނާނާ
22 November 2024
2008 ގައި އަޅުގަނޑު މެން ރާއްޖެ ގެނެވުނު ޑިމޮކްރަސީ ގެ ސަބަބުން މުޅި ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެން މިދަނީ. ޢެމް އެމް އޭ ފަދަ މުއައްސަސާ ތައް ހަލާކު ކުރުމަަށް ފުރުސަތު ދެވިގެން ނުވާނެ. މައުލޫމާތު ލީކުކުރި ފަރާތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅުއްވާ. ޥސަލާމް!
އައްބެ
22 November 2024
ޕާޓީ ނިޒާމުގެ ސަބަބުން މިޤައުމު މިއޮތީ ހަލާކުވެފައި. ރައްޔިތުންގެ ވޯޓަކާއި ނުލައި މައުމޫނަށް ޕްރެޝަރުކޮށްގެން އެމްޑީޕީއާއި މައުމޫނާއި ދެކޮޅު ފަރާތްތަކުން ގެނެސްފައިވާ ނުބައިވެގެންވާ ފިތުނަވެރި ކޮރަޕްޓް ނިޒާމެއް މިއީ. ވެރިޔަކަށް މި ޤައުމަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ މި ކޮރަޕްޓް ޕާޓީ ނިޒާމް އުވާލުން. ޑރ. މުއިއްޒުއަށް ގޮވާލަން ޕާޓީ ނިޒާމްއާއި މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް
ކައުންސެލަރު..
22 November 2024
100 އިގެ ވާހަކައެއް. މަ ތާއީދު
ހެޔޮ އެދޭތީ ބުނެލީ
21 November 2024
ރިލެކްސް ގައިސް. ހިކްމަތު އަމަލީ އެއްޗަކީ
ބަކުރީ
21 November 2024
ހުރިހާތާކުވެސް ހުރީ ލީކު. އަލުން ފުރާޅުއަޅަންވެފާ ގިނަތަންތަނުގާ ހުރީ. މިސާލަކަށް ޕޮލިސް. ބޭންކް އޮފް މޯލްޑިވްސް. ޑީއެންއާރް (އައިޑީކާޑު ޔުނިޓް)